Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނަސްރުﷲ މުސްތަފާ

ޝެއިޚް ނަސްރުﷲ ގެ މައްޗަށް އޮރިޔާން ކާޑު އުފައްދައި ގެންގުޅުމުގެ ދައުވާ!

13 ޖެނުއަރީ 2018 | ހޮނިހިރު 11:30

އޮރިޔާން ކާޑު އުފައްދައި ގެންގުޅުމުގެ ކުށުގެ ދައުވާ

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 13 ޖެނުއަރީ 2018 | ހޮނިހިރު 11:30
ޝެއިޚް ނަސްރުﷲ މުސްތަފާ

ޝެއިޚް ނަސްރުﷲ މުސްތަފާ

އަރަބިއްޔާ ސްކޫލްގެ ޕްރިންސިޕަލްގެ މަގާމުން ދާދި ފަހުން އިސްތިއުފާ ދެއްވި ޝެއިޚް ނަސްރުﷲ މުސްތަފާގެ މައްޗަށް އޮރިޔާން އުފައްދައި، ގެންގުޅުމުގެ ދައުވާ އުފުލައިފިއެވެ.

އޮރިޔާން ކާޑު އުފައްދައި، ގެންގުޅުމުގެ ދައުވާގެ އިތުރުން، އަޅާނުލުމުގެ ދެ ދައުވާއަކާއި ގާނޫނު ހިންގުމަށް ހުރަސް އެޅުމުގެ ދައުވާއެއް ވެސް ޝެއިޚް ނަސްރުﷲ ގެ މައްޗަށް ދައުލަތުން އުފުލާފައި ވެއެވެ. މި ދައުވާތައް އޭނާގެ މައްޗަށް އުފުލާފައި ވަނީ މިދިޔަ އަހަރުގެ އޯގަސްޓް 20 ވަނަ ދުވަހުއެވެ.

ނަސްރުﷲ ގެ މައްޗަށް ދައުލަތުން އުފުލާފައިވާ މި ދައުވާތަކުގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ދަނީ ހިންގަމުންނެވެ.

މި ދައުވާތައް އުފުލާފައި ވަނީ ކޮން މައްސަލަތަކަކާ ގުޅިގެންތޯ ސާފުކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ގުޅައިގެން ކުރި މަސައްކަތް ކާމިޔާބުވާ ގޮތް ވަނީ ނުވެފައެވެ.

ނަސްރުﷲގެ މައްޗަށް މި ދައުވާތައް އުފުލާފައިވަނިކޮށް، ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ދީފައިވާ އެއްވެސް ޖަމާއަތަކާ ގުޅުމެއް ނެތި އޭނާ މެދުވެރިވެގެން ބަޔަކު މީހުން ހައްޖަށް ގެންގޮސް، ހާލުގައި ޖެހުނު މައްސަލައެއްގައި ނޮވެމްބަރު މަހުގެ ތެރޭގައި އޭނާ ހައްޔަރުކޮށްފައި ވެއެވެ.

އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ޝަރުތުތަކަކާ އެކު ގޭބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައި ވެއެވެ. އޭގެ ފަހުން، ޕީޕީއެމްގެ އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި، އެ ޕާޓީގެ އިސްވެރިންތަކަކާއެކު އޭނާ އިންނަވަނިކޮށް ނަގާފައިވާ ފޮޓޯއެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

ހައްޖަށް ގެންދިޔަ މީހުން ހާލުގައި ޖެހުނު މައްސަލަ ފުލުހުން އޭރު ތަހުގީގުކުރިއެވެ.

ނަސްރުﷲ ގެ މައްޗަށް މި ދައުވާތައް ކުރިއަށްދާއިރު ނަސްރުﷲ ވަނީ ނޫސްވެރިންތަކަކާ ދެކޮޅަށް ސިވިލް ކޯޓުގައި އަބުރުގެ ދައުވާ އުފުލާފައެވެ. އެގޮތުން ވީނިއުސްއާ ދެކޮޅަށް އުފުލާފައިވާ ދައުވާއާ ގުޅިގެން އަންގާރަ ދުވަހު 10:00 ގައި ސިވިލް ކޯޓަށް ހާޒިރުވާން ވީނިއުސް އަށް ވަނީ ޗިޓް ވެސް ފޮނުވާފައެވެ. ހުށަހަޅާފައި ވަނީ އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ހޯދުމުގެ ދައުވާއެކެވެ. މީގެ އިތުރުން އެނގިފައިވާ ގޮތުގައި ނަސްރުﷲ ވަނީ މީޑިއާތަކާ ދެކޮޅަށް މޯލްޑިވްސް މީޑިއާ ކައުންސިލަށް ވެސް މައްސަލަތަކެއް ހުށަހަޅާފައެވެ.

އިތުރަށް ކިޔާލަން

07 ފެބުރުއަރީ 2017

ރިޔާސީ ބަޔާނުގައި ކޮރަޕްޝަންގެ ވާހަކަތައް ނުދެއްކެވީ އަމިއްލަޔަށް އޮރިޔާން ވާނެތީ: އަމީރު

07 ފެބުރުއަރީ 2017
ރިޔާސީ ބަޔާނުގައި ކޮރަޕްޝަންގެ ވާހަކަތައް ނުދެއްކެވީ އަމިއްލަޔަށް އޮރިޔާން ވާނެތީ: އަމީރު
06 ފެބުރުއަރީ 2017

މޭޔަރު އަބްދުﷲ ސޯދިޤްގެ މައްޗަށް އުފުލި ކޮރަޕްޝަންގެ ދައުވާއަށް އޭނާ އިންކާރުކޮށްފި

06 ފެބުރުއަރީ 2017
މޭޔަރު އަބްދުﷲ ސޯދިޤްގެ މައްޗަށް އުފުލި ކޮރަޕްޝަންގެ ދައުވާއަށް އޭނާ އިންކާރުކޮށްފި
02 ފެބުރުއަރީ 2017

ޕާކިސްތާނުގައި ހަނގުރާމަކުރި ކަމަށް ބުނެ އިތުރު މީހެއްގެ މައްޗަށް ދައުވާކޮށްފި

02 ފެބުރުއަރީ 2017
ޕާކިސްތާނުގައި ހަނގުރާމަކުރި ކަމަށް ބުނެ އިތުރު މީހެއްގެ މައްޗަށް ދައުވާކޮށްފި
31 ޖެނުއަރީ 2017

ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

31 ޖެނުއަރީ 2017
ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި
28 ޖެނުއަރީ 2017

މަހްލޫފްގެ މައްޗަށް އިއްވާފައިވާ ހުކުމެއް ތަންފީޒުކޮށް ނިމުމުއިރު ވެސް އިސްއުނާފް މައްސަލަ ކޯޓުގައި!

28 ޖެނުއަރީ 2017
މަހްލޫފްގެ މައްޗަށް އިއްވާފައިވާ ހުކުމެއް ތަންފީޒުކޮށް ނިމުމުއިރު ވެސް އިސްއުނާފް މައްސަލަ ކޯޓުގައި!
27 ޖެނުއަރީ 2017

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017
އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން
18 ޖެނުއަރީ 2017

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް