Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިންޑިއާ

އިންޑިއާގެ އާ ރައީސް ކޯވިންދް މަގާމުގެ ހުވާ ކުރައްވައިފި

ރައީސް ކޯވިންދް އިންތިޚާބު ކާމިޔާބު ކުރެއްވީ ހަތްލައްކައަށް ވުރެ ގިނަ ވޯޓު ހޯއްދަވައިގެން

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު, ރާއްޖެ އެމްވީ | 25 ޖުލައި 2017 | އަންގާރަ 10:24
ރައީސް ކޯވިންދް (ކ) އަށް އުއްތަމަ ފަނޑިޔާރު ހުވާލައިދެއްވަނީ

ރައީސް ކޯވިންދް (ކ) އަށް އުއްތަމަ ފަނޑިޔާރު ހުވާލައިދެއްވަނީ

އިންޑިއާގެ އާ ރައީސް ރާމް ނާތު ކޯވިންދް މަގާމުގެ ހުވާ އަންގާރަ ދުވަހު ކުރައްވައިފިއެވެ.

އިންޑިއާގެ 14 ވަނަ ރައީސް ކޯވިންދު އަށް މަގާމުގެ ހުވާ ލައިދެއްވީ އުއްތަމަ ފަނޑިޔާރު ޖޭއެސް ޚޭހަރްއެެވެ. ގާނޫނު ހަދާ މަޖިލީހުގެ މައި ހޯލުގައި އޮތް ހުވާ ކުރުމުގެ ރަސްމިއްޔާތުގައި ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ކުރީގެ ބޮޑުވަޒީރުންނާއި އަދި ކުރީގެ ރައީސް ޕްރަތީބާ ޕާޓިލް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ކޯވިންދް ވިދާޅުވީ އިންޑިއާގެ ހުރިހާ ރައްޔިތުން ކުރި އިތުބާރު މަތީ ތެދުވެރިކަމާ އެކު ދެމިހުންނަވާނެ ކަމަށާއި އިންޑިއާގެ ކޮންމެ ރައްޔިތަކީ ގައުމު ދެން އޮތް ޖީލަށް ރައްދުކޮށްދިނުމަށް މުހިންމު ބައިވެރިއެއް ކަމަށެވެ.

ޖުލައިމަހުގެ 20 ވަނަ ދުވަހު އިންޑިއާގައި ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި އެ ގައުމުގެ 14 ވަނަ ރައީސް ކަމަށް އިންތިޚާބްވެ ވަޑައިގެންނެވި ރާމް ނާތު ކޯވިންދްއަކީ ގިނަ ބަޔަކު ދަންނަ ބޭފުޅެއް ނޫނެވެ. އިންޑިއާގެ ރިޔާސީ އިންތިޚާބުގައި އިލެކްޓޯރަލް ވޯޓުގެ 65.65 އިންސައްތައް ހޯއްދަވައިގެން ބޮޑު ތާއީދަކާއެކު ވަޑައިގެންނެވި ނަމަވެސް އެމަނިކުފާނުގެ ކެންޑިޑެސީ އިއުލާނުކުރުމާ ހަމައަށް އެ މަނިކުފާނަކީ އިންޑިއާގެ ގިނަ ބަޔަކު ވެސް ދަންނަ ބޭފުޅެއް ނޫން ކަމަށް އެގައުމުގެ މީޑިއާތަކުގެ ރިޕޯޓްތަކުން ހާމަވެއެވެ. ބައެއް މީޑިއާތަކުން މަޖާޒީ ގޮތެއްގައި ސިފަކޮށްފައިވާ ގޮތުގައި އެ މަނިކުފާނު އެނގެނީ ހެއްދެވި ފަރާތާއި ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް އެކަންޏެވެ. ލޯކަލް މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި ކޯވިންދުގެ ކެންޑިޑެސީ އިއުލާނުކުރިތާ 24 ގަޑިއިރުގެ ތެރޭގައި އޭނާގެ މައުލޫމާތު ހޯދުމަށް 500،000 އަށްވުރެ ގިނަ ފަހަރު ގޫގުލްކޮށްފައި ވެއެވެ.

އިންޑިއާގައި ރައީސްގެ މަގާމަކީ ރަމްޒީ މަގާމެކެވެ. ދައުލަތް ހިންގެވުމުގެ ޒިންމާތައް އުފުއްލަވަމުން ގެންދަވާނީ ބޮޑުވަޒީރެވެ. އުމުރުފުޅުން 71 އަހަރުފުޅުގެ ރާމް ނާތު ކޯވިންދްއަކީ 2015 ވަނަ އަހަރުން ފެށިގެން މި އަހަރާ ހަމައަށް ބިހާރު ސްޓޭޓްގެ ގަވަރނަރއެވެ. ޗަތްރަޕަތީ ޝާހު ޖީ މަހަރާޖީ ޔުނިވާސިޓީން ތައުލީމް ހާސިލްކުރައްވާފައިވާ ކޯވިންދް ވަނީ 1994 ވަނަ އަހަރުން ފެށިގެން 2006 ވަނަ އަހަރާ ހަމައަށް އިންޑިޔާގެ ގާނޫނުހަދާ މަޖިލީހުގެ ރަޖްޔަ ސަބާގެ މެމްބަރުކަން ކުރައްވާފައެވެ. އޮކްޓޯބަރު 1، 1945 ގައި އުފަންވެ ވަޑައިގެންނެވި ކޯވިންދުގެ ބައްޕާ ފުޅަކީ އިންޑިއާގެ ދަނޑުވެރިއެކެވެ.

ގާނޫނީ ދާއިރާއިން ޑިގްރީ ހާސިލް ކުރެއްވުމަށް ފަހު ކޯވިންދް ވަނީ ސިވިލް ސާވިސް އިމްތިހާނުގައި ބައިވެރިވެ ވަޑައިގަތުމަށް ދިއްލީއަށް ވަޑައިގެންފައެވެ. ތިން ފަހަރެއްގެ މަތިން ބައިވެރިވެގެން އެ އިމްތިހާނުން ފާސްވި ނަމަވެސް އެ މަނިކުފާނު ސިވިލް ސާވިސްއާ ގުޅިވަޑައިގެންފައެއް ނުވެއެވެ. އެއަށްފަހު ގާނޫނީ ދާއިރާގެ މަސައްކަތަކަށް ހޮވިވަޑައިގެން އެ ދާއިރާ ޕްރެކްޓިސް ކުރައްވަން ފެއްޓެވިއެވެ. ސިޔާސީ ދާއިރާއަށް ވެދެވަޑައިގެން 1991 ވަނަ އަހަރު ބީޖޭޕީއާ ގުޅިވަޑައިގެން އެ ޕާޓީގެ އިސް ބައެއް މަގާމުތައް ވެސް ރާމް ނާތު ކޯވިންދް ފުރުއްވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގެމްބިއާގެ އާ ރައީސް އަޑަމާ ބަރޯގެ ކެބިނެޓުގެ 10 ވަޒީރުން މަގާމުގެ ހުވާކުރައްވައިފި

ގެމްބިއާގެ އާ ރައީސް އަޑަމާ ބަރޯގެ ކެބިނެޓުގެ 10 ވަޒީރުން މަގާމުގެ ހުވާކުރައްވައިފި

02 ފެބުރުއަރީ 2017
ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ

ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ

28 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ގައުމަށް އެނބުރިވަޑައިގަންނަވައިފި

ގެމްބިއާގެ ރައީސް ގައުމަށް އެނބުރިވަޑައިގަންނަވައިފި

27 ޖެނުއަރީ 2017
އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

26 ޖެނުއަރީ 2017
އިންޑިއާގެ ޖުމްހޫރީ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކުރަނީ

އިންޑިއާގެ ޖުމްހޫރީ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކުރަނީ

26 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު