Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވިލާ ރިސޯޓުތައް

ކޯޓު އަމުރާ ޚިލާފަށް ވިލާގެ ރިސޯޓަކުން ބަނގުރާ ކޭސްތަކެއް ކަސްޓަމްސް އިން ގެންދިޔަ މައްސަލަ ކޯޓަށް ހުށަހަޅައިފި

20 ޖެނުއަރީ 2018 | ހޮނިހިރު 09:44

ކޯޓު އަމުރުގައި އޮތީ ބަލާފާސްކުރަން ހުއްދަ ދީފައި

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 20 ޖެނުއަރީ 2018 | ހޮނިހިރު 09:44
ވިލާގެ ރިސޯޓެއް ކަސްޓަމްސް އާއި ފުލުހުން ގުޅިގެން ބަލާފާސްކުރަނީ

ވިލާގެ ރިސޯޓެއް ކަސްޓަމްސް އާއި ފުލުހުން ގުޅިގެން ބަލާފާސްކުރަނީ

ވިލާ ގްރޫޕުގެ ރިސޯޓްތައް ބަލާފާސްކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރާއި ޚިލާފަށް ރިސޯޓަކުން ބަނގުރާ ކޭސްތަކެއް ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންދިޔަ މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.

ކަސްޓަމްސްގެ ބެލުމުގެ ދަށަށް ދެ ކޭސް ބަނގުރާ ގެންގޮސްފައި ވަނީ ފަން އައިލެންޑް ރިސޯޓުންނެވެ. ހަމަ އެ ރިސޯޓުގެ ބަނގުރާ ސްޓޮކުގައި ހުރި ބައެއް ވަތްތަރުތައް ބޭނުން ނުކުރުމަށް ވެސް ވަނީ އަންގާފައެވެ.

ވިލާގެ ގާނޫނީ ވަކީލު ހުސައިން ޝަމީމް ވިދާޅުވީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައި ވަނީ ކޯޓު އަމުރުގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފަމުންދާ މައްސަލަ ބަލައިދިނުމަށް އެދި ކަމަށެވެ. އެގޮތުން ކޯޓު އަމުރުގައި ބެލުމުގެ ދަށަށް ތަކެތި ގެންދެވޭނެ ކަމަށް ބަޔާންކޮށްފައި ނުވަނީސް ވިލާގެ ރިސޯޓަކުން ދެ ކޭސް ބަނގުރާ ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ ކޯޓު އަމުރުގައި ކަނޑައެޅިގެން ސާފުކޮށް، ބެލުމުގެ ދަށަށް ތަކެތި ގެންދެވޭނެ ކަމަށް ބަޔާންކޮށްފައި ނުވަނީސް، ކަސްޓަމްސްގެ ބެލުމުގެ ދަށަށް ތަކެތި ގެންދިއުމަކީ ފޭރުން ކަމަށެވެ. އޭނާ ވިދާޅުވީ ދެ ކޭސް ބަނގުރާ ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންދިއުމުގައި އަމަލުކޮށްފައި ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 36 ވަނަ މާއްދާއާ ޚިލާފަށް ކަމަށެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 36 ވަނަ މާއްދާގައި ބަޔާންކޮށްފައި ވަނީ މުދާ ހިފެހެއްޓުމުގައި އަމަލުކުރަންވާނެ ގޮތެވެ.

ކޯޓު އަމުރެއްގެ ދަށުން ވިލާގެ ފަސް ރިސޯޓެއް ކަސްޓަމްސް އާއި ފުލުހުން ބަލައި ފާސްކުރީ ރޯޔަލް އައިލެންޑަށް އެތެރެކުރި ބަނގުރާތަކެއް ވިލާގެ އެހެން ރިސޯޓަކަށް ގެންދިޔަ ކަމުގެ ތުހުމަތުގަ އެވެ. ކޯޓު އަމުރެއްގެ ދަށުން ރިސޯޓްތައް ބަލާފާސްކުރަމުން ދިޔަ ނަމަވެސް، ވިލާ ގްރޫޕުން ބުނަނީ ގާނޫނާ ޚިލާފު އެއްވެސް ކަމެއް ކޮށްފައި ނޯންނާނެ ކަމަށެވެ.

އިތުރަށް ކިޔާލަން

29 ޖެނުއަރީ 2017

ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް

29 ޖެނުއަރީ 2017
ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް
28 ޖެނުއަރީ 2017

މަހްލޫފްގެ މައްޗަށް އިއްވާފައިވާ ހުކުމެއް ތަންފީޒުކޮށް ނިމުމުއިރު ވެސް އިސްއުނާފް މައްސަލަ ކޯޓުގައި!

28 ޖެނުއަރީ 2017
މަހްލޫފްގެ މައްޗަށް އިއްވާފައިވާ ހުކުމެއް ތަންފީޒުކޮށް ނިމުމުއިރު ވެސް އިސްއުނާފް މައްސަލަ ކޯޓުގައި!
25 ޖެނުއަރީ 2017

ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ

25 ޖެނުއަރީ 2017
ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ
25 ޖެނުއަރީ 2017

ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް

25 ޖެނުއަރީ 2017
ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް
20 ޖެނުއަރީ 2017

ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި

20 ޖެނުއަރީ 2017
ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި
17 ޖެނުއަރީ 2017

އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު

17 ޖެނުއަރީ 2017
އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު
10 ޖެނުއަރީ 2017

ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!

10 ޖެނުއަރީ 2017
  ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!
09 ޖެނުއަރީ 2017

ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް

09 ޖެނުއަރީ 2017
ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް