Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުސަލްމާން ޚާން

ސައްބީރު ދެކެ ސަލްމާން ވަރަށް ރުޅިއަތުވެއްޖެ

ދެން ދުވަހަކުވެސް ސައްބީރުއާއި އެކު ފިލްމެއް ނަހަދާނެ

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 26 ޖުލައި 2017 | ބުދަ 05:39
ސަލްމާން ޚާން

ސަލްމާން ޚާން

ސަލްމާން ޚާންގެ އެންމެ ފަހުގެ ފިލްމު "ދަބަންގް 3" އާ ބެހޭ ގޮތުން ޑައިރެކްޓަރ ސައްބީރު ދެއްކި ވާހަކަތަކާ ގުޅިގެން ފިލްމީ ތަރި ސަލްމާން ޚާން ވަރަށް ރުޅިގަދަވެއްޖެއެވެ.

ސަލްމާން ޚާން ރުޅިއައީ ސައްބީރު ޚާން ދޮގު ހެދުމުން ކަމަށް ބުނެއެވެ. ސަލްމާން ބުނީ ސައްބީރު އެހަދަނީ ދޮގު ކަމަށާއި މީޑިއާތަކުގައި އޭނާ ދައްކަނީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތައް ކަމަށް ސަލްމާން ބުނެފައި ވެއެވެ. އަދި އެއީ ސައްބީރު އަމިއްލައަށް މަޝްޙޫރުވާން ވެގެން ކުރާ ކަމެއް ކަމަށް ބުނެފައި ވެއެވެ.

"ދަބަންގް 3" ޑައިރެކްޓްކުރުމަށް ހަވާލުކޮށްފައި ވަނީ ޑައިރެކްޓަރު ޕްރަބޫ ދޭވާއާ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

މިކަމާ ރުޅިއައިސްގެން ސަލްމާން ޚާންގެ ގާތް އެކުވެރިއެއް ކަމަށްވާ ސާޖިދު ނަދިއަދްވާލާ ވަނީ ސައްބީރުގެ ބަދަލުގައި "ބާޣީ 2" ޑައިރެކްޓްކުރަން ޑައިރެކްޓަރ އަހުމަދު ޚާނާ ހަވާލުކޮށްފައެވެ.

ސަލްމާންގެ އާއިލާއިން ވެސް ވަނީ ސައްބީރު މިދެއްކި ވާހަކަތަކާ ގުޅިގެން ހިތްހަމަ ނުޖެހިގެން ވާހަކަ ދައްކާފައެވެ. އެގޮތުން ސައްބީރާ އެއްވެސް ފިލްމެއް ދެން ހަވާލެއް ނުކުރާނެ ކަމަށް ބުނެފައި ވެއެވެ.

ސަލްމާނާއި އޭނާގެ ގާތް އެކުވެރިން އަދި އާއިލާއިން ރުޅިއައިސްފައިވާއިރު ސައްބީރު މިކަމާ ބެހޭ ގޮތުން އަދި އެއްޗެއް ނުބުނެއެވެ.

ސައްބީރު ޑައިރެކްޓް ކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި "މުންނާ މައިކަލް" އާއި "ބާޣީ" ހިމެނެއެވެ.

އިތުރަށް ކިޔާލަން

06 މާރިޗު 2017

ސަލްމާންގެ "ދަބަންގް" ޓުއާ ގެ ޝޯތައް މިފަހަރު އޮސްޓްރޭލިޔާ އަދި ނިއުޒިލެންޑްގައި!

06 މާރިޗު 2017
 ސަލްމާންގެ "ދަބަންގް" ޓުއާ ގެ ޝޯތައް މިފަހަރު އޮސްޓްރޭލިޔާ އަދި ނިއުޒިލެންޑްގައި!
23 ފެބުރުއަރީ 2017

އަނުޝްކާ އޭނާގެ ފިލްމީ ކެރިއަރާ މެދު ދެކެނީ ކިހިނެއް

23 ފެބުރުއަރީ 2017
އަނުޝްކާ އޭނާގެ ފިލްމީ ކެރިއަރާ މެދު ދެކެނީ ކިހިނެއް
23 ފެބުރުއަރީ 2017

ސަލްމާން ހާންގެ "ޓިޔުބްލައިޓް" ފުރަތަމަ ޓްރައިލާ އެޕްރީލް މަހު

23 ފެބުރުއަރީ 2017
ސަލްމާން ހާންގެ "ޓިޔުބްލައިޓް"  ފުރަތަމަ ޓްރައިލާ އެޕްރީލް މަހު
22 ފެބުރުއަރީ 2017

ދުނިޔޭގެ އެންމެ ފަލަމީހާ: ސަލްމާން ޚާންގެ ވަރަށް ބޮޑު ފޭނެއް!

22 ފެބުރުއަރީ 2017
ދުނިޔޭގެ އެންމެ ފަލަމީހާ: ސަލްމާން ޚާންގެ ވަރަށް ބޮޑު ފޭނެއް!
20 ފެބުރުއަރީ 2017

62 ވަނަ ބޮލީވުޑް ފިލްމްފެއާ އެވޯޑް ހަފްލާ ވަރަށް ކުލަގަދަކޮށް ބާއްވައިފި

20 ފެބުރުއަރީ 2017
62 ވަނަ ބޮލީވުޑް ފިލްމްފެއާ އެވޯޑް ހަފްލާ ވަރަށް ކުލަގަދަކޮށް ބާއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު