Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޤަތަރުގެ މައްސަލަ

ޓެރަރިޒަމާއި ދެކޮޅަށް ޤަތަރުން ކުރާ މަސައްކަތަށް އެމެރިކާގެ ރައީސް ޓްރަމްޕްގެ ތައުރީފް!

ޓެރަރިޒަމާއި ދެކޮޅަށް ޤަތަރުން ކުރާ މަސައްކަތަށް ޓްރަމްޕް ތައުރީފް ކުރެއްވީ ޤަތަރުގެ އަމީރަށް ހޯމަ ދުވަހު ކުރެއްވި ފޯން ކޯލެއްގައި

މުޙައްމަދު ޒާހިރު
މުޙައްމަދު ޒާހިރު, ރާއްޖެ އެމްވީ | 16 ޖެނުއަރީ 2018 | އަންގާރަ 08:18
ޤަތަރުގެ އަމީރު ތަމީމް ބިން ހަމަދު އަލް ޘާނީ އާއި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިދިޔަ އަހަރުގެ މެއި މަހު ސައުދީ އަރަބިއްޔާގައި ބައްދަލު ކުރައްވަނީ

ޤަތަރުގެ އަމީރު ތަމީމް ބިން ހަމަދު އަލް ޘާނީ އާއި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިދިޔަ އަހަރުގެ މެއި މަހު ސައުދީ އަރަބިއްޔާގައި ބައްދަލު ކުރައްވަނީ

ޤަތަރުން ޓެރަރިޒަމަށް ވާގިވެރިވާ ކަމަށް ބުނެ ސައުދީ އަރަބިއްޔާ އިސްވެ އޮވެ ގަލްފްގެ ގައުމުތަކުން ގުޅުން ކަނޑާލާފައިވަނިކޮށް، ޤަތަރުން ޓެރަރިޒަމާއި ދެކޮޅަށް ކުރާ މަސައްކަތްތަކަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ތައުރީފް ކުރައްވައިފި އެވެ.

ޓެރަރިޒަމާއި ހައްދުފަހަނައެޅުމާއި ދެކޮޅަށް ޤަތަރުން ކުރާ މަސައްކަތްތަކަށް ޓްރަމްޕް ތައުރީފް ކުރައްވާފައިވަނީ ޤަތަރުގެ އަމީރު ތަމީމް ބިން ހަމަދު އަލް ޘާނީ އަށް ހޯމަ ދުވަހު ކުރެއްވި ފޯން ކޯލެއްގައެވެ.

މީގެ އިތުރުން، ސަރަހައްދީ ގޮންޖެހުންތަކާއި ދެކޮޅަށް މަސައްކަތް ކުރާނެ އެއްބައިވަންތަ ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ) އަކަށް އެމެރިކާ އިން ކުރާ ތާއީދު ޓްރަމްޕް ތަކުރާރު ކުރައްވާފައިވާ ކަމަށް އެމެރިކާގެ ރިޔާސީ ގަނޑުވަރު (ވައިޓް ހައުސް) އިން ނެރުނު ބަޔާނުގައިވެއެވެ.

ޤަތަރުގެ އަމީރު ތަމީމް ބިން ހަމަދު ވަނީ ހޯމަ ދުވަހު ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރްދޮޣާން އާ ހޯމަ ދުވަހު ތުރުކީގެ ވެރިރަށް އަންކާރާގައި ބައްދަލު ކުރައްވާފައެވެ.

މި ދެ ލީޑަރުންނާއެކު ޤަތަރުގެ އަމީރު މަޝްވަރާ ކުރައްވާފައި ވަނީ 7 މަސް ވެފައިވާ ޤަތަރާއި ގަލްފްގެ މައްސަލަ އިތުރަށް ހޫނު ވެދާނެ ކަމަށް ބެލެވިފައިވާ ދުވަސްވަރެއްގައެވެ. ޤަތަރާއި ގުޅުން ކަނޑާލާފައިވާ ގަލްފްގެ ގައުމުތަކުގެ ތެރޭގައި ހިމެނޭ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ވަނީ، އެގައުމުން ބަހްރެއިން އަށް ދަތުރު ކުރި ޔޫއޭއީގެ ކޮމާޝަލް ފްލައިޓަކަށް ޤަތަރުގެ ވައިގެ ސިފައިންގެ ފައުޖުތަކުން ހުރަސް އެޅިކަމުގެ ތުހުމަތު ކޮށްފައެވެ. އެހެންނަމަވެސް ޔޫއޭއީގެ ތުހުމަތުތައް ޤަތަރު ދޮގު ކުރެއެވެ.

ގަލްފްގެ ގައުމުތަކާއި ޤަތަރާއި ދެމެދު އޮތް ގުޅުން ގޯސް ވެފައި ވަނީ، މެދުއިރުމަތީގައި ހައްދުފަހަނައެޅުމާއި ޓެރަރިޒަމަށް ވާގިވެރިވާ ކަމަށް، ގަލްފް ސަރަހައްދަށް ނިސްބަތްވާ ބައެއް ގައުމުތައް ކަމަށްވާ ސައުދީ އަރަބިއްޔާ، ޔޫއޭއީ، ބަހްރެއިން އަދި މިސްރުން ތުހުމަތުކޮށް، ޤަތަރާއި އެކު އޮތް ގުޅުން މިދިޔަ އަހަރުގެ ޖޫން މަހުގެ 5 ވަނަ ދުވަހު ކަނޑާލައި އެގައުމާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އިއުލާން ކުރުމާއި ގުޅިގެންނެވެ. އެހެންނަމަވެސް އެ ތުހުމަތުތަކަށް ޤަތަރުން އިންކާރު ކުރެއެވެ.

ޤަތަރާއި ދެކޮޅަށް ކުރާ ތުހުމަތުތަކަށް އެގައުމުން އިންކާރު ކުރާ ކުރުމަށް، އެމެރިކާގެ ރައީސް ޓްރަމްޕްގެ ވާހަކަތަކުން ބާރު ލިބެއެވެ.

ގަލްފްގެ ބައެއް ގައުމުތަކާއި ގާތް ގުޅުމެއް ބާއްވަމުން އަންނަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފޯން ކޯލާއި ގުޅޭ ގޮތުން ވައިޓް ހައުސް އިން ނެރުނު ބަޔާނުގައި ވަނީ، ހައްދުފަހަނަ އެޅުމާއި ޓެރަރިޒަމާއި ދެކޮޅަށް ހުރިހާ މާނައެއްގައި ޤަތަރުން ކުރާ މަސައްކަތްތަކަށް ޤަތަރުގެ އަމީރަށް އެމެރިކާގެ ރައީސް ޝުކުރު އަދާ ކުރެއްވި ކަމަށެވެ.

އަދި މެދުއިރުމަތީގެ ހަމަޖެހުމާއި، އެސަރަހައްދުގައި އިރާނުގެ ނުފޫޒު ގަދަ ކުރުމަށް ކުރަމުންދާ މަސައްކަތާއި ދެކޮޅަށް އަދި ޓެރަރިޒަމާއި ދެކޮޅަށް ކުރާ މަސައްކަތަކުގައި ޤަތާރާއި އެމެރިކާ ގުޅިގެން ދެގައުމުގެ މެދުގައި ގުޅުން ބަދަހި ކުރެވޭނެ ގޮތްތަކާއި ގުޅޭ ގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް ވައިޓް ހައުސް އިން ބުނެއެވެ.

އެހެންނަމަވެސް ސައުދީ އިސްވެ އޮވެ ގަލްފްގެ ގައުމުތަކުން ޤަތަރާއި ދެކޮޅަށް ފިޔަވަޅުތައް އެޅުމާއެކު، އެކަމަށް ތާއީދުކޮށް ޓްރަމްޕް ޓްވީޓްތަކެއް ކުރައްވާފައިވެއެވެ.

އެހެންނަމަވެސް ޤަތަރާއެކު ގާތް ގުޅުމެއް ބާއްވަމުންދާ ތުރުކީ އިން ދަނީ، ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމާއެކު ޤަތަރަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން ޤަތަރުގައި ހުންނަ ތުރުކީގެ އަސްކަރީ މަރުކަޒަށް ތުރުކީގެ ސިފައިންގެ ފައުޖުތައް ފޮނުވުމާއި، ޤަތަރުގެ އިޤްތިޞާދު ހިފެހެއްޓުމަށް ބޭނުންވާ މުދާ، ތުރުކީ އިން އެގައުމަށް އެތެރެކުރެވޭނެ އިންތިޒާމް ހަމަޖައްސައިދީފައިވެއެވެ.

ޤަތަރާއި ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކުގެ ނޭދެވޭ އަސަރު އެސަރަހައްދުން އާއްމުންނަށް ކުރަމުންދާކަން އދ.ގެ ތަހުގީގަކުން ހާމަވެފައިވާއިރު، ޤަތަރުން ދަނީ އެގައުމާއި ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އުވާލުމުގެ މަޝްވަރާތައް ފެށުމަށް ވަކިފަރާތަކަށް ނުޖެހޭ މެދުވެރިޔަކު ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

02 ފެބުރުއަރީ 2017
ޓްރަމްޕާ ދެކޮޅަށް އިނގިރޭސިވިލާތުގައި މުޒާހަރާތައް ކުރިއަށް ދަނީ

ޓްރަމްޕާ ދެކޮޅަށް އިނގިރޭސިވިލާތުގައި މުޒާހަރާތައް ކުރިއަށް ދަނީ

31 ޖެނުއަރީ 2017
ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި

ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި

30 ޖެނުއަރީ 2017
އެމެރިކާގެ މިސްކިތެއްގައި ރޯކޮށްލައިފި

އެމެރިކާގެ މިސްކިތެއްގައި ރޯކޮށްލައިފި

29 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް ނިއުޔޯކްގެ ކޯޓަކުން ހުކުމްކޮށްފި

ޓްރަމްޕާއި ދެކޮޅަށް ނިއުޔޯކްގެ ކޯޓަކުން ހުކުމްކޮށްފި

29 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު