Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ރޮހިންޖާ މައްސަލަ

ރޮހިންޖާގެ ރެފިއުޖީ ކޭމްޕްތަކުގެ ހާލަތު އިތުރަށް ގޯސްވުމުގެ ބިރު އެބަ އޮތް: އދ.

ކުރިއަށް އޮތީ ބަންގްލަދޭޝް އަށް މޫސުމް ގޯސް ދުވަސްވަރެއް

މުޙައްމަދު ޒާހިރު
މުޙައްމަދު ޒާހިރު, ރާއްޖެ އެމްވީ | 22 ޖެނުއަރީ 2018 | ހޯމަ 02:41
މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންގެ ބަޔަކު އެމީހުންގެ ދަރިންނާއި ހިފައި ގެންގުޅޭ ސާމަނާ އެކު މިޔަންމާގެ ދޫކޮށް ބަންގްލަދޭޝް އަށް އެތެރެވަނީ

މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންގެ ބަޔަކު އެމީހުންގެ ދަރިންނާއި ހިފައި ގެންގުޅޭ ސާމަނާ އެކު މިޔަންމާގެ ދޫކޮށް ބަންގްލަދޭޝް އަށް އެތެރެވަނީ

މިޔަންމާ ދޫކޮށް ބަންގްލަދޭޝް އަށް ހިޖުރަކޮށްފައިވާ ރޮހިންޖާ ދަރިކޮޅުގެ ރެފިއުޖީން ދިރިއުޅޭ ކޭމްޕްތަކުގެ ހާލަތު ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އިތުރަށް ގޯސްވުމުގެ ބިރު އެބައޮތް ކަމަށް އދ. ގެ އޮފިޝަލަކު ވިދާޅުވެއްޖެއެވެ.

ބަންގްލަދޭޝްގެ ކޮކްސް ބާޒާރުގައި ހުންނަ ބަލުޚާލީ ރެފިއުޖީ ކޭމްޕްގައި ހުންނަވައި އަލްޖަޒީރާ އަށް ދެއްވި އިންޓަވިއުއެއްގައި، އިންސާނީ ހައްގުތަކުގެ ކަންކަން މޮނީޓަރ ކުރާ އދ. ގެ ހާއްސަ މަންދޫބު ޔަންގީ ލީ ވިދާޅުވީ ކުރިއަށް އޮތީ ބަންގްލަދޭޝް އަށް މޫސުމް ގޯސް ދުވަސްވަރެއް ކަމަށާއި، ރެފިއުޖީ ކޭމްޕްތައް ހުރި ސަރަހައްދުގައި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް ހިނގުން އިތުރު ވެގެން ދާނެ ކަމަށެވެ. މިހާރު ވެސް ފުރިބާރުވެފައިވާ ރެފިއުޖީ ކޭމްޕްތަކުގައި ދިރިއުޅޭ ރެފިއުޖީންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކަށް އެކަމުގެ ސަބަބުން ލިބޭ އަނިޔާތައް އިތުރުވުން އެކަށީގެންވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ލީ ވަނީ، ބޯކޮށް ވާރޭވެހި ފެންބޮޑުވުމާ ގުޅިގެން ބަލިމަޑުކަމެއް ފެތުރުމުގެ ފުރުޞަތު އެބައޮތް ކަމުގެ އިންޒާރު ވެސް ދެއްވާފައެވެ.

ޖެނުއަރީ މަހުގެ ތެރޭގައި ލީ، މިޔަންމާ އަށް ވަޑައިގެން، އެގައުމުގެ އިންސާނީ ހައްގުތަކުގެ ހާލަތު ބެއްލެވުމަށް ވަނީ ހަމަޖެހިފައެވެ. މިދަތުރުފުޅުގައި އެގައުމުގެ މިޔަންމާ ދަރިކޮޅުގެ އާއްމުން ދިރިއުޅުނު ރަޚައިން ސްޓޭޓަށް ޒިޔާރަތް ކުރެއްވުމަށް ހަމަޖެހިފައިވެއެވެ.

މިޔަންމާގެ ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް އެގައުމުގެ އަސްކަރިއްޔާ އިން ހިންގި ލާއިންސާނީ އޮޕަރޭޝަނުގައި ރަޚައިން ސްޓޭޓްގެ ބޮޑު ބައެއްގައި ހުޅުޖަހައި، އެމީހުންގެ އަވަށްތައް ހުރި ގޮތަށް ވަނީ އަންދާލާފައެވެ. އަސްކަރިއްޔާ އިން ހިންގި އަނިޔާވެރި އޮޕަރޭޝަނުގެ ތެރޭގައި ހުޅުޖެހުމުގެ އިތުރުން ގަނޑުކޮށް މީހުން މެރުމާއި، އަންހެނުންނާއި ކުޑަކުދިން ރޭޕްކުރުން ފަދަ ލާއިންސާނީ އެތައް ޖަރީމާއެއް ހިންގާފައިވެއެވެ.

އަސްކަރިއްޔާގެ ރަހުމްކުޑަ، މުޑުދާރު އޮޕަރޭޝަނާ ގުޅިގެން ރޮހިންޖާ ދަރިކޮޅުގެ ހަ ލައްކަ ފަންސާސް ހާހަށް ވުރެ ގިނަ އާއްމުން ވަނީ މިޔަންމާ ދޫކޮށް ބަންގްލަދޭޝް އަށް ހިޖުރަކޮށްފައެވެ.

އދ. އިން ވަނީ މިޔަންމާގެ އަސްކަރިއްޔާގެ މިއަމަލަކީ "ނަސްލެއް ނައްތާލުމުގެ ޓެކްސްޓް ފޮތްތަކުގެ ނަމޫނާ" އެއްގެ ގޮތުގައި ސިފަކޮށްފައެވެ.

އދ.ގެ އިންސާނީ ހައްގުތައް މޮނީޓަރކުރާ ހާއްސަ މަންދޫބުގެ މަގާމަށް ލީ ހަމަޖައްސާފައި ވަނީ 2014 ވަނަ އަހަރުއެވެ. އޭނާގެ މަގާމުގެ ޒިންމާ އަދާކުރުމަށް ކޮންމެ އަހަރަކު ދެ ފަހަރު މިޔަންމާ އަށް ދަތުރުކޮށް، އެގައުމުގައި އިންސާނީ ހައްގުތަކުގެ ހާލަތު ހުރި މިންވަރާ ބެހޭ ރިޕޯޓެއް އދ. ގެ ހިއުމަން ރައިޓްސް ކައުންސިލަށާއި. އދ. ގެ އާއްމު މަޖިލީހަށް ހުށަހަޅަންޖެހެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބަނޑުހައިހޫނުކަމުގެ ހަޅުތާލުގެ ސަބަބުން މަރްވާން ބަރްގޫތީގެ ސިހްހީ ހާލަތު ދަށަށް

ބަނޑުހައިހޫނުކަމުގެ ހަޅުތާލުގެ ސަބަބުން މަރްވާން ބަރްގޫތީގެ ސިހްހީ ހާލަތު ދަށަށް

25 އެޕްރީލު 2017
ހަލާތު އިތުރަށް ގޯސްނުކުރުމަށް އެމެރިކާ އިން އުތުރު ކޮރެއާ އަށް އިންޒާރު ދީފި

ހަލާތު އިތުރަށް ގޯސްނުކުރުމަށް އެމެރިކާ އިން އުތުރު ކޮރެއާ އަށް އިންޒާރު ދީފި

24 އެޕްރީލު 2017
ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ކަރަޕްޝަން މައްސަލަ އިތުރަށް ތަހުގީގު ކުރަން ޕާކިސްތާނުގެ ސްޕްރީމް ކޯޓުން އަމުރު ކޮށްފި

ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ކަރަޕްޝަން މައްސަލަ އިތުރަށް ތަހުގީގު ކުރަން ޕާކިސްތާނުގެ ސްޕްރީމް ކޯޓުން އަމުރު ކޮށްފި

20 އެޕްރީލު 2017
ފައްޅިތަކަށް ދިން ހަމަލާއަށް ފަހު މިސްރުގައި ތިން މަސްދުވަހަށް ކުއްލި ހާލަތު

ފައްޅިތަކަށް ދިން ހަމަލާއަށް ފަހު މިސްރުގައި ތިން މަސްދުވަހަށް ކުއްލި ހާލަތު

10 އެޕްރީލު 2017
ކޮލަމްބިއާގައިި ކުއްލި ހާލަތު އިއުލާންކޮށްފި

ކޮލަމްބިއާގައިި ކުއްލި ހާލަތު އިއުލާންކޮށްފި

04 އެޕްރީލު 2017

އަހަރުތަކުން މިއަދު

20 އެޕްރީލު
ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް
20251 އަހަރު ކުރިން
ރާއްޖެ

ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު