Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
އެއްމާބަނޑު ހަތަރު ކުދިން

އެއްމާބަނޑު ހަތަރު ކުދިންގެ ބައްޕަގެ އިހްސާސްތައް!

މިއީ އެދެމަފިރިންނަށް އަލަށް ލިބުނު ކުދިން

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 19 ޖޫން 2017 | ހޯމަ 07:12
އެއްމާބަނޑު ހަތަރު ކުދިންނަށް ރާއްޖެ ޓީވީގެ ފަރާތުން ހަދިޔާ ދެނީ

އެއްމާބަނޑު ހަތަރު ކުދިންނަށް ރާއްޖެ ޓީވީގެ ފަރާތުން ހަދިޔާ ދެނީ

"ދިވެހި އަންހެނަކު އެއްމާބަނޑު ހަތަރު ކުދިން ވިހައިފި" މިޚަބަރު ވެގެން ދިޔައީ މުޅި ރާއްޖެ ވެސް އެޚަބަރެއް ބެލި ޚަބަރަކަށެވެ. މުޅި ހުރިހާ ދިވެހިންނަށް ވެސް އެޚަބަރު ދިޔައީ ބޮޑު ޚަބަރަކަށް ވެގެންނެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. ރާއްޖޭގެ ތާރީޚުގައި މިއީ އެފަދަ ކަމެއްވި ފުރަތަމަ ފަހަރެވެ. ރާއްޖޭގެ ހޮސްޕިޓަލެއްގައި ވެސް އެއްމާބަނޑު ހަތަރު ކުދިން ވިހޭ ފުރަތަމަ ފަހަރެވެ. ތަފާތު ކަމާއެކު އެ ހަތަރު ކުދިންގެ މަންމައާ ބައްޕަގެ ވާހަކަތައް ވެސް ވަކި އަސަރު ކުޑައެއް ނޫނެވެ. އެވެރިންގެ އިހްސާސްތައް ވެސް އިންތިހާއެވެ.

ކުދިންގެ ބައްޕަ އަހުމަދު އަޝްފާގު ހުރީ އުފަލުން ފެންކަޅިވެފައެވެ. ދެމަފިރިންގެ އަލަތު ކައިވެންޏަށް 6 އަހަރު ފުރުނުއިރު ވެސް ކުއްޖަކު ނުލިބިގެން އެކަމަށް ކުރި މަސައްކަތް ކާމިޔާބުވީތީކީ އެކަންޏެއް ނޫނެވެ. ލޯބިލޯބި ހަތަރު ކުދިން ލިބުނީތީއެވެ. ދުވަސް ނުފުރާ އެންމެ ހަތްމަހުގައި ސިޒޭރިއަން ހަދައިގެން އެކުދިން ނަގަން ޖެހުނަސް އާދައިގެ ގޮތެއްގައި އެ ހަތަރު ކުދިންގެ ހާލަތު ރަނގަޅު ވީމައެވެ. މިއަދު އެ ކުދިންގެ ގައިގައި އަތް ލެވޭނެ ވަގުތަކަށް ކެތްމަދުވެ ނަރސަރީގެ ބޭރުގައި ޝިފާގް އެހުރީ މުގޯލިއަޅާލަ އަޅާލައެވެ. ކުދިން ނެގުމަށްޓަކައި ސިޒޭރިއަން ހެދުމުގައި ވެސް އަންހެނުންގެ ހާލަތު ސީރިއަސްވި ނަމަވެސް މިއަދު ހާލަތު ރަންގަޅުވީތީ އަދި ދާދި އަވަހަށް އަންހެނުންނަށް އައިސީޔޫއިން ނުކުމެވޭވަރުވާނެތީ ވެސް އަޝްފާގު އެހުރީ ﷲ އަށް ހަމްދު ކޮށްލަކޮށްލައެވެ. ދުވަހެއް ދުވަހަކަށް އަންހެނުންގެ ހާލަތު ރަނގަޅުވަމުން އަންނާތީއެވެ.

ކުދިންގެ މަންމަގެ އިހްސާސްތައް ވެސް ބަޔާން ކުރަން ދައްޗެވެ. ފުރަތަމަ ސްކޭނާ އެކު ބަނޑުގައި އޮތީ ތިން ކުދިން ކަމަށް ޑޮކްޓަރުން ބުނި ބުނުމާއެކު ގަތް ބިރުގެ ހަނދާނެއް މިއަދު އޭނާގެ ނެތެވެ. އޮޕަރޭޝަން ކޮށްގެން ދަރިން ނެގުމުގެ 5 ދުވަސްކުރިން ފެށިގެން ނުނިދާހުރި ހުރުމުން އެކުރިމަތިވި އުނދަގޫތަކާއި އެޅި ވޭން ނެތިއްޖެ ކަހަލައެވެ. ތިއޭޓަރަށް ވަންނަން ޖެހުނު ހިނދު ގަތް ބިރުގެ އިހްސާސެއް ވެސް ނެތެވެ. އޭނާއަށް ހޭވެރިކަންވެ ވާހަކަ ދައްކާލެވޭވަރުވެވުމާއެކު ބުނެލެވުނީ ހަމަ އެންމެ ވާހަކައެކެވެ. "ކުދިންކޮޅު ގެނެސްދޭށެވެ". މިއަދު އޭނާވެސް އެއޮތީ އެއިންތިޒާރުގައެވެ. ކެތްމަދުވެފައެވެ. ކުދިންގެ ގައިގާ އަތްލެވޭނެ ވަގުތެއްގެ އިންތިޒާރުގައެވެ. އުފަލުންނެވެ. އެކަމަކު އެފުރުސަތު އަދި ނުލިބޭތީ އެކަންބޮޑުވުމުގައެވެ.

އަލަތު ދަރިންގެ ގޮތުގައި އެއްމާބަނޑު ހަތަރުކުދިން ލިބުނީތީ ށ. ފޯކައިދޫ އަށް އުފަން އަޝްފާގާއި، އދ. މަންދޫ އަށް އުފަން ފާތުމަތު ސުމީތާ ދެމަފިރިން ކިތައްމެ އުފަލުން ތިބި ނަމަވެސް އިތުރު ކަންބޮޑުވުމެއް އެބަ އޮތެވެ. އެކުދިންނަށް ބުއްދޭނެ ގޮތަކާ މެދުއެވެ.

ޝިފާގް ބުނީ އެހަތުރު ކުދިންނަށް ވެސް މިހާރު ބުއްދެނީ އޭނާގެ ތިމާގެ މީހެއްގެ ގާތުން ބުއް ނަގައިގެން ހޮސްޕިޓަލަށް ގެނެސްގެންނެވެ. އެދަތި އުނދަގުލުން ނަމަވެސް އެމީހުން އެކަން ކުރިނަމަވެސް އެހަތަރު ކުދިންނަކަށް އެއިން ފުދޭވަރެއް ނުވެއެވެ. އެކަމަށްޓަކައި އޭޑީކޭ ޑޮކްޓަރުން ލިޔެދިން ހާއްސަ ކިރެއް ރާއްޖެއިން ލިބޭކަށް ނެތެވެ. އުފަންވާ ކުޑަކުދިންނަށް ބުއް ނުދެވޭ ހާލަތުގައި ހަމަސްވަންދެން ދޭން އޮންނަ ބޭހެއް ނުވަތަ މިލްކެއް ރާއްޖެއަކު ނެތެވެ. ގާތުން ދިނުމުގެ ބަދަލުގައި ކުޑަކުދިންނަށް ދޭން ޖެހޭ "އެންފަމިލް" މާލޭގެ އެއްވެސް ބޭސް ފިހާރައަކު ނެތެވެ.

ޝިފާގް ބުނީ އޭނާއަށް އެނޫން ކަންބޮޑުވުމެއް ނެތެވެ. އަންހެނުންގެ ހާލަތު ރަނގަޅު ވުމާ ލޯބި ލޯބި ހަތަރު ކުދިންގެ ހާލަތު އާދައިގެ ގޮތަކަށް ރަނގަޅުވީތީ އޭނާ އެހުރީ އުފަލުން ފޮޅިފައެވެ. އޭނާ އެހުރީ ވަރަށް ކުރިންސުރެ ކުދިންނަށްޓަކައި ވަރަށް ތައްޔާރު ވެގެންނެވެ. ފުރަތަމަ ސްކޭނުން ވެސް ތިން ކުދިން ލިބެން އުޅޭ ކަމުގެ ޚަބަރު އޭނާއަށް ލިބުނީ ވިއެޓްނާމްގައި ހުއްޓައެވެ. އެހާހިސާބުން އޭނާގެ ފެންވަރުން އެކަމަށް އައީ ތައްޔާށރުވަމުންނެވެ. މިއަދު އެހުރީ ގާތްގަނޑަކަށް އެޤައުމުން އެކުދިންނަށް ގަތް ތިން ލައްކައެއްހާ ރުފިޔާގެ ތަކެތި ބޭނުން ކުރެވޭނެ ވަގުތެއްގެ އިންތިޒާރުގައެވެ. އަލަށް ލިބުނު ހަތަރު ކުދިންނާއެކު ވަގުތު ހޭދަކުރަން ފެށޭނެ ވަގުތެއްގެ އިންތިޒާރުގައެވެ. އެކަމަކުވެސް އެކުދިންނަށް ދޭން ޖެހޭ ކިރު ލިބެން ނެތުމުން އެކަމުގެ ކަންބޮޑުވުމާއެކުގައެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ސަރުކާރަށް ހަތަރު އަހަރު - ރިސޯޓް ހިއްސާގެ ހުވަފެން، މެނިފެސްޓޯގައި ނުވެސް ނެތް!

ސަރުކާރަށް ހަތަރު އަހަރު - ރިސޯޓް ހިއްސާގެ ހުވަފެން، މެނިފެސްޓޯގައި ނުވެސް ނެތް!

17 ނޮވެމްބަރު 2017
ރައީސް ޔާމީންގެ ސަރުކާރަށް ހަތަރު އަހަރު: ލިބުނު ހައްގެއް ނެތް، ހުސް ގެއްލުނު ހައްގުތައް

ރައީސް ޔާމީންގެ ސަރުކާރަށް ހަތަރު އަހަރު: ލިބުނު ހައްގެއް ނެތް، ހުސް ގެއްލުނު ހައްގުތައް

17 ނޮވެމްބަރު 2017
އާއިލާގެ ދެންތިބި ކުދިންގެ މަންމަ އަދި ބައްޕަ އަކީ ވެސް މި ކުއްޖާ!

އާއިލާގެ ދެންތިބި ކުދިންގެ މަންމަ އަދި ބައްޕަ އަކީ ވެސް މި ކުއްޖާ!

09 އޮކްޓޯބަރު 2017
 ސޮފިއްޔާގެ ދިރިއުޅުން: ދަތި ހާލުގައި އުޅެންވެސް މާލެއަށް ބަދަލުވީ ކުދިންގެ ހައްގުގައި

ސޮފިއްޔާގެ ދިރިއުޅުން: ދަތި ހާލުގައި އުޅެންވެސް މާލެއަށް ބަދަލުވީ ކުދިންގެ ހައްގުގައި

04 އޮކްޓޯބަރު 2017
ރޮހިންޖާ ކުޑަ ފިރިހެއް ކުއްޖެއްގެ ވާހަަކަ:" އެންމެ ދެރަވަނީ ބައްޕަގެ ހަބަރެއް ނުވާތީ"

ރޮހިންޖާ ކުޑަ ފިރިހެއް ކުއްޖެއްގެ ވާހަަކަ:" އެންމެ ދެރަވަނީ ބައްޕަގެ ހަބަރެއް ނުވާތީ"

10 ސެޕްޓެމްބަރު 2017

އަހަރުތަކުން މިއަދު

23 މާރިޗު
މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި
20251 އަހަރު ކުރިން
ރާއްޖެ

މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!
20242 އަހަރު ކުރިން
ރިޕޯޓު

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!
20233 އަހަރު ކުރިން
ރިޕޯޓު

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ
20224 އަހަރު ކުރިން
ރިޕޯޓު

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި
20215 އަހަރު ކުރިން
ދުނިޔެ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
20197 އަހަރު ކުރިން
ރާއްޖެ

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު