Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސަފާ ބޭރަށް ފޮނުވި މައްސަލަ

އުސޫލުތަކާ ޚިލާފަށް ސަފާ ރާއްޖެއިން ބޭރަށް ފޮނުވި މައްސަލައިގައި ހާނިމުއާއި އާޒިމުގެ މައްޗަށް ދައުވާކޮށްފި

4 ޖެނުއަރީ 2018 | ބުރާސްފަތި 10:28

ހަ ބޭފުޅެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވި

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 4 ޖެނުއަރީ 2018 | ބުރާސްފަތި 10:28
މ. ލޮނުމިދިލިގޭ އިބްރާހިމް ޝަފާޒު އަބްދުއްރައްޒާގު(ސަފާ)

މ. ލޮނުމިދިލިގޭ އިބްރާހިމް ޝަފާޒު އަބްދުއްރައްޒާގު(ސަފާ)

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައާ ގުޅިގެން، މ. ލޮނުމިދިލިގޭ އިބްރާހިމް ޝަފާޒު އަބްދުއްރައްޒާގު(ސަފާ) 18 އަހަރަށް ޖަލަށް ލާފައިވަނިކޮށް، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އުސޫލުތަކާއި ގަވާއިދުތަކާ ޚިލާފަށް އޭނާ ރާއްޖެއިން ބޭރަށް ފޮނުވި މައްސަލައިގައި ދެ ބޭފުޅެއްގެ މައްޗަށް ދައުވާ އުފުލައިފި އެވެ.

އުސޫލުތަކާއި ގަވާއިދުތަކާއި ޚިލާފަށް ސަފާ ރާއްޖެއިން ބޭރަށް ފޮނުވި މައްސަލައިގައި ދައުވާ ކޮށްފައިވަނީ، އެއިރުގެ ކޮމިޝަނަރ އޮފް ޕްރިޒަންސް މޫސާ އާޒިމް އާއި އެންވަޔަރަމެންޓް މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެކެޓިވް މުހައްމަދު ހާނިމްގެ މައްޗަށެވެ. ސަފާ ރާއްޖެއިން ބޭރަށް ފޮނުވި އިރު، ހާނިމު ހުންނެވީ ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައެވެ.

Advertisement - newsAdvertisement

ބޭސްފަރުވާ ކުރުމަށް ކަމަށް ބުނެ ސަފާ ރާއްޖެއިން ބޭރަށް ފޮނުވީ 2014 ވަނަ އަހަރުގެ ފެބްރުއަރީ 5 ވަނަ ދުވަހު އެވެ. އޭނާ އަނބުރާ ރާއްޖެ ގެނެސްފައިވަނީ 2014 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ. ސްރީ ލަންކާގައި އޭނާ ހުއްޓާ ހައްޔަރު ކޮށްގެން ރާއްޖެ ގެނައީ އެއިރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ އަމުރަށް ދިވެހި ފުލުހުންގެ ޓީމެއް ލަންކާއަށް ގޮސް ލަންކާގެ ފުލުހުންނާ ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނަކަށް ފަހުގަ އެވެ.

ސަފާ ރާއްޖެއިން ބޭރަށް ފޮނުވި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ) އިން ތަހުގީގު ކުރުމަށް ފަހު އާޒިމުއާއި ހާނިމުގެ އިތުރުން ހަތަރު މީހެއްގެ މައްޗަށް ދައުވާކުރަން ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހަށް ފޮނުވީ 2014 ވަނަ އަހަރުގެ ޑިސެމްބަރުގަ އެވެ.

ހާނިމުއާއި އާޒިމުގެ އިތުރުން ދައުވާކުރަން ފޮނުވީ، ސަފާ ރާއްޖެ އިން ބޭރަށް ފޮނުވާލުމަށް ފޯމްގައި ސޮއި ކުރެއްވި އައިޖީއެމްއެޗުގެ ޑޮކްޓަރެއް ކަމުގައިވާ ޕްރޮސްތެޓިސްޓް އެންޑް އޯތޯޓިސްޓް، ސީނިއާ އޮފިސަ ގްރޭޑް ދޭއްގެ މަގާމުގައި ހުންނެވި އަބްދުﷲ ރާފިއު އާއި މެޑިކަލް ބޯޑުގެ ދެ މެމްބަރުން ކަމަށްވާ ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް ޑރ. މުހައްމަދު ފަޒްނީން ލަތީފާއި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލް އިސްހާގު އަހްމަދާއި މާލޭ ޖަލުގެ ޗީފް ސުޕްރިންޓެންޑެންޓް މުހައްމަދު ތައުފީގުގެ މައްޗަށެވެ.

އާޒިމުއާއި ހާނިމުގެ މައްޗަށް މަގާމު ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައި ދިނުމުގެ ދައުވާކުރި އިރު އަނެއް ހަތަރު މީހުންގެ މައްޗަށް ދައުވާ ނުކުރަން ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހުން ވަނީ ނިންމާފައެވެ. މި މައްސަލައިގައި ދައުވާކޮށް ކްރިމިނަލް ކޯޓަށް މައްސަލަ ފޮނުވީ ބުރާސްފަތި ދުވަހުއެވެ.

އެ މައްސަލަ ތަހުގީގު ކުރުމަށް ފަހު އޭސީސީއިން ނެރުނު ބަޔާނުގައިވާ ގޮތުގައި، އަބްދުﷲ ރިފާއު އަކީ ޑޮކްޓަރަކަށް ނުވާއިރު ސަފާ ރާއްޖެ އިން ބޭރަށް ފުރުވާލަން ހުއްދަ ދީފައިވަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކިފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމަށް ކަމަށެވެ. ސިއްހީ ފަރުވާގެ އާންމު އުސޫލުގައިވާ ގޮތުން ރާއްޖެ އިން ބޭރަށް މީހަކު ބޭސް ފަރުވާއަށް ފޮނުވާލުމަށް ހުއްދަ ދެވޭނީ ހަމައެކަނި ޑޮކްޓަރަކަށް ކަމަށްވެސް ބުނެ އެވެ. އަދި ސަފާގެ މެޑިކަލް ފޯމްގައި ސޮއިކޮށްފައިވާ ތާރީހު ކަމުގައިވާ 2014 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 2 ވަނަ ދުވަހު އޭނާ ޖަލުން ނެރެފައި ނުވާ ކަމަށް ވެސް ބަޔާނުގައިވެ އެވެ. އޭސީސީގެ ބަޔާނުގައިވާ ގޮތުގައި، ކުށްވެރިން ރާއްޖެއިން ބޭރަށް ބޭސް ފަރުވާއަށް ފޮނުވާއިރު އެކަމާއި ގުޅޭ ފޯމްގައި ސޮއިކުރުމަކީ އައިޖީއެމްއެޗްގެ މެޑިކަލް ސެކްޝަންގެ ކަމެކެވެ. ނަމަވެސް ސަފާގެ ފޯމްގައި ސޮއި ކުުރުވުމަށް ޑޮކްޓަރު އިންނަވާ ތަނަށް ތައުފީގުއާ ހާނިމް ވަދެފައިވާ ކަން ތަހުގީގަށް އެނގިފައިވާ ކަމަށް ބަޔާނުގައިވެއެވެ. ސަފާ ހޮސްޕިޓަލަށް ގެންދަން ފޯމެއް ހޯދައިދޭން ހާނިމް އެދުމާއި ގުޅިގެން މެޑިކަލް ސެކްޝަންގެ އިސްވެރިއަކަށް ހުރި ފަރާތަށް ނޭނގި ޣައިރު ހާޒިރުގައި ތައުފީގު ފޯމެއް ހޯދާފައިވާ ކަމަށާއި އަދި އެކަން ކުރީ މެޑިކަލް ސެކްޝަންގެ ކޮމްޕިއުޓަރު ސިސްޓަމަކުން އެވައްތަރުގެ ފޯމެއް ޕްރިންޓް ކޮށްގެން ކަމަށް ބަޔާނުގައިވެއެވެ. އަދި ތައުފީގު އެ ފޯމް ގެންގޮސް ހާނިމް އަތަށް ދީފައިވާ ކަމަށްވެސް އޭސީސީ އިން ބުނެ އެވެ.

ސަފާ ބޭރަށް ފޮނުވި މައްސަލައިގައި މި ބޭފުޅުންގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނިކޮށް، 2015 ވަނަ އަހަރުގެ ތެރޭގައި ހައިކޯޓުން ވަނީ ސަފާއަށް އިއްވާފައިވާ ހުކުމް ބާތިލު ކޮށްފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

28 ފެބުރުއަރީ 2017

އިޒްރާއީލް ކުށްވެރިކޮށް ފަލަސްތީނުގެ ބިންތަކުން ފޭބުމަށް ރާއްޖެއިން ގޮވާލައިފި

28 ފެބުރުއަރީ 2017
އިޒްރާއީލް ކުށްވެރިކޮށް ފަލަސްތީނުގެ ބިންތަކުން ފޭބުމަށް ރާއްޖެއިން ގޮވާލައިފި
26 ފެބުރުއަރީ 2017

ރާއްޖެއިން ބޭރުގެ ޓްރަރިސްޓް ޖަމާއަތެއްގެ ބޮޑެއްގެ ގޮތުގައި ހުރި މީހާގެ މައްޗަށް ހިންގާ ޝަރީއަތް ސިއްރުކޮށްފި

26 ފެބުރުއަރީ 2017
ރާއްޖެއިން ބޭރުގެ ޓްރަރިސްޓް ޖަމާއަތެއްގެ ބޮޑެއްގެ ގޮތުގައި ހުރި މީހާގެ މައްޗަށް ހިންގާ ޝަރީއަތް ސިއްރުކޮށްފި
25 ފެބުރުއަރީ 2017

ދެއްވަދޫ ކައުންސިލުން ގަވައިދާ ޚިލާފަށް އެތައް ލައްކަ ރުފިޔާއެއް ޚަރަދު ކޮށްފި

25 ފެބުރުއަރީ 2017
ދެއްވަދޫ ކައުންސިލުން ގަވައިދާ ޚިލާފަށް އެތައް ލައްކަ ރުފިޔާއެއް ޚަރަދު ކޮށްފި
23 ފެބުރުއަރީ 2017

ބިދޭސީންނަށް ރާއްޖެއިން ބިން އަމިއްލަކުރެވޭ އިސްލާޙު އަނބުރާ ގެންދަންޖެހޭ: ރައީސް މަޢުމޫން

23 ފެބުރުއަރީ 2017
ބިދޭސީންނަށް ރާއްޖެއިން ބިން އަމިއްލަކުރެވޭ އިސްލާޙު އަނބުރާ ގެންދަންޖެހޭ: ރައީސް މަޢުމޫން
15 ފެބުރުއަރީ 2017

ސާކް ސަމިޓަށް ސަފާރީތައް ކުއްޔަށް ހިފުމުގައި ވެސް ކޮރަޕްޝަނެއް ނެތް: އޭސީސީ

15 ފެބުރުއަރީ 2017
ސާކް ސަމިޓަށް ސަފާރީތައް  ކުއްޔަށް ހިފުމުގައި ވެސް ކޮރަޕްޝަނެއް ނެތް: އޭސީސީ
12 ފެބުރުއަރީ 2017

އާއްމު އުސޫލުތަކާ ހިލާފަށް ސައުދީގެ އެހީ ހޯދާތީ ކަންބޮޑުވޭ:ރައީސް ނަޝީދު

12 ފެބުރުއަރީ 2017
އާއްމު އުސޫލުތަކާ ހިލާފަށް ސައުދީގެ އެހީ ހޯދާތީ ކަންބޮޑުވޭ:ރައީސް ނަޝީދު
25 ޖެނުއަރީ 2017

ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ

25 ޖެނުއަރީ 2017
ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ
23 ޖެނުއަރީ 2017

އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި

23 ޖެނުއަރީ 2017
އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
17 ޖެނުއަރީ 2017

އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު

17 ޖެނުއަރީ 2017
އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް