Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ވައިބަރ މެދުވެރިކޮށް ފައިސާ ފޮނުވޭގޮތް ހެދުން

އުރީދޫއިން، ވައިބަރ މެދުވެރިކޮށް އެމް-ފައިސާއިން ފައިސާ ފޮނުވޭގޮތް ހަަދައިފި

ފުރަތަމަ 1000 ކަސްޓަމަރުންނަށް ޚާއްސަ އޮފަރއެއްގެ ގޮތުގައި އެމް-ފައިސާ ވޮލެޓަށް 25 ރުފިޔާގެ ކޭޝްބެކް އެއް ލިބޭނެ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 17 ފެބުރުއަރީ 2022 | ބުރާސްފަތި 19:05
ޚިދުމަތް ތައާރަފުކުރި ހަފްލާގެ ތެރެއިން

ޚިދުމަތް ތައާރަފުކުރި ހަފްލާގެ ތެރެއިން

އުރީދޫ މޯލްޑިވްސްއިން, ދުނިޔޭގެ ކުރިއަރާފައިވާ މެސެޖިންގ ޕްލެޓްފޯމް، ރަކުޓެން ވައިބަރއާއެކު ޕާޓްނަރވެ، ވައިބަރ މެދުވެރިކޮށް ފަސޭހަކަމާއެކު އެކަކު އަނެކަކަށް ފައިސާ ފޮނުވޭ ގޮތް ހަދައިފިއެވެ.

އުރީދޫއިން މި އީޖާދީ ޚިދުމަތް ތައާރަފްކޮށްފައިވަނީ، ވަކިވަކި ކަސްޓަމަރުންނަށާއި އޮންލައިން ފިހާރަތަކާއި ކެފޭ/ރެސްޓޯރަންޓް އަދި ކޯނަރ ޝޮޕްތައްފަދަ ކުދި ވިޔަފާރި ވެރިންނަށް އިތުބާރާއި ފަސޭހަ ކަމާއެކު ފައިސާ ޓްރާންސްފަރ ކުރެވޭނެ ހައްލެއް ފޯރުކޮށްދިނުމުގެ މަގުސަދުގައެވެ.

Advertisement - businessAdvertisement

އުރީދޫއިން ބުނީ ވައިބަރ މެދުވެރިކޮށް, އެމް-ފައިސާއިން ފައިސާ ފޮނުވާ ފުރަތަމަ 1000 ކަސްޓަމަރުންނަށް ޚާއްސަ އޮފަރއެއްގެ ގޮތުގައި އެމް-ފައިސާ ވޮލެޓަށް 25 ރުފިޔާގެ ކޭޝްބެކްއެއް ލިބޭނެ ކަމަށާއި، މި އޮފަރ ލިބިގެންދާނީ ސިލްވަރ ނުވަތަ ގޯލްޑް ވޮލެޓް ގެންގުޅޭ ކަސްޓަމަރުންގެ ތެރެއިން މި މަހުގެ ތެރޭގައި އެންމެ މަދުވެގެން 500 ރުފިޔާ ކޭޝް-އިން ކޮށްފައިވާ ކަަސްޓަމަރުންނަށް ކަމަށެވެ.

ވައިބަރ ޕްލެޓްފޯމަކީ ދިވެހިންގެ ތެރޭގައި ވަރަށް ގިނައިން ބޭނުންކުރާ މަގުބޫލު މެސެޖިންގ ޕްލެޓްފޯމެކެވެ. އުރީދޫއިން ބުނީ މި ޕްލެޓްފޯމް މެދުވެރިކޮށް ރައްޓެހިންނާއި އާއިލާ ގުޅުވާލަދިނުމުގެ އިތުރުން, ބިލަށް ފައިސާ ދައްކާ ސްލިޕްތައް ވިޔަފާރިތަކާއި ކަސްޓަމަރުން ހިއްސާކުރާ ހިއްސާކުރުމަށް ވައިބަރ ބޭނުންކުރާ ކުރުން އިތުރުވެފައިވާ ކަމަށެވެ. މިއާއެކު ސްކޭމްތަކާއި ޓްރާންސެކްޝަން ސްލިޕްތައް ފޯޖް ކުރުން ވެސް ވަނީ އިތުރުވެފައެވެ. އެހެންކަަމުން މި ޚިދުމަތާއެކު ކަސްޓަމަރުންގެ އެކައުންޓްގެ ތަފްސީލް ފަދަ މުހިންމު މައުލޫމާތު ހިއްސާނުކޮށް، އިތުބާރާއެކު ފައިސާގެ މުއާމަލާތް ކުރުމަށް ފަަހިވެގެންދެއެވެ. ވައިބަރ މެދުވެރިކޮށް އެމް-ފައިސާއިން ކާމިޔާބުކަމާއެކު ޓްރާންސްފަރއެއް ހެދުމުން އޮޓޯއިން, ފޮނުވާ ފަރާތުގެ އިތުރުން ފައިސާ ލިބޭ ފަރާތަށްވެސް ވަގުތުން ކޮންފަރމޭޝަަން މެސެޖެއް ލިބި, ޓްރާންސެކްޝަން ރިސިޕްޓްތައް އޮޅުވާލުމުގެ ފުރުސަަތު ނައްތާލުމަށް އެހީތެރިވެދެއެވެ. އެއް ޕްލެޓްފޯރމެއްގެ ތެރެއިން ފަައިސާ ފޮނުވާ މުއާމަލާތް ކުރުމުގެ ފަސޭހަ ކަސްޓަމަރުންނަަށް ފޯރުކޮށްދިނުމުގެ އިތުރުން، ޑިޖިޓަަލް ފައިނޭޝަލް ޕްލެޓްފޯރމްތަކަށް ކަސްޓަަމަރުން އަހުލުވެރިކުރުވުމަަށް ވެސް މި ޚިދުމަތުން ބާރުއެޅޭކަމަށް އުރީދޫއިން ބުނެއެވެ.

އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރު ޚާލިދު އަލް-ހަމާދީ ވިދާޅުވީ ވައިބަރއާއި ޕާރޓްނަރވެ ރަައްކާާތެރިކަމާއެކު ފައިސާގެ މުއާމަލާތް ކުރެވޭ މި އީޖާދީ ޚިދުމަަތް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށާއި، ލިބޭ ކުރިއެރުމެއް ކަމަށެވެ. ވައިބަރއަކީ މި މުޖުތަމައުގައި ފުޅާ ދާއިރާއެއްގައި ބޭނުން ކުރަމުންދާ ޕްލެޓްފޯމަކަށް ވުމުން، މި ޚިދުމަަަތަަކީ ކަަސްޓަމަރުން ޑިޖިޓަލް ޕްލެޓްފޯމްތަކަށް އަހުލުވެރި ކުރުވުމަށް އެޅޭ ވަަރަަށް ބޮޑު ބާރެއް ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން އޭޕީއޭސީގެ ރަކުޓެން ވައިބަރގެ ސީނިއަރ ޑިރެކްޓަރ ޑޭވިޑް ސޫ ވިދާޅުވީ, މިއީ ކަސްޓަމަރުންގެ ހުރިހާ ބޭނުންތަަކަަަށް ވެސްް އެކަަށޭނެ އެޕެއްގެ ގޮތުގައި ކުރިއަށް ދިއުމަށް ވައިބަރއިން މަސައްކަތް ކުރާކަމުގެ ހެތްކެއް ކަމަށާއި، ކޯލް އަދި މެސެޖިންގގެ އިތުރުން ވައިބަރ މެދުވެރިކޮށް ކަަސްޓަަަމަރުންގެ މުހިންމު މައުލޫމާތު ހިއްސާާނުކޮށް, ރައްކާާތެރިކަަމާއި ފަސޭހަކަމާއެކު ފައިސާގެ މުއާމަލާތް އެއްތަނަަަކުން ކުރިއަށް ގެންދިޔުމަށް މި ޚިދުމަތާއެކު ފަަހިވެގެންދާނެ ކަމަށެވެ. އަދި ޑޭޓާ ޕްރައިވެސީއާއި ސެކިއުރިޓީއަަަކީ އަބަދުވެސް ވައިބަރއިން ނުހަަނު އިސްކަަމެއްދޭ ކަަމެއް ކަމަށާއި، ޚިދުމަަތްތައް ބިނާކުރުމުގައި ކަަަސްޓަމަަރުންގެ ރައްކާތެރިކަން ކަށަވަރުކޮށްދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އުރީދޫ އެޕްމެދުވެރިކޮށް އެމް-ފައިސާއަށް ރެޖިސްޓަރވެ، ޔޫޓިލިޓީ ބިލް ދެއްކުމާއި، އެޕް އަދި ވައިބަރ މެދުވެރިކޮށް ފައިސާ ޓްރާންސްފަރ ކުރުމުގެ އިތުރުން، މަރޗަންޓުންނަށް ފައިސާ ދައްކާލެވޭނެއެވެ. އެމް ފައިސާ ޑިޖިޓަލް ވޮލެޓަށް ބީ.އެމް.އެލް، އެސް.ބީ.އައި, އަދި އެމް.އައި.ބީ އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް ފައިސާ ޖަމާކުރެވޭނެއެވެ.

އެމް-ފައިސާއަަށް ރެޖިސްޓަރ ވުމަށް އުރީދޫ އެޕްhttp://ore.do/appޑައުންލޯޑް ކުރެވޭނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އުރީދޫއިން ހުވާވޭ "ޕީ10" އަދި "ޕީ10 ޕްލަސް" ފޯނު ބާޒާރަށް ނެރެފި

އުރީދޫއިން ހުވާވޭ "ޕީ10" އަދި "ޕީ10 ޕްލަސް" ފޯނު ބާޒާރަށް ނެރެފި

24 މެއި 2017
ދެ ރުފިޔާގެ އާ ލުއި ފައިސާ ފޮތި ޖަހައިގެންގެނެސް ހަޒާނާގައި ރައްކާކޮށްފި

ދެ ރުފިޔާގެ އާ ލުއި ފައިސާ ފޮތި ޖަހައިގެންގެނެސް ހަޒާނާގައި ރައްކާކޮށްފި

23 މެއި 2017
އުރީދޫއިން ސެމްސަންގް ގެލެކްސީ އެސް 8 އާއި އެސް 8+ ވިއްކަންފަށައިފި

އުރީދޫއިން ސެމްސަންގް ގެލެކްސީ އެސް 8 އާއި އެސް 8+ ވިއްކަންފަށައިފި

22 މެއި 2017
އެލައިޑްގެ ލައިފް އިންޝިއުރެންސް ފުރަތަމަ ނެގި މީހާއަށް ފައިސާ ދީފި

އެލައިޑްގެ ލައިފް އިންޝިއުރެންސް ފުރަތަމަ ނެގި މީހާއަށް ފައިސާ ދީފި

19 އެޕްރީލު 2017
އުރީދޫއިން އައިޕީއޯގެ އެކްސްކްލޫސިވް ޕްރިވިއު އިއުލާންކޮށްފި

އުރީދޫއިން އައިޕީއޯގެ އެކްސްކްލޫސިވް ޕްރިވިއު އިއުލާންކޮށްފި

17 އެޕްރީލު 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު