Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ދެ ކޮރެއާގެ ކޯޅުން

އުތުރު ކޮރެއާ އިން ދެކުނު ކޮރެއާ ގުޅޭ ހޮޓްލައިން އަނެެއްކާ ވެސް ބޭނުންކުރަން ފަށައިފި

ހޮޓްލައިން އަލުން ހުޅުވާލުމަށް ނިންމިކަން އުތުރު ކޮރެއާ އިން ހާމަކުރީ ޓީވީ މެދުވެރިކޮށް

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު, ރާއްޖެ އެމްވީ | 4 ޖެނުއަރީ 2018 | ބުރާސްފަތި 03:19
ދެ ކޮރެއާ ގުޅުމަށް ޕޭންމުންޖޮމްގައި ގާއިމް ކޮށްފައިވާ ހޮޓްލައިން

ދެ ކޮރެއާ ގުޅުމަށް ޕޭންމުންޖޮމްގައި ގާއިމް ކޮށްފައިވާ ހޮޓްލައިން

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުންގެ އަމުރަށް، ކަނޑާލާފައި އޮތް، ދެ ކޮރެއާ ދެމެދު ބޭނުންކުރާ ހޮޓްލައިން އުތުރުކޮރެއާ އިން އަނެއްކާ ވެސް ބޭނުންކުރަން ފަށައިފިއެވެ.

ދެކުނު ކޮރެއާ އިން ވަނީ ބުދަ ދުވަހު އެ ގައުމުގެ ގަޑިން 15:30 ގައި ކޯލެއް އައިސްފައިވާކަން ކަށަވަރުކޮށްދީފައެވެ.

އޭގެ ކުރިން އާ އަހަރު ފެށުމާ ގުޅިގެން އުތުރު ކޮރެއާގެ ލީޑަރު ދެއްވި މެސެޖުގައި ވެސް ވަނީ ދެކުނު ކޮރެއާއާ އެކު މަޝްވަރާކުރުމަށް ތައްޔާރަށް ހުންނެވި ކަމަށާއި އަދި އަންނަ މަހު ދެކުނު ކޮރެއާގައި ބާއްވާ ވިންޓަރ އޮލިމްޕިކްސް އަށް ޓީމެއް ފޮނުއްވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.

ދެ ގައުމުގެ އިސް ވެރިންގެ ވާހަކަތަކެއް 2015 ވަނަ އަހަރުގެ ފަހުން ބާއްވާފައެއް ނުވެއެވެ.

ދެކުނު ކޮރެއާގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި އުތުރު ކޮރެއާ އިން އެގައުމާ މުއާސަލާތު ކުރެވޭނެ ދޮރުތައް ބަންދުކުރީ ދެކުނު ކޮރެއާގެ ކޯލަކަށް ޖަވާބުދިނުމަށް އިންކާރުކު ކުރުމަށް ފަހުއެވެ.

ހޮޓްލައިން އަލުން ހުޅުވާލުމަށް ނިންމިކަން އުތުރު ކޮރެއާ އިން ހާމަކުރީ ޓީވީ މެދުވެރިކޮށް ގެނެސްދިން ބަޔާނެއްގައެވެ.

ދެކުނު ކޮރެއާގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި ފުރަތަމަ ކޮށްފައިވާ ކޯލަކީ ޗެކް ކޮށްލުމަށް ކޮށްފައިވާ ކޯލެކެވެ

އުތުރު ކޮރެއާ އިން ބުނާ ގޮތުގައި އެގައުމުން އެ ނިންމުން ނިންމުމުގެ ބޭނުމަކީ ވިންޓަރ އޮލިމްޕިކްސްއަށް ޓީމެއް ފޮނުވުމަށް އަމަލީ ގޮތުން ކުރަންޖެހޭ ކަންކަމާ މެދު މަޝްވަރާކުރުމެވެ.

އުތުރު ކޮރެއާގެ ނިންމުމަށް ދެކުނު ކޮރެއާ އިން ވަނީ މަރުހަބާ ކިޔާފައެވެ. އެ ގައުމުގެ ރައީސް މޫން ޖައި އިންގެ ތަރުޖަމާނު ވިދާޅުވީ މުއާސަލާތު ކުރެވޭނެ ގޮތް އިއާދު ކުރުމަކީ ފާހަގަކޮށްލެވޭ ފަދަ ކަމެއް ކަމަށެވެ. އަދި އެކަމުގެ ސަބަބުން "ހުރިހާ ވަގުތަކު ވެސް މުއާސަލާތު ކުރެވޭނެ މާހައުލެއް ގާއިމްވެގެންދާނެ" ކަމަށެވެ

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާގެ އަސްކަރިއްޔާއިން ދެކުނު ޗައިނާ ކަނޑު ޕެޓްރޯލްކުރަން ފަށައިފި

އެމެރިކާގެ އަސްކަރިއްޔާއިން ދެކުނު ޗައިނާ ކަނޑު ޕެޓްރޯލްކުރަން ފަށައިފި

19 ފެބުރުއަރީ 2017
 ގެމްބިއާ ވަރަށް އަވަހަަށް އަލުން ކޮމަންވެލްތާ ގުޅޭނެ: އިނގިރޭސި ޚާރިޖީ ވަޒީރު

ގެމްބިއާ ވަރަށް އަވަހަަށް އަލުން ކޮމަންވެލްތާ ގުޅޭނެ: އިނގިރޭސި ޚާރިޖީ ވަޒީރު

15 ފެބުރުއަރީ 2017
އުތުރު ކޮރެއާގެ ލީޑަރ ކިމް ޖޮންގް-އުންގެ އެއްބަފާ ބޭބެ މެލޭޝިޔާގައ އަވަހާރަ ކޮށްލައިފި

އުތުރު ކޮރެއާގެ ލީޑަރ ކިމް ޖޮންގް-އުންގެ އެއްބަފާ ބޭބެ މެލޭޝިޔާގައ އަވަހާރަ ކޮށްލައިފި

14 ފެބުރުއަރީ 2017
މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި

މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި

13 ފެބުރުއަރީ 2017
އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި

އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި

12 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

17 ޖޫން
އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި
20251 އަހަރު ކުރިން
ދުނިޔެ

އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް
20242 އަހަރު ކުރިން
ރާއްޖެ

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ

 މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ

 ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން
20215 އަހަރު ކުރިން
ރިޕޯޓު

ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!
20197 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
20188 އަހަރު ކުރިން
ރިޕޯޓު

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު