Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ލަންކާގެ ރިޔާސަތު

ސިރިސޭނާއަށް 6 އަހަރު ވެރިކަން ކުރެއްވޭނެ: ބަންޑާރަ ނައިބު

ރާޖަޕަކްސަގެ އާ ޕާޓީއިން މިމައްސަލައަށް ވަނީ ތަދައްޚުލުވެފައި

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު, ރާއްޖެ އެމްވީ | 12 ޖެނުއަރީ 2018 | ހުކުރު 11:22
ލަންކާގެ ސުޕްރީމް ކޯޓު: ސިރިސޭނާ ހުށަހެޅުއްވި މައްސަލަ ބަލަން 5 ފަނޑިޔާރުންގެ ބެންޗެއްވަނީ އެކުލަވާލާފައި

ލަންކާގެ ސުޕްރީމް ކޯޓު: ސިރިސޭނާ ހުށަހެޅުއްވި މައްސަލަ ބަލަން 5 ފަނޑިޔާރުންގެ ބެންޗެއްވަނީ އެކުލަވާލާފައި

ލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާއަށް 6 އަހަރު ވެރިކަން ކުރެއްވޭނެ ކަމަށާއި، ޤާނޫން އަސާސީއަށް ބަދަލު ގެނައީ އެމަނިކުފާނު ވެރިކަމަށް ވަޑައިގަތް ފަހުންކަމަށް ލަންކާގެ ބަންޑާރަ ނައިބު ޖަޔަންތަ ޖަޔަސޫރިޔާ ވިދާޅުވެއްޖެއެވެ.

ސިރިސޭނާއަށް ވެރިކަމުގައި 6 އަހަރު ހުންނެވޭނެތޯ ބެއްލެވުމަށް ސުޕްރީމް ކޯޓުގެ ލަފަޔަކަށް އެދި ހުށަހަޅުއްވާފައިވާ މައްސަލައާއި ގުޅޭގޮތުން ބަންޑާރަ ނައިބު ވިދާޅުވީ 2015 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 8 ވަނަ ދުވަހު ލަންކާގެ ރައްޔިތުން ވޯޓު ލައިގެން ސިރިސޭނާ ވެރިކަމަށް ހޮވީ 6 އަހަރުގެ ދައުރަކަށް ކަމަށެވެ. އަދި ސިރިސޭނާ ޖެހިގެން އައި ޖެނުއަރީ 9 ވަނަ ދުވަހު ވެރިކަމުގެ ހުވައި ކުރެއްވީވެސް 6 އަހަރުގެ ދައުރަކަށް ކަމަށެވެ. އަދި އެކަން ބަދަލުކުރަން އުޅުމަކީ ރައްޔިތުންގެ ބަހަށް ފުރަގަސް ދިނުންކަމަށް އޭނާ ސިފަކުރެއްވިއެވެ.

ލަންކާގެ ޤާނޫނު އަސާސީއަށް ގެނެވުނު 19 ވަނަ އިސްލާހުގެ ދަށުން ވެރިކަމުގެ ދައުރުގެ މުއްދަތު ވަނީ 6 އަހަރުން 5 އަހަރަށް ބަދަލުކޮށްފައެވެ. ސިރިސޭނާގެ އިސްނެންގެވުމަކަށް ބޮޑުވަޒީރު ރަނިލް ވިކްރަމަ ސިންހަގެ ޔުނައިޓެޑް ނޭޝަނަލް ޕާޓީއިން ޤާނޫން އަސާސީއަށް މި ބަދަލުގެނައީ، މިއީ ކެމްޕޭންގެ ތެރޭގައި ސިރިސޭނާ އާއި ރަނިލް ވިކްރަމަސިންހަ ވެވަޑައިގެންނެވި ވައުދަކަށް ވުމުންނެވެ.

ސުޕްރީމް ކޯޓުގެ ލަފަޔަކަށް އެދި ހުށަހަޅާފައިވާ މައްސަލައިގެ ތެރެއަށް ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ އައު ސިޔާސީ ޕާޓީއިންވަނީ ތަދައްޚުލްވެފައެވެ.

އެޕާޓީގެ ލީޑަރު އަދި ކުރީގެ ޚާރިޖީ ވަޒީރު ޖީ.އެލް. ޕީރިސް ވިދާޅުވީ ޤާނޫން އަސާސީއަށް އިސްލާޙު ގެނެވުނީ މިހާރުވެސް ހިނގަމުންދާ ދައުރު ހިމެނޭ ގޮތަށް ކަމަށެވެ. އެޕާޓީގެ ފަރާތުން ކޯޓުގައި ބުނެފައިވަނީ ދައުރުގެ މުއްދަތު ކުރުވާތީ އެކަމާއި ހިތްޕުޅުހަމަޖެހިވަޑައި ނުގަންނަވާނަމަ ސިރިސޭނާ ސުޕްރީމް ކޯޓަށް ވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނީ ޤާނޫން އަސާސީއަށް ބަދަލު ގެނައުމަށް ޤާނޫން ހަދާ މަޖިލީހަށް ހުށަހެޅުމުންކަމަށާއި، އެ އިސްލާހު ފާސްކޮށް، އެއަށް އަމަލުކުރަން ފެށުމުން ނޫންކަމަށެވެ.

ސިރިސޭނާ ލަފަޔަށް އެދިވަޑައިގެން ހުށަހެޅުއްވި މައްސަލަ ބެލުމަށް އުއްތަމަފަނޑިޔާރު ހިމެނޭ ގޮތަށް ސުޕްރީމް ކޯޓުގެ 5 ފަނޑިޔާރުންގެ ބެންޗެއް ވަނީ އެކުލަވާލާފައެވެ.

މިމައްސަލައިގެ ތެރެއަށް ގިނަ ފަރާތްތަކެއް ތަދައްޚުލްވެފައިވާއިރު، ހުރިހާ ވަކީލުން އެބޭފުޅުންގެ ބަޔާންތައް ލިޔުމުން ހުކުރު ދުވަހުގެ މެންދުރު 12ގެ ކުރިން ސުޕްރީމް ކޯޓަށް ހުށަހެޅުމަށް ވަނީ އަންގާފައެވެ.

ލަންކާގައި އަންނަ ފެބްރުއަރީ މަހު އޮންނަ ލޯކަލް ކައުންސިލް އިންތިޚާބުގެ ފޯރި ގަދަވެފައިވާއިރު، ސިރިސޭނާއާއި ބޮޑުވަޒީރު ރަނިލް ވިކްރަމަ ސިންހައާއި ދެމެދު އޮތް ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މޫސަލް އާރާސްތު ކުރުމަށް މަދުވެގެން ފަސް އަހަރު ބޭނުންވޭ: އޮފިޝަލުން

މޫސަލް އާރާސްތު ކުރުމަށް މަދުވެގެން ފަސް އަހަރު ބޭނުންވޭ: އޮފިޝަލުން

03 މެއި 2017
މިދިޔަ އަހަރު މަރުގެ އަދަބު ތަންފީޒުކުރި މިންވަރު ދަށް: އެމްނެސްޓީ

މިދިޔަ އަހަރު މަރުގެ އަދަބު ތަންފީޒުކުރި މިންވަރު ދަށް: އެމްނެސްޓީ

11 އެޕްރީލު 2017
މިއަހަރު ރައީސްް ޓްރަމްޕް ރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް ވަޑައިގަންނަވާނެ: ސެކްރެޓަރީ އޮފް ސްޓޭޓް

މިއަހަރު ރައީސްް ޓްރަމްޕް ރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް ވަޑައިގަންނަވާނެ: ސެކްރެޓަރީ އޮފް ސްޓޭޓް

08 އެޕްރީލު 2017
އަންނަ އަހަރު އެމެރިކާގެ ޑިފެންސް ބަޖެޓަށް 54 ބިލިއަން ޑޮލަރު ހުށަހަޅައިފި

އަންނަ އަހަރު އެމެރިކާގެ ޑިފެންސް ބަޖެޓަށް 54 ބިލިއަން ޑޮލަރު ހުށަހަޅައިފި

27 ފެބުރުއަރީ 2017
މިއަހަރުގެ ވައިޓް ހައުސް ކޮރެސްޕޮންޑެންޓްސް ޑިނާ އަށް ރައީސް ޓްރަމްޕް ވަޑައިނުގަންނަވާނެ

މިއަހަރުގެ ވައިޓް ހައުސް ކޮރެސްޕޮންޑެންޓްސް ޑިނާ އަށް ރައީސް ޓްރަމްޕް ވަޑައިނުގަންނަވާނެ

27 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު