Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމެންބަރުންގެ ގޮނޑި ގެއްލުން

ގޮނޑި ގެއްލިފައިވާ ކަމަށް ބުނާ މެމްބަރުން އުއްތަމަ ފަނޑިޔާރާ ބައްދަލު ކުރެއްވުމަށް ހުށަހަޅުއްވައިފި

15 ޖެނުއަރީ 2018 | ހޯމަ 09:45

އިލެކްޝަންސް ކޮމިޝަނުން މިހާތަނަށް 12 މެމްބަރަކު ވަކި ކޮށްފައިވޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 15 ޖެނުއަރީ 2018 | ހޯމަ 09:45
ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު

ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ނޫން ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ބައެއް މެމްބަރުން ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުއާ ބައްދަލު ކުރެއްވުމަށް ރަސްމީކޮށް ލިޔުމުން ހުށަހަޅުއްވައިފި އެވެ.

ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރާ ބައްދަލު ކުރެއްްވުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅަންޖެހޭ ފޯމް ހުށަހެޅުވުމަށް ފަހު، ސުޕްރީމް ކޯޓުން ނިކުމެވަޑައިން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެ މެމްބަރުން ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ގާނޫނުއާސާސީއަށާއި ގާނޫނުތަކަށް ބޯނުލަނބާ ކަމަށާއި އަދި ސުޕްރީމް ކޯޓުގެ ހުކުމްތަކާއި އަމުރުތަކަށް ވެސް ބޯ ނުލަނބާ ކަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަނުން މެމްބަރުކަން ގެއްލިފައިވާ ކަމަށް ނިންމުމުން ރައްޔިތުންގެ މަޖިލީހަށް އެ މެމްބަރުންނަށް ވަދެވަޑައިގެން، ގާނޫނީ ޒިންމާ އަދާކުރުމަށް މަޖިލީހުގެ ސެކިއުރިޓީ ބަލަހައްޓާ ސިފައިން ހުރަސް އަޅަމުންދާ ކަމަށާއި މަޖިލީހުގައި އެ މެމްބަރުން އަދާކުރަން ޖެހޭ ގާނޫނީ ޒިންމާ އަދާކުރުމުގެ ފުރުސަތު ލިބިދިނުމަށްޓަކައި އަވަސް ހައްލެއް ހޯއްދަވައި ދެއްވުމަށް ސުްޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރާއި އަދި ސުޕްރީމް ކޯޓުގެ އެހެނިހެން ފަނޑިޔާރުންގެ ކިބައިން އެދުމަށްޓަކައި ބައްދަލުވުމެއް ހަމަޖައްސައި ދެއްވުމަށް ދަންނަވާފައިވާ ކަމަށް އެ މެމްބަރުން ވިދާޅުވި އެވެ.

Advertisement - newsAdvertisement

މީގެއިތުރުން އެ މެމްބަރުން ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުގެ މި އަމަލުތަކުގެ ސަބަބުން ދިވެހި ރައްޔިތުންގެ 60،000 އަށް ވުރެ ގިނަ ރައްޔިތުންގެ ހައްގުތައް ގެއްލިގެން ގޮސްފައިވާ ކަމަށެވެ.

މެމްބަރުން ވިދާޅުވީ މި މައްސަލައަށް ހައްލެއް އަންނަންދެން މަސައްކަތް ކުރަމުންދާނެ ކަމަށާއި މިކަން ކޮޅެއްގައި ޖައްސާފަ ނޫނީ ހުއްޓާ ނުލައްވާނެ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން މެމްބަރުކަން ގެއްލިފައިވާ ކަމަށް ބުނާ މެމްބަރުންގެ މައްސަލަތައް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާތާ މިހާރު ވެސް އެތައް ދުވަހެއް ވެއްޖެ ކަމަށާއި ޝަރީއަތުގެ އަޑުއެހުމެއް ނުބާއްވާ ދިގު ދަންމަމުންދާ ދިއުމަކީ އަދުލް އިންސާފަށް އެޅޭ ހުރަހެއް ކަމަށް އެ މެމްބަރުން ވިދާޅުވި އެވެ.

މި މެމްބަރުން ވަނީ އުއްތަމަ ފަނޑިޔާރާ ބައްދަލު ކުރެއްވުމަށް އާދިއްތަ ދުވަހު ވެސް ސުޕްރީމް ކޯޓަށް ވަޑައިގަންނަވާފަ އެވެ.

ސުޕްރީމް ކޯޓަށް ވަޑައިގެންނެވީ މެމްބަރުކަން ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އާއި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހުގެ އިތުރުން ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިން އަދި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު އެވެ.

ހޯމަ ދުވަހު ސުޕްރީމް ކޯޓަށް ވަޑައިގެންނެވި އެ މެމްބަރުންގެ ތެރޭގައި އާދިއްތަ ދުވަހު ސުޕްރީމް ކޯޓަށް ވަޑައިގެންނެވި މެމްބަރުންގެ އިތުރުން މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ހިމެނިވަޑައިގަންނަވަ އެވެ.

އަމީތު އާއި ސައުދު އަދި ލަތީފް މެމްބަރުކަމުން ވަކިކުރުމާއި ގުޅިގެން އެމެމްބަރުން ސުޕްރީމް ކޯޯޓަށް ހުށަހެޅި މައްސަލާގައި ސުޕްރީމް ކޯޓުން ޝަރީއަތަކާއި ނުލައި ނެރެފައިވާ ލިޔުމާމެދު ގިނަ ބައެއްގެ ފާޑު ކިޔުންތައް ވަނީ އަމާޒު ވެފައެވެ. އެ ލިޔުމުން އެ މެމްބަރުން އަދާކުރަމުން ދިޔަ ގޮނޑި ގެއްލިފައިވާކަން އަދި ގޮނޑި ގެއްލިފައިނުވާކަން ކަނޑައެޅިގެން ބަޔާން ކޮށްފައެއް ނުވެއެވެ.

މީގެ އިތުރުން މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހްމަދާއި ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ އަހްމަދު ( އަބުޅޯ) ވެސް، ވަނީ އެ މެމްބަރުން މެމްބަރު ކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނާ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފަ އެވެ.

މިހާތަނަށް އިލެކްޝަންސް ކޮމިޝަނުން ވަނީ 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް ނިންމާފަ އެވެ. ހަމަ އެގޮތަށް ރައްޔިތުންގެ މަޖލީހުގެ މެމްބަރުންގެ ދަފްތަރުން ވެސް އެ މެމްބަރުންގެ ނަންތައް ވަނީ އުނިކޮށްފަ އެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

10 ފެބުރުއަރީ 2017

ޕީޕީއެމްއަށް މެމްބަރުން އިތުރުކުރުން: ބެންކޮކް ދަތުރު، ފައިސާގެ އިނާމު، މަޖުބޫރު!

10 ފެބުރުއަރީ 2017
ޕީޕީއެމްއަށް މެމްބަރުން އިތުރުކުރުން: ބެންކޮކް ދަތުރު، ފައިސާގެ އިނާމު، މަޖުބޫރު!
09 ފެބުރުއަރީ 2017

މަޖިލިސް މެމްބަރުންގެ އިންޝުއަރެންސް ކަންތަކާ މެމްބަރުން ކަންބޮޑުވެއްޖެ

09 ފެބުރުއަރީ 2017
މަޖިލިސް މެމްބަރުންގެ އިންޝުއަރެންސް ކަންތަކާ މެމްބަރުން ކަންބޮޑުވެއްޖެ
09 ފެބުރުއަރީ 2017

ޗެއާރޕާސަން ހޮވުމުގެ އިންތިހާބުގައި ހުރިހާ މެމްބަރުން ވޯޓްދިނުމަށް ރައީސް ނަޝީދު އެދިވަޑައިގަންނަވައިފި

09 ފެބުރުއަރީ 2017
 ޗެއާރޕާސަން ހޮވުމުގެ އިންތިހާބުގައި ހުރިހާ މެމްބަރުން ވޯޓްދިނުމަށް ރައީސް ނަޝީދު އެދިވަޑައިގަންނަވައިފި
04 ފެބުރުއަރީ 2017

ކުޅުދުއްފުށިގައި މެމްބަރު ނަޝީދު އިއްނެވި ކަމަށް ބުނާ ކާރެއް އެކްސިޑެންޑް ވެއްޖެ

04 ފެބުރުއަރީ 2017
ކުޅުދުއްފުށިގައި މެމްބަރު ނަޝީދު އިއްނެވި ކަމަށް ބުނާ ކާރެއް އެކްސިޑެންޑް ވެއްޖެ
31 ޖެނުއަރީ 2017

ދިވެހިންތަކެއް ލަންކާގައި ޖުވާ ކުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހަޅައިފި

31 ޖެނުއަރީ 2017
ދިވެހިންތަކެއް ލަންކާގައި ޖުވާ ކުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހަޅައިފި
24 ޖެނުއަރީ 2017

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017
ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި
24 ޖެނުއަރީ 2017

ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

24 ޖެނުއަރީ 2017
ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި
22 ޖެނުއަރީ 2017

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

22 ޖެނުއަރީ 2017
ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް