Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވިލާގެ ރިސޯޓްތަކަށް އެރުން

ފަތުރުވެރިކަމަށް ގެއްލުންނުވާ ގޮތަށް އަމަލުކޮށް، ވިލާގެ މައްސަލަ ހައްލުކޮށްދިނުމަށް މަޓާޓޯއިން ގޮވާލާއިފި

ފަތުރުވެރިން ތިބޭ ވަގުތެއްގައި ނަމަ ދެ ފަރާތުން ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރުމަކީ މުހިންމު ކަމެއް

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް | 19 ޖެނުއަރީ 2018 | ހުކުރު 13:42
ވިލާ ގްރޫޕްގެ ޕެރަޑައިސް އައިލެންޑް ރިޒޯޓް ބަލާ ފާސްކުރުމަށް ފުލުހުންނާއި ކަސްޓަމްސްގެ އޮފިސަރުން އެރިސޯޓްގައި

ވިލާ ގްރޫޕްގެ ޕެރަޑައިސް އައިލެންޑް ރިޒޯޓް ބަލާ ފާސްކުރުމަށް ފުލުހުންނާއި ކަސްޓަމްސްގެ އޮފިސަރުން އެރިސޯޓްގައި

ދިވެހި ރާއްޖޭގެ ރިސޯޓްތަކުގައި ފަތުރުވެރިން ތިއްބަ ދިމާވާ މައްސަލަތަށް ފަތުރުވެރިކަމުގެ ދާއިރާއަށް ގެއްލުން ނުލިބޭ ގޮތަށް ހައްލުކޮށްދިނުމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއަ އޮޕަރޭޓާސް އިން ގޮވާލައިފި އެވެ.

ކަސްޓަމްސްގެ ބޮންޑެޑް ވެއަރހައުސް އިން ދޫކުރި ބަނގުރާތަކެއް ގަވާއިދާ ޚިލާފަށް ގެންގޮސްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ވިލާ ގްރޫޕްގެ ރިސޯޓްތަކެއް ބަލައި ފާސްކުރުމާއި ގުޅިގެން ހުކުރު ދުވަހު މަޓާޓޯއިން ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ ގާނޫނާއި ގަވައިދުތަކަށް ހުރިހާ ފަރާތަކުން ވެސް އިހްތިރާމްކުރަންވާނެ ކަމަށެވެ. އެހެންނަމަވެސް ފަތުރުވެރިކަމުގެ ދާއިރާގައި ދިމާވާ ވިޔަފާރީގެ ގާނޫނީ މައްސަލަތުގައި ހިޔާލުތަފާތުވާ ވަގުތު މައްސަލަ ދިމާވީ ރިސޯޓުގައި ފަތުރުވެރިން ތިބޭ ވަގުތެއްގައި ނަމަ ދެ ފަރާތުން ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރުމަކީ މުހިންމު ކަމެއް ކަމަށް މަޓާޓޯއިން ދެކޭ ކަމަށެވެ.

ކަސްޓަމްސްއިން ބުނީ ވިލާ ގްރޫޕްގެ ފަސް ރިސޯޓެއް ފާސްކޮށްފައި ވަނީ ބޮންޑެޑް ވެއަރހައުސް އިން ރޯޔަލް އައިލެންޑް ރިސޯޓުގެ ނަމުގައި ދޫކޮށްފައިވާ ބަނގުރާ، ގަވާއިދާ ޚިލާފަށް ވިލާ ގްރޫޕްގެ އެހެން ރިސޯޓުތަކަށް ގެންގޮސްފައިވާ ކަމަށް ކަސްޓަމްސްގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކަމަށެވެ. އެމައުލޫމާތާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ބުދަ ދުވަހާއި ބުރާސްފަތި ދުވަހު ބަލައި ފާސްކުރި ފަސް ރިސޯޓުގެ ތެރެއިން ހަތަރު ރިސޯޓަކީ އެރިސޯޓްތައް އޮޕަރޭޓްކުރާ ކުންފުނިން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކަންޖެހޭ ފައިސާ ގަވާއިދާއި އެއްގޮތަށް ނުދައްކާތީ މީރާގެ އެންފޯސްމަންޓް ޕޮލިސީގެ ދަށުން މިދިޔަ އަހަރުގެ މާޗްމަހުގެ 22 ވަނަ ދުވަހުން ފެށިގެން ކަސްޓަމްސް އިން ޚިދުމަތް ދިނުން މެދުކަނޑާލައި، ބަނގުރާ ދޫކުރުން ވަގުތީ ގޮތުން ހުއްޓާލާފައިވާ ރިސޯޓްތަކެއް ކަމަށެވެ.

މި މައްސަލައާއި ގުޅިގެން މަޓާޓޯއިން ބުނީ މި ފަދަ މައްސަލަތައް ފަތުރުވެރިންނާއި އެޖެންޓުންނަށް ގެއްލުން ނުވާ ގޮތަކަށް ހައްލުކުރުމަކީ މައްސަލައިގައި ހިމެނޭ ދެފަރާތުގެ ޒިންމާއެއް ކަމަށެވެ. އަދި ވިލާއަށް ކުރިމަތިވެގެން އުޅޭ މައްސަލައިގެ ހާލަތު ސާފުވާވަރުގެ އެކަށީގެންވާ މައުލޫމާތު މަޓާޓޯ އަށް އަދި ލިބިފައި ނުވާ ކަން އެބާޔާނުގައި ފާހަގަކޮށްފަވެއެވެ.

އެހެންނަމަވެސް މިހާތަނަން މީޑިއާއިން ގެނެސްދޭ މައުލޫމާތަށް ބަލާއިރު، މިއީ ރާއްޖެއަށް ޒިޔާރަކުރުމަށް ބުކިން ހަދާފައިވާ ޓޫރިސްޓުންނަށް ދެވޭ ރަނގަޅު މެސެޖެއް ނޫން ކަމަށް އެ ޖަމްއިންޔާއިން ބުންޏެއެވެ.

އިތުރަށް ކިޔާލަން

22 ފެބުރުއަރީ 2017

ބޭރު މީހުންނަށް ބިން ނުވިއްކޭ ގޮތަށް ގާނޫނޫއަސާސީއަށް އެމްޑީޕީން އިސްލާހު ހުށަހަޅަން ނިންމައިފި

22 ފެބުރުއަރީ 2017
ބޭރު މީހުންނަށް ބިން ނުވިއްކޭ ގޮތަށް ގާނޫނޫއަސާސީއަށް އެމްޑީޕީން އިސްލާހު ހުށަހަޅަން ނިންމައިފި
14 ފެބުރުއަރީ 2017

ދައުލަތުގެ ތިޖޫރީ ޖުމްހޫރީ މައިދާނުގައި މީހުންނަށް ފެންނަ ގޮތަށް ބެހެއްޓުމަށް ގޮވާލަން: އަރީފް

14 ފެބުރުއަރީ 2017
ދައުލަތުގެ ތިޖޫރީ ޖުމްހޫރީ މައިދާނުގައި މީހުންނަށް ފެންނަ ގޮތަށް ބެހެއްޓުމަށް ގޮވާލަން: އަރީފް
13 ފެބުރުއަރީ 2017

އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު

13 ފެބުރުއަރީ 2017
އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު
05 ފެބުރުއަރީ 2017

ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ޓިކެޓް ހަވާލުކުރުން ވަކި މުއްތަދަތެއް ނެތް ގޮތަށް ފަސްކޮށްފި

05 ފެބުރުއަރީ 2017
ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ޓިކެޓް ހަވާލުކުރުން ވަކި މުއްތަދަތެއް ނެތް ގޮތަށް ފަސްކޮށްފި
29 ޖެނުއަރީ 2017

ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް

29 ޖެނުއަރީ 2017
ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު