Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެލައިބީރިއާގެ އިންތިޚާބު

ރިޔާސީ އިންތިޚާބު ފަސްކުރުމަށް ލައިބީރިއާގެ ސުޕްރީމް ކޯޓުން އަމުރުކޮށްފި

7 ނޮވެމްބަރު 2017 | އަންގާރަ 13:58

އިންތިޚާބުގެ ވޯޓުލުން ފަސް ކުރުމަށް އަމުރު ނެރުނީ، ދެވަނަ ބުރުގެ ވޯޓަށް އެއް ދުވަހަށް ވެފައިވަނިކޮށް

މުޙައްމަދު ޒާހިރު
މުޙައްމަދު ޒާހިރު | 7 ނޮވެމްބަރު 2017 | އަންގާރަ 13:58
ލައިބީއިރާގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ކުރި ހޯއްދެވި ކުރީގެ ފުޓްބޯޅަ ތަރި ޖޯޖް ވިއާ (ކ) އަދި ނައިބު ރައީސް ޖޯސެފް ބޯކާއި

ލައިބީއިރާގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ކުރި ހޯއްދެވި ކުރީގެ ފުޓްބޯޅަ ތަރި ޖޯޖް ވިއާ (ކ) އަދި ނައިބު ރައީސް ޖޯސެފް ބޯކާއި

ލައިބީރިއާގެ ރިޔާސީ އިންތިޚާބުގެ ދެ ވަނަ ބުރުގެ ވޯޓުލުން ފަސް ކުރުމަށް އެ ގައުމުގެ ސުޕްރީމް ކޯޓުން އަމުރުކޮށްފި އެވެ.

ރިޔާސީ އިންތިޚާބުގެ ދެ ވަނަ ބުރުގެ ވޯޓުލުން ފެށުމަށް އެއް ދުވަހަށް ވެފައިވަނިކޮށް، ލައިބީރިއާގެ ސުޕްރީމް ކޯޓުން ހޯމަ ދުވަހު ވަނީ، އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓަށް މަކަރު ހެދުމާއި، ގަވާއިދުގެ ބޭރުން ކަންކަން ހިންގާފައިވާ ކަމަށް ބުނެ އިދިކޮޅު ލިބަޓީ ޕާޓީން ހުށަހަޅާފައިވާ ޝަކުވާ އަށް ޤާނޫނީ ގޮތުން ގޮތެއް ނިންމަންދެން އިންތިޚާބު ފަސް ކުރުމަށް ނެޝަނަލް އިލެކްޝަންސް ކޮމިޝަނަށް އަމުރުކޮށްފަ އެވެ.

ސުޕްރީމް ކޯޓުގެ ހުކުމުގައި، އިދިކޮޅު ޕާޓީން ހުށަހަޅާފައިވާ ވޯޓަށް މަކަރު ހެދުމުގެ ޝަކުވާއާމެދު ގޮތެއް ނިންމުމަށް ނެޝަނަލް އިލެކްޝަންސް ކޮމިޝަނަށް ވަނީ އަމުރު ކޮށްފައެވެ.

އޮކްޓޯބަރު މަހުގެ ކުރީކޮޅު ބޭއްވި ލައިބީރިއާގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ކުރި ހޯއްދަވައި، ދެވަނަ ބުރުގައި ވާދަ ކުރައްވާ ދެ ކެންޑިޑޭޓުންނަކީ ނައިބު ރައީސް ޖޯސެފް ބޯކާއި އަދި ކުރީގެ ބައިނަލްއަޤްވާމީ ފުޓްބޯޅަ ކުޅުންތެރިޔާ ޖޯޖް ވިއާ އެވެ.

އިންތިޚާބުގެ ފުރަތަމަ ބުރުން މި ދެ ކެންޑިޑޭޓުން ކުރި ހޯއްދެވި ނަމަވެސް، ފުރަތަމަ ބުރުން އިންތިޚާބު ކާމިޔާބު ކުރުމަށް ބޭނުންވާ 50 އިންސައްތަ ވޯޓު އެއްވެސް ބޭފުޅަކަށް ލިބިވަޑައިގެންފައެއްނުވެއެވެ.

މި ދެ ކެންޑިޑޭޓުންގެ މެދުގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ފުރަތަމަ ތާވަލް ކުރީ ނޮވެމްބަރު މަހުގެ 7 ވަނަ ދުވަހަށެވެ.

ލައިބީރިއާގެ ޤާނޫނު އަސާސީ ބުނާ ގޮތުން، އެގައުމުގައި އެކަކަށް ވެރިކަން ކުރެވޭނީ ގިނަވެގެން ހަ އަހަރުގެ ދެ ދައުރެވެ. ފާއިތުވި 12 އަހަރު ވެރިކަމުގައި ހުންނެވި އެލެން ޖޯންސަން ސިރްލީފް، ވެރިކަމުގެ ދެ ދައުރު ފުރިހަމަކޮށްފައި ވާތީ އެކަމަނާ އަށް އިންތިޚާބަށް ނިކުމެވަޑައިގަތުމުގެ ފުރުޞަތެއް ނެތެވެ.

ލައިބީރިއާގެ މި އިންތިޚާބު ވެގެންދާނީ 1944 ވަނަ އަހަރުގެ ފަހުން ޑިމޮކްރަސީގެ ހަމަތަކުގެ މަތިން އިންތިޚާބުވެފައިވާ އެއް ވެރިޔަކު، އިންތިޚާބުވެފައިވާ އެހެން ވެރިޔަކަށް ވެރިކަން ބަދަލުވާ ފުރަތަމަ ފަހަރަށެވެ.

އިންތިޚާބުގެ ފުރަތަމަ ބުރުގައި ޖުމްލަ 20 ކެންޑިޑޭޓެއް ރިޔާސީ ރޭހުގައި ވާދަކުރެއްވިއިރު، އެފަރާތްތަކުގެ ތެރޭގައި ލިބަޓީ ޕާޓީގެ ޗާލްސް ބްރަމްސްކައިން ހިމެނެއެވެ. އިންތިޚާބުގެ ފުރަތަމަ ބުރުގައި އޭނާ އަށް ތިން ވަނަ ލިބިވަޑައިގެންނެވިއިރު، އިންތިޚާބާ ގުޅޭ ޝަކުވާތައް ހުށަހަޅާފައިވަނީ ލިބަޓީ ޕާޓީންނެވެ.

އިންތިޚާބާ ގުޅޭ ގޮތުން ހުށަހަޅާފައިވާ މައްސަލަތައް ތަހުގީގުކޮށް ނިންމުމަށް، ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހާ ހަމައަށް ނެޝަނަލް އިލެކްޝަންސް ކޮމިޝަނަށް ފުރުޞަތު ލިބޭނެ އެވެ.

އިތުރަށް ކިޔާލަން

24 އެޕްރީލު 2017

ފްރާންސްގެ އިންތިޚާބު: މެކްރޮން އާއި މެރިން ލެ ޕެން ދެވަނަ ބުރަށް

24 އެޕްރީލު 2017
ފްރާންސްގެ އިންތިޚާބު: މެކްރޮން އާއި މެރިން ލެ ޕެން  ދެވަނަ ބުރަށް
23 އެޕްރީލު 2017

އަހުމަދީނިޖާދަށް އިންތިޚާބުގައި ވާދައެއް ނުކުރެއްވުނު

23 އެޕްރީލު 2017
އަހުމަދީނިޖާދަށް އިންތިޚާބުގައި ވާދައެއް ނުކުރެއްވުނު
19 އެޕްރީލު 2017

ޖޫން 8ގައިި އާއްމު އިންތިޚާބު ބޭއްވުމަށް ގާނޫނުހަދާ މަޖިލީހުން ތާއީދުކޮށްފި

19 އެޕްރީލު 2017
ޖޫން 8ގައިި އާއްމު އިންތިޚާބު ބޭއްވުމަށް ގާނޫނުހަދާ މަޖިލީހުން ތާއީދުކޮށްފި
03 އެޕްރީލު 2017

އިކުއެޑޯގެ ރިޔާސީ އިންޚާބުގެ ނަތީޖާ އަޅޮވާލާފައިވާ އިދިކޮޅު ފަރާތްތަކުން ބުނެފި

03 އެޕްރީލު 2017
އިކުއެޑޯގެ ރިޔާސީ އިންޚާބުގެ ނަތީޖާ އަޅޮވާލާފައިވާ އިދިކޮޅު ފަރާތްތަކުން ބުނެފި
11 މާރިޗު 2017

އިންޑިއާގެ ސްޓޭޓް ތަކުގެ އިންތިޚާބުގައި ބީޖޭޕީ ކުރީގައި

11 މާރިޗު 2017
އިންޑިއާގެ ސްޓޭޓް ތަކުގެ އިންތިޚާބުގައި ބީޖޭޕީ ކުރީގައި
04 މާރިޗު 2017

ފްރާންސްގެ ރިޔާސީ ކެންޑިޑޭޓް ފިއޮން ގެ ކެމްޕެއިން މެނޭޖަރު އިސްތިއުފާ ދެއްވައިފި

04 މާރިޗު 2017
ފްރާންސްގެ ރިޔާސީ ކެންޑިޑޭޓް ފިއޮން ގެ ކެމްޕެއިން މެނޭޖަރު އިސްތިއުފާ ދެއްވައިފި
08 ފެބުރުއަރީ 2017

މުސްލިމުން އެމެރިކާއަށް ނޭރޭނެ ގޮތް ހެދުމަށް ސުޕްރީމް ކޯޓަށް ދަނީ

08 ފެބުރުއަރީ 2017
މުސްލިމުން އެމެރިކާއަށް ނޭރޭނެ ގޮތް ހެދުމަށް ސުޕްރީމް ކޯޓަށް ދަނީ
01 ފެބުރުއަރީ 2017

ފަސްކުރެވުނު ފަލަސްތީނުގެ ލޯކަލް ކައުންސިލް އިންތިޚާބު މޭ 13 ގައި ބާއްވަނީ

01 ފެބުރުއަރީ 2017
ފަސްކުރެވުނު ފަލަސްތީނުގެ ލޯކަލް ކައުންސިލް އިންތިޚާބު މޭ 13 ގައި ބާއްވަނީ
28 ޖެނުއަރީ 2017

އިންޑިއާގައި ގެރި ކަތިލުން މަނާ ކުރާ ޕެޓިޝަން ސުޕްރީމް ކޯޓުން ބޭރުކޮށްލައިފި

28 ޖެނުއަރީ 2017
އިންޑިއާގައި ގެރި ކަތިލުން މަނާ ކުރާ ޕެޓިޝަން ސުޕްރީމް ކޯޓުން ބޭރުކޮށްލައިފި
07 ޖެނުއަރީ 2017

ގެމްބިގާގެ އިންތިޚާބު:ސަރުކާރާ ދެކޮޅު ދެ ރޭޑިއޯ ސްޓޭޝަނެއް ބަންދުކޮށްފި

07 ޖެނުއަރީ 2017
ގެމްބިގާގެ އިންތިޚާބު:ސަރުކާރާ ދެކޮޅު ދެ ރޭޑިއޯ ސްޓޭޝަނެއް ބަންދުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް