Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
އިންކަމް ޓެކްސް ބަޔާން

އިންކަމް ޓެކްސް ބަޔާން ހުށަހަޅަންޖެހޭ ގިނަ ފަރާތްތަކަކުން އަދިވެސް ބަޔާން ހުށަހަޅާފައެއްނުވޭ: މީރާ

އިންކަމް ޓެކްސް ބަޔާން ހުށަހެޅުމުގެ ސުންގަޑި ހުސްވި އޮގަސްޓް މަހުގެ 31 ވަނަ ދުވަހު ވަނީ ހަމަވެފައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 21 ސެޕްޓެމްބަރު 2021 | އަންގާރަ 16:31
ނިއު ނޯމަލްގައި މީރާއިން މަސައްކަތް ކުރަމުންދިޔަ ގޮތް

ނިއު ނޯމަލްގައި މީރާއިން މަސައްކަތް ކުރަމުންދިޔަ ގޮތް

2020 ވަނަ އަހަރަށް ހުށަހަޅަންޖެހޭ އިންކަމް ޓެކްސް ބަޔާން ހުށަހެޅުމުގެ ސުންގަޑި ހަމަވީއިރުވެސް، އެ ބަޔާން ހުށަހަޅަން ޖެހޭ ގިނަ ފަރާތްތަކުން އެކަން ކޮށްފައިނުވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އިން ބުނެފިއެވެ.

މީރާއިން ބުނީ މިދިޔަ އަހަރަށް ހުށަހަޅަން ޖެހޭ އިންކަމް ޓެކްސް ބަޔާން ހުށަހެޅުމުގެ ސުންގަޑި ހުސްވި އޮގަސްޓް މަހުގެ 31 ވަނަ ދުވަހު ހަމަވެފައިވާ ކަމަށެވެ. ފަރުދުންގެ ތެރެއިން ބަޔާން ހުށަހަޅައިފައިނުވާ ފަރާތްތަކުގެ ތެރޭގައި އެއް ފަރާތަށްވުރެ ގިނަ ފަރާތުން އުޖޫރަ ލިބޭ ފަރާތްތަކާއި, ގެދޮރު ކުއްޔަށް ދީގެން އާމްދަނީ ލިބޭ ގިނަ ފަރާތްތައް ހިމެނޭ ކަމަށާއި ފަރުދަކަށް އެއް ބާވަތަށް ވުރެ ގިނަ ބާވަތުގެ އާމްދަނީ ލިބިފައިވާނަމަ އެ ފަރާތުގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރާނީ ލިބިފައިވާ ހުރިހައި އާމްދަނީއެއް ހިމެނޭ ގޮތުން ކަމަށް މީރާ އިން ބުނެއެވެ.

Advertisement - businessAdvertisement

އެހެން ނަމަވެސް އުޖޫރައިން ޓެކްސް ނަގަން ފަށާފައިވަނީ މިދިޔަ އަހަރުގެ އޭޕްރީލް ފުރަތަމަ ދުވަހުން ކަމަށްވާތީ، 2020 ވަނަ އަހަރުގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި ހިމަނާނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 20 ވަނަ ދުވަހުން ފެށިގެން ލިބިފައިވާ އުޖޫރައިގެ ޖުމުލަ ކަމަށް މީރާއިން ބުނެއެވެ. އެގޮތަށް ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރާނީ އިސްތިސްނާ އާމްދަނީ ނުހިމަނައެވެ.

ފަރުދުންގެ ތެރެއިން 2020 ވަނަ އަހަރުގެ އިންކަމް ޓެކްސް ބަޔާން ހުށަހަޅަން ޖެހޭނީ 2020 ވަނަ އަހަރު އެ ފަރާތަށް ލިބިފައިވާ ޖުމުލަ އާމްދަނީ ދެ މިލިއަން ރުފިޔާއަށް ވުރެ އިތުރުވާނަމަ ނުވަތަ ލިބިފައިވާ ޓެކްސް ބިނާކުރެވޭ އާމްދަނީ 720,000 ރުފިޔާއަށް ވުރެ އިތުރުވާނަމައެވެ.

އެހެން ނަމަވެސް އެ ފަރާތަށް ލިބިފައިވާ ޖުމުލަ އާމްދަނީއަކީ ހަމައެކަނި އުޖޫރަ ދޭ އެންމެ ފަރާތަކުން ލިބިފައިވާ އާމްދަނީ ކަމަށްވާނަމަ ބަޔާން ހުށަހެޅުން ލާޒިމު ނޫން ކަމަށް މީރާއިން ބުނެއެވެ.

ޑީމްޑް ޕާޓްނަޝިޕްތަކުން 2020 ވަނަ އަހަރުގެ އިންކަމް ޓެކްސް ބަޔާން ހުށަހަޅަންޖެހޭނީ 2020 ވަނަ އަހަރު ލިބިފައިވާ ޖުމުލަ އާމްދަނީ ދެ މިލިއަން ރުފިޔާއަށް ވުރެ އިތުރުވާނަމަ ނުވަތަ ލިބިފައިވާ ޓެކްސް ބިނާކުރެވޭ އާމްދަނީ 500,000 ރުފިޔާއަށް ވުރެ އިތުރުވާނަމައެވެ. އެހެން ނަމަވެސް ކުންފުނި، ޕާޓްނަޝިޕް އަދި ކޯޕަރޭޓިވް ސޮސައިޓީސްތަކުން ލިބިފައިވާ އާމްދަނީއަށް ބެލުމެއް ނެތި 2020 އަހަރުގެ އިންކަމް ޓެކްސް ބަޔާން ހުށަހަޅަން ޖެހޭނެއެވެ.

މިދިޔަ އަހަރުގެ އިންކަމް ޓެކްސް ބަޔާން ހުށަހަޅަންޖެހޭތޯ މިރާގެ ވެބްސައިޓުން ބަލައިލެވޭނެއެވެ. އިންކަމް ޓެކުހަކީ ކުރިން ބީޕީޓީ ނިޒާމުގެ ދަށުން އަމަލުކުރަމުންދިޔަ ގޮތަށް، އަހަރަކަށް ދެ އިންޓެރިމް އަދި އެއް ފައިނަލް ޕޭމަންޓުގެ ގޮތުގައި ދައްކަންޖެހޭ ޓެކުހެކެވެ. އެގޮތުން ފުރަތަމަ އިންޓަރިމް ބަޔާން ހުށަހަޅައި ފައިސާ ދައްކަންޖެހޭ ސުންގަޑިއަކީ އެ ޓެކްސް އަހަރުގެ ޖުލައި 31 ވަނަ ދުވަހެވެ. އަދި ދެވަނަ އިންޓަރިމް ބަޔާން ހުށަހަޅައި ފައިސާ ދައްކަންޖެހޭ ސުންގަޑިއަކީ ޖެހިގެން އަންނަ ޓެކްސް އަހަރުގެ ޖެނުއަރީ 31 ވަނަ ދުވަހެވެ.

އިންކަމް ޓެކްސް ބަޔާން ހުށަހަޅައި ފައިސާ ދައްކަންޖެހޭ ސުންގަޑިއަކީ ޖެހިގެން އަންނަ ޓެކްސް އަހަރުގެ ޖޫން 30އެވެ. ނަމަވެސް، ކޮވިޑް-19އާ ގުޅިގެން ދިމާވެފައިވާ ހާލަތުގެ ސަބަބުން، މީރާއިން ވަނީ 2020 ވަނަ އަހަރުގެ އިންކަމް ޓެކްސް ބަޔާން ހުށަހެޅުމާއި ފައިސާ ދެއްކުމުގެ ސުންގަޑި 31 އޮގަސްޓު 2021 އަށް ފަސްކޮށްދީފައެވެ. އަދި މިއަހަރަށް ހުށަހަޅަންޖެހޭ ފުރަތަމަ އިންޓެރިމް ބަޔާން ހުށަހެޅުމާއި އިންޓެރިމް ފައިސާ ދެއްކުމުގެ ސުންގަޑި މި ހިނގާ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހަށް ވަނީ ފަސްކޮށްދީފައެވެ.

އިންކަމް ޓެކްސް ބަޔާން ހުށަހެޅުމުގެ ސުންގަޑި ފާއިތުވެފައިވީ ނަމަވެސް، ބަޔާން ހުށަހަޅަންޖެހޭ ފަރާތްތަކުން ވީހާވެސް އަވަހަށް ބަޔާން ހުށަހެޅުމަށް މީރާއިން އިލްތިމާސްކުރެއެވެ. އަދި ބަޔާން ފުރިހަމަކުރުމުގައި އެހިތެރިކަން ބޭނުންވާ ފަރާތްތަކުން މީރާގެ އެހީތެރިކަން ހޯދުމަށް ވެސް އެ އޮތޯރިޓީން އެދިފައިވެއެވެ.

މީރާއިން ވަނީ ޓެކްސް ދައްކާ ފަރާތްތަކަށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސައިދީ، ޓެކްސް އަދި ޓެކުހާ ގުޅޭ ޖޫރިމަނާ ދެއްކުމުގައިވެސް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން ހަމަޖައްސައިދިން ލުއި ގޮތްތަކުގެ ތެރޭގައި ޓެކުހުގެ ޖޫރިމަނާ މައާފުކޮށްދިނުމާއި އިންސްޓޯލްމެންޓަށް ބަހާލައިގެން ޓެކްސް ދެއްކޭނެ އިންތިޒާމް ހަމަޖައްސައިދިނުން ހިމެނެއެވެ.

މީރާ

ކޮމެންޓް

Like & Win

Giveaway
Powered by: Click Computers
Acer Travelmate P2

Acer Travelmate P2

i3 • 4GB • 256GB SSD • 14" FHD

Tap

އިތުރަށް ކިޔާލަން

ދަރުމަވަންތަ ހޮސްޕިޓަލް އެޅި ކުންފުނިން ޓެކްސް ނުދައްކާ މައްސަލައިގެ ޝަރީއަތް މަޑުޖައްސާލުމަށް އަމުރުކޮށްފި

ދަރުމަވަންތަ ހޮސްޕިޓަލް އެޅި ކުންފުނިން ޓެކްސް ނުދައްކާ މައްސަލައިގެ ޝަރީއަތް މަޑުޖައްސާލުމަށް އަމުރުކޮށްފި

05 އޮކްޓޯބަރު 2025
މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބު ބަދަލުވެއްޖެ

މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބު ބަދަލުވެއްޖެ

21 އޯގަސްޓު 2025
ޓެކްސް ފައިސާ ނުދައްކާ ފަރާތްތައް ޖަލަށްލާން ހުށަހެޅި އިސްލާހު އައިސްފައި ވަނީ ރައީސް އޮފީހުގެ މޭޒުދަށުން: ޒަރިޔަންދު

ޓެކްސް ފައިސާ ނުދައްކާ ފަރާތްތައް ޖަލަށްލާން ހުށަހެޅި އިސްލާހު އައިސްފައި ވަނީ ރައީސް އޮފީހުގެ މޭޒުދަށުން: ޒަރިޔަންދު

06 އޯގަސްޓު 2025
"ކޯޓުތަކުގައިވެސް އިންސާފު ކިރަން ހުންނަނީ ތިލަފަތެއް ނޫން، ތަރާދެއް ހުންނަނީ": މެންބަރު ޒިޔާދު

"ކޯޓުތަކުގައިވެސް އިންސާފު ކިރަން ހުންނަނީ ތިލަފަތެއް ނޫން، ތަރާދެއް ހުންނަނީ": މެންބަރު ޒިޔާދު

06 އޯގަސްޓު 2025
ޓެކްސް ނެގުމުގެ ޤާނޫނަށް ގެންނަ އިސްލާހު - "ސިއްރު ނުހިފަހައްޓައިފި ނަމަ 250،000 ރުފިޔާ އާއި ހަމައަށް ޖޫރިމަނާ ކުރެވޭނެ"

ޓެކްސް ނެގުމުގެ ޤާނޫނަށް ގެންނަ އިސްލާހު - "ސިއްރު ނުހިފަހައްޓައިފި ނަމަ 250،000 ރުފިޔާ އާއި ހަމައަށް ޖޫރިމަނާ ކުރެވޭނެ"

05 އޯގަސްޓު 2025

އަހަރުތަކުން މިއަދު

13 މާރިޗު
އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!
20251 އަހަރު ކުރިން
ރިޕޯޓު

އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ
20215 އަހަރު ކުރިން
ރިޕޯޓު

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ

އައިޝާގެ ޖަވާބުން ފުދިއްޖެ!
20197 އަހަރު ކުރިން
ރިޕޯޓު

އައިޝާގެ ޖަވާބުން ފުދިއްޖެ!

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު