Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމައުމޫން އަބްދުލް ގައްޔޫމް

ރައީސް މައުމޫނަށް އޮތް ނުރައްލަކެއްކަން ބުނެނުދީ ތިބެ، އެމަނިކުފާނަށް ކަމެއް ވެއްޖެނަމަ ސިފައިން ޒިންމާވާން ޖެހޭނެ: އަމީން ފައިސަލް

9 ޖެނުއަރީ 2018 | އަންގާރަ 20:19

ނުރައްކަލެއް އޮތްނަމަ ރައީސް މައުމޫންގެ ބޮޑީގާޑަށް އެކަން އަންގަން ޖެހޭނެ

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 9 ޖެނުއަރީ 2018 | އަންގާރަ 20:19
ކުރީގެ ޑިފެންސް މިނިސްޓަރ އަމީން ފައިސަލް

ކުރީގެ ޑިފެންސް މިނިސްޓަރ އަމީން ފައިސަލް

ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމުގެ ހަށިކޮޅަށް ނުރައްކަލެއް އެބައޮތްކަމަށް ބުނެ، އެނުރައްކަލެއްގެ މަޢުލޫމާތު އެމަނިކުފާނަށް އެމްއެންޑީއެފުން ނުދީ ތިބެ، އެމަނިކުފާނަށް ކަމެއް ވެއްޖެނަމަ އެކަމުގެ ޒިންމާ އެމްއެންޑީއެފް އިން އުފުލަން ޖެހޭނަކަމަށް ކުރީގެ ޑިފެންސް މިނިސްޓަރ އަމީން ފައިސަލް ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް މައުމޫނުގެ ހަށިކޮޅަށް ނުރައްކާވެދާނެކަމުގެ ޖާސޫސީ މައުލޫމާތު ލިބިފައިވާކަމަށް ބުނެ އެމްއެންޑީއެފްއިން އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅަށް ވަންނަ މީހުންގެ ނަން ނޯޓުކުރަން ފެށުމުން، އެކަމާއި ގުޅިގެން ރާއްޖެ.އެމްވީއިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އަމީން ފައިސަލް ވިދާޅުވީ އެމްއެންޑީއެފްއަށް ލިބޭ ޤައުމީ ސަލާމަތާއި ބެހޭ ޖާސޫސީ މައުލޫމާތުތައް ޙާލަތު ނިޔާކުރާ ގޮތަށް ބަލައި ރައްޔިތުންނަށް ހާމަކުރަން ނުޖެހޭނެކަމަށެވެ. އެހެން ނަމަވެސް، އެމައުލޫމާތަކީ މީހަކަށް ކަމެއް ދިމާވެދާނެކަމުގެ މައުލޫމާތުކަމަށްވާނަމަ، އެކަމަށް ދިމާވާ ފަރާތަކަށް އެމައުލޫމާތު ވަރަށް ސާފުކޮށް އަންގައިދޭން ޖެހޭނެކަމަށެވެ. އަދި އެހެން އަންގައި ނުދޭނަމަ އެފަރާތަކުން ސަމާލުވާން ޖެހޭ ކަންކަން ނޭނގޭނެކަމަށް އަމީން ވިދާޅުވިއެވެ.

Advertisement - newsAdvertisement

އަމީން ވިދާޅުވީ އެމްއެންޑީއެފްއަށް އިންޓެލް މައުލޫމާތެއް ލިބިއްޖެނަމަ އެމައުލޫމާތު ޗީފް އޮފް ޑިފެންސް ފޯސްއަށް ހިއްސާކުރަން ޖެހޭނެކަމަށެވެ. އަދި އެއަށްފަހު އެކަމާއިމެދު ޢަމަލުކުރަންވީ ގޮތުގެ ސްޓޭންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރ އޮންނާނެކަމަށް އޭނާ ވިދާޅުވިއެވެ.

ކުރިން ސިފައިންގެގޭގައިވެސް މަސައްކަތްކުރެއްވި އަމީން ފައިސަލް ވިދާޅުވީ ރައީސް މައުމޫންގެ ހަށިކޮޅަށް ނުރައްކަލެއް ވެދާނެކަމުގެ މައުލޫމާތު އެމްއެންޑީއެފްއަށް ލިބިއްޖެނަމަ ރައީސް މައުމޫންގެ ސަލާމަތީ ކަންކަމާއި ހަވާލުވެގެން އެމަނިކުފާނުގެ އަރިހުގައި ހުންނަ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕްގެ ޕަރސަނަލް ސެކިއުރިޓީ އޮފިސަރ (ޕީއެސްއޯ) އަށް އެމައުލޫމާތު ދޭން ޖެހޭނެކަމަށާއި، އެއަށްފަހު ޕީއެސްއޯ އެމައުލޫމާތު ރައީސް މައުމޫނާއި ހިއްސާކުރައްވަން ޖެހޭނެ ކަމަށެވެ.

ރައީސް މައުމޫން ވަނީ އެމަނިކުފާނަށް އޮތް ނުރައްކަލުގެ މައުލޫމާތު ސިފައިން އެމަނިކުފާނާއި ހިއްސާކުރައްވާފައި ނުވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އަމީން ވިދާޅުވީ ރައީސް މައުމޫންގެ ހަށިކޮޅަށް ނުރައްކަލެއް އޮތްކަމަށް ސިފައިންނަށް އިންޓެލިޖެންސް ރިޕޯޓް ލިބިފައިވާނަމަ، ހަމައެކަނި އެމަނިކުފާނަށް ޒިޔާރަތްކުރާ މީހުންގެ ނަން ނޯޓުކޮށްގެން ނިިމުނީކަމަށް ދެކިވަޑައިނުގަންނަވާކަމަށެވެ.

އަމީން ފައިސަލްއަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ޑިފެންސް މިނިސްޓަރުކަން ކުރެއްވުމުގެ އިތުރުން އެމަނިކުފާނުގެ ޤައުމީ ސަލާމަތާއި ބެހޭ މުޝީރުކަންވެސް ކުރެއްވި ބޭފުޅެކެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް