Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖޭޕީ - ޓްރޭޑް ޔޫނިއަން

ރިޔާސީ އިންތިޚާބުގައި ޖޭޕީއަށް އެހީތެރިވެދިނުމަށް ޓްރޭޑް ޔޫނިއަނުން އެއްބަސްވެއްޖެ

17 ޖެނުއަރީ 2018 | ބުދަ 14:46

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވެސް އެހީތެރިވާނެ

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 17 ޖެނުއަރީ 2018 | ބުދަ 14:46
ޖޭޕީ އާއި ޓްރޭޑް ޔޫނިއަންގެ އިސް ބޭފުޅުން އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު

ޖޭޕީ އާއި ޓްރޭޑް ޔޫނިއަންގެ އިސް ބޭފުޅުން އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު

މިއަހަރު ބާއްވަން ޖެހޭ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީއަށް އެހީތެރިވުމަށް ޖޭޕީއާ އެކު މޯލްޑިވިއަން ޓްރޭޑް ޔޫނިއަނުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ޖުމްހޫރީ ޕާޓީގެ ނާއިބު ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒް ވިދާޅުވީ މިއަދަކީ ވަރަށް އުފާވެރި ދުވަހެއް ކަމަށާއި ތާރީޚީ ގޮތުން ވަރަށް މުހިއްމު ދުވަހެއް ކަމަށެވެ. މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބާއި އަންނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޓްރޭޑް ޔޫނިއަން ފަދަ ވަކިފަރާތަކަށް ނުޖެހި ވިޔަފާރިވެރިންގެ ޙައްޤުތައް ހިމާޔަތްކުރުމަށް މަސައްކަތް ކުރަމުން އަންނަ ޖަމިއްޔާއެއްގެ އެހީތެރިކަމާއި އެބޭފުޅުންގެ ތަޖްރިބާ ޖޭޕީއަށް ލިބުމަކީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި ރިޔާސީ އިންތިޚާބަށް މެނިފެސްޓޯ ތައްޔާރު ކުރުމުގައި ވެސް އެބޭފުޅުންގެ ތަޖްރިބާ އާއި އެހީތެރިކަން ލިބިގެން ދާނޭ ކަމަށް ރިޔާޒް ވިދާޅުވިއެވެ. ރިޔާޒް ވިދާޅުވީ މިއެއްބަސްވުން އެކުލަވައިލުމަށް ޖޭޕީގެ ލީޑަރ ޤާސިމް އިބްރާހީމްގެ ދުރު ވިސްނުންފުޅާއެކު މަސައްކަތް ކުރަމުންދާތާ ދުވަސްކޮޅެއް ވެއްޖެ ކަމަށާއި އެކަމަށްޓަކައި ލީޑަރަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

Advertisement - newsAdvertisement

"މިއެއްބަސްވުމަކީ ޖުމްހޫރީ ޕާޓީ ކޯލިޝަނެއްގެ ތެރޭން ދިޔަ ކަމުގައި ވިއަސް ޓްރޭޑް ޔޫނިއަން ޖުމްހޫރީ ޕާޓީއާ އެކު ތިބޭނެ ކަމުގެ އެއްބަސްވުމެއް،" ރިޔާޒް ވިދާޅުވިއެވެ.

ރިޔާޒް ވިދާޅުވީ ޖުމްހޫރީ ޕާޓީއަކީ އަބަދުވެސް އެއްޗެއްގައި ސޮއިކޮށްފި ނަމަ އެއަށް އިހްތިރާމް ކުރާނެ ޕާޓީއެއް ކަމަށާއި ޖުމްހޫރީ ޕާޓީގެ ލީޑަރަކީ ވެސް ވަކި ކަމެއް ކުރަން ވިދާޅުވެއްޖެ ނަމަ އެގޮތުގައި ދެމިހުންނަވާނެ ބޭފުޅެއް ކަމަށެވެ. އެހެން ކަމުން މިއެއްބަސްވުމުގެ މަތީގައި ޖޭޕީ އަބަދު ވެސް އޮންނާނެ ކަމަށް ރިޔާޒް ވިދާޅުވިއެވެ. އަދި ޖުމްހޫރީ ޕާޓީ އޮންނާނީ 2018 ގައި ވެސް 2019 ގައި ވެސް އިޤްތިސޯދު ކުރިއަރުވާ، ވިޔަފާރިވެރިންގެ ޙައްޤުގައި މަސައްކަތް ކުރުމުގައި ކަމަށް ރިޔާޒް ވިދާޅުވިއެވެ.

އެއްބަސްވުމުގައި ސޮއިކުރުމުގެ ހަފްލާގައި ވާހަކަ ދައްކަވަމުން ޓްރޭޑް ޔޫނިއަންގެ ރައީސް ފުވާދު ޒާހިރު ވިދާޅުވީ މިއެއްބަސްވުމަކީ އެހެން ޕާޓީތައް އެއްފަރާތް ކުރީ ނޫން ކަމަށާއި ޖޭޕީއާއެކު އެއްބަސްވުމަކަށް އައީ އެޕާޓީއަކީ އެފަދަ ހުށަހެޅުމެއް ހުށަހެޅި އެންމެ ފުރަތަމަ ޕާޓީ ކަމަށް ވާތީ ކަމަށެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި

05 ފެބުރުއަރީ 2017
ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި
04 ފެބުރުއަރީ 2017

އަޅުގަނޑަށް ވާދަނުކުރެވިއްޖެއްޔާ އެމްޑީޕީން ރިޔާސީ އިންތިހާބުގައި ބައިވެރިއެއްނުވާނެ: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
އަޅުގަނޑަށް ވާދަނުކުރެވިއްޖެއްޔާ އެމްޑީޕީން ރިޔާސީ އިންތިހާބުގައި ބައިވެރިއެއްނުވާނެ: ރައީސް ނަޝީދު
03 ފެބުރުއަރީ 2017

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް

03 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް
02 ފެބުރުއަރީ 2017

ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި

02 ފެބުރުއަރީ 2017
ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި
17 ޖެނުއަރީ 2017

އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު

17 ޖެނުއަރީ 2017
އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު
15 ޖެނުއަރީ 2017

ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

15 ޖެނުއަރީ 2017
ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު
15 ޖެނުއަރީ 2017

ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި

15 ޖެނުއަރީ 2017
ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި
14 ޖެނުއަރީ 2017

ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ

14 ޖެނުއަރީ 2017
ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
10 ޖެނުއަރީ 2017

ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި

10 ޖެނުއަރީ 2017
ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް