Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްކޮޓްލެނެްޑް

ސްކޮޓްލެންޑްގެ ކޯޗުގެ މަގާމުން ސްޓްރެޗަން ވަކިވެއްޖެ

ސްކޮޓްލެންޑްގެ ކޯޗުގެ މަގާމުން ސްޓްރެޗަން ވަކިވީ، ފީފާ ވޯލްޑް ކަޕްގެ ފުރުޞަތު ގެއްލުމާއި ގުޅިގެން

މުޙައްމަދު ޒާހިރު
މުޙައްމަދު ޒާހިރު | 12 އޮކްޓޯބަރު 2017 | ބުރާސްފަތި 20:34
ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި ސްލޮވީނިއާ އާއި އެއްވަރުވެ، ވޯލްޑް ކަޕްގެ ފުރުޞަތު ގެއްލުނު މެޗަށްފަހު ސްޓްރެޗަން މާޔޫސްވެފައި

ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި ސްލޮވީނިއާ އާއި އެއްވަރުވެ، ވޯލްޑް ކަޕްގެ ފުރުޞަތު ގެއްލުނު މެޗަށްފަހު ސްޓްރެޗަން މާޔޫސްވެފައި

އަންނަ އަހަރު ރަޝިއާގައި ބާއްވާ ފީފާ ވޯލްޑް ކަޕުން ފުރުޞަތު ގެއްލުމާއި ގުޅިގެން، ސްކޮޓްލެންޑްގެ ކޯޗުގެ މަގާމުން ގޯޑަން ސްޓްރެޗަން އިސްތިއުފާ ދީފި އެވެ.

ސްކޮޓްލެންޑަށް ވޯލްޑް ކަޕްގެ ފުރުޞަތު ގެއްލުނުތާ ހަތަރު ދުވަސް ފަހުން، އެޤައުމުގެ ކޯޗުގެ މަގާމުން ސްޓްރެޗަން ވަކިވިކަން އިޢުލާން ކޮށްފައިވާއިރު، ކޯޗުގެ މަގާމް ދޫކޮށްލާފައި ވަނީ ސްކޮޓްލެންޑްގެ ފުޓްބޯޅަ އެސޯސިއޭޝަނާއެކު ކުރި މަޝްވަރާތަކަށް ފަހު، ދެފަރާތުން ރުހުމާއެކުގައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

ސްޓްރެޗަން އާއެކު، އޭނާގެ އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތް ކުރި މާކް މެޤީވެސް އެމަގާމުން ވަކިވާނެ އެވެ.

ސްކޮޓްލެންޑްގެ ކޯޗުގެ މަގާމުން ސްޓްރެޗަން ވަކިވުމާއި ގުޅިގެން ސްކޮޓްލެންޑްގެ ފުޓްބޯޅަ އެސޯސިއޭޝަންގެ ޗީފް އެގްޒެކެޓިވް ސްޓިވާޓް ރޭގަން ވިދާޅުވީ، ގައުމީ ޓީމަށް ސްޓްރެޗަން ކޮށްދިން ޚިދުމަތަށް ސްކޮޓްލެންޑްގެ ފުޓްބޯޅަ އެސޯސިއޭޝަންގެ ބޯޑުން ޝުކުރު އަދާކުރާ ކަމަށެވެ.

ސްޓްރެޗަން ސްކޮޓްލެންޑްގެ ކޯޗުގެ މަގާމާއި ހަވާލުވީ 2013 ވަނަ އަހަރު އެވެ. ސްކޮޓްލެންޑްގެ ކުރީގެ ކޯޗު ކްރެއިގް ލެވެއިންގެ ބަދަލުގައި އެމަގާމާއި ހަވާލުވި ސްޓްރެޗަން އާއެކު ސްކޮޓްލެންޑްގެ ފުޓްބޯޅަ އެސޯސިއޭޝަނުން ފުރަތަމަ އެއްބަސްވުމެއް އެކުލަވާލީ 2014 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ކޮލިފައިންގެ ނިޔަލަށެވެ.

އޭގެ ފަހުން އޭނާގެ އިރުޝާދުގެ ދަށުން 2016 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކޮލިފައިންގައި ސްކޮޓްލެންޑަށް ރަނގަޅު ފެށުމެއް ލިބުނު ނަމަވެސް، ކޮލިފައިންގެ ފަހުކޮޅުގައި ލިބުނު ދަށް ނަތީޖާތަކުގެ ސަބަބުން މިދިޔަ އަހަރު ފްރާންސްގައި ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތަށް ކޮލިފައިވެފައެއްނުވެ އެވެ.

އެހެން ނަމަވެސް، ސްކޮޓްލެންޑްގެ ފުޓްބޯޅަ އެސޯސިއޭޝަނާއި ސްޓްރެޗަން އާދެމެދު އޮތް އެއްބަސްވުން އާ ކުރުމަށް ފަހު، 2018 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކޮލިފައިންގ އަށް ސްކޮޓްލެންޑް ނިކުތް ނަމަވެސް، ޔޫރޯ ޒޯންގެ ކޮލިފައިންގ ގްރޫޕް އެފްގެ ފަހު މެޗުގައި ސްލޮވީނިއާ އާ ބައްދަލުކުރި މެޗު ދެ ލަނޑު ދެ ލަނޑުން އެއްވަރުވެ، ޕްލޭއޯފްގެ ޖާގަވެސް ވަނީ ގެއްލިފައެވެ.

އިތުރަށް ކިޔާލަން

28 ސެޕްޓެމްބަރު 2017

ބަޔާން މިއުނިކްގެ ކޯޗުގެ މަޤާމުން އަންޗެލޯޓީ ވަކިކޮށްފި

28 ސެޕްޓެމްބަރު 2017
ބަޔާން މިއުނިކްގެ ކޯޗުގެ މަޤާމުން އަންޗެލޯޓީ ވަކިކޮށްފި
23 ޖުލައި 2017

އެފްއޭއެމްގެ އެކްސްކޯގެ ތިން މެމްބަރަކު މަގާމުން ދުރުކޮށްފި

23 ޖުލައި 2017
އެފްއޭއެމްގެ އެކްސްކޯގެ ތިން މެމްބަރަކު މަގާމުން ދުރުކޮށްފި
24 ޖޫން 2017

ޕާފޯމެންސް މެދު ހިތްހަމަނުޖެހޭ ކަމަށް ބުނެ ނިއުގެ ކޯޗު މަގާމުން ވަކިކޮށްފި

24 ޖޫން 2017
ޕާފޯމެންސް މެދު ހިތްހަމަނުޖެހޭ ކަމަށް ބުނެ ނިއުގެ ކޯޗު މަގާމުން ވަކިކޮށްފި
30 މެއި 2017

އަނެއްކާވެސް އާސެނަލްގެ ކޯޗުގެ މަގާމުގައި ވެންގާ ބެހެއްޓުމަށް ނިންމައިފި

30 މެއި 2017
އަނެއްކާވެސް އާސެނަލްގެ ކޯޗުގެ މަގާމުގައި ވެންގާ ބެހެއްޓުމަށް ނިންމައިފި
28 މެއި 2017

ސްޕެނިޝް ކަޕުގެ ތައްޓާއި އެކު އެންރީކޭ ބާސާގެ ކޯޗުކަމުން ވަކިވެއްޖެ

28 މެއި 2017
ސްޕެނިޝް ކަޕުގެ ތައްޓާއި އެކު އެންރީކޭ ބާސާގެ ކޯޗުކަމުން ވަކިވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު