Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ކުލީ ބައިކް

ކުލީ ބައިކްގެ މޮޓޯ އިންޝުއަރެންސް ޕާޓްނަރަކަށް އެސްއެސްއެސް އިންޝުއަރެންސް ހަމަޖައްސައިފި

ކުލީ ބައިކްއަކީ އެއްގަމުގައި ދުއްވާ އުޅަނދުތައް ކުއްޔަށް ދޫކުރުމުގެ ހިދުމަތް ފޯރުކޮށްދޭ ފަރާތެއް

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 15 ޖެނުއަރީ 2018 | ހޯމަ 14:13
އެމްއޯޔޫގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

އެމްއޯޔޫގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ކުލީ ބައިކްގެ މޮޓޯ އިންޝުއަރެންސް ޕާޓްނަރަކަށް އެސް.އެސް.އެސް އިންޝުއަރެންސް ހަމަޖައްސައިފިއެވެ.

މި ދެ ކުންފުނީގެ ދެމެދުގައި ހޯމަ ދުވަހު ވަނީ އެމްއޯޔޫއެއްގައި ސޮއިކޮށްފައެވެ. އެސް.އެސް.އެސް އިންޝުއަރެންސްގެ ފަރާތުން ސީނިއަރ އެގްޒެކްޓިވް ރިހުޝާން ހަސަން ސޮއިކުރައްވާފައިވާއިރު ކުލީ ބައިކްގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޝަފާއު ހަސަންއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެސް.އެސް.އެސް އިންޝުއަރަންސްގެ ސީނިއަރ އެގްޒެކްޓިވް ރިހުޝާން ވިދާޅުވީ މި އެމްއޯޔޫގައި ސޮއިކުރުމުގެ މައިގަނޑު މަޤްސަދަކީ ކަސްޓަމަރުން ކިއުގައި ހުންނަން ނުޖެހި ފަސޭހަކަމާ އެކު ސައިކަލް އިންޝުއަރެންސްކޮށް އަތަށް ސްޓިކާ ލިބޭނެ ގޮތް ފަސޭހަކަމާ އެކު ފަހިކޮށްދިނުން ކަމަށެވެ.

ކުލީ ބައިކްއަކީ އެއްގަމުގައި ދުއްވާ އުޅަނދުތައް ކުއްޔަށް ދޫކުރުމުގެ ހިދުމަތް ފޯރުކޮށްދޭ ފަރާތެކެވެ. ކުލީ ބައިކް އިން އެމީހުންގެ ހިދުމަތް ހަމައެކަނި ހުޅުމާލޭގައި ދިރިއުޅޭ ކަސްޓަމަރުންނަށް ފޯރުކޮށްދޭއިރު މި ހިދުމަތުގެ ސަބަބުން ހުޅުމާލެ އިން މާލެ އަށް ސައިކަލުތައް އުފުލާ ފަރާތްތަކަށް ހައްލެއް ލިބިގެންދާނެ ކަމަށް އެ ފަރާތުން ޤަބޫލުކުރެއެވެ.

ކުލީ ބައިކްގެ ޑިރެކްޓަރ ޝަފާއު ވިދާޅުވީ އެސް.އެސް.އެސް އިންޝުއަރެންސް މެދުވެރިކޮށް ސައިކަލާއި ސައިކަލު ކުއްޔަށް ނަގާ ފަރާތް އިންޝުއަރ ކުރެވިގެންދާނެ ކަމަށެވެ. އަދި މިވަގުތު ހަތަރު އުޅަނދެއް ގެންގުޅުނު ނަމަވެސް ރާއްޖޭގެ އެކި ކަންކޮޅުތަކަށް އެމީހުންގެ ހިދުމަތް ފޯރުކޮށްދިނުމުގެ ވިސްނުން ގެންގުޅޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކުލީ ބައިކް އިން ސައިކަލް ކުއްޔަށް ދޫކުރާ އަގަކީ ގަނޑިއިރަކަށް 75ރ. އެވެ. އަދި ތިން ގަނޑިއިރަށް ދޫކުރާ ނަމަ ޗާޖް ކުރަނީ 165ރ. އެވެ. ކުލީ ބައިކް އިން ބުނީ އެމީހުން ސައިކަލުތައް ކުއްޔަށް ދޫކުރަނީ ހަމައެކަނި ލައިސެންސް އޮންނަ ފަރާތްތަކަށް އެކަނި ކަމަށެވެ.

މި ރަސްމިއްޔާތުގައި އެސް.އެސް.އެސް އިންޝުއަރެންސްގެ ފަރާތުން ވަނީ ކޯލަކުން ސައިކަލް އިންޝުއަރެންސް ކުރެވޭނެ ހިދުމަތް ތައާރަފުކޮށްފައެވެ. އެގޮތުން 7896022 ނަންބަރަށް ގުޅުމުން އެ ހިދުމަތް ލިބިގެންދާނެ ކަމަށް އެ ފަރާތުން ބުނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮންސްޓްރަކްޝަން އިންޑަސްޓްރީ އަށް ހާއްސަ އިންޝުއަރެންސް ސެމިނަރ ބާއްވައިފި

ކޮންސްޓްރަކްޝަން އިންޑަސްޓްރީ އަށް ހާއްސަ އިންޝުއަރެންސް ސެމިނަރ ބާއްވައިފި

18 އެޕްރީލު 2018
ޖީއެމްފޯރަމް 2018 ގެ ޕްލެޓިނަމް ޕާޓްނަރަކަށް އެލައިޑް އިންޝިއުރެންސް!

ޖީއެމްފޯރަމް 2018 ގެ ޕްލެޓިނަމް ޕާޓްނަރަކަށް އެލައިޑް އިންޝިއުރެންސް!

20 މާރިޗު 2018
ސޮލެރަލް އިންޝުއަރަންސްގެ ފަރާތުން ގޭބީސީ އިންޝުއަރެންސްގެ ހިދުމަތް ފަށައިފި

ސޮލެރަލް އިންޝުއަރަންސްގެ ފަރާތުން ގޭބީސީ އިންޝުއަރެންސްގެ ހިދުމަތް ފަށައިފި

03 މާރިޗު 2018
ފޯން ކޯލަކުން ސައިކަލް އިންޝުއަރެންސް ކޮށްދިނުމުގެ ހިދުމަތް ފަށައިފި

ފޯން ކޯލަކުން ސައިކަލް އިންޝުއަރެންސް ކޮށްދިނުމުގެ ހިދުމަތް ފަށައިފި

18 ޖެނުއަރީ 2018
 "ގޯލްޑް 100" އެވޯޑްސްގެ ޕްލެޓިނަމް ޕާޓްނަރަކަށް ބީއެމްއެލް ހަމަޖައްސައިފި

"ގޯލްޑް 100" އެވޯޑްސްގެ ޕްލެޓިނަމް ޕާޓްނަރަކަށް ބީއެމްއެލް ހަމަޖައްސައިފި

10 ޖެނުއަރީ 2018

އަހަރުތަކުން މިއަދު

4 ޖޫން
ދީނުގެ ތެރެއަށް ގެންނަ އައު ކަންކަން ބަލައިނުގަތުމަށް އަރަފާތު ޚުތުބާ ގައި ގޮވާލައިފި
20251 އަހަރު ކުރިން
އިސްލާމް

ދީނުގެ ތެރެއަށް ގެންނަ އައު ކަންކަން ބަލައިނުގަތުމަށް އަރަފާތު ޚުތުބާ ގައި ގޮވާލައިފި

އިންޑިއާގެ ބޮޑުވަޒީރު މޯދީ މަގާމުން އިސްތިއުފާ ދެއްވައިފި
20242 އަހަރު ކުރިން
ދުނިޔެ

އިންޑިއާގެ ބޮޑުވަޒީރު މޯދީ މަގާމުން އިސްތިއުފާ ދެއްވައިފި

ރޮނާލްޑޯގެ ޓީމު ރެލިގޭޓްވެއްޖެ
20233 އަހަރު ކުރިން
ކުޅިވަރު

ރޮނާލްޑޯގެ ޓީމު ރެލިގޭޓްވެއްޖެ

މީގެ 70 އަހަރުކުރިން އިނގިރޭސީންގެ ރަސްކަމުގެ ތަޚުތަށް ރާނީ، އިސްވެވަޑައިގަތުމުގެ މުނާސަބަތު ދިވެހިރާއްޖޭގައި ކުލަގަދަ ގޮތެއްގައި ފާހަގަކުރުން!
20224 އަހަރު ކުރިން
ކޮލަމް

މީގެ 70 އަހަރުކުރިން އިނގިރޭސީންގެ ރަސްކަމުގެ ތަޚުތަށް ރާނީ، އިސްވެވަޑައިގަތުމުގެ މުނާސަބަތު ދިވެހިރާއްޖޭގައި ކުލަގަދަ ގޮތެއްގައި ފާހަގަކުރުން!

ސަލާމަތްވާން ލިއުޝާ ވަރަށް މަސައްކަތްކުރި، އެންޑީއޭގެ ޒިންމާކޮބާ؟
20215 އަހަރު ކުރިން
ރިޕޯޓު

ސަލާމަތްވާން ލިއުޝާ ވަރަށް މަސައްކަތްކުރި، އެންޑީއޭގެ ޒިންމާކޮބާ؟

ފިރިމީހާ، ލިއަމްއާ އެކު ހިނގާފައި ދަނިކޮށް މައިލީ ސައިރަސް ގަޔަށް އަތްލާ ފުރައްސާރަކޮށްފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ފިރިމީހާ، ލިއަމްއާ އެކު ހިނގާފައި ދަނިކޮށް މައިލީ ސައިރަސް ގަޔަށް އަތްލާ ފުރައްސާރަކޮށްފި

ނިހާން އިންޑިއާއަށް ވަޑައިގަތުމުން އެޤައުމަށް ނާރުވާ ބޭރުކޮށްލައިފި!
20188 އަހަރު ކުރިން
ރާއްޖެ

ނިހާން އިންޑިއާއަށް ވަޑައިގަތުމުން އެޤައުމަށް ނާރުވާ ބޭރުކޮށްލައިފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު