Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ރޮހިންޖާ މައްސަލަ

ރޮހިންޖާގެ ރެފިއުޖީން އެނބުރި މިޔަންމާ އަށް ބަދަލު ކުރާނެ ގޮތަކާ މެދު އެއްބަސްވުމަކަށް އަތުވެއްޖެ

ބަންގްލަދޭޝް އިން ބޭނުންވީ ހަފްތާ އަކު 15 ހާސް ރެފިއުޖީން މިޔަންމާ އަށް ބަދަލު ކުރުމަށް

މުޙައްމަދު ޒާހިރު
މުޙައްމަދު ޒާހިރު, ރާއްޖެ އެމްވީ | 16 ޖެނުއަރީ 2018 | އަންގާރަ 14:37
މިޔަންމާގެ އަސްކަރިއްޔާގެ އަނިޔާވެރިކަމުން ސަލާމަތްވުމަށް ރޮހިންޖާ ދަރިކޮޅުގެ އާއްމުން މިޔަންމާ ދޫކޮށް ބަންގްލަދޭޝް އަށް ހިޖުރަ ކުރަނީ

މިޔަންމާގެ އަސްކަރިއްޔާގެ އަނިޔާވެރިކަމުން ސަލާމަތްވުމަށް ރޮހިންޖާ ދަރިކޮޅުގެ އާއްމުން މިޔަންމާ ދޫކޮށް ބަންގްލަދޭޝް އަށް ހިޖުރަ ކުރަނީ

މިޔަންމާގެ އަސްކަރިއްޔާ އިން އެގައުމުގެ ރަޚައިން ސްޓޭޓްގައި ދިރިއުޅުނު ރޮހިންޖާ ދަރިކޮޅު މީހުންނާ ދެކޮޅަށް ހިންގި ލާއިންސާނީ އޮޕަރޭޝަނުން ސަލާމަތްވުމަށް އެގައުމު ދޫކޮށް އަވަށްޓެރި ބަންގްލަދޭޝް އަށް ހިޖުރަކުރި ރެފިއުޖީން އެނބުރި ގައުމަށް ފޮނުވާނެ ގޮތަކާ މެދު ބަންގްލަދޭޝް އަދި މިޔަންމާ އިން އެއްބަސްވުމަކަށް އަތުވެއްޖެއެވެ.

މިޔަންމާ އާއި ބަންގްލަދޭޝްއާ ދެމެދު ކުރެވުނު މަޝްވަރާތަކަށް ފަހު ހަފްތާއަކު ފަނަރަ ސަތޭކަ ރެފިއުޖީން މިޔަންމާ އަށް ބަދަލު ކުރުމަށް އެގައުމުން އެއްބަސްވެފައިވާ ކަމަށް ބަންގްލަދޭޝް އިން ބުނެއެވެ. އަދި ބަންގްލަދޭޝްގެ ރެފިއުޖީ ކޭމްޕްތަކުގައި ތިބި މިޔަންމާގެ ހުރިހާ ރެފިއުޖީން ދެ އަހަރު ދުވަހުގެ ތެރޭގައި އަނބުރާ ގައުމަށް ފޮނުވާލުމަށް ބަންގްލަދޭޝް އިން ވަނީ އަމާޒު ހިފާފައެވެ.

ރަޚައިން ސްޓޭޓްގައި ދިރިއުޅޭ ރޮހިންޖާ ދަރިކޮޅުގެ އާއްމުންނާ ދެކޮޅަށް 2016 ވަނަ އަހަރާއި 2017 ވަނަ އަހަރު ހިންގި ލާއިންސާނީ ޖަރީމާތަކުގެ ސަބަބުން އެގައުމު ދޫކޮށް ބަންގްލަދޭޝް އަށް ހިޖުރަކޮށްފައިވާ ރެފިއުޖީންގެ އަދަދު ހަތްލައްކަ ސާޅީސް ހާހަށް ވުރެ މައްޗަށް ގޮސްފައިވެއެވެ.

އެހީދޭ ފަރާތްތަކުން ދަނީ ރެފިއުޖީން ނުރުހުމުގައި، އަނބުރާ ގައުމަށް ފޮނުވާލުމާ މެދު ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ބަންގްލަދޭޝް އިން މަސައްކަތް ކުރަނީ އާއިލާތައް އެކުގައި، އަދި މިޔަންމާގެ އަސްކަރިއްޔާ އިން ހިންގި އަނިޔާވެރި އޮޕަރޭޝަނުގައި ޔަތީމްވެފައިވާ ކުޑަކުދިންނާއި، އެއޮޕަރޭޝަންގެ ތެރޭގައި ހިންގާފައިވާ އިންސާނިއްތާއި ޚިލާފް ޖަރީމާތަކުގެ ތެރެއިން ރޭޕް ކުރުން ފަދަ ޖިންސީ ކުށްތަކުގެ ސަބަބުން އުފަންވެފައިވާ ކުދިން ވެސް މިޔަންމާ އަށް ފޮނުވާލުމަށެވެ.

ބަންގްލަދޭޝްގެ ރެފިއުޖީ ކޭމްޕްތަކުގައި ދިރިއުޅޭ ރޮހިންޖާ ދަރިކޮޅުގެ އާއްމުން ވެސް ދަނީ އެނބުރި ގައުމަށް ދިޔުމާ މެދު ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ބަންގްލަދޭޝްގެ ކޮކްސް ބާޒާރުގެ ކޭމްޕްތަކުގައި މަސައްކަތްކުރާ އިޖްތިމާއީ ލީޑަރެއް ކަމަށްވާ ސިރާޖުލް މުސްތަފާ ބީބީސީ އަށް ބުނީ، ރޮހިންޖާ ދަރިކޮޅުގެ ރެފިއުޖީންގެ މައްސަލާގައި ބަންގްލަދޭޝް އާއި މިޔަންމާ އާދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމުގައި އޮތް އެއްޗެއް ސާފު ނުވާ ކަމަށެވެ. އަދި ރޮހިންޖާ ދަރިކޮޅުގެ އާއްމުންގެ ފުރަތަމަ ހުށަހެޅުމަކީ އެމީހުންނަށް ރޮހިންޖާ ދަރިކޮޅުގެ އާއްމުންގެ ގޮތުގައި އެގައުމުގެ ރައްޔިތުކަން ދިނުން ކަމަށާއި، ދެވަނަ ހުށަހެޅުމަކީ ރޮހިންޖާ ދަރިކޮޅުގެ އާއްމުންގެ ބިންތައް އަނބުރާ އެމީހުންނަށް ދިނުން އަދި ތިންވަނަ ކަމެއްގެ ގޮތުގައި އެމީހުންގެ ސަލާމަތާއި ރައްކާތެރިކަން ބައިނަލްއަޤްވާމީ މުޖުތަމައު އިން ކަށަވަރު ކުރުން ކަމަށާއި، މިކަންކަން ހާސިލްނުވާ ނަމަ އެއީ ރޮހިންޖާ ދަރިކޮޅުގެ އާއްމުންނަށް ރަނގަޅު އެއްބަސްވުމެއް ނޫން ކަމަށް އޭނާ ބުންޏެވެ.

ބީބީސީ ބަންގްލާއާ ވާހަކަ ދައްކަވަމުން ބަންގްލަދޭޝްގެ ފޮރިން ސެކްރެޓަރީ ޝާހިދުލް ހައްޤު ވިދާޅުވީ، ބަންގްލަދޭޝް ސަރުކާރުން ބޭނުން ވަނީ ވީހާ ވެސް އަވަހަކަށް ރޮހިންޖާ ދަރިކޮޅުގެ ރެފިއުޖީން އަނބުރާ ގައުމަށް ފޮނުވާލުމަށް ކަމަށެވެ.

އޭނާ ވިދާޅުވީ ހަފްތާއަކު ފަނަރަ ހާސް މީހުން ކޮންމެ ހަފްތާއަކު އަނބުރާ ފޮނުވާލުމަށް ބަންގްލަދޭޝް ސަރުކާރުން އެދުނު ކަމަށާއި، އެހެންނަމަވެސް މިޔަންމާ ސަރުކާރުން ބޭނުންވަނީ ދުވާލަކު 300 މީހުންނަށް އެއަދަދު ދަށް ކުރުމަށް ކަމަށެވެ. އަދި އެއީ ބަންގްލަދޭޝް އިން އެދުނު މިންވަރުގެ 10 އިންސައްތަ ކަމަށާއި، މިޔަންމާ ސަރުކާރުން އެއްބަސްވީ ހަފްތާއަކު ފަނަރަ ސަތޭކަ މީހުން ބަދަލު ކުރުމަށް ކަމަށް ޝާހިދުލް ހައްޤު ވިދާޅުވިއެވެ.

އެންމެ ފަހުން އެގޮތަށް ބަންގްލަދޭޝް ސަރުކާރުން އެއްބަސްވެފައިވާ ކަމަށާއި، ކޮންމެ ދުވަހަކު 300 މީހުން ފޮނުވުމުގެ އިތުރުން ކޮންމެ ތިން މަހަކު އެއަދަދު މުރާޖައާކޮށް އެއަދަދު އިތުރު ކުރުމަށް އެއްބަސްވުމަކާއި ހަމައަށް އާދެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިހާރު އެއްބަސްވެފައިވާ ގޮތަށް ހަފްތާއަކު 1500 ރެފިއުޖީން އަނބުރާ މިޔަންމާ އަށް ބަދަލުކުރާ ނަމަ، 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ފަހުން ބަންގްލަދޭޝް އަށް ހިޖުރަކުރި ހަތްލައްކަ ސާޅީސް ހާސް ރެފިއުޖީން މިޔަންމާ އަށް ބަދަލު ކުރުމަށް 10 ވަރަކަށް އަހަރު ނަގާނެއެވެ. އެހެންނަމަވެސް ބަންގްލަދޭޝް އިން އުއްމީދު ކުރަނީ އެއަދަދު އިތުރު ކުރަމުން ގޮސް، ވީހާ ވެސް އަވަހަކަށް ރެފިއުޖީން ބަދަލު ކުރުމުގެ ކަންކަން ނިންމުމަށެވެ. އެހެންނަމަވެސް މިކަމުގައި މިޔަންމާގެ ސަރުކާރުގެ ރުހުން ހޯދުމަށް އުނދަގޫތަކެއް ކުރިމަތިވާނެ ކަމަށް ބެލެވެއެވެ.

މިޔަންމާ އަދި ބަންގްލަދޭޝް އިން ވެސް ވަނީ އެނބުރި ގައުމަށް ބަދަލު ކުރާނީ އެކަމަށް އެދޭ ރެފިއުޖީން ކަމަށް ބުނެފައެވެ.

ބަންގްލަދޭޝްގެ ކޭމްޕްތަކުގައި ތިބި ގިނަ ރެފިއުޖީން ވަނީ، އެމީހުން އެނބުރި ގައުމަށް ދާނީ ސަލާމަތީ ކަންކަން ކަށަވަރުކޮށްދިނުމާއި، މިޔަންމާގެ އަސްކަރިއްޔާ އިން ސުންނާފަތިކޮށްފައިވާ އެމީހުންގެ ގެދޮރު ބިނާކޮށް، މިޔަންމާގައި ރޮހިންޖާ ދަރިކޮޅުގެ އާއްމުންނަށް ތަފާތުކުރުން ހުއްޓާލުމުން ކަމަށެވެ. އެހެންނަމަވެސް މިފަދަ އެއްވެސް ކަމަކާ މެދު އެއްބަސްވުމެއް އެކުލަވާލެވިފައެއްނުވެއެވެ.

މިޔަންމާ އިން ރޮހިންޖާ ދަރިކޮޅުގެ އާއްމުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އިމާރާތްތައް ބިނާ ކުރުމުގެ މަސައްކަތް ފަށާފައިވީނަމަވެސް، އޭގެ ތެރެއިން ގިނަ އިމާރާތްތައް ހާއްސަކޮށްފައިވަނީ ރޮހިންޖާ ދަރިކޮޅުގެ ޣައިރު މުސްލިމުންނަށެވެ. އެނބުރި މިޔަންމާ އަށް ބަދަލުވާ ރެފިއުޖީންނަށް ހާއްސަކޮށް ދެ ޓްރާންސިޓް ކޭމްޕެއް ތައްޔާރު ކުރަމުންދާއިރު، އެ ކޭމްޕްތަކުގައި 30 ހާސް މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެވޭނެ އެވެ.

ރޮހިންޖާ ދަރިކޮޅުގެ 350 އަވަށެއް ރަޚައިން ސްޓޭޓްގައި ދިރިއުޅޭއިރު، ގާތްގަނޑަކަށް ހުރިހާ އަވަށެއް ވަނީ އަންދާލާފައެވެ. އެ ސްޓޭޓްގެ ބާރުވެރިކަން މިހާރު ވެސް އޮންނަނީ ރޮހިންޖާ ދަރިކޮޅުގެ އާއްމުންނާ ދެކޮޅަށް އިންސާނިއްޔަތާއި ޚިލާފް ޖަރީމާތައް ހިންގާފައިވާ މިޔަންމާގެ އަސްކަރިއްޔާ އިންނެވެ. އަސްކަރިއްޔާ އިން ވަނީ އިންސާނިއްޔަތާ ޚިލާފް ޖަރީމާތައް ހިންގި ކަމުގެ ތުހުމަތުތަކަށް ދެކޮޅު ހަދާފައެވެ. އެހެންނަމަވެސް އެމައްސަލައިގެ މިނިވަން ތަހުގީގެއް ހިންގުމަށާއި، އެހީދޭ ފަރާތްތައް އެސްޓޭޓަށް ވަނުމަށް އަސްކަރިއްޔާ އިން ހުރަސް އަޅާފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރަހީން ސްޓޭޓްގައި މިޔަންމާ ސިފައިން ހިންގި އޮޕަރޭޝަން ނިންމާލައިފި

ރަހީން ސްޓޭޓްގައި މިޔަންމާ ސިފައިން ހިންގި އޮޕަރޭޝަން ނިންމާލައިފި

16 ފެބުރުއަރީ 2017
ނިއުޒިލޭންޑްގެ ކްރައިސްޓްޗާޗުގެ ޖަންގަލީގައި ރޯވެ އެތައް ސަތޭކަ ބަޔަކު ރައްކާތެރި ހިސާބުތަކަށް ބަދަލުވަނީ

ނިއުޒިލޭންޑްގެ ކްރައިސްޓްޗާޗުގެ ޖަންގަލީގައި ރޯވެ އެތައް ސަތޭކަ ބަޔަކު ރައްކާތެރި ހިސާބުތަކަށް ބަދަލުވަނީ

16 ފެބުރުއަރީ 2017
ތިން ވަނައަށް އެންމެ ރެފިއުޖީން ގިނަ ގައުމަކަށް ދެކުނު ސޫދާން

ތިން ވަނައަށް އެންމެ ރެފިއުޖީން ގިނަ ގައުމަކަށް ދެކުނު ސޫދާން

11 ފެބުރުއަރީ 2017
ވިސާ ނުދޭން ނިންމި ނިންމުން އަވަހަށް ބަދަލު ކުރަން ޖެހޭ: އދ. ގެ ސެކްރެޓަރީ ޖެނެރަލް

ވިސާ ނުދޭން ނިންމި ނިންމުން އަވަހަށް ބަދަލު ކުރަން ޖެހޭ: އދ. ގެ ސެކްރެޓަރީ ޖެނެރަލް

02 ފެބުރުއަރީ 2017
އެމްބަސީ ބަދަލުކޮށްފިނަމަ، އިޒްރޭލު ބަލައެއް ނުގަންނާނަން: ސާއިބް އުރައިކާތް

އެމްބަސީ ބަދަލުކޮށްފިނަމަ، އިޒްރޭލު ބަލައެއް ނުގަންނާނަން: ސާއިބް އުރައިކާތް

27 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު