Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޤާސިމްގެ ޝަރީޢަތް

ޤާސިމްގެ މައްޗަށް ހިންގަން އޮތް ޝަރީއަތް މިހާރު ޤާނޫނާ ޚިލާފް ވާނެ: ހިސާން

ހައިކޯޓުން އެނިންމީ ވަރަށް ގިނަ ނިންމުން

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 13 އެޕްރީލު 2017 | ބުރާސްފަތި 00:09
ހިސާން ނޫސްވެރިންނަށް އިންޓަރވިއު ދެއްވަނީ

ހިސާން ނޫސްވެރިންނަށް އިންޓަރވިއު ދެއްވަނީ

ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި ގުޅިފައިވާ ޕާޓީތަކުުން ރާއްޖޭގައި މިވަގުތު ހުންނެވި ހަމައެކަނި ލީޑަރ ޤާސިމް އިބްރާހީމާމެދު ބުރާސްފަތި ދުވަހު (މިއަދު) ބާއްވާ ޝަރީޢަތް ޤާނޫނާ ޚިލާފްވާނެ ކަމަށް އެމަނިކުފާނުގެ ޤާނޫނީ ވަކީލް ހިސާން ހުސައިން ވިދާޅުވެއްޖެއެވެ.

ހިސާން މިފަދައިން ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުން މ ކުނޫޒްގައި ބުދަދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

Advertisement - newsAdvertisement

ހިސާން ވިދާޅުވީ ރާއްޖޭގެ ކޯޓުތަކަށްގޮސް ވަކާލާތު ކުރުމާއި ސިޔާސީ ކަންކަމުގައި އުޅުމަކީ ވަރަށް ބުރަ ކަމެއް ކަމަށާއި އެހެންނަމަވެސް އެކަމުގައި ދެމިހުންނަނީ އުއްމީދުތަކެއް ކުރެވޭތީ ކަމަށެވެ. އެގޮތުން ހައިކޯޓުން ބުދަދުވަހު ކުރި ހުކުމަކީ ލިބުނު އުއްމީދެއް ކަމަށާއި ރާއްޖޭގެ ކޯޓުތަކުންވެސް ރަނގަޅު ނިންމުމެއް ނިންމަފާނެކަން ދޭހަވި ކަމެއް ކަމަށް ހިސާން ވިދާޅުވިއެވެ.

ހިސާން ވިދާޅުވީ އެއީ އިންސާފެއް ލިބިދާނެ ކަމުގެ އުއްމީދެއް ކަމަށާއި އެކަމުގެ ކުޑަކުޑަ ހުޅުކޮޅެއް ދިއްލިގެން ހިނގައްޖެ ކަމަށެވެ.

ހިސާން ވިދާޅުވީ ފަހަރުގައި އެނިންމުމަކީ ޑްރާމާއެއް ކަމަށްވެސް ވެދާނެ ކަމަށާއި އަދި ރޭވުންތެރި ޢަމަލެއް ކަމަށްވެސް ވެދާނެ ކަމަށެވެ. ނަމަވެސް ޤަބޫލުކުރަން ބޭނުން ވަނީ ހައިކޯޓުން އެނިންމި ނިންމުމުން ދިވެހިރައްޔިތުންނަށް އުއްމީދެއް ލިބިއްޖެކަން ކަމަށެވެ. އަދި ކުރަން އުޅޭ މަސައްކަތް ކާމިޔާބު ވެދާނެކަމުގެ ކޮންމެވެސް ކަހަލަ އިޝާރާތެއް ލިބިއްޖެކަން ކަމަށެވެ.

ހައިކޯޓުން ޤާސިމް ދޫކޮށްލުމަށް ކުރި ހުކުމަށް އިޝާރާތް ކުރައްވާ ހިސާން ވިދާޅުވީ ހައިކޯޓުން އެނިންމީ ފުލުހުން ހިންގި އިޖުރާއަތު ތަކަކީ ޤާނޫނާ ޚިލާފް ކަންތައްތަކެއްކަމަށެވެ. އަދި އޭގެ ފަހުން އައި ހުރިހާ ކަމަކީ ބާތިލް ކަންތައްކެއްކަމަށް ހިސާން ވިދާޅުވިއެވެ.

ހިސާން ވިދާޅުވީ ފުލުހުން ޤާސިމް ހައްޔަރުކޮށްގެން ހިންގި ތަހުގީގާއި އެތަހުގީގުން ހޯދި ހުރިހާ ހެއްކަކީ ޤާނޫނީ އިޖުރާއަތުގެ ބޭރުން ހޯދިފައިވާ އެއްޗެހިތަކެއް ކަމަށެވެ. އަދި އެކަމުގެ ނަތީޖާއެއްގެ ގޮތުން ޤާސިމްއާ ދެކޮޅަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ދައުވާތަކަކީ ޤާނޫނީ އިޖުރާއަތުތަކުގެ ބޭރުން ހުށަހަޅާފައިވާ ދައުވާތަކެއް ކަމަށެވެ. އަދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން މިހާރު ޤާސިމްގެ މައްޗަށް ހުށަހަޅާ ބުރާސްފަތި ދުވަހު ފަށަން ހަމަޖެހިފައިވާ ޝަރީޢަތްތައް ހިންގޭނެ ޤާނޫނީ އެއްވެސް އިޖުރާއަތެއް ނެތްކަމަށް ހިސާން ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!

ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!

17 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 ޖޫން
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް
20242 އަހަރު ކުރިން
ރާއްޖެ

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި
20233 އަހަރު ކުރިން
ރިޕޯޓު

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް
20188 އަހަރު ކުރިން
ސިއްހަތު

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު