Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއިންޝުއަރެންސް ސެމިނަރ

ކޮންސްޓްރަކްޝަން އިންޑަސްޓްރީ އަށް ހާއްސަ އިންޝުއަރެންސް ސެމިނަރ ބާއްވައިފި

ފުރަތަމަ ސެމިނަރ ބާއްވާފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރުގައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 18 އެޕްރީލު 2018 | ބުދަ 12:01
އިންޝުއަރެންސް އިންސައިޓްސް ސެމިނަރ ސީރީސްގެ ދެވަނަ ސެމިނަރގެ ތެރެއިން

އިންޝުއަރެންސް އިންސައިޓްސް ސެމިނަރ ސީރީސްގެ ދެވަނަ ސެމިނަރގެ ތެރެއިން

ދިވެހި އިންޝުއަރެންސް ކުންފުނީގެ ފަރާތުން ބާއްވަމުންގެންދާ، އިންޝުއަރެންސް އިންސައިޓްސް ސެމިނަރ ސީރީސްގެ ދެވަނަ ސެމިނަރ، ޗަންޕާ ސެންޓްރަލް ހޮޓެލްގެ ސެމިނަރ ހޯލްގައި ބުދަ ދުވަހު ބާއްވައިފިއެވެ.

ހެނދުނުން ފެށިގެން މެންދުރާ ހަމައަށް، ކުރިޔަށްދިޔަ މި ސެމިނަރ، ހާއްސަކޮށްފައި ވަނީ ކޮންސްޓްރަކްޝަން ކުންފުނިތަކާއި، އާކިޓެކްޓުން އަދި ސިވިލް އިންޖިނިއަރުންނާއި، އިމާރާތް ކުރުމުގެ ސިނާއަތުގައި ހަރަކާތްތެރިވާ މަސައްކަތްތެރިންނަށެވެ.

މި ސެމިނަރގައި މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީސް، ކޮންސްޓްރަކްޝަން އެސޯސިއޭޝަން އޮފް މޯލްޑިވްސް އަދި އާކިޓެކްޓްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް ފަދަ ޖަމިއްޔާތަކުގެ އިތުރުން އެ އިންޑަސްޓްރީގައި ހަރަކާތްތެރިވާ 80 ވަރަކަށް ކޮންޓްރެކްޓަރުން ބައިވެރިވިއެވެ.

މީގެ އިތުރުން ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށް ހާއްސަ ގިނަ ވައްތަރުތަކުގެ އިންޝުއަރެންސް ޕެކޭޖްތަކުގެ މައުލޫމާތު ރާއްޖެއިން ބޭރުގެ އިންޝުއަރެންސްގެ ތަޖުރިބާކާރުންނާއި ދިވެހި އިންޝުއަރެންސް ކުންފުނީގެ ފަރާތުން ސެމިނަރގެ ބައިވެރިންނަށް ހިއްސާކުރިއެވެ. މީގެ ތެރޭގައި ކޮންސްޓްރަކްސަން ޕްރޮޖެކްޓްސް އިންޝުއަރެންސް އާއި، ޕްރޮފެޝަނަލް މަސައްކަތްތެރިންނަށް ހާއްސަ ލައިބިލިޓީސް އިންޝުއަރެންސްގެ އިތުރުން، ދިވެހި އިންޝުއަރެންސް ކުންފުނިން ދޫކުރާ އިންޝުއަރެންސް ބޮންޑްތަކުގެ މައުލޫމާތުތާއި ދިވެހި އިންޝުއަރެންސް ކުންފުނިން އަލަށް ތައާރަފުކުރުމަށް ހަމަޖެހިފައިވާ ކްރެޑިޓް ބޮންޑްގެ މައުލޫމާތު ހިމެނެއެވެ.

ދިވެހި އިންޝުއަރެންސް ކުންފުނިން އަލަށް ތައާރަފުކުރާ މި ކްރެޑިޓް ބޮންޑަކީ އިމާރާތްކުރުމުގެ ސިނާއަތުގައި މަސައްކަތްކުރާ ކުންފުނިތަކަށް ބޮންޑް ބޭނުންކޮށްގެން ޕްރޮޖެކްޓްތަކަށް ބޭނުންވާ މުދާ ސަޕްލަޔަރުންގެ އަތުން ކްރެޑިޓަށް ހޯދޭނެ ބޮންޑެކެވެ. މި ބޮންޑްގެ ސަބަބުން، މިވަގުތު ކޮންސްޓްރަކްޝަން އިންޑަސްޓްރީގައި ހަރަކާތްތެރިވާ ކުންފުނިތަކުގެ ކެޕިޓަލް މެނޭޖްކުރުމަށް އިތުރު ލުއިފަސޭހަކަމެއް ލިބިގެންދާނެ ކަމަށް ދިވެހި އިންޝުއަރެންސް ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ވާހިދު ތަޢުފީޤު ވިދާޅުވިއެވެ.

އިންޝުއަރެންސް އިންސައިޓްސް ސެމިނަރ ސީރީސްގެ ފުރަތަމަ ސެމިނަރ ދިވެހި އިންޝުއަރެންސް ކުންފުނިން ބާއްވާފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރ މަހުގެ ތެރޭގައެވެ. މި ސީރީސްގެ ފުރަތަމަ ސެމިނަރ އަމާޒުކޮށްފައި ވަނީ ވިޔަފާރި ކުންފުނިތަކަށް ބޭނުންވާ އެކި އާންމު އިންޝުއަރެންސް ޕްރޮޑަކްޓްސްތަކުގެ މައުލޫމާތު ހިއްސާކުރުމަށެވެ.

މިއަހަރުގެ ސެމިނަރ، ކޮންސްޓްރަކްޝަން އިންޑަސްޓްރީ އަށް ހާއްސަ ކުރެވިފައިވާ ސަބަބަކީ ކޮންސްޓްރަކްޝަން އިންޑަސްޓްރީއަކީ ރާއްޖޭގައި ފުޅާދާއިރާއެއްގައި ވަރަށް ހަލުވިކަމާ އެކު ކުރިއަރަމުން އަންނަ ދާއިރާއަކަށް ވުމާއި މިދާއިރާއަށް ބޭނުންވާ އިންޝުއަރެންސްގެ ހިދުމަތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް ކަމަށް އެ ކުންފުނިން ބުންޏެވެ.

އިތުރަށް ކިޔާލަން

13 އޯގަސްޓު 2017

"ޓޭސްޓް": ކާބޯތަކެއްޗަށް ހާއްސަ މެގަޒިންއެއް

13 އޯގަސްޓު 2017
"ޓޭސްޓް": ކާބޯތަކެއްޗަށް ހާއްސަ މެގަޒިންއެއް
19 ޖޫން 2017

އެލްއޭ ލައިފްސްޓައިލް: ޝާޕް ބްރޭންޑުގެ އޭސީއަށް ހާއްސަ ފިހާރައެއް

19 ޖޫން 2017
އެލްއޭ ލައިފްސްޓައިލް: ޝާޕް ބްރޭންޑުގެ އޭސީއަށް ހާއްސަ ފިހާރައެއް
14 ޖޫން 2017

ފްރެޝް ސިޓީ: މޭވާ އާއި ތަރުކާރީ އަށް ހާއްސަ ފިހާރައެއް ހިތަދޫގައި ހުޅުވައިފި

14 ޖޫން 2017
ފްރެޝް ސިޓީ: މޭވާ އާއި ތަރުކާރީ އަށް ހާއްސަ ފިހާރައެއް ހިތަދޫގައި ހުޅުވައިފި
13 ޖޫން 2017

ރެސްޓޯރެންޓް ކެފޭ އިންޝުއަރެންސަށް ހާއްސަ ސްކީމެއް ދިވެހި އިންޝުއަރެންސްއިން ތަޢާރަފުކޮށްފި

13 ޖޫން 2017
ރެސްޓޯރެންޓް ކެފޭ އިންޝުއަރެންސަށް ހާއްސަ ސްކީމެއް ދިވެހި އިންޝުއަރެންސްއިން ތަޢާރަފުކޮށްފި
16 މެއި 2017

އަމާނާ ތަކާފުލްގެ "ކަށަވި" އިންޝުއަރެންސް ޕްރޮޑަކްޓް ލޯންޗްކޮށްފި

16 މެއި 2017
އަމާނާ ތަކާފުލްގެ "ކަށަވި" އިންޝުއަރެންސް ޕްރޮޑަކްޓް ލޯންޗްކޮށްފި
09 އެޕްރީލު 2017

ވެލިގާ ހާޑްވެއާގެ ހާއްސަ ޕްރޮމޯޝަނުން އައިފޯން ރެޑެއް

09 އެޕްރީލު 2017
ވެލިގާ ހާޑްވެއާގެ ހާއްސަ ޕްރޮމޯޝަނުން އައިފޯން ރެޑެއް
11 މާރިޗު 2017

ވެލިގާ ހާޑްވެގައި ސެލީސްގެ ހާއްސަ ޕޮރޮމޯޝަނެއް ފެށުން

11 މާރިޗު 2017
ވެލިގާ ހާޑްވެގައި ސެލީސްގެ ހާއްސަ ޕޮރޮމޯޝަނެއް ފެށުން
21 ފެބުރުއަރީ 2017

ދިވެހި ފިލްމް "ވިޝްކާ"ގެ އިންޝުއަރެންސް ޕާޓްނަރަކަށް އެލައިޑް ހަމަޖައްސައިފި

21 ފެބުރުއަރީ 2017
ދިވެހި ފިލްމް "ވިޝްކާ"ގެ އިންޝުއަރެންސް ޕާޓްނަރަކަށް އެލައިޑް ހަމަޖައްސައިފި
18 ފެބުރުއަރީ 2017

ބީއެމްއެލް އިން ޑޮލަރަށް ހާއްސަ އޭޓީއެމް ސެންޓަރެއް ގާއިމްކޮށްފި

18 ފެބުރުއަރީ 2017
ބީއެމްއެލް އިން ޑޮލަރަށް ހާއްސަ އޭޓީއެމް ސެންޓަރެއް ގާއިމްކޮށްފި
08 ފެބުރުއަރީ 2017

އުރީދޫއިން ބޮލީވުޑަށް ހާއްސަ އިރޯސްނައޮ ޕްލެޓްފޯމް ތައާރަފްކޮށްފި

08 ފެބުރުއަރީ 2017
އުރީދޫއިން ބޮލީވުޑަށް ހާއްސަ އިރޯސްނައޮ ޕްލެޓްފޯމް ތައާރަފްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު