Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމެންޗެސްޓަރ ސިޓީ

ގާތްގާތުގައި މެޗުތައް ކުޅެން ޖެހުމަކީ ކުޅުންތެރިންނަށް އޮތް "މުސީބާތެއް": ގާޑިއޯލާ

2 ޖެނުއަރީ 2018 | އަންގާރަ 17:38

އަންގާރަ ދުވަހު ވަޓްފޯޑާ ދެކޮޅަށް ކުޅޭ މެޗަކީ ސިޓީ އިން 11 ދުވަހުގެ ތެރޭގައި ކުޅޭ ހަތަރުވަނަ މެޗު

މުޙައްމަދު ޒާހިރު
މުޙައްމަދު ޒާހިރު | 2 ޖެނުއަރީ 2018 | އަންގާރަ 17:38
އާދީއްތަ ދުވަހު ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅުނު މެޗުގައި ސިޓީގެ މިޑްފީލްޑަރ ކެވިން ޑި ބްރޭނާ އަށް އަނިޔާވެފައި

އާދީއްތަ ދުވަހު ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅުނު މެޗުގައި ސިޓީގެ މިޑްފީލްޑަރ ކެވިން ޑި ބްރޭނާ އަށް އަނިޔާވެފައި

އިނގިރޭސި ޕްރިމިއަރ ލީގުގެ މެޗުތައް ގާތްގާތުގައި ކުޅެން ޖެހުމަކީ ކުޅުންތެރިންނަށް އޮތް "މުސީބާތެއް" ކަމަށް މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގައި 21 މެޗުން 59 ޕޮއިންޓާއެކު ސިޓީ އޮތީ ލީގު ތާވަލްގެ އެއްވަނައިގައެވެ. މިސީޒަނުގައި ސިޓީ ކުޅުނު އެއްވެސް މެޗަކުން ބަލިވެފައިނުވާއިރު، 19 މެޗު ކާމިޔާބުކޮށް، ދެ މެޗު އެއްވަރު ވެފައިވެއެވެ. ސިޓީ އަށް ވުރެ އެއް މެޗު އިތުރަށް ކުޅެގެން 47 ޕޮއިންޓާ އެކު ލީގުގެ ދެވަނާގައިވާ މެންޗެސްޓަރ ޔުނައިޓެޑާއި އެއްވަނާގައިވާ ސިޓީއާ ދެމެދު 12 ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ.

ޕްރިމިއަރ ލީގުގައި އަންގާރަ ދުވަހު ވަޓްފޯޑާއި ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅޭ މެޗު ކާމިޔާބު ކޮށްގެން ޔުނައިޓެޑާ ދެމެދުވާ ފަރަގު 15 ޕޮއިންޓަށް ފުޅާކުރުމުގެ ފުރުސަތު ސިޓީ އަށް އެބައޮތެވެ. އަންގާރަ ދުވަހު ވަޓްފޯޑާ ދެކޮޅަށް ކުޅޭ މެޗަކީ ސިޓީ އިން 11 ދުވަހުގެ ތެރޭގައި ކުޅޭ ހަތަރުވަނަ މެޗެވެ.

އާދީއްތަ ދުވަހު ރަށުން ބޭރުގައި ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅެ، ލަނޑެއް ނުޖެހި އެއްވަރުވި މެޗުގައި ސިޓީގެ ފޯވާޑް ގެބްރިއަލް ޖީސަސް އަދި މިޑްފީލްޑަރ ކެވިން ޑި ބްރޭނާ އަށް ވަނީ އަނިޔާވެފައެވެ.

ޕްރިމިއަރ ލީގުގައި ގާތް ގާތުގައި މެޗުތައް ކުޅެން ޖެހުމާއި، ކުޅުންތެރިންނަށް އަނިޔާވުމާ ގުޅޭ ގޮތުން ކުރި ސުވާލަކަށް ޖަވާބު ދެމުން ސިޓީގެ ކޯޗު ގާޑިއޯލާ ބުނީ، އެއީ ޖިސްމާނީ ގޮތުން ކުޅުންތެރިންނަށް އޮތް މުސީބާތެއް ކަމަށެވެ.

ޖީސަސް އަށް މީޑިއަލް ކޮލޭޓެރަލް ލިގަމެންޓް (އެމްސީއެލް) އިންޖަރީ އެއް ކުރިމަތިވެފައިވާކަން ހޯމަ ދުވަހު ސިޓީ އިން ކަށަވަރުކޮށްދީފައިވާއިރު، އޭނާ ކުޅުމާ ދުރުގައި ހުންނަން ޖެހޭ މުއްދަތު ކަށަވަރު ވާނީ އިތުރު ޓެސްޓްތަކަށް ފަހު ކަމަށް އެކްލަބްގެ ބަޔާނުގައިވެއެވެ.

އޭގެ ފަހުން ޖީސަސް ކުރި ޓްވީޓެއްގައި ވަނީ، ވައަތު ކަކުލަށް ލިބިފައިވާ އަނިޔާއާ ގުޅިގެން ސާޖަރީއެއް ހަދަން ނުޖެހޭކަން ޓެސްޓްތަކުން ކަށަވަރުވެފައިވާ ކަމަށެވެ.

ޕްރިމިއަރ ލީގުގައި ސިޓީ އިން ހޯދަމުން އައި މޮޅުވުމުގެ ރެކޯޑް ނިމުމަކަށް އައީ އާދީއްތަ ދުވަހު ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅެ ލަނޑެއް ނުޖެހި އެއްވަރުވި މެޗުގައެވެ. ވިދިވިދިގެން 18 މެޗުން މޮޅުވުމަށް ފަހު، ކްރިސްޓަލްއާ ދެކޮޅަށް ކުޅެ އެއްވަރުވި މެޗަކީ މިސީޒަނުގައި ޕްރިމިއަރ ލީގުގައި ސިޓީ އަށް ލަނޑެއް ނުޖެހުނު ހަމައެކަނި މެޗެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

15 މާރިޗު 2017

ބާސާ އަށް ދެން ބަދަލުނުވާނަން، ކުޅެން ބޭނުމީ އިދިކޮޅަށް: ޑެނީ އަލްވޭޒް

15 މާރިޗު 2017
ބާސާ އަށް ދެން ބަދަލުނުވާނަން، ކުޅެން ބޭނުމީ އިދިކޮޅަށް: ޑެނީ އަލްވޭޒް
14 މާރިޗު 2017

ޕީއެސްޖީ އަދި ބާސާ ކުޅުނު މެޗު އަލުން ކުޅެން ދެ ލައްކައަށްވުރެ ގިނަ ސަޕޯޓަރުން ޕެޓިޝަނެއްގައި ސޮއިކޮށްފި

14 މާރިޗު 2017
ޕީއެސްޖީ އަދި ބާސާ ކުޅުނު މެޗު އަލުން ކުޅެން ދެ ލައްކައަށްވުރެ ގިނަ ސަޕޯޓަރުން ޕެޓިޝަނެއްގައި ސޮއިކޮށްފި
25 ފެބުރުއަރީ 2017

މެޗަށް ނުކުންނާނީ ތިން ޕޮއިންޓް ހޯދަން، ސުޒޭންއާ ދެކޮޅަށް ނިކުންނަން ޖެހުމަކީ އުފާވާ ކަމެއް: ސޮބާ

25 ފެބުރުއަރީ 2017
މެޗަށް ނުކުންނާނީ ތިން ޕޮއިންޓް ހޯދަން، ސުޒޭންއާ ދެކޮޅަށް ނިކުންނަން ޖެހުމަކީ އުފާވާ ކަމެއް: ސޮބާ
23 ފެބުރުއަރީ 2017

ފުރަތަމަ މެޗު މާޒިޔާއާ އެކު ކުޅެން ޖެހުމަކީ ބޮޑު ޗެލެންޖެއް: ސާންތި

23 ފެބުރުއަރީ 2017
ފުރަތަމަ މެޗު މާޒިޔާއާ އެކު ކުޅެން ޖެހުމަކީ ބޮޑު ޗެލެންޖެއް: ސާންތި
19 ފެބުރުއަރީ 2017

އެފްއޭކަޕް: ޗެލްސީ ކުއާޓާ އަށް ދިޔައިރު، ސިޓީ އަލުން ހަތަރުވަނަ ބުރުގެ މެޗު ކުޅެން ޖެހިއްޖެ

19 ފެބުރުއަރީ 2017
އެފްއޭކަޕް: ޗެލްސީ ކުއާޓާ އަށް ދިޔައިރު، ސިޓީ އަލުން ހަތަރުވަނަ ބުރުގެ މެޗު ކުޅެން ޖެހިއްޖެ
09 ފެބުރުއަރީ 2017

ޖިރޫއާއެކު އާސެނަލްގައި ކުޅެން ބޭނުންވޭ: އޮންރީ

09 ފެބުރުއަރީ 2017
ޖިރޫއާއެކު އާސެނަލްގައި ކުޅެން ބޭނުންވޭ: އޮންރީ
02 ފެބުރުއަރީ 2017

މިއަދުގެ މެޗުތައް ޕޮލިހާއި ފިނޭންސުން ކާމިޔާބުކޮށްފި

02 ފެބުރުއަރީ 2017
މިއަދުގެ މެޗުތައް ޕޮލިހާއި ފިނޭންސުން ކާމިޔާބުކޮށްފި
31 ޖެނުއަރީ 2017

ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!

31 ޖެނުއަރީ 2017
ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!
24 ޖެނުއަރީ 2017

ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ

24 ޖެނުއަރީ 2017
ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ
17 ޖެނުއަރީ 2017

އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް

17 ޖެނުއަރީ 2017
އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް