Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އިންވެސްޓްމަންޓް ފޯރަމް

އިންވެސްޓްމަންޓް ފޯރަމް: މޮޅުތަކެއްވާނެ ކަމަށް ހީކުރިޔަސް ތާކުންތާކު ނުޖެހޭ ބޭކާރު ފޯރަމެއް

މީގެ ކުރިން 3 ފޯރަމް ބޭއްވިނަމަވެސް އިންވެސްޓްމަންޓެއް ނާދޭ

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު, ރާއްޖެ އެމްވީ | 14 އޮކްޓޯބަރު 2017 | ހޮނިހިރު 16:41
އިންވެސްޓްމަންޓް ފޯރަމް - ބޭކާރު ފޯރަމެއް

އިންވެސްޓްމަންޓް ފޯރަމް - ބޭކާރު ފޯރަމެއް

ކޮންމެ އަހަރަކު ސަރުކާރުން މާ ވަރުގަދަ އިންވެސްޓްމަންޓް ފޯރަމެއް ބާއްވާ ވާހަކަ ދައްކައެވެ. ސިއްސައިގެންދާވަރުގެ އިންވެސްޓްމަންޓްތައް ރާއްޖެ އަންނަ ވާހަކަ ދައްކައެވެ. އެހެން ނަމަވެސް މިއަދާއި ހަމަޔަށް އައި އިރު، އެބުނާ ފަދަ ސިއްސައިގެންދާ ވަރުގެ އިންވެސްޓެއް ނާދެއެވެ. ސިއްސައިގެން ދަނީ ދައުލަތުގެ ފައިސާ ގެއްލޭ ކޮރަޕްޝަންގެ ބޮޑެތި ކަންތައްތައް ފަޅާ އަރައިގެންދާ ފަހަރުތަކުގައެވެ.

2014 ވަނަ އަހަރު އޭރުގެ އިކޮނޮމިކް ކައުންސިލްގެ ކޯޗެއަރ އަހުމަދު އަދީބު އިސްވެ ހުންނަވައިގެން ސިންގަޕޫރުގެ އެންމެ އަގު ބޮޑު ހޮޓެލް ކަމަށްވާ މެރީނާ ބޭ ސޭންޑްސްގައި ފެށުނު އިންވެސްޓްމަންޓް ފޯރަމުން މޮޅުތަކެއްވާނެ ކަމަށް ހީކުރި ދިވެހިން މަދެއް ނޫނެވެ. މާމޮޅު އިކޮނޮމިކްސްޓަކު ވެރިކަމުގައި ހުންނަވައިގެން ދުނިޔޭގައި އޮތް ވިޔަފާރިކުރަން އެންމެ މޮޅު ޤައުމުގެ އެންމެ އަގު ބޮޑު ހޮޓަލުގައި މާވަރުގަދަ އިންވެސްޓްމަންޓް ފޯރަމެއް ބޭއްވުމުން އެހެން ހީނުވާންވީ ސަބަބެއްވެސް ނެތެވެ. ސްވިޓްޒަލޭންޑްގެ ޑާވޯސްގައި ކޮންމެ އަހަރަކު އޮންނަ ވޯލްޑް އިކޮނޮމިކް ފޯރަމާއި މިދެންނެވި އިންވެސްޓްމަންޓް ފޯރަމް އަޅާކިޔަމުން ދިޔަ މީހުން އަދިވެސް ސަރުކާރުގައި އެތިއްބެވިއެވެ. ކޮންމެއަކަސް، ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތައް ބޭރުގެ ފަރާތްތަކަށް ކިޔައިދީ، ވެރިން އެނބުރި ޤައުމަށް ވަޑައިގަތުމުން ދިވެހިން ކޮންމެ ދުވަހަކު ހުޅުލެއާއި ދިމާލަށް ބަލަބަލާ ތިބީ އެއިން ކަމަކަށް އިންވެސްޓްކުރަން ބޭރުގެ އިންވެސްޓަރަކު އަންނަ ޖެޓެއް އެއަރޕޯރޓްގައި ޖައްސާތޯއެވެ. އެއަރޕޯރޓްގެ އޭޕްރަން ބޮޑުކޮށް، އިތުރު ޖެޓް ޕާކްކުރާނެ ޖާގަ ހެދިއިރުވެސް، ސިއްސައިގެންދާ ވަރުގެ އިންވެސްޓްމަންޓެއް ހިފައިގެން އައި ޖެޓެއް އަދިވެސް ޖެއްސި ކަމަކަށް ނުވެއެވެ.

ޖެހިގެން އައި 2015ވަނަ އަހަރު ރައީސް ޔާމީނާއި އެންމެ ގާތްކަމަށް ބުނާ ޗައިނާގެ ވެރިރަށް ބެއިޖިންގައި އިންވެސްޓްމަންޓް ފޯރަމް ބޭއްވުމުން ވެސް ޖެހުނީ އެއްތާކުއެވެ. އިންވެސްޓަރުންނެއް ނާދެއެވެ. ޗައިނާ ސަރުކާރުގެ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްގެ ދަށުން ދިވެހި ސަރުކާރާއި ގުޅިގެން ދިވެހި ރާއްޖޭގައި ހިންގާ ބްރިޖް ފަދަ ޕްރޮޖެކްޓްތަކަކީ އިންވެސްޓްމަންތްތަކެކޭ ނުކިޔޭނެއެވެ. ބޮޑު ޚަރަދެއް ނުކޮށް ވެސް އެ އެހީތައް ޗައިނާ ސަރުކާރުން ދޭނެއެވެ. އަދި ޗައިނާއަށް އާނ ބަސް ބުނާނަމަ ރައީސް ނަޝީދު ހުންނެވިޔަސް، އާދަނު ހުއްޓަސް، ކާސިމު ހުއްޓަސް، ޗައިނާއިން އެކަންތައް ކޮށްދޭނެއެވެ. އެއީ ކޮންމެހެން ކާމިނީގެ އަބްދުﷲ ޔާމިނު ރާއްޖޭގެ ވެރިކަމުގައި ހުންނަވައިގެން ކޮށްދޭ ކަމެއް ނޫނެވެ. ޗައިނާގެ ކުންފުނިތަކުން ފަތުރުވެރިކަން ފިޔަވައި އެހެން ދާއިރާކަށް ޝައުޤުވެރިވެގެން ރާއްޖެއަކަށް މާބޮޑަށް ލޮލެއް ނާޅައެވެ. އިންވެސްޓްމަންޓް ފޯރަމް ނުބޭއްވިޔަސް ފަތުރުވެރިކަމުގެ އިންވެސްޓްމަންތްތައް ރާއްޖެއަށް އަންނާނެއެވެ.

2014ވަނަ އަހަރު ބޭއްވި ފޯރަމަށް ލިބުނު ވަރުގެ ތަރުހީބެއް ވެސް ނުލިބި، 2015ވަނަ އަހަރުގެ ފޯރަމަށް ނުލިބުނު މައިގަނޑު އެއް ސަބަބަކަށް ވާނީ، ރާއްޖޭގައި ހުރި އިންވެސްޓްމަންޓްތަކުގެ ވާހަކަ ހިފައިގެން، އެފުރުސަތުތަކުގެ މޫނުމަތިކަމުގައިވި އަހުމަދު އަދީބު ހައްޔަރުކޮށް ޖަލަށްލުމެވެ. ދިވެހި ސަރުކާރަށް އޮންނަ އިތުބާރު އިންވެސްޓަރުންގެ ކުރިމަތީގައި އަނެއްކާ ވެސް ވެއްޓިގެން ދިޔައީއެވެ.

ދެން އައީ 2016ވަނަ އަހަރުގެ ފޯރަމެވެ. އިންޑިއާގެ ވެރިރަށް ދިއްލީގައި މިފޯރަމް ބޭއްވިއިރު، ދިވެހި ސަރުކާރުގެ ލަދުހަޔާތުގެ ކަންފުޅެއް ވެސް ނެތީބާއޭ ހިތަށް އެރިއެވެ. އިންޑިއާގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ ޖީއެމްއާރު އިންފްރާސްޓްރަކްޗަރ ރާއްޖެއިން ބޭރުކޮށްލި ހަނދާން އިންޑިއާގެ ވިޔަފާރިވެރިން ނުފިލައިގެން އުޅެނިކޮށް އިންޑިއާއަށް ގޮސް، ރާއްޖޭގައި އިންވެސްޓްކުރަން އަންނާށޭ ބުނި އިރު، ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތު އެކަށައަޅުއްވާ ބޭފުޅަކަށް އައްސަރި ބަހާއި ސާބަހެވެ. ދެން އަތް ޖަހަންވީއެވެ.

ބޭކާރު ގޮތުގައި ބޮޑު ޚަރަދުކޮށް ބޭކާރު 3 ފޯރަމް ބޭއްވުމަށް ފަހު ދެން ދިމާކުރީ ދުނިޔޭގެ އެންމެ މުއްސަނދި ޤައުމު، ޤަޠަރުގައި މިއަހަރު ފޯރަމް ބޭއްވުމަށެވެ. އެހެން ނަމަވެސް ސަޢޫދީއިން ޤަޠަރާއި ގުޅުން ކަނޑާލުމުން ސައޫދީގެ ގޮނޑި ކޮއްކޮއަކަށް ވެގެން ވީނުވީވެސް ނޭނގިތިބެ ޤަޠަރާއި ގުޅުން ކަނޑާލުމަށް ސަރުކާރުން ނިންމުމުން، ފޯރަމް ބާއްވަން އެހެން ތަނެއް ހޯދަން މަޖުބޫރުވިއެވެ.

އަންނަ ޑިސެމްބަރު މަހުގެ 18ވަނަ ދުވަހު ޑުބާއީގައި ފޯރަމް ބާއްވަން މިހާރު ތައްޔާރުވަމުން އަންނައިރު، ކުރީގެ ތަޖުރިބާއަށް ބަލައި، ކުރަންވީ ކޮން އުއްމީދެއްތޯއެވެ؟ ސަރުކާރުގެ ކުންފުނިތަކުން ޕްލެޓިނަމް ޕެކޭޖްގެ ގޮތުގައި 35،000 ޑޮލަރާއި، ގޯލްޑް ޕެކޭޖްގެ ގޮތުގައި 25،000 ޑޮލަރު ނަގައިގެން ޑުބާއީ ވޯލްޑް ޓްރޭޑް ސެންޓަރުގައި ފޯރަމް ބާއްވަން ތައްޔާރުވަމުން އަންނައިރު މިފަހަރު މޮޅުތަކެއްވާނެތޯއެވެ؟

އަދުލު އިންސާފެއް ނެތް ތަނަކަށް ބޮޑެތި އިންވެސްޓަރުން އަންނާނެތޯއެވެ؟ ޗައިނާ އާއި ސައޫދީ ސަރުކާރުން ދޭ އެހީއަކީ އިންވެސްޓްމަންޓެއް ނޫނެވެ. އެއީ އަޅުވެތިކުރުމަށް ކަރަށް މަހާލާ މަޅިއެކެވެ. ކިތަންމެ ވަރަކަށް އިންވެސްޓްމަންޓް ފޯރަމް ބޭއްވިޔަސް ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކާއި ބޮޑެތި ކުންފުނިތަކުން މިތަނަށް އަންނާނެތޯއެވެ؟ މާތް ﷲ ދެއްވާފައިވާ ބުއްދީގެ ބޭނުން ހިފައި، މިއަށް އަމިއްލައަށް ޖަވާބު ދޭށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕުޓިން ހައްޔަރުކުރަން ނެރުނު އަމުރަކީ ތާކުންތާކު ޖެހޭ އަމުރެއްތަ؟

ޕުޓިން ހައްޔަރުކުރަން ނެރުނު އަމުރަކީ ތާކުންތާކު ޖެހޭ އަމުރެއްތަ؟

20 މާރިޗު 2023
ޕާޓްނަރޝިޕް ފޯރަމް: ބޮޑެތި މަޝްރޫއުތަކާއެކު، ބޮޑު ބަދަލަކާއި ދިމާލަށް!

ޕާޓްނަރޝިޕް ފޯރަމް: ބޮޑެތި މަޝްރޫއުތަކާއެކު، ބޮޑު ބަދަލަކާއި ދިމާލަށް!

17 ޖޫން 2019
ޕާޓްނަރޝިޕް ފޯރަމް – މިފަހަރު ތަފާތުވާނެބާ؟

ޕާޓްނަރޝިޕް ފޯރަމް – މިފަހަރު ތަފާތުވާނެބާ؟

14 ޖޫން 2019
އިންވެސްމަންޓް ފޯރަމްތަކަށް ހޭދަކުރި ބޭކާރު ފައިސާގެ މަތިން ހަނދާން ނައްތާލަންވީތޯ؟

އިންވެސްމަންޓް ފޯރަމްތަކަށް ހޭދަކުރި ބޭކާރު ފައިސާގެ މަތިން ހަނދާން ނައްތާލަންވީތޯ؟

29 ޖެނުއަރީ 2018

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު