Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެޗްޑީސީ

އެޗްޑީސީގެ ޗެއާރމަންގެ މަގާމަށް ޝާހިދު އައްޔަން ކުރައްވައިފި

ކުރިން ޗެއާރމަންގެ މަގާމުގައި ހުންނެވި ފުއާދު ވަކިކުރައްވާފައި ވަނީ މިމަހުގެ 17 ވަނަ ދުވަހު

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 24 ޖެނުއަރީ 2018 | ބުދަ 06:24
ހުޅުމާލެ: އެޗްޑީސީގެ ޗެއާރމަން ޝާހިދު

ހުޅުމާލެ: އެޗްޑީސީގެ ޗެއާރމަން ޝާހިދު

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ބޯޑުގެ ޗެއާރމަންގެ މަގާމަށް މ. ކަނަމަނަ މުހައްމަދު ޝާހިދު އައްޔަން ކުރައްވައިފިއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ރައީސް މުހައްމަދު ނިޒާރު ވިދާޅުވީ އެޗްޑީސީގެ ޗެއާރމަންގެ މަގާމަށް ޝާހިދު އައްޔަން ކުރައްވާފައި ވަނީ އަންގާރަ ދުވަހު ކަމަށެވެ.

އެޗްޑީސީގެ ޗެއާމަންގެ މަގާމަށް ޝާހިދު އައްޔަން ކުރައްވާފައި މިވަނީ ކުރިން އެ މަގާމުގައި ހުންނެވި ފުއާދު ގާސިމް ވަކިކުރެއްވުމަށް ފަހުގައެވެ.

ފުއާދު އެމަގާމުން ވަކި ކުރައްވާފައި ވަނީ މިމަހުގެ 17 ވަނަ ދުވަހުއެވެ. ފުއާދު އެމަގާމުން ވަކިކުރެއްވި ސަބަބެއް ކަމާބެހޭ އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ. އެޗްޑީސީގެ ޗެއާރމަންގެ މަގާމަށް ފުއާދު އައްޔަން ކުރައްވާފައި ވަނީ 2016 ވަނަ އަހަރުގެ މާޗު މަހުއެވެ. ފުއާދަކީ ކުރިން ޖުމްހޫރީ ޕާޓީގެ މެންބަރެއްގެ ގޮތުގައި ހުންނެވި ބޭފުޅެކެވެ. އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުކުރުމުގެ އޭރު އިދިކޮޅު ކޯލިޝަނުގައި އިސްކޮށް އުޅުއްވި ފަރާތެކެވެ.

ފުއާދުވަނީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު ކަމާއި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައެވެ.

ޝާހިދު ކުރިން ހުންނެވީ މޯލްޑިވްސް އިންޓަގްރޭޓެޑް ޓުއަރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ)ގެ މެނޭޖިންގް ޑިރެކްޓަރަކަށެވެ. އޭގެ ކުރިން ޝާހިދު ވަނީ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރެޝަން (އެޗްޑީސީ)ގައި ވެސް މަސައްކަތްކުރައްވާފައެވެ. އަދި ހުޅުމާލޭގެ ތަރައްގީގެ މަޝްރޫގައި ޝާހިދު ވަނީ ވަރަށް އިސް ދައުރެއް އަދާކުރައްވާފައެވެ.

އިތުރަށް ކިޔާލަން

24 ފެބުރުއަރީ 2017

ރާއްޖޭގެ އަޣުލަބިއްލަތު އޮތީ ވައްކަމާ ކޮރަޕްޝަނާ ދެކޮޅަށް: ޝާހިދު

24 ފެބުރުއަރީ 2017
ރާއްޖޭގެ އަޣުލަބިއްލަތު އޮތީ ވައްކަމާ ކޮރަޕްޝަނާ ދެކޮޅަށް: ޝާހިދު
15 ފެބުރުއަރީ 2017

ތައުލީމުގެ ބިލްގައިވެސް އޮތީ މިސަރުކާރުން ޖަރީމާ ހިންގުން:ޝާހިދު

15 ފެބުރުއަރީ 2017
ތައުލީމުގެ ބިލްގައިވެސް އޮތީ މިސަރުކާރުން ޖަރީމާ ހިންގުން:ޝާހިދު
15 ފެބުރުއަރީ 2017

ސިވިލް ސާރވިސް ކޮމިޝަނަށް ޝަފީގު އައްޔަން ކުރުމަށް މަޖިލީހުން ފާސްކޮށްފި

15 ފެބުރުއަރީ 2017
ސިވިލް ސާރވިސް ކޮމިޝަނަށް ޝަފީގު އައްޔަން ކުރުމަށް މަޖިލީހުން ފާސްކޮށްފި
14 ފެބުރުއަރީ 2017

މިއީ އޮޅުވާލާ ސަރުކާރެއް، ވަގު ސަރުކާރެއް: ޝާހިދު

14 ފެބުރުއަރީ 2017
މިއީ އޮޅުވާލާ ސަރުކާރެއް، ވަގު ސަރުކާރެއް: ޝާހިދު
13 ފެބުރުއަރީ 2017

ހެލްތު މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވްގެ މަގާމަށް ޒަހީން

13 ފެބުރުއަރީ 2017
ހެލްތު މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވްގެ މަގާމަށް ޒަހީން
12 ފެބުރުއަރީ 2017

ހައިކޯޓަށް ދެ ފަނޑިޔާރުން އައްޔަން ނުކޮށް ފަސް މަސް، ލަސްވާ ސަބަބު ހާމައެއް ނުކުރި!

12 ފެބުރުއަރީ 2017
ހައިކޯޓަށް ދެ ފަނޑިޔާރުން އައްޔަން ނުކޮށް ފަސް މަސް، ލަސްވާ ސަބަބު ހާމައެއް ނުކުރި!
22 ޖެނުއަރީ 2017

ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު

22 ޖެނުއަރީ 2017
ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު
22 ޖެނުއަރީ 2017

ފިލްމް އެސޯސިއޭޝަންގެ ވައިސް ޗެއަރޕާސަންގެ މަގާމަށް މުއާ!

22 ޖެނުއަރީ 2017
ފިލްމް އެސޯސިއޭޝަންގެ ވައިސް ޗެއަރޕާސަންގެ މަގާމަށް މުއާ!
21 ޖެނުއަރީ 2017

މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު

21 ޖެނުއަރީ 2017
މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު
20 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!

20 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު