Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ތުރުކީގެ އަސްކަރީ އޮޕަރޭޝަން

ތުރުކީގެ އަސްކަރީ އޮަޕަރޭޝަނާ ދެކޮޅަށް ޝުއޫރު ފާޅުކުރި 24 މީހަކު ހައްޔަރުކޮށްފި

އެމީހުންގެ މައްޗަށް ވަނީ "ޓެރަރ ޕްރޮޕެގެންޑާ" ފެތުރިކަމުގެ ތުހުމަތުކޮށްފައި

މުޙައްމަދު ޒާހިރު
މުޙައްމަދު ޒާހިރު, ރާއްޖެ އެމްވީ | 23 ޖެނުއަރީ 2018 | އަންގާރަ 06:11
ތުރުކީގެ އަސްކަރިއްޔާގެ ފައުޖެއް ސީރިއާ އަދި ތުރުކީ ގުޅޭ ސަރަހައްދީ ރޮނގު ކައިރީގައި ހަރަކާތްތެރި ވަނީ

ތުރުކީގެ އަސްކަރިއްޔާގެ ފައުޖެއް ސީރިއާ އަދި ތުރުކީ ގުޅޭ ސަރަހައްދީ ރޮނގު ކައިރީގައި ހަރަކާތްތެރި ވަނީ

ތުރުކީގެ އަސްކަރިއްޔާ އިން ސީރިއާގެ އުތުރުގައި ފަށާފައިވާ އަސްކަރީ އޮޕަރޭޝަނާއި ދެކޮޅަށް "ޓެރަރ ޕްރޮޕެގެންޑާ" ފެތުރިކަމުގެ ތުހުމަތުގައި 24 މީހަކު ތުރުކީގައި ހައްޔަރުކޮށްފިއެވެ.

ތުރުކީގެ ދާޚިލީ ވުޒާރާއާ ހަވާލާދީ ތުރުކީ ސަރުކާރުން ހިންގާ އަނަދޮލޫ ނިއުސް އޭޖެންސީ އިން ވަނީ، ޓެރިޒަމަށް ތާއީދުކޮށް ޕްރޮފެގެންޑާ ފެތުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ، ތުރުކީގެ އަސްކަރިއްޔާ އިން ސީރިއާގެ އުތުރުގައި ފަށާފައިވާ އަސްކަރީ އޮޕަރޭޝަނާ ދެކޮޅަށް އެގައުމުގެ އާއްމުން ސޯޝަލް މީޑިއާގައި ފާޅުކުރާ ޝުއޫރުތަކުގެ ތެރޭގައި ޓެރަރިސްޓް ގްރޫޕްތަކަށް ތާއީދުކޮށް ކޮށްފައިވާ ޕޯސްޓްތަކާ ގުޅިގެން ކަމަށެވެ.

ތުރުކީން ފަށާފައިވާ އަސްކަރީ އޮޕަރޭޝަނާ ދެކޮޅަށް އެގައުމުގެ ގިނަ އަދަދެއްގެ ބަޔަކު ހިތްހަމަނުޖެހުން ފާޅުކުރަމުންދާއިރު، ތުރުކީގެ ބައެއް ސަރަހައްދުތަކުގައި މުޒާހަރާތައް ބާއްވާފައި ވެއެވެ.

ތުރުކީގެ އަސްކަރީ އޮޕަރޭޝަނުގައި ހޯމަ ދުވަހު ތުރުކީގެ ސިފައިންގެ މީހަކު މަރުވެފައިވާއިރު، ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރްދޮޣާން ވަނީ، ގައުމީ އެއްބައިވަންތަ ކަމަށް ގޮވާލާފައެވެ.

އޮޕަރޭޝަނާއި ދެކޮޅަށް ޝުއޫރު ފާޅުކުރި ބަޔަކު ހައްޔަރު ކޮށްފައި ވަނީ، އެ އޮޕަރޭޝަނާ ގުޅިގެން މުޒާހަރާތަކަށް ގޮވާލާ ފަރާތްތަކުން އެކަމުގެ އަގު އަދާކުރަން ޖެހޭނެ ކަމުގެ އިންޒާރު ތުރުކީގެ ސަރުކާރުން ދީފައިވަނިކޮށެވެ.

ހައްޔަރު ކުރި މީހުންގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކުގެ ތެރޭގައި ތުރުކީ ސަރުކާރުން ޓެރަރިސްޓް ގްރޫޕެއްގެ ގޮތުގައި ބަލައިގަންނަ ސީރިއާގެ ކުރުދީންގެ ޕީޕަލްސް ޕްރޮޓެކްޝަން ޔުނިޓް (ވައިޕީޖީ) އަށް ޕްރޮޕެގެންޑާ ފަތުރައިދިނުން ދިނުން ހިމެނެއެވެ. ސީރިއާގެ އުތުރުގައި ތުރުކީން ފަށާފައިވާ އޮޕަރޭޝަނުގެ މައިގަނޑު އަމާޒަކީ ވެސް ވައިޕީޖީގެ ހަނގުރާމަވެރިންނެވެ.

ތުރުކީގެ ދޮގާން ނިއުސް އޭޖެންސީ އިން ވަނީ، މިއޮޕަރޭޝަނާ ދެކޮޅު އިހްތިޖާޖްތަކުގެ ތެރެއިން ހައްޔަރު ކޮށްފައިވާ 57 މީހެއްގެ ތަހުގީގު ފަށާފައިވާ ކަމަށް ރިޕޯޓްކޮށްފައެވެ. އެމީހުން ހައްޔަރުކޮށްފައި ވަނީ އިސްތަމްބޫލާއި، ކުރުދީންގެ މެޖޯރިޓީ އޮންނަ ޑިޔަރްބާކިރް ސިޓީ އިން ކަމަށް ރިޕޯޓްތައް ބުނެއެވެ.

ދޮގާން ނިއުސް އޭޖެންސީ އާއި، ހިއުމަން ރައިޓްސް ވޮޗް (އެޗްއާރުޑަބްލިއު) ގެ ރިޕޯޓްތައް ބުނާ ގޮތުން، ތުރުކީގެ އަސްކަރީ އޮޕަރޭޝަނާއި ދެކޮޅަށް ސޯޝަލް މީޑިއާގައި ޝުއޫރު ފާޅުކުރި 30 މީހަކު ވަނީ ޑިޔަރްބާކިރް ސިޓީއިން ހައްޔަރުކޮށްފައެވެ.

ހިއުމަން ރައިޓްސް ވޮޗުން ނެރެފައިވާ ބަޔާނެއްގައި ވަނީ، އެ ސިޓީ އިން ހައްޔަރު ކުރި ފަރާތްތަކުގެ ތެރޭގައި މަޝްހޫރު ލިޔުންތެރިޔާ އަދި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ އެކްޓިވިސްޓެއް ކަމަށްވާ ނުރްކަން ބޭސަލް ހިމެނޭ ކަމަށެވެ. އޭނާ ހައްޔަރު ކޮށްފައި ވަނީ އާދީއްތަ ދުވަހު އޭނާގެ ގެއިން ކަމަށް އެބަޔާނުގައި ވެއެވެ.

ބޭސަލް ހައްޔަރު ކޮށްފައިވަނީ ތުރުކީގެ އަސްކަރީ އޮޕަރޭޝަން ކުށްވެރިކޮށް، ޞުލްޙައަށް ގޮވާލާ ކުރި ޓްވީޓްތަކަކާ ގުޅިގެން ކަމަށް އޭނާގެ ގާނޫނީ ވަކީލާއި ހަވާލާދީ ހިއުމަން ރައިޓްސް ވޮޗުން ބުނެއެވެ.

ހިއުމަން ރައިޓްސް ވޮޗްގެ އޮފިޝަލެއް ކަމަށްވާ އެމާ ސިންކްލެއަރ-ވެބް ވަނީ، ބޭސަލްގެ ޓްވީޓްތަކުގައި ހަމަނުޖެހުމަށް ހިތްވަރު ލިބޭ ފަދަ އެއްވެސް ވާހަކައެއް ނެތް ކަމަށާއި، އޭނާ އަކީ ތުރުކީގެ ސަރުކާރާއި އެގައުމުގައި މަނާކޮށްފައިވާ ކުރުދީންގެ ސިޔާސީ ޕާޓީއެއް ކަމަށްވާ ޕީކޭކޭއާ ދެމެދު އޮތް ޒަމާންވީ މައްސަލަތައް މަޝްވަރާގެ ތެރެއިން ހައްލު ކުރުމަށް ގޮވާލަމުންދިޔަ ފަރާތެއް ކަމަށް ބުނެފައެވެ.

ޓްވިޓަރގައި ޝުއޫރު ފާޅުކުރި ފަރާތްތައް ހައްޔަރު ކުރުމަކީ، ތުރުކީގެ ސަރުކާރާ ދެކޮޅަށް ފާޑުކިޔާ ފަރާތްތަކުގެ އަޑު ކަނޑުވާލުމަށް ސަރުކާރުން ހިންގާފައިވާ އަމަލެއްގެ ގޮތުގައި ހިއުމަން ރައިޓްސް ވޮޗްގެ އޮފިޝަލް ފާހަގަ ކުރެއްވިއެވެ.

ތުރުކީން ގަބޫލްކުރާ ގޮތުގައި ސީރިއާގެ ވައިޕީޖީ ގްރޫޕަކީ، ތުރުކީގައި މަނާކޮށްފައިވާ ޕީކޭކޭއާ ގުޅުން އޮންނަ ޓެރަރިސްޓް ޖަމާއަތެކެވެ. 1984 ވަނަ އަހަރުން ފެށިގެން ތުރުކީގެ ސަރުކާރާއި ދެކޮޅަށް ހަރަކާތްތެރިވަމުންދާ ޕީކޭކޭ އަކީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ތުރުކީގެ އިތުރުން އެގައުމަށް ވަފާތެރި ހުޅަނގުގެ ބާރުތަކުން ވެސް ދެކެއެވެ.

ތުރުކީން ދަނީ، އެގައުމާއި ސީރިއާ ގުޅޭ ސަރަހައްދީ ރޮނގުގެ ކައިރީގައިވާ ސީރިއާގެ އަފްރިންގައި ގާއިމްވެ ތިބޭ ވައިޕީޖީގެ ހަނގުރާމަވެރިން އެސަރަހައްދުން ފައްސާލުމަށް މަސައްކަތް ކުރަމުންނެވެ.

މީގެ އިތުރުން، ތުރުކީ އިން ސީރިއާގެ އަފްރިންގައި ފަށާފައިވާ އޮޕަރޭޝަނުގައި ޒަޚަމްވެފައިވާ އާއްމުން ކަމަށް ބުނެ ސާބިތުނުކުރެވޭ ފޮޓޯތަކެއް ސޯޝަލް މީޑީއާގައި އާއްމުކުރި މައްސަލައެއްގެ ތަހުގީގު ތުރުކީގެ ޕްރޮސެކިއުޓަރުން ފަށާފައިވާ ކަމަށް ތުރުކީގެ ސަރުކާރުން ހިންގާ ޓީއާރުޓީ އިން ރިޕޯޓްކުރެއެވެ.

ތުރުކީގެ ގާނޫނު ހަދާ މަޖިލީހުގައި އެގައުމުގެ އިރުމަތީގެ ވޭން ޕްރޮވިންސް ތަމްސީލްކުރާ ކުރުދީންގެ ޕީޕަލްސް ޑިމޮކްރެޓިކް ޕާޓީ (އެޗްޑީޕީ) ހަތަރު މެމްބަރަކު، ތުރުކީގެ އޮޕަރޭޝަނާއި ދެކޮޅަށް އާއްމުން މުޒާހަރާތަކަށް ނިކުތުމަށް ސޯޝަލް މީޑިއާގައި ގޮވާލާފައި ވާތީ އެމައްސަލައިގެ ތަހުގީގު ވެސް ޕްރޮސެކިއުޓަރުން ފަށާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މީގެ އިތުރުން ގާނޫނު ހަދާ މަޖިލީހުގެ އެޗްޑީޕީގެ އިތުރު މެމްބަރެއް ކަމަށްވާ އެލިކަން އޮންލޫ ސޯޝަލް މީޑިއާގައި ކޮށްފައިވާ އެހެން ޕޯސްޓެއްގެ މައްސަލައިގެ ތަހުގީގު ވެސް ފަށާފައިވާ ކަމަށް ޓީއާރުޓީން ރިޕޯޓްކޮށްފައި ވެއެވެ.

ތުރުކީގެ ރަޔަޓް ފުލުހުން ވަނީ ސީރިއާގައި ފަށާފައިވާ ތުރުކީގެ އަސްކަރީ އޮޕަރޭޝަނާއި ދެކޮޅަށް އާދީއްތަ ދުވަހު އިސްތަމްބޫލާއި ޑިޔަރްބާކިރްގައި ބޭއްވި މުޒާހަރާތަކަށް ހުރަސް އަޅާފައެވެ.

އެމުޒާހަރާތަކަށް ގޮވާލާފައި ވަނީ ޕީކޭކޭއާ ގާތް ގުޅުމެއް ބާއްވަމުންދާ ކަމުގެ ތުހުމަތުގައި ގާނޫނީ މައްސަލަތަކަކާ ކުރިމަތިލާން ޖެހިފައިވާ މެމްބަރުންތަކެއް ނިސްބަތްވާ އެޗްޑީޕީ އިންނެވެ.

ތުރުކީގެ ވެރިރަށް އަންކާރާގެ ގަވަރުނަރު ހޯމަ ދުވަހު ވަނީ، ތުރުކީގެ އަސްކަރީ އޮޕަރޭޝަން ކުރިއަށްދާއިރު، ގަވަރުނަރުގެ އޮފީހުގެ ހުއްދަނެތި އަންކާރާގައި މުޒާހަރާއެއް ނުބޭއްވޭނެކަން ހާމަކޮށްފައެވެ.

ސޯޝަލް މީޑިއާގައި ފާޅު ކުރަމުންދާ ޓެރަރިޒަމަށް ހިތްވަރުދޭ ކަމަށް ތުހުމަތު ކުރެވޭ ޝުއޫރުތަކާއި ގުޅިގެން އެކްޓިވިސްޓުންނާ ދެކޮޅަށް ފިޔަވަޅު އެޅުން ތުރުކީގައި ވަނީ އާއްމުވެފައެވެ. މިފަދަ މައްސަލަތަކާއި ދެކޮޅަށް ތުރުކީގެ އިދާރާތަކުން ފާއިތުވި އަހަރުތަކުގައި އަމަލުކޮށްފައިވާ ގޮތުން ޚިޔާލުފާޅު ކުރުމުގެ މިނިވަންކަން ހަނިވެފައިވާ ކަމަށް ބުނެ، ތުރުކީގެ އެކްޓިވިސްޓުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކޯޓުން ޓްރަމްޕުގެ "ޓްރެވަލް ބޭން" އާ ދެކޮޅަށް އަމުރު ނެރުމުން ވައިޓް ހައުސް އިން އެކަމާ ދެކޮޅަށް ނިކުންނަނީ

ކޯޓުން ޓްރަމްޕުގެ "ޓްރެވަލް ބޭން" އާ ދެކޮޅަށް އަމުރު ނެރުމުން ވައިޓް ހައުސް އިން އެކަމާ ދެކޮޅަށް ނިކުންނަނީ

04 ފެބުރުއަރީ 2017
އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

02 ފެބުރުއަރީ 2017
ޓްރަމްޕާ ދެކޮޅަށް އިނގިރޭސިވިލާތުގައި މުޒާހަރާތައް ކުރިއަށް ދަނީ

ޓްރަމްޕާ ދެކޮޅަށް އިނގިރޭސިވިލާތުގައި މުޒާހަރާތައް ކުރިއަށް ދަނީ

31 ޖެނުއަރީ 2017
ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި

ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި

30 ޖެނުއަރީ 2017
ތުރުކީގެ އަސްކަރިއްޔާ ވަރުގަދަކުރުމަށް އިގިރޭސިވިލާތުން އެހީތެރިވަނީ

ތުރުކީގެ އަސްކަރިއްޔާ ވަރުގަދަކުރުމަށް އިގިރޭސިވިލާތުން އެހީތެރިވަނީ

29 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު