Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުބީއެމްއެލްގެ ޚިދުމަތްތައް

ރާއްޖެއިން ބޭރަށް ފަސޭހައިން ފައިސާ ފޮނުވޭނެ ނިޒާމެއް ބީއެމްއެލްއިން ތައާރަފްކޮށްފި

ރާއްޖެއިން ބޭރަށް ފައިސާ ފޮނުވަން ޓީޓީއެއް ބޭނުމެއް ނުވާނެ

އަރުޝަމް އަބްދުލް ޢަޒީޒް
އަރުޝަމް އަބްދުލް ޢަޒީޒް | 1 ޖުލައި 2018 | އާދީއްތަ 09:07
ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް ނޫސް ވެރިންނަށް މައުލޫމާތު ދެއްވަނީ

ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް ނޫސް ވެރިންނަށް މައުލޫމާތު ދެއްވަނީ

ބީއެމްއެލް އިން އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް ފަސޭހަކަމާއެކު ބޭރު ދުނިޔޭގެ ގައުމުތަކަށް ފައިސާ ފޮނުވޭނެ ނިޒާމެއް ތައާރަފް ކޮށްފިއެވެ. މި ޚިދުމަތް ތައާރަފްވުމާއެކު މިހާރު މޮބައިލް ފޯނު މެދުވެރިކޮށް ލުއި ފަސޭހަކަމާއެކު ރާއްޖެއިން ބޭރަށް ފައިސާ ފޮނުވޭނެއެވެ.

މި ޚިދުމަތާ ބެހޭ މައުލޫމާތު ދޭން އަމީނީ މަގުގެ ބީއެމްއެލް ބްރާންޗުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ މި ޚިދުމަތުގެ ސަބަބުން ޓީޓީއަކާ ނުލައި ރާއްޖެއިން ބޭރަށް ފައިސާ ފޮނުވޭނެ ކަމަށެވެ. ކޮންމެ ގަޑިއެއްގަވެސް މި ޚިދުމަތް ލިބޭނެ ކަމުގެ ޔަގީންކަން ދެއްވަމުން ވިދާޅުވީ މި ވަގުތު ވެސް 23 ގައުމަކަށް މި ޚިދުމަތް ލިބިގެންދާ ކަމަށެވެ. އަދި މި ޚިދުމަތް ދިވެހި ރައްޔިތުންގެ އިތުރުން، ބިދޭސީންނަށް ވެސް ލިބޭނެ ކަމަށް ޝަރީފް ވިދާޅުވިއެވެ. ފޮނުވާ ފައިސާ ލިބޭނީ އެ ފޮނުވާ ގައުމެއްގެ ފައިސާއިންކަމަށާއި މިސާލަކަށް މެލޭޝިއާއަށް ފޮނުވާނަމަ އެ ގައުމުގައި ހުންނަ މީހާއަށް ލިބޭނީ އެގައުމުގެ ފައިސާ ކަމަށްވާ "ރިންގިޓް" އިންކަމަށް އޭނާ ވިދާޅުވިއެވެ.

ބީއެމްއެލް އިން ކަސްޓަމަރުންނަށްދޭ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ޓެކްނޮލޮޖީ އަށް ކުރަމުންދާ އިންވެސްޓްމަންޓްގެ ދަށުން ތައާރަފްކުރެވުނު "އޮންލައިން އިންޓަރނޭޝަނަލް މަނީ ޓްރާންސްފަރ" ޚިދުމަތް ލިބޭނީ ބީއެމްއެލް މޮބައިލްޕޭ އެޕް މެދުވެރިކޮށެވެ. މި އެޕް މެދުވެރިކޮށް ދުވާލަކަށް 3،000 ޔޫއެސް ޑޮލަރާ ހަމަޔަށް ރާއްޖެއިން ބޭރަށް ފައިސާ ފޮނުވޭނެއެވެ. ފަސޭހަކަމާއެކު ބީއެމްއެލް މޮބައިލްޕޭ އެޕް ޑައުންލޯޑްކޮށްގެން ފައިސާ ފޮނުވޭއިރު، ފޮނުވާ ގައުމާއި ފޮނުވަން ބޭނުންވާ އަދަދު ޖެހުމުން ވަގުތުން އެކްސްޗޭންޖް ރޭޓް ފެނިގެންދާނެއެވެ.

މި ޚިދުމަތް މިއަދު ފަށާފައިވާއިރު، ތައުލީމް ހާސިލް ކުރުމަށާއި ބޭސްފަރުވާކުރުމަށާއި ޗުއްޓީ ހޭދަކުރުމަށް ދިވެހިން ދަތުރުކުރާ ގިނަ ގައުމުތަކަށް ފައިސާ ފޮނުވޭނެއެވެ. ފައިސާ ފޮނުވުމުގެ ޚިދުމަތުގެ އަގު 5 ޔޫއެސް ޑޮލަރުން ފެށޭއިރު އޮންލައިން އިންޓަރނޭޝަނަލް މަނީ ޓްރާންސްފަރ ޚިދުމަތުގެ އަގު ވެގެންދާނީ ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމުގެ އެންމެ ހެޔޮ އަގަށެވެ. އަދި އާންމުކޮށް ފައިސާ ފޮނުވާއިރު ޕްރޮސެސްކުރުމަށް ނަގާ ވަގުތަށްވުރެ އަވަހަށް މި ޚިދުމަތް މެދުވެރިކޮށް ފައިސާ ފޮނުވޭނެއެވެ.

ބޭންކް އޮފް މޯލްޑިވްސްއިން މި ޚިދުމަށް ތައާރަފް ކުރަމުން ބުނީ އެ ބޭންކްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ވީހާވެސް ބޮޑަކަށް ފޯރުކޮށްދިނުމެވެ.

އިތުރަށް ކިޔާލަން

08 ޖޫން 2017

އަމާނާ ތަކާފުލް އިން އަނެއްކާވެސް ސާޕްލަސް ފައިސާ ބެހުމަށް ނިންމައިފި

08 ޖޫން 2017
އަމާނާ ތަކާފުލް އިން އަނެއްކާވެސް ސާޕްލަސް ފައިސާ ބެހުމަށް ނިންމައިފި
23 މެއި 2017

ދެ ރުފިޔާގެ އާ ލުއި ފައިސާ ފޮތި ޖަހައިގެންގެނެސް ހަޒާނާގައި ރައްކާކޮށްފި

23 މެއި 2017
ދެ ރުފިޔާގެ އާ ލުއި ފައިސާ ފޮތި ޖަހައިގެންގެނެސް ހަޒާނާގައި ރައްކާކޮށްފި
19 އެޕްރީލު 2017

އެލައިޑްގެ ލައިފް އިންޝިއުރެންސް ފުރަތަމަ ނެގި މީހާއަށް ފައިސާ ދީފި

19 އެޕްރީލު 2017
އެލައިޑްގެ ލައިފް އިންޝިއުރެންސް ފުރަތަމަ ނެގި މީހާއަށް ފައިސާ ދީފި
10 އެޕްރީލު 2017

ރިޔާދް ޓްރެވެލް ފެއަރގައި ރާއްޖެއިން ބައިވެރިވެއްޖެ

10 އެޕްރީލު 2017
ރިޔާދް ޓްރެވެލް ފެއަރގައި ރާއްޖެއިން ބައިވެރިވެއްޖެ
16 މާރިޗު 2017

ޗުއްޓީއާ ދިމާކޮށް ބޭރަށް ފުރާއިރު ޑޮލަރު ގަންނަ އިރު އޮންލައިންކޮށް ބުކިން ހެއްދޭކަން ބީއެމްއެލް އިން ހަނދާންކޮށްދީފި

16 މާރިޗު 2017
ޗުއްޓީއާ ދިމާކޮށް ބޭރަށް ފުރާއިރު ޑޮލަރު ގަންނަ އިރު އޮންލައިންކޮށް ބުކިން ހެއްދޭކަން ބީއެމްއެލް އިން ހަނދާންކޮށްދީފި
15 މާރިޗު 2017

މޮސްކޯ އިންޓަރނޭޝަނަލް އެގްޒިބިޝަންގައި ރާއްޖެއިން ބައިވެރިވެއްޖެ

15 މާރިޗު 2017
މޮސްކޯ އިންޓަރނޭޝަނަލް އެގްޒިބިޝަންގައި ރާއްޖެއިން ބައިވެރިވެއްޖެ
04 މާރިޗު 2017

ސެކިއުރިޓީސްގެ އަދަދު 23.1 ބިލިއަން ރުފިޔާ، އިގްތިސާދުގައި ހުރި ޖުމްލަ ފައިސާ 30.4 ބިލިއަން ރުފިޔާ: އެމްއެމްއޭ

04 މާރިޗު 2017
 ސެކިއުރިޓީސްގެ އަދަދު 23.1 ބިލިއަން ރުފިޔާ، އިގްތިސާދުގައި ހުރި ޖުމްލަ ފައިސާ 30.4 ބިލިއަން ރުފިޔާ: އެމްއެމްއޭ
21 ފެބުރުއަރީ 2017

ވަން ވާރލްޑް ޓްރެވެލް މާޓު 2017 ގައި ރާއްޖެއިން ބައިވެރިވެއްޖެ

21 ފެބުރުއަރީ 2017
ވަން ވާރލްޑް ޓްރެވެލް މާޓު 2017 ގައި ރާއްޖެއިން ބައިވެރިވެއްޖެ
20 ފެބުރުއަރީ 2017

ރާއްޖެއިން އެކްސްޕޯޓު ކުރި މިންވަރު 137 ޕަސެންޓް އިތުރުވެއްޖެ

20 ފެބުރުއަރީ 2017
ރާއްޖެއިން އެކްސްޕޯޓު ކުރި މިންވަރު 137  ޕަސެންޓް އިތުރުވެއްޖެ
06 ފެބުރުއަރީ 2017

ޓެކްސީ ދަތުރަށް އެމްފައިސާ މެދުވެރިކޮށް ފައިސާ ދެއްކޭނެ ގޮތް ތަޢާރަފްކޮށްފި

06 ފެބުރުއަރީ 2017
ޓެކްސީ ދަތުރަށް އެމްފައިސާ މެދުވެރިކޮށް ފައިސާ ދެއްކޭނެ ގޮތް ތަޢާރަފްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު