Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ފޮއިގޮނޑި އެޅުން

ފޮއިގޮނޑި އެޅުން: ކިހިނެއް ކުރާ ކަމެއް؟

މިއީ އަލިފާން ރޯކުރުމަށް މޮޅު އުކުޅެއް

ހުސެން ފިޔާޒް
ހުސެން ފިޔާޒް, ރާއްޖެ އެމްވީ | 17 ޖެނުއަރީ 2018 | ބުދަ 07:47
ށ. ކަކައިރަދޫ އަށް ދަތުރު ދިޔަ ބަޔަކު މަސްފިހުމަށް އަލިފާން ރޯކުރުމަށްޓަކައި ފޮއިގޮނޑި އަޅަނީ

ށ. ކަކައިރަދޫ އަށް ދަތުރު ދިޔަ ބަޔަކު މަސްފިހުމަށް އަލިފާން ރޯކުރުމަށްޓަކައި ފޮއިގޮނޑި އަޅަނީ

މި ވީޑިއޯ ފެނުމާއެކު، ކުޑައިރުގެ ހަނދާންތަކުގެ ތެރެއަށް ގަންބާލި އެވެ. އުފަންވެ، އުޅެ ބޮޑުވި ވިލުފުއްޓާ އެއް ފަޅެއްގައި، ރަށާއި ނުލާހިކު ކައިރީގައި އޮންނަ ހިތްގައިމު ފަޅުރަށުގެ ހަނދާންތަކެވެ. އެއީ ހޮނޑެލިފުއްޓެވެ. އެ ރަށަށް ގޮސް މަސްބަތް ކެއްކުމާއި މަސް ފިހުމަށް އަލިފާން ރޯކުރަން އުޅެންޖެހުނު ގޮތުގެ ހަނދާންތަކެވެ. ފޮއިގޮނޑި އަޅާ ހަނދާންތަކެވެ.

މި ޒަމާނުގެ ކުދިންނަށް ފޮއިގޮނޑި އެޅުމަކީ ކޮބައިކަން ނޭނގިދާނެ އެވެ. އަހަރެމެން ކުޑައިރު، 1980 ގެ އަހަރުތަކުގައި ދަތުރު ދާއިރު ބައެއް ދުވަސް ދުވަހު އަލިފާން ރޯކުރުމަށް އެއްވެސް އެއްޗެއް ނުގެންދަމެވެ. އަލިފާން ފޮއްޓެއް، ލައިޓަރެއް މުހިއްމެއް ނޫނެވެ. ބައެއް ދަތުރުތަކުގައި އެކުވެރިންގެ ތެރެއިން ކޮންމެވެސް އެކެއްގެ ގޭގެ ބަދިގޭގައި އޮންނަ އަލިފާންފޮށިން ދެތިން އަލިފާން ދަނޑި އާއި އަލިފާން ފޮށީގެ އަރިމަތީގައިވާ ހިލަ ފަށަލައިން ތަންކޮޅެއް ނައްޓާލައިގެން ގެންދަމެ އެވެ. ނަމަވެސް ނަސީބު ދެރަކަމުން، ނުވަތަ ސަކަރާތް ބޮޑުވެގެން ފަޅުރަށަށް އެރުމުގެ ކުރިން، ޖީބުގައި އޮންނަ އަލިފާން ދަނޑިކޮޅާއެކު މޫދަށް ވެއްޓެ އެވެ. ނުވަތަ ބޮއްކުރާގައި ދިޔަ ހިއްކަން ހުންނަ ކުއްޖާ އެންމެން ގަޔަށް ލޮނުޖަހައި ތެންމާލަ އެވެ.

އެހެންވެ، އަލިފާން ރޯކުރުމަށް ފޮއިގޮނޑި އެޅުން ނޫން ގޮތެއް ނޯވެ އެވެ.

ފޮއިގޮނޑި އަޅަނީ

ބޭނުންވާ ތަކެތި:

ހިކި ލަކުޑި ގަނޑެއް

ފޮއެގެ ގޮތުގައި ބޭނުންކުރުމަށް ހަރުލަކުޑި ގަހެއްގެ ދަނޑިގަނޑެއް

ވާފަށެއް

ލަކުޑިގަނޑުގައި ލޯވަޅު އެޅުމަށް ވަޅިއެއް

އަލިފާން ރޯކުރަން ހަދާނެ ގޮތް:

ފޮއިގޮނޑި އެޅުމަށް ބޭނުންކުރާ ދަނޑިގަނޑު ނުނެއްޓޭ މިންވަރަށް ލަކުޑިގަނޑުގައި ލޯވަޅެއް އަޅާށެވެ. އެއަށް ފަހު، ދަނޑިގަނޑުގައި ވާފަށް އޮޅާލުމަށް ފަހު ދަމާށެވެ. ދަނޑިގަނޑުގެ މަތީގައި މީހަކު ހިފަހައްޓައިގެން ހުންނަންވާނެ އެވެ. ހިފެހެއްޓުމަށްޓަކައި ދަނޑިގަނޑުގެ ކޮޅުގައި ނާޓެއް އަޅައިފި ނަމަ ފަސޭހަވާނެ އެވެ.

ފޮނުވަތް ދަމާ ގޮތަށް، ދަމަމުންދާށެވެ. މާއަވަސް އަރުވާލިޔަސް، އަލިފާން ރޯވުން ލަސްވާނެ އެވެ. މިކަމުގައި އެންމެ މޮޅު ހުނަރަކީ، އެއް މިނެއްގައި ދަމަމުން ދިއުމެވެ. އޭރުން ދަނޑިގަނޑާއި ލަކުޑިގަނޑު ކޭތިކޭތި އުފެދޭ ހޫނާއެކު، ލަކުޑިގަނޑު އަނދައި ދުން އަރަން ފަށާނެއެވެ. އަލިފާން ރޯވަން ފެށުމުން، ހިނކި ބޮނބިގަނޑެއް ޖައްސާށެވެ. ބޮނބިގަނޑުގައި އަލިފާން ހިފުން ލަސްވެއްޖެ ނަމަ، އަގައިން ފުމަމުންދާށެވެ. އިސާހިތަކު އަލިފާން ރޯވެދާނެ އެވެ.

ފޮއިގޮނޑި އަޅައިގެން އަލިފާން ރޯކުރަނީ

ފޮއިގޮނޑި އަޅާ ވީޑިއޯ މި ލިޔުމުގައި ހިމަނާފައިވާ ވީޑިއޯއަކީ، ށ. ކަނޑިތީމު ބަޔަކު، ޑިސެމްބަރު 19 ވަނަ ދުވަހުގެ ރޭ އެ ރަށް ކައިރީގައި އޮންނަ ފަޅު ރަށެއްކަމުގައިވާ ކަކައެރިޔަދޫ (ކަކައިރަދޫ) އަށް ގޮސް، ފޮައިގޮނޑި އަޅާ ވީޑިއޯއެކެވެ.

"އަހަރެމެންނާއެކު އެރަށަށް ދިޔަ އިސް މީހާ ބުނީ މިރޭ ލައިޓަރެއް ނުލިބޭނޭ. މަސް ފިހަން ޖެހޭނީ ފޮައިގޮނޑި އަޅައިގެން އަލިފާން ރޯކުރާށޭ. ދެން އަހަރެމެން އެ މަސައްކަތް ފެށީ. ގާތްގަނޑަކަށް ދޮޅުގަނޑިއިރު ވަރު ނެގި އަލިފާން ރޯކުރަން،" އިސްމާއިލް އަފްރާހް ކިޔައިދިނެވެ.

މި ޒަމާނުގެ ކުދިންނަށް ވެސް މިކަން އެނގިފައި އޮތުން މުހިންމު ކަމެކެވެ. ތަޖުރިބާކޮށްލަން ރަނގަޅު ކަމެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގާސިމް ކަރުތާފެނަށް: މިފަހަރު ވާނީ ކިހިނެއް؟

ގާސިމް ކަރުތާފެނަށް: މިފަހަރު ވާނީ ކިހިނެއް؟

21 މާރިޗު 2017
ބަދަލުވީ ހަމައެކަނި މާ، ކުރަނީ ހަމަ އެއް ކަމެއް

ބަދަލުވީ ހަމައެކަނި މާ، ކުރަނީ ހަމަ އެއް ކަމެއް

19 މާރިޗު 2017
މައުމޫނަށް ރައްކާތެރިކަން ހޯދައިދިނުމަށް ޤާނޫނުހެދި ވެރިން މިއަދު މި ކުރަނީ ކޮންކަމެއް!

މައުމޫނަށް ރައްކާތެރިކަން ހޯދައިދިނުމަށް ޤާނޫނުހެދި ވެރިން މިއަދު މި ކުރަނީ ކޮންކަމެއް!

11 މާރިޗު 2017
ރާއްޖޭގައި ޗައިނާއަށް ތިލަފަތް ބަރުވަނީ، އިންޑިއާ ހަދާނީ ކިހިނެއް؟

ރާއްޖޭގައި ޗައިނާއަށް ތިލަފަތް ބަރުވަނީ، އިންޑިއާ ހަދާނީ ކިހިނެއް؟

25 ފެބުރުއަރީ 2017
މެޑަމް ފާތުންގެ މަގުބޫލުކަން އިތުރުވަނީ، ދެން ވާނީ ކިހިނެއް؟

މެޑަމް ފާތުންގެ މަގުބޫލުކަން އިތުރުވަނީ، ދެން ވާނީ ކިހިނެއް؟

21 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

16 ޖެނުއަރީ
ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް
20242 އަހަރު ކުރިން
ރާއްޖެ

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް
20224 އަހަރު ކުރިން
ރާއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
20197 އަހަރު ކުރިން
ރިޕޯޓު

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި
20188 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު