Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުހެންރިކް މިޚްތަރިޔާން

ސަންޗޭޒްގެ ބަދަލުގައި އާސެނަލްއަށް މިޚްތަރިޔާން

23 ޖެނުއަރީ 2018 | އަންގާރަ 13:52

އޭނާ އެ ޓީމާއެކު ސޮއިކޮށްފައިވަނީ ދިގު މުއްދަތެއްގެ އެއްބަސްވުމެއްގައި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 23 ޖެނުއަރީ 2018 | އަންގާރަ 13:52
ހެންރިކް މިޚްތަރިޔާން އާސެނަލްގެ ޖާޒީގައި

ހެންރިކް މިޚްތަރިޔާން އާސެނަލްގެ ޖާޒީގައި

ޗިލީގެ ފޯވާޑް އެލެކްސިސް ސަންޗޭޒް މެންޗެސްޓާ ޔުނައިޓެޑާއި ގުޅުމުން އޭގެ ބަދަލުގައި އެ ޓީމަށް ކުޅެމުން އައި އަރމީނިއާގެ މިޑްފީލްޑަރު ހެންރިކް މިޚްތަރިޔާން އާސެނަލްއަށް ސޮއިކޮށްފިއެވެ.

އާސެނަލްގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށް އެ ޓީމުން ވަނީ މިޚްތަރިޔާން އެ ޓީމަށް ސޮއިކުރިކަން ކަށަވަރު ކޮށްދީފައެވެ. އެ ޓީމުން ބުނީ އޭނާ އެ ޓީމާއެކު ސޮއިކޮށްފައި ވަނީ ދިގު މުއްދަތެއްގެ އެއްބަސްވުމެއް ކަމަށެވެ. މެންޗެސްޓާ ޔުނައިޓެޑާއި 2016 ވަނަ އަހަރު މިޚްތަރިޔާން ގުޅުނީ 26.3 މިލިއަން ޕައުންޑްގެ ފީއަކަށެވެ. އޭނާވަނީ އެ ޓީމަށް 39 މެޗު ކުޅެދީ ފަސް ލަނޑު ޖަހައިދީފައެވެ. އޭނާއަކީ މިދިޔަ ސީޒަނުގެ ޔުއެފާ ޔުރޮޕާ ލީގު އެ ޓީމުން ކާމިޔާބުކުރިއިރު މުހިންމު ދައުރެއް އެ ޓީމުގައި އަދާކުރި ކުޅުންތެރިޔެކެވެ.

މިޚްތަރިޔާން އާސެލްއަށް ދިނުމަށް ޔުނައިޓެޑްއިން އެއްބަސްވީ އެލެކްސިސް ސަންޗޭޒް އެ ޓީމަށް ގެންދިޔުމަށް މަގުފަހި ކުރުމުގެ ގޮތުންނެވެ. އާސެނަލްގެ ގިނަ ސަޕޯޓަރުން ސިފަކުރަމުން އަންނަނީ އޭނާއަކީ ސަންޗޭޒްއަށް ވުރެ އެ ޓީމުގައި މޮޅު ކުޅުމެއް ދައްކާނެ ކުޅުންތެރިޔެއްގެ ގޮތުގައެވެ.

އާސެނަލްއަށް ބަދަލުވުމަށް ފަހު މިޚްތަރިޔާން ބުނީ ޓްރާންސްފާގެ ކަންކަން ނިންމާލެވުމުން ވަރަށް ހިތްހަމަޖެހިފައިހުރި ކަމަށާއި އާސެނަލްއަށް ކުޅުމަކީ އޭނާ އަބަދުވެސް ދެކުނު ހުވަފެނެއް ކަމަށެވެ. އޭނާ ބުނީ އެ ހުވަފެން ހަގީގަތަކަށް ހެދިއްޖެ ކަމަށާއި އަމާޒަކީ އާސެނަލްއާއެކު ތާރީހީ ކާމިޔާބުތަކެއް ހޯދުން ކަމަށެވެ.

އާސެނަލްގެ ކޯޗު ވެންގާ ބުނީ މިޚްތަރިޔާން އަކީ ވަރަށް ފުރިހަމަ ކުޅުންތެރިޔެއް ކަމަށާއި އޭނާއަކީ ފުރުސަތުތައް ތަނަވަސްކޮށްދީ ޑިފެންސްގައި ވެސް އެހީތެރިކަން ފޯރުކޮށްދޭ ކުޅުންތެރިޔެއް ކަމަށެވެ. އޭނާއަކީ އާސެނަލްގެ ޖާޒީގައި ކާމިޔާބު ހޯދޭނެ ހުރިހާ ސިފައެއް ހުރި ކުޅުންތެރިޔެއް ކަމަށް ވެންގާ ބުނެފައިވެއެވެ.

އުމުރުން 29 އަހަރުގެ މިޑްފީލްޑަރުގެ ކެރިއަރު ފެށީ އަމިއްލަ ގައުމުގެ ޓީމެއް ކަމަށްވާ އެފްސީ ޕިޔުނިކްއިންނެވެ. އެޔަށް ފަހު އެ ޔޫކްރެއިންގެ ޝަކްތަރު ޑޮނޭޓްސްކްއަށް ބަދަލުވެ އެ ޓީމާއެކު ޔޫކްރެއިންގެ ލީގު ތިންފަހަރަކު އޭނާ ކާމިޔާބުކުރިއެވެ. ހަމައެހެންމެ އޭނާ ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑްއަށް ބަދަލުވެ އެ ޓީމުގައި މޮޅު ކުޅުމެއް ދެއްކިއެވެ. އަރމީނިއާގެ ގައުމީ ޓީމުގެ ކެޕްޓަންކަން ވެސް ކުރަމުން އަންނަ މިޚްތަރިޔާންއަކީ އެ ގައުމުގެ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާއެވެ. ހަމައެހެންމެ އޭނާ ވަނީ އަރމީނިއާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު އަށް ފަހަރެއްގެ މަތިން ހޯދާފައެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

03 އޮކްޓޯބަރު 2017

ގްރީޒްމަން އާސެނަލްއަށް ގެނައުމަށް މަސައްކަތް ކުރާނަން: ލަކަޒެޓް

03 އޮކްޓޯބަރު 2017
ގްރީޒްމަން އާސެނަލްއަށް ގެނައުމަށް މަސައްކަތް ކުރާނަން: ލަކަޒެޓް
18 ސެޕްޓެމްބަރު 2017

ޝަރަފްގެ ބަދަލުގައި ވީއޭއެމްގެ ޖެނެރަލް ސެކެޓްރީއަކަށް ބޭބެ ހަމަޖައްސައިފި

18 ސެޕްޓެމްބަރު 2017
ޝަރަފްގެ ބަދަލުގައި ވީއޭއެމްގެ ޖެނެރަލް ސެކެޓްރީއަކަށް ބޭބެ ހަމަޖައްސައިފި
09 އޯގަސްޓު 2017

އާސެނަލްއަށް ޕްރިމިއާ ލީގު ކާމިޔާބު ކުރެވިދާނެ ސަބަބުތައް!

09 އޯގަސްޓު 2017
އާސެނަލްއަށް ޕްރިމިއާ ލީގު ކާމިޔާބު ކުރެވިދާނެ ސަބަބުތައް!
15 ޖުލައި 2017

ސަންޗޭޒްގެ އެއްބަސްވުން އާކުރާނެކަމުގެ އުންމީދު ލިބިއްޖެ: ވެންގާ

15 ޖުލައި 2017
ސަންޗޭޒްގެ އެއްބަސްވުން އާކުރާނެކަމުގެ އުންމީދު ލިބިއްޖެ: ވެންގާ
14 ޖޫން 2017

ރެއާލް ދޫކޮށް ޑެނީލޯ އާސެނަލްއަށް ބަދަލު ނުވާނެ: ރިޕޯޓް

14 ޖޫން 2017
ރެއާލް ދޫކޮށް ޑެނީލޯ އާސެނަލްއަށް ބަދަލު ނުވާނެ: ރިޕޯޓް
18 މެއި 2017

ބެލެރިންގެ ރިޕްލޭސްމަންޓަކަށް އާސެނަލްއަށް ޑެނީލޯ ގެންނަނީ!

18 މެއި 2017
ބެލެރިންގެ ރިޕްލޭސްމަންޓަކަށް އާސެނަލްއަށް ޑެނީލޯ ގެންނަނީ!
24 އެޕްރީލު 2017

އެފްއޭކަޕް: ސަންޗޭޒްގެ ލަނޑުން ސިޓީ ބަލިކޮށް އާސެނަލް ފައިނަލަށް

24 އެޕްރީލު 2017
އެފްއޭކަޕް: ސަންޗޭޒްގެ ލަނޑުން ސިޓީ ބަލިކޮށް އާސެނަލް ފައިނަލަށް
21 ފެބުރުއަރީ 2017

ކާނަލްގެ ބަދަލުގައި ވީއޭއެމްގެ އެކްސްކޯ އަށް އައްލަ!

21 ފެބުރުއަރީ 2017
ކާނަލްގެ ބަދަލުގައި ވީއޭއެމްގެ އެކްސްކޯ އަށް އައްލަ!
25 ޖެނުއަރީ 2017

ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!

25 ޖެނުއަރީ 2017
ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް