Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެނާއިބު ރައީސް ޕެންސް

އެމެރިކާގެ ނާއިބު ރައީސް ޕެންސް އިސްރާއީލަށް ވަޑައިގެންފި

ޕެންސް އިސްރާއީލަށް ވަޑައިގެންނެވީ މެދުއިރުމައްޗަށް ކުރައްވާ ދަތުރުފުޅެއްގައި

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 22 ޖެނުއަރީ 2018 | ހޯމަ 06:17
އެމެރިކާގެ ނާއިބު ރައީސް ޕެންސް

އެމެރިކާގެ ނާއިބު ރައީސް ޕެންސް

އެމެރިކާގެ ނާއިބު ރައީސް މައިކް ޕެންސް މެދުއިރުމަތީގެ ގައުމުތަކަށް ކުރައްވާ ދަތުރުފުޅުގައި އާދީއްތަ ދުވަހު އިސްރާއީލަށް ވަޑައިގެންފިއެވެ.

ނާއިބު ރައީސް ޕެންސް އަށް އިސްރާއީލުގެ ތެލް އަވީވްގެ ބެން-ގުރިއޮން އެއާޕޯޓުން މަރުހަބާ ވިދާޅުވީ އެގައުމުގެ ޓުއަރިޒަމް މިނިސްޓަރެެވެ. ނާއިބު ރައީސް ޕެންސް އިސްރާއީލަށް ވަޑައިގަތުމާ ގުޅިގެން އިސްރާއީލުގެ ބޮޑު ވަޒީރު ބެންޔަމިން ނަތަންޔާހޫ ވިދާޅުވީ ޕެންސްއަކީ "އިސްރާއީލުގެ ވަރަށް ގާތް ރަހްމަތްތެރިއެއް ކަމަށެވެ."

ނާއިބު ރައީސް މައިކް ޕެންސް މެދުއިރުމަތީގެ ގައުމުތަކަށް ވަޑައިގަނެންނެވިއިރު، މިއީ ގުދުސްއަކީ އިސްރާއީލްގެ ވެރިރަށް ކަމަށް އެމެރިކާ އިން ގަބޫލު ކުރާކަން މިދިޔަ އަހަރު ޑިސެމްބަރު މަހު އިއުލާން ކުރުމަށް ފަހު، މެދު އިރުމައްޗަށް ވަޑައިގަންނަވާ އެމެރިކާގެ އެންމެ އިސް އޮފިޝަލެވެ.

ޕެންސް އިސްރާއީލަށް ވަޑައިގެންނެވުމުގެ ކުރިން އެމަނިކުފާނު ވަނީ މިސްރަށާއި އުރުދުން އަށް ވެސް ވަޑައިގަންނަވާފައެވެ. ރިޕޯޓުތައް ބުނާ ގޮތުން ނާއިބު ރައީސް ޕެންސް އުރުދުން އަށް ވަޑައިގަންނަވައި އުރުދުންގެ ރަސްގެފާނު އަބްދުﷲއާ އެކު ބޭއްވި ބައްދަލުވުން ދިޔައީ ވަރަށް ހޫނުކޮށެވެ. މި ބައްދަލުވުމުގައި ނާއިބު ރައީސް ޕެންސް ވަނީ ރަސްގެފާނު އަބްދުﷲ ގެ "އިތުބާރު" ހޯއްދެވުމަށް މަސައްކަތް ކުރައްވާފައި ކަމަށް ރިޕޯޓުތައް ބުނެއެވެ. ގުދުސްއަކީ އިސްރާއީލްގެ ވެރިރަށް ކަމަށް އެމެރިކާ އިން ގަބޫލުކުރިކަން އިއުލާކުރުމާ ގުޅިގެން ރަސްގެފާނު އަބްދުﷲ ވަނީ އެކަމާ ނުރުހުން ފާޅުކުރައްވާފައެވެ.

ގުދުސްއަކީ އިސްރާއީލްގެ ވެރިރަށް ކަމަށް އެމެރިކާ އިން ގަބޫލު ކުރާކަން އިއުލާން ކޮށްފައި ވަނީ މިދިޔަ ޑިސެމްބަރު މަހު 6 ގައެވެ. އިސްރާއީލާއި ފަލަސްތީނާ ދެމެދު ސުލްހައިގެ މަގެއް ހޯދުމަށް ކުރެވެމުންދާ މަސައްކަތުގައި އެންމެ ނާޒުކު އަދި އުނދަގޫ މައްސަލައަކަށް ގުދުސްގެ މައްސަލަވެފައި ވަނިކޮށް، ގުދުސްއަކީ އިސްރާއީލުގެ ވެރިރަށް ކަމަށް ގަބޫލު ކުރާކަން އެމެރިކާ އިން އިއުލާން ކުރުމުން މައްސަލަ އިތުރަށް މިވަނީ ގޯސްވެފައެވެ. އެމެރިކާގެ މި ނިންމުމާ އެކު މައްސަލައެއް ހައްލެއް ހޯދުމަށް އެމެރިކާ އިން އަދާކުރަމުން ދިޔަ މެދުވެރިއެއްގެ ދައުރު ވެސް މިވަނީ ނިމުމަކަށް އައިސްފައެވެ.

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2017

ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ

28 ޖެނުއަރީ 2017
ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ
27 ޖެނުއަރީ 2017

ގެމްބިއާގެ ރައީސް ގައުމަށް އެނބުރިވަޑައިގަންނަވައިފި

27 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ގައުމަށް އެނބުރިވަޑައިގަންނަވައިފި
26 ޖެނުއަރީ 2017

އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

26 ޖެނުއަރީ 2017
އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން
26 ޖެނުއަރީ 2017

ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް

26 ޖެނުއަރީ 2017
ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު