Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއާޒިމާ ޝަކޫރު

ޤާސިމްގެ ރައްދު އާޒިމާއަށް: އާޒިމާ ހައްދަވަނީ ކަނޑައެޅިގެން ބޮޑު ދޮގެއް

23 ޖެނުއަރީ 2018 | އަންގާރަ 14:16

އާޒިމާ ވިދާޅުވީ ވިލާ ގްރޫޕުން ދައްކަންޖެހޭ ޖުމްލަ ފައިސާގެ އަދަދު 2.9 ބިލިއަން ރުފިޔާއަށް އަރާކަމަށް

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 23 ޖެނުއަރީ 2018 | އަންގާރަ 14:16
އާއިޝަތު އާޒިމާ ޝުކޫރު - ޤާސިމް ވަނީ އޭނާއަށް ހޫނު ރައްދެއްދީފަ

އާއިޝަތު އާޒިމާ ޝުކޫރު - ޤާސިމް ވަނީ އޭނާއަށް ހޫނު ރައްދެއްދީފަ

ވިލާ ކުންފުނިން ދައުލަތަށް ފައިސާތަކެއް ދައްކަވަންޖެހޭ ކަމަށް ވިދާޅުވެ ރައީސް އޮފީހުގެ މިނިސްޓަރު އާއިޝަތު ޢަޒިމާ ޝުކޫރު ދެއްކެވި ވާހަކަފުޅަށް ޤާސިމް އިބްރާހިމް ހޫނު ރައްދެއް ދެއްވައިފި އެވެ.

ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން އާޒިމާ ވިދާޅުވީ ވިލާ ގްރޫޕަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަނުން ދައުލަތަށް ދައްކަންޖެހޭ ޖުމްލަ ފައިސާގެ އަދަދު 2.9 ބިލިއަން ރުފިޔާއަށް އަރާކަމަށެވެ. އާޒިމާ ދެއްވި ޤާނޫނީ ލަފަޔަކާއި އެއްގޮތަށް ޖީއެމްއާރާއެކު ދިވެހި ސަރުކާރުންވި އެއްބަސްވުން އުވާލުމުގެ ސަބަބުން ދައުލަތުން ގެއްލުމުގެ ގޮތުގައި ޖީއެމްއާރަށް ބޮޑު ބަދަލެއް ދޭންޖެހުނުއިރު، ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން އާޒިމާ ވިދާޅުވީ ވަކި މީހަކު ދައްކަން ޖެހޭ ފައިސާއެއް ނުދައްކައި އޮތުމުން އެކަމާއިމެދު ދައުލަތުން ފިޔަވަޅު އަޅާނެ ކަމަށެވެ.

އެ ވާހަކަތަކަށް ރައްދުދެއްވައި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އާޒިމާ ޝުކުރޫ އެ ހައްދަވަނީ ކަނޑައެޅިގެން ބޮޑު ދޮގެއް ކަމަށެވެ. އަދި އެ ވިދާޅުވާ ފައިސާތަކާއި ގުޅޭގޮތުން ގިނަ މައްސަލަތައް ފެށީ އާޒިމާ ޝުކޫރު ވިލާގެ ޤާނޫނީ ވަކީލެއްގެ ގޮތުގައި ހުންނަވައިގެން ކަމަށާއި ދަށު ކޯޓުގަޔާއި ހައި ކޯޓު އަދި ސުޕްރީމް ކޯޓުގައިވެސް އެ ދައުވާތައް ކުރިޔަށް ގެންދެވި ކަމަށް ޤާސިމް ވިދާޅުވި އެވެ. އެއިން އެއް މައްސަލަ ވިލާ އާއި އެއްކޮޅަށް ނިންމިކަން ވެސް އާޒިމާއަށް އެނގިވަޑައިގަންނަވާނެ ކަމަށް ޤާސިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އާޒިމާ މިހުރިހާ ކަމެއްކޮށް ދެއްވުމުގައި ވިލާގެ ފަރާތުން އެކަމުގައި ހުރިހާ ކޯޓުތަކަކަށް ގޮސް އުޅުއްވާފަ އެ އިން އެއް މައްސަލާގައި ސުޕްރީމް ކޯޓުން ނިންމީ އެތައް މިލިއަން ރުފިޔާއެއް ވިލާއަށް ސަރުކާރުން ދިނުމަށްކަން އެނގިހުރެ މި ވާހަކަތައް ތަކުރާރުކޮށް އެކަމަނާ ދައްކަވާތީ ހިތާމަކުރައްވާކަމަށެވެ.

ޤާސިމްގެ ކުންފުނިތަކުން 2.9 ބިލިއަން ރުފިޔަ ދައްކަން ޖެހޭކަމަށް އާޒިމާ ވިދާޅުވިއިރު، ވިލާގެ ކުންފުނިތަކުން ދައްކަންޖެހޭ ފައިސާގެ އަދަދާއި ގުޅޭގޮތުން އެއްވެސް ފަރާތެއް ދައްކާ ވާހަކަ ދިމާނުވާކަން ފާހަގަކުރެވެއެވެ. އެގޮތުން އާޒިމާ ވިދާޅުވި ގޮތުގައި ޤާސިމްގެ ވިލާ ކުންފުނިން ދައުލަތަށް 2.9 ބިލިއަން ރުފިޔާ ދައްކަންޖެހޭނެ އެވެ. ނަމަވެސް މީރާއިން ހާމަކޮށްފައިވާ ގޮތުގައި ޤާސިމްގެ ކުންފުނިތަކުން ދައުލަތަށް ދައްކަންޖެހެނީ 78.6 މިލިއަން ރުފިޔާ އެވެ. މިރާއިން އެގޮތަށް ބުނި ނަމަވެސް ފިނޭންސްއިން ހާމަކޮށްފައިވަނީ ޤާސިމްގެ ކުންފުނިތަކުން ދައުލަތަށް 369.5 މިލިއަން ދައްކަންޖެހޭ ކަމަށެވެ.

އިތުރަށް ކިޔާލަން

13 އެޕްރީލު 2017

ޤާސިމްގެ ޝަރީއަތް ސިއްރުކޮށްފި

13 އެޕްރީލު 2017
ޤާސިމްގެ ޝަރީއަތް ސިއްރުކޮށްފި
13 އެޕްރީލު 2017

ޤާސިމްގެ ދެ ވަކީލަކަށް މިއަދު ކޯޓަށް ނުވަދެވޭނެ ކަމަށް އަންގައިފި

13 އެޕްރީލު 2017
ޤާސިމްގެ ދެ ވަކީލަކަށް މިއަދު ކޯޓަށް ނުވަދެވޭނެ ކަމަށް އަންގައިފި
13 އެޕްރީލު 2017

ޤާސިމްގެ މައްޗަށް ހިންގަން އޮތް ޝަރީއަތް މިހާރު ޤާނޫނާ ޚިލާފް ވާނެ: ހިސާން

13 އެޕްރީލު 2017
ޤާސިމްގެ މައްޗަށް ހިންގަން އޮތް ޝަރީއަތް މިހާރު ޤާނޫނާ ޚިލާފް ވާނެ: ހިސާން
09 އެޕްރީލު 2017

ޤާސިމްގެ އިސްތިއުނާފް މައްސަލަ ބަލައިނުގަނެ ބޭރުކޮށްލައިފި

09 އެޕްރީލު 2017
ޤާސިމްގެ އިސްތިއުނާފް މައްސަލަ ބަލައިނުގަނެ ބޭރުކޮށްލައިފި
01 އެޕްރީލު 2017

ރިޝްވަތު ދިންކަމަށް އިއުތިރާފްވި މެމްބަރުގެ މައްސަލަ ނުބެލޭ، ޤާސިމްގެ ތަހުގީގަކީ ސިޔާސީ ކަމެއް:ޑރ ޖަމީލް

01 އެޕްރީލު 2017
ރިޝްވަތު ދިންކަމަށް އިއުތިރާފްވި މެމްބަރުގެ މައްސަލަ ނުބެލޭ، ޤާސިމްގެ ތަހުގީގަކީ ސިޔާސީ ކަމެއް:ޑރ ޖަމީލް
30 މާރިޗު 2017

ޤާސިމްގެ މައްޗަށް ތުހުމަތުކޮށްފައިވަނީ މެމްބަރުންނަށް ރިޝްވަތުދެއްވިކަމުގެ ތުހުމަތު!

30 މާރިޗު 2017
ޤާސިމްގެ މައްޗަށް ތުހުމަތުކޮށްފައިވަނީ މެމްބަރުންނަށް ރިޝްވަތުދެއްވިކަމުގެ ތުހުމަތު!
08 މާރިޗު 2017

ރާއްޖެ ޓީވީގެ ރައްދު: ބްރޯޑްކޮމްގެ ނިންމުން އިންސާފުން ބޭރު، އެއީ ބިރު ދެއްކުން!

08 މާރިޗު 2017
ރާއްޖެ ޓީވީގެ ރައްދު: ބްރޯޑްކޮމްގެ ނިންމުން އިންސާފުން ބޭރު، އެއީ ބިރު ދެއްކުން!
04 މާރިޗު 2017

ސަތޭކަ މެންބަރުން ވައްދައި ފޮނަދޫ ރައްޔިތުން މެމްބަރު އަދުރޭއަށް ރައްދު ދީފި

04 މާރިޗު 2017
ސަތޭކަ މެންބަރުން ވައްދައި ފޮނަދޫ ރައްޔިތުން މެމްބަރު އަދުރޭއަށް ރައްދު ދީފި
22 ފެބުރުއަރީ 2017

އުމަރު ނަސީރަށް ރައީސް މައުމޫން ރައްދު ދެއްވައިފި

22 ފެބުރުއަރީ 2017
އުމަރު ނަސީރަށް ރައީސް މައުމޫން ރައްދު ދެއްވައިފި
07 ޖެނުއަރީ 2017

މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް

07 ޖެނުއަރީ 2017
މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް