Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވޭލްސްގެ ގައުމީ ފުޓްބޯޅަ ޓީމު

ވޭލްސްގެ ކޯޗުގެ މަގާމަށް ގިގްސް އައްޔަންކޮށްފި

15 ޖެނުއަރީ 2018 | ހޯމަ 17:18

މީގެ ކުރިން އެ މަގާމުގައި ހުރީ ސަންޑަލޭންޑްގެ ކޯޗު ކްރިސް ކޯލްމަން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 15 ޖެނުއަރީ 2018 | ހޯމަ 17:18
ރަޔަން ގިގްސް - ވޭލްސްގެ ގައުމީ ޓީމުގެ އާ ކޯޗު

ރަޔަން ގިގްސް - ވޭލްސްގެ ގައުމީ ޓީމުގެ އާ ކޯޗު

ވޭލްސްގެ ގައުމީ ޓީމުގެ ކޯޗުގެ މަގާމަށް މެންޗެސްޓާ ޔުނައިޓެޑްގެ ލެޖެންޑް ރަޔަން ގިގްސް އައްޔަންކޮށްފިއެވެ.

ވޭލްސްގެ ފުޓްބޯޅަ އިދާރާ އިން ވަނީ ހަތަރު އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުން ގިގްސް އެ މަގާމަށް އައްޔަންކޮށްފައެވެ. އުމުރުން 44 އަހަރުގެ ގިގްސް އެ މަގާމަށް އައްޔަންކުރީ އެ މަގާމުގައި ކުރިންހުރި ކްރިސް ކޯލްމަން އެ މަގާމު ދޫކޮށް އިނގިރޭސި ދެވަނަ ޑިވިޝަނުގައި ވާދަކުރަމުން އަންނަ ސަންޑަލޭންޑުގެ ކޯޗުކަމާއި ހަވާލުވުމާއި ގުޅިގެންނެވެ.

ވޭލްސްގެ ގައުމީ ޓީމާ ހަވާލުވުމަށް ފަހު ނެރުނު ބަޔާނެއްގައި ގިގްސް ބުނީ ގައުމީ ޓީމުގެ ކޯޗަކަށްވުމުގެ ފުރުސަތު ލިބުމަކީ ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށާއި އެކަމާއި ވަރަށް ބޮޑަށް ފަހުރުވެރިވާ ކަމަށެވެ. ހަމައެހެންމެ އޭނާ ބުނީ 2020 ވަނަ އޮންނަ ޔޫރޯ ފުޓްބޯޅަ މުބާރާތާއި ޔުއެފާ އިން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ނޭޝަންސް ލީގުގައި ވޭލްސްއަށް ރަނގަޅު ނަތީޖާތަކެއް ހޯދައިދިނުމަށް އުއްމީދުކުރާ ކަމަށެވެ. އޭނާ ބުނީ މިއީ ބޮޑު ޗެލެންޖެއް ކަމަށާއި މިއަހަރުގެ ފަހުކޮޅު ކުޅުމަށް ހަމަޖެހިފައިވާ މުހިންމު މެޗުތަކަށް ޓީމު ރަނގަޅަށް ތައްޔާރުކުރަން ބޭނުންވާ ކަމަށެވެ.

ވޭލްސްގެ ފުޓްބޯޅަ އެސޯސިއޭޝަނުގެ ޗީފް އެގްޒެކްޓިވް ޖޮނަތަން ފޯޑް ބުނީ ގިގްސްއަކީ އޭނާ ކުޅުނު ދުވަސްވަރު އެތަކެއް ކާމިޔާބުތަކެއް ހޯދި ކުޅުންތެރިޔެއް ކަމަށާއި އޭނާއަށް އޭރު ލިބިފައިވާ ތަޖުރިބާތަކަކީ ވަރަށް އަގުހުރި ތަޖުރިބާތަކެއް ކަމަށެވެ. ހަމައެހެންމެ ދުނިޔޭގެ އެންމެ ބޮޑު އެއް ޓީމުގެ ކޯޗުކަން އޭނާ ކޮށްފައިވުމަކީ މި މަގާމުގައި އޭނާ ކާމިޔާބު ހޯދާނެ ކަމުގެ ހެއްކެއް ކަމަށް ފޯޑް ބުނެފައިވެއެވެ.

ގިގްސްގެ ކުރިން މި މަގާމު ފުރި ކޯލްމަންގެ އިރުޝާދުގެ ދަށުން 2016 ވަނަ އަހަރު ފްރާންސްގައި ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުން ވޭލްސް ޖާގަ ހޯދި ނަމަވެސް، 1958 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ފީފާ ވޯލްޑް ކަޕަށް ކޮލިފައިވުމަށް ކުރި މަސައްކަތް ވަނީ ނާކާމިޔާބު ވެފައެވެ. ކޯލްމަން އެ މަގާމުން އިސްތިއުފާ ދިނުމާއެކު ގިގްސް އެ މަގާމަށް އަންނަން ބޭނުންވާ ކަމަށް ބުނެ ޝައުގުވެރިކަން ފާޅުކުރިއެވެ.

ޔުނައިޓެޑްގެ ކޯޗުކަމުން 2014 ވަނަ އަހަރު ޑޭވިޑް މޮއެސް ވަކިކުރުމުން އެޓީމުގެ ކޯޗެއްގެ ގޮތުގައި ހަތަރު މެޗުގައި ގިގްސް ވަނީ އިރުޝާދު ދީފައެވެ. އެ އަށް ފަހު 2016 ވަނަ އަހަރުގެ ނިޔަލަށް ގިގްސް ވަނީ ލުއިސް ވެންހާލްގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި ޔުނައިޓެޑްގައި މަސައްކަތްކޮށްފައެވެ. މި މަގާމާ ހަވާލުވުމުގެ ކުރިން އިނގިރޭސި ޕްރިމިއާ ލީގުގެ އެވަޓަން އަދި ލެސްޓާ ސިޓީގެ ކޯޗުގެ މަގާމާ އޭނާ ހަވާލުވާން އުޅޭ ކަމަށް ވެސް އަޑުތައް ފެތުރުނެވެ.

ވޭލްސްގެ ގައުމީ ޓީމަށް 1991 ވަނަ އަހަރުން ފެށިގެން 2007 ވަނަ އަހަރާ ހަމަޔަށް ކުޅުނު ގިގްސް ވަނީ އެ ޓީމަށް 64 މެޗު ކުޅެދީފައެވެ. މި މެޗުތަކުގައި އޭނާ ވަނީ އެ ޓީމަށް 12 ލަނޑު ޖަހައިދީފައެވެ. އޭނާއަކީ ވޭލްސްގެ ތާރީހުގައި ވެސް އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ.

އިތުރަށް ކިޔާލަން

28 އޮކްޓޯބަރު 2017

މާޒިޔާ ކޯޗުގެ އެއްބަސްވުން ހަމަވާތީ، އާ ކޯޗެއް ހޯދުމުގެ މަސައްކަތް ފަށައިފި

28 އޮކްޓޯބަރު 2017
މާޒިޔާ ކޯޗުގެ އެއްބަސްވުން ހަމަވާތީ، އާ ކޯޗެއް ހޯދުމުގެ މަސައްކަތް ފަށައިފި
24 އޮކްޓޯބަރު 2017

ލެސްޓާ އަދި އެވަޓަންގެ ކޯޗުކަމަށް ގިގްސް ޝައުގުވެރިވޭ!

24 އޮކްޓޯބަރު 2017
ލެސްޓާ އަދި އެވަޓަންގެ ކޯޗުކަމަށް ގިގްސް ޝައުގުވެރިވޭ!
18 އޮކްޓޯބަރު 2017

ލެސްޓާ ސިޓީގެ ކޯޗުގެ މަގާމުން ކްރެއިގް ޝޭކްސްޕިއަރ ވަކިކޮށްފި

18 އޮކްޓޯބަރު 2017
ލެސްޓާ ސިޓީގެ ކޯޗުގެ މަގާމުން ކްރެއިގް ޝޭކްސްޕިއަރ ވަކިކޮށްފި
12 އޮކްޓޯބަރު 2017

ސްކޮޓްލެންޑްގެ ކޯޗުގެ މަގާމުން ސްޓްރެޗަން ވަކިވެއްޖެ

12 އޮކްޓޯބަރު 2017
ސްކޮޓްލެންޑްގެ ކޯޗުގެ މަގާމުން ސްޓްރެޗަން ވަކިވެއްޖެ
11 އޮކްޓޯބަރު 2017

ވޭލްސްގެ ކޯޗުގެ މަގާމުގައި ކޯލްމަން ދެމިހުރުމަށް ކުޅުންތެރިން ބޭނުންވޭ: ރިޕޯޓް

11 އޮކްޓޯބަރު 2017
ވޭލްސްގެ ކޯޗުގެ މަގާމުގައި ކޯލްމަން ދެމިހުރުމަށް ކުޅުންތެރިން ބޭނުންވޭ: ރިޕޯޓް
28 ސެޕްޓެމްބަރު 2017

ބަޔާން މިއުނިކްގެ ކޯޗުގެ މަޤާމުން އަންޗެލޯޓީ ވަކިކޮށްފި

28 ސެޕްޓެމްބަރު 2017
ބަޔާން މިއުނިކްގެ ކޯޗުގެ މަޤާމުން އަންޗެލޯޓީ ވަކިކޮށްފި
30 މެއި 2017

އަނެއްކާވެސް އާސެނަލްގެ ކޯޗުގެ މަގާމުގައި ވެންގާ ބެހެއްޓުމަށް ނިންމައިފި

30 މެއި 2017
އަނެއްކާވެސް އާސެނަލްގެ ކޯޗުގެ މަގާމުގައި ވެންގާ ބެހެއްޓުމަށް ނިންމައިފި
17 މެއި 2017

ސިޓީ ލީގުގެ ތިންވަނަ މަގާމަށް، އާސެނަލަށް މޮޅެއް

17 މެއި 2017
ސިޓީ ލީގުގެ ތިންވަނަ މަގާމަށް، އާސެނަލަށް މޮޅެއް
03 ފެބުރުއަރީ 2017

ގައުމީ ފިރިހެން ވޮލީ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް ޝަރަފް

03 ފެބުރުއަރީ 2017
ގައުމީ ފިރިހެން ވޮލީ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް ޝަރަފް
04 ޖެނުއަރީ 2017

ވިކްޓަރީގެ ޗެއާޕާސަންގެ މަގާމަށް ނަޒީމް އިންތިހާބުކޮށްފި

04 ޖެނުއަރީ 2017
ވިކްޓަރީގެ ޗެއާޕާސަންގެ މަގާމަށް ނަޒީމް  އިންތިހާބުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް