Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމަރްޖާން ސެކުލޮވްސްކީ

މާޒިޔާ ކޯޗުގެ އެއްބަސްވުން ހަމަވާތީ، އާ ކޯޗެއް ހޯދުމުގެ މަސައްކަތް ފަށައިފި

މާޒިޔާ ކޯޗުގެ އެއްބަސްވުން ހަމަވާނީ މި މަހުގެ ނިޔަލަށް

ލީވާން އަލީ
ލީވާން އަލީ | 28 އޮކްޓޯބަރު 2017 | ހޮނިހިރު 14:51
މާޒިޔާގެ ކޯޗު މަރްޖާން ސެކުލޮވްސްކީ

މާޒިޔާގެ ކޯޗު މަރްޖާން ސެކުލޮވްސްކީ

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ކޯޗު މަރްޖާން ސެކުލޮވްސްކީގެ އެއްބަސްވުން މި މަހުގެ ނިޔަލަށް ހަމަވާތީ، އެ ކްލަބުން އާ ކޯޗެއް ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ދެމުން މާޒިޔާގެ ސީއީއޯ ހަސަން ޝާފިއު (ކޮކީ) ވިދާޅުވީ، މި މަހުގެ ނިޔަލަށް ކޯޗުގެ އެއްބަސްވުން ހަމަވާ ކަމަށާއި، ކޯޗު ބޭނުން ވަނީ އިތުރަށް ކްލަބުގައި މަޑުނުކޮށް، އަނބުރާ ގައުމަށް ދިޔުމަށް ކަމަށެވެ.

އެގޮތުން ކޮކީ ވިދާޅުވީ، ދިވެހި ޕްރިމިއާ ލީގުގައި އަންނަ އަންގާރަ ދުވަހު އއ.މާޅޮސްއާ ދެކޮޅަށް މާޒިޔާ ކުޅޭ މެޗުގެ ކުރިން ކޯޗެއް ހޯދުމުގެ މަސައްކަތް ކްލަބުން ކުރަމުން އަންނަ ކަމަށާއި، ގެންނާނީ ދިވެހި ކޯޗެއް ކަމަށެވެ.

"މި މަހު ކޯޗުގެ އެއްބަސްވުން ހަމަވޭ. ކޯޗު ބޭނުމެއް ނުވޭ އިތުރަށް ކްލަބުގައި މަޑުކުރަން. ދެފަރާތުން އެއްބަސްވެގެން ކޯޗު އަނބުރާ ފޮނުވާލަން ނިންމީ. މާޅޮސް މެޗުގެ ކުރިން ކޯޗެއް ހޯދުމުގެ މަސައްކަތް އެބަ ކުރަން. ލީގު މިހިސާބަށް އައުމާއެކު ގެންނާނީ ދިވެހި ކޯޗެއް" ރާއްޖެއެމްވީ އަށް ދިން އިންޓަވިއުގައި ކޮކީ ވިދާޅުވިއެވެ.

މެސެޑޯނިއާ އަށް އުފަން ސެކުލޮވްސްކީ ވަނީ މާޒިޔާގެ ކޯޗުކަމާ ހަވާލުވެ، އެޓީމަށް ބޮޑު ކުރިއެރުންތަކެއް ހޯދައިދީފައެވެ. އެގޮތުން މާލޭ ލީގު އަދި ޗެރިޓީ ޝިލްޑް އެޓީމަށް ކާމިޔާބު ކޮށްދީ، އޭނާ ވަނީ އެ ކްލަބަށް އޭއެފްސީ ކަޕްގައިވެސް ރަނގަޅު ނަތީޖާތަކެއް ހޯދައިދީފައެވެ.

ސެކުލޮވްސްކީ އަކީ މިޔަންމާގެ ކަލްބުތަކަކަށް ކާމިޔާބު ހޯދައިދިން ކޯޗެކެވެ. އޭނާ ވަނީ މިޔަންމާގެ އަޔެޔަވަދީ އަދި ޔަންގޮން ޔުނައިޓެޑަށް ކާމިޔާބީތަކެއް ހޯދައިދީފަ އެވެ. މިޔަންމާގެ ތާރީހުގައި އެންމެ ކާމިޔާބު ކޯޗަކީ ވެސް ސެކުލޮވްސްކީ އެވެ. ސެކުލޮވްސްކީ ވަނީ ދެ ފަހަރެއްގެ މަތިން އަޔެޔަވަދީ އަށް އިރުޝާދުދީފަ އެވެ. އެ ކްލަބާ ދެ ފަހަރެއްގެ މަތިން ހަވާލުވެ، އޭނާ ވަނީ އަޔެޔަވަދީ އަށް ވިދިވިދިގެން ތިން ސީޒަންގައި މިޔަންމާ ކަޕްގެ ޗެމްޕިއަންކަން ހޯދައިދީފަ އެވެ. މިދިޔަ އަހަރު ޔަންގޮން ޔުނައިޓެޑާ ހަވާލުވެ، އޭނާ ވަނީ އެ ކްލަބަށް މިޔަންމާ ނެޝަނަލް ލީގު އަދި މިޔަންމާ ނެޝަނަލް ކަޕްގެ ރަނަރަޕްކަން ހޯދައިދީފަ އެވެ. ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އަށް އަދި ރަނގަޅު ނަތީޖާތަކެއް ނުހޯދޭއިރު، އެޓީމަށް ވަނީ ލީގު ހޯދުމަށް ގިނަ ހުރަސްތަކާ ކުރިމަތިވެފައެވެ. ލީގުގައި މާޒިޔާ އޮތީ ކުޅުނު 10 މެޗުން ލިބުނު 20 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ތިންވަނައިގައެވެ. އެއްވަނައިގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް އޮތީ 27 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ އެއްވަނައިގައެވެ. ނިއު އާއި މާޒިޔާއާ ދެމެދު ހަތް ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ.

އިތުރަށް ކިޔާލަން

13 ފެބުރުއަރީ 2017

އޭޑީކޭ ގްރޫޕާއެކު މާޒިޔާ އަނެއްކާވެސް ގަލޮޅު ދަނޑަށް

13 ފެބުރުއަރީ 2017
އޭޑީކޭ ގްރޫޕާއެކު މާޒިޔާ އަނެއްކާވެސް ގަލޮޅު ދަނޑަށް
08 ފެބުރުއަރީ 2017

ކްލަބް ފްރެންޑްލީ: މާޒިޔާ އިން ފަސޭހަކަމާއެކު ގްރީން ސްޓްރީޓް ބަލިކޮށްފި

08 ފެބުރުއަރީ 2017
ކްލަބް ފްރެންޑްލީ: މާޒިޔާ އިން ފަސޭހަކަމާއެކު ގްރީން ސްޓްރީޓް ބަލިކޮށްފި
03 ފެބުރުއަރީ 2017

ގައުމީ ފިރިހެން ވޮލީ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް ޝަރަފް

03 ފެބުރުއަރީ 2017
ގައުމީ ފިރިހެން ވޮލީ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް ޝަރަފް
02 ފެބުރުއަރީ 2017

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި

02 ފެބުރުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި
02 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ

02 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު