Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޑރ މަޖީދު

ކެމްޕޭން ވައުދު ފުއްދަން، މަޝްރޫޢުތައް ހިންގަން ޒަކާތު ފައިސާ ބޭނުމެއް ނުކުރެވޭނެ: ޑރ. މަޖީދު

18 ޖެނުއަރީ 2018 | ބުރާސްފަތި 02:46

މިސްކިތް ބިނާކުރުން ފަދަ ކަންކަމަށް ވެސް އެފައިސާ ބޭނުން ނުކުރެވޭނެ

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 18 ޖެނުއަރީ 2018 | ބުރާސްފަތި 02:46
ޑރ އަބްދުލްމަޖީދު އަބްދުލް ބާރީ

ޑރ އަބްދުލްމަޖީދު އަބްދުލް ބާރީ

ސަރުކާރުން ހިންގާ މަޝްރޫޢުތަކަށާއި ކެމްޕޭން ވައުދު ފުއްދުމަށް ޒަކާތު ފައިސާ ބޭނުން ނުކުރެވޭނެ ކަމަށް ކުރީގެ އިސްލާމިކް އެފެއަރޒް މިނިސްޓަރ ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހުގެ ރޭ ރާއްޖެ ޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޑރ. މަޖީދު ވިދާޅުވީ ސަރުކާރުން ހިންގާ މަޝްރޫޢުތަކަށް، އެއީ ކިތަންމެ ރަނގަޅު މަޝްރޫޢަކަށްވީ ނަމަވެސް، ޒަކާތުގެ ފައިސާ ބޭނުން ނުކުރެވޭނެ ކަމަށެވެ. އަދި އެއީ ދީނީ ގޮތުން ކުރަން ޖެހޭ ކަމެއް ނަމަވެސް، އެކަމަށް ޒަކާތުގެ ފައިސާ ޚަރަދު ނުކުރެވޭނެ ކަމަށް ޑރ. މަޖީދު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ޑރ. މަޖީދު މިފަދައިން ވިދާޅުވީ ޒަކާތު ފަންޑުން ފައިސާ ބޭނުންކޮށްގެން ރިޔާސީ ވައުދުތައް ފުއްދުމަށް ސަރުކާރުން މަސައްކަތްކުރާ ކަމަށް ތުހުމަތުކޮށް، ބައެއް ފަރާތްތަކުން ސަރުކާރަށް ފާޑުކިޔަމުންދާ ދަނޑިވަޅެއްގައެވެ.

"މިސްކިތް ބިނާކުރުމަށް ޒަކާތުގެ ފައިސާއިން ހޭދައެއް ނުކުރެވޭނެ. މީހުންނަށް މުސާރަ ދޭން ޒަކާތުގެ ފައިސާ އިން (ބޭނުން ނުކުރެވޭނެ). އަދި ދީނީ އެކިއެކި ޖަލްސާތައް ބާއްވާކަށް ވެސް، އިހްޔާ ޕްރޮގްރާމްތައް ބާއްވާކަށް ވެސް ޒަކާތުގެ ފައިސާއިން ހޭދައެއް ނުކުރެވޭނެ،" ޑރ. މަޖީދު ވިދާޅުވިއެވެ.

ޑރ. މަޖީދު ވިދާޅުވީ ސަރުކާރުގެ އެކިއެކި ޖަލްސާތައް ބޭއްވުމާ އެކި މަޝްރޫޢުތަކަށް ޒަކާތު ފަންޑުން ފައިސާ ޚަރަދުކުރާކަމުގެ ވާހަކަތައް އަޑު އިވޭ ކަމަށެވެ. އެގޮތުން ދާދިފަހުން ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާ ޑރ. މަޖީދު ވަނީ ފާހަގަކުރައްވާފައެވެ. އަދި އެކަން އެއީ ހަޤީގަތަކަށް ވާނަމަ އެކަން ބަލަން ޖެހޭ ކަމަށާއި، އޭސީސީ އިން ވެސް އެކަން ބަލަން ޖެހޭ ކަމަށް ޑރ. މަޖީދު ވިދާޅުވިއެވެ.

ޒަކާތު ފައިސާ ޚަރަދުކުރަން ޖެހޭ ގޮތް ޤުރުއާނާއި ސުންނަތުން ވަރަށް ސާފުކޮށް އެނގެން އޮތްކަން ޑރ. މަޖީދު ފާހަގަކުރެއްވިއެވެ. އަދި ޒަމާނާއި ޙާލަތަށް ފެތޭ ގޮތަށް، އެފައިސާ ބޭނުންކުރެވޭނެ ގޮތްތައް ޤުރުއާނާއި ސުންނަތުގެ އަލީގައި ޖުމްހޫރު އިލްމުވެރިން ބުނެދެއްވާފައި ވާކަމަށް ވެސް ވިދާޅުވިއެވެ.

ދީން ޙިމާޔަތްކުރަން ސަރުކާރުން މަސައްކަތްކުރާ ކަމަށް ބުނާ ވާހަކަތަކަށް ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޑރ މަޖީދު ވަނީ ފާޑުވިދާޅުވެފައެވެ. ޑރ. މަޖީދު ވިދާޅުވީ ރާއްޖޭގައި ތިބީ މޮޔައިން ނޫން ކަމަށާއި، ހުރިހާ ވެސް މައްސަލައަކީ ޤާނޫނު އަސާސީ މަސައްކަތް ނުކުރާތީ ކަމަށެވެ.

"މިރާއްޖޭގެ ރައްޔިތުންނަކީ މޮޔައިންނެއް ނޫން. ބީތާވެފައި ތިބި ބައެއް ނޫން. ހަމަހޭގައި ތިިބި ބައެއް. ނުވިސްނެނީކީއެއް ނޫން. މިރާއްޖޭގައި މިއޮތް ޤާނޫން އަސާސީ، މީތި މަސައްކަތް ނުކުރާތީ ހުރިހާވެސް މައްސަލައަކީ. މީގައި އޮތް ރައްޔިތުންގެ އަސާސީ ހައްޤުތައް މިވަނީ ގެއްލިފައި. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ވަނީ ގެއްލިފައި،" ޑރ. މަޖީދު ވިދާޅުވިއެވެ.

ޑރ. މަޖީދު ވިދާޅުވީ ވެރިންގެ ތެރެއިން ގޯސްކޮށް ކަންތައް ކުރާ މީހުންގެ ވާހަކަ ޙަދީޘްފުޅުގައި ވެސް އައިސްފައިވާ ކަމަށާއި، ވެރިން ކުރާ ގޯސްތައް މަނާނުކުރާ މީހުންނަކީ އެގޯހުގައި ބައިވެރިވާ މީހުން ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

25 އެޕްރީލު 2017

ހިޔާލުފާޅުކުރުމުގެ މިނިވަންކަން ލިބެންޖެހޭ، ޔާމީނުގެ މަރަށް އިންސާފުވެރި ތަހުގީގެއް ހިންގަންޖެހޭ: އދ ހިއުމަން ރައިޓްސް ކޮމިޝަނަރ

25 އެޕްރީލު 2017
ހިޔާލުފާޅުކުރުމުގެ މިނިވަންކަން ލިބެންޖެހޭ، ޔާމީނުގެ މަރަށް އިންސާފުވެރި ތަހުގީގެއް ހިންގަންޖެހޭ: އދ ހިއުމަން ރައިޓްސް ކޮމިޝަނަރ
13 އެޕްރީލު 2017

ޤާސިމްގެ މައްޗަށް ހިންގަން އޮތް ޝަރީއަތް މިހާރު ޤާނޫނާ ޚިލާފް ވާނެ: ހިސާން

13 އެޕްރީލު 2017
ޤާސިމްގެ މައްޗަށް ހިންގަން އޮތް ޝަރީއަތް މިހާރު ޤާނޫނާ ޚިލާފް ވާނެ: ހިސާން
06 އެޕްރީލު 2017

ފޭދޫ އެމްޑީޕީ ހަރުގެ ކުރިމަތީގައި ސިޔާސީ ހަރަކާތް ނުހިންގަން އަންގައިފި

06 އެޕްރީލު 2017
ފޭދޫ އެމްޑީޕީ ހަރުގެ ކުރިމަތީގައި ސިޔާސީ ހަރަކާތް ނުހިންގަން އަންގައިފި
05 އެޕްރީލު 2017

އެމްޑީޕީގެ ކެމްޕޭން ޓީމް، ގއ. އަތޮޅަށް ފުރައިފި

05 އެޕްރީލު 2017
އެމްޑީޕީގެ ކެމްޕޭން ޓީމް، ގއ. އަތޮޅަށް ފުރައިފި
09 މާރިޗު 2017

ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭން އެމްޔޫއޯއިން ރަސްމީކޮށް ފަށައިފި

09 މާރިޗު 2017
ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭން އެމްޔޫއޯއިން ރަސްމީކޮށް ފަށައިފި
03 މާރިޗު 2017

އެމްޑީޕީގެ ކެމްޕޭން ޓީމް ށ އަތޮޅަށް ކުރާ ކެމްޕެއިން ދަތުރުގައި ގިނަ ރަށްތަކަކަށް ޒިޔާރަތްކޮށްފި

03 މާރިޗު 2017
އެމްޑީޕީގެ ކެމްޕޭން ޓީމް ށ އަތޮޅަށް ކުރާ ކެމްޕެއިން ދަތުރުގައި ގިނަ ރަށްތަކަކަށް ޒިޔާރަތްކޮށްފި
27 ފެބުރުއަރީ 2017

ސައުދީން ދޭން ވައުދުވި 150 މިލިއަން ޑޮލަރު އަދިވެސް ނުލިބޭ!

27 ފެބުރުއަރީ 2017
ސައުދީން ދޭން ވައުދުވި 150 މިލިއަން ޑޮލަރު އަދިވެސް ނުލިބޭ!
26 ފެބުރުއަރީ 2017

އެމްއެންޑީއެފްގައި ހިމަބިހި ނައްތާލުމުގެ ކެމްޕޭން "މަވެސް ޖަހައިފިން" ނަމުގައި ފަށައިފި

26 ފެބުރުއަރީ 2017
އެމްއެންޑީއެފްގައި ހިމަބިހި ނައްތާލުމުގެ ކެމްޕޭން "މަވެސް ޖަހައިފިން" ނަމުގައި ފަށައިފި
19 ފެބުރުއަރީ 2017

ކައުންސިލް އިންތިހާބުގެ ކެމްޕޭން ވަރުގަދަ ކުރުމަށް އެމްޑީޕީގެ ވެފުދެއް އދ އަތޮޅަށް

19 ފެބުރުއަރީ 2017
ކައުންސިލް އިންތިހާބުގެ ކެމްޕޭން ވަރުގަދަ ކުރުމަށް އެމްޑީޕީގެ ވެފުދެއް އދ އަތޮޅަށް
10 ޖެނުއަރީ 2017

ޗެއާޕާސަން ކަމަށް ހަސަން ލަތީފް ދޮރުން ދޮރަށް ކެމްޕޭން ފައްޓަވައިފި

10 ޖެނުއަރީ 2017
ޗެއާޕާސަން ކަމަށް ހަސަން ލަތީފް ދޮރުން ދޮރަށް ކެމްޕޭން ފައްޓަވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް