Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމެންޗެސްޓަރ ސިޓީ

ގެބްރިއަލް ޖީސަސް އަށް ލިބިފައި ވަނީ އެމްސީއެލް އިންޖަރީއެއް: މެންޗެސްޓަރ ސިޓީ

2 ޖެނުއަރީ 2018 | އަންގާރަ 15:07

ކުޅުމާ ދުރުގައި ހުންނަންޖެހޭ މުއްދަތު ކަށަވަރުވާނީ އިތުރު ޓެސްޓްތަކަށް ފަހު: ސިޓީ

މުޙައްމަދު ޒާހިރު
މުޙައްމަދު ޒާހިރު | 2 ޖެނުއަރީ 2018 | އަންގާރަ 15:07
ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް އާދީއްތަ ދުވަހު މެންޗެސްޓަރ ސިޓީ ކުޅުނު މެޗުގައި ސިޓީގެ ފޯވާޑް ގެބްރިއަލް ޖީސަސް އަށް ލިބުނު އަނިޔާ އަށް ދަނޑުމަތީގައި ފުރަތަމަ އެހީ ފޯރުކޮށްދެނީ

ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް އާދީއްތަ ދުވަހު މެންޗެސްޓަރ ސިޓީ ކުޅުނު މެޗުގައި ސިޓީގެ ފޯވާޑް ގެބްރިއަލް ޖީސަސް އަށް ލިބުނު އަނިޔާ އަށް ދަނޑުމަތީގައި ފުރަތަމަ އެހީ ފޯރުކޮށްދެނީ

މެންޗެސްޓަރ ސިޓީގެ ފޯވާޑް ގެބްރިއަލް ޖީސަސްގެ ކަކުލު ހުޅުގެ ލިގަމެންޓަށް އަނިޔާވެފައިވާކަން އެކްލަބުން ކަށަވަރުކޮށްދީފި އެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގައި އާދީއްތަ ދުވަހު ކްރިސްޓަލް ޕެލަސް އާއި ދެކޮޅަށް ކުޅެ ލަނޑެއް ނުޖެހި އެއްވަރުވި މެޗުގައި ޖީސަސް އަށް ވަނީ އަނިޔާވެފައެވެ.

ކްރިސްޓަލް ޕެލަސްގެ ދަނޑު ސެލްހާސްޓް ޕާކްގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފްގެ ކުރީކޮޅު ލިބުނު އަނިޔާއާ ގުޅިގެން އޭނާ ބަދަލުކުރިއިރު، މެޗަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ، ޖީސަސް އަށް ލިބުނު އަނިޔާގެ ސަބަބުން އޭނާ ދެ މަހެއްހާ ދުވަހު ކުޅުމާ ދުރުގައި ހުންނަން ޖެހިދާނެ ކަމަށް ބެލެވޭ ކަމަށް ބުނެފައެވެ.

ޖީސަސްގެ އަނިޔާއާ ގުޅޭ ގޮތުން ސިޓީ އިން ނެރުނު ބަޔާނެއްގައި ވަނީ، އޭނާ އަށް މީޑިއަލް ކޮލޭޓެރަލް ލިގަމެންޓް (އެމްސީއެލް) އިންޖަރީއެއް ކުރިމަތިވެފައިވާ ކަމަށާއި، ކުޅުމާ ދުރުގައި ހުންނަން ޖެހޭ މުއްދަތު ކަށަވަރު ވާނީ އިތުރު ޓެސްޓްތަކަށް ފަހުގައި ކަމަށެވެ.

އަނިޔާއާ ގުޅޭ ގޮތުން ޖީސަސް ކުރި ޓްވީޓެއްގައި ވަނީ، އޭނާގެ ވައަތު ކަކުލަށް ލިބުނު އަނިޔާގެ ޓެސްޓްތަކަށް ފަހު، ސާޖަރީއެއް ހަދަން ނުޖެހޭނެކަން ކަށަވަރުވެފައިވާ ކަމަށް ބުނެފައެވެ.

ބްރެޒިލްގެ ސައޮ ޕައުލޯ އަށް އުފަން، އުމުރުން 20 އަހަރުގެ ޒުވާން ފޯވާޑް ސިޓީއާ ގުޅިފައި ވަނީ 2017 ވަނަ އަހަރުގެ ޖެނުއަރީ މަހުއެވެ. ސިޓީ އާއެކު އޭނާ ހެދި ކޮންޓްރެކްޓްގެ މުއްދަތު ހަމަވާނީ 2021 ވަނަ އަހަރުގެ ހޫނު މޫސުމަށެވެ.

ސިޓީއާ ގުޅުނު ފަހުން ޖީސަސް އެކްލަބަށް ކުޅުނު 28 މެޗުގައި 15 ލަނޑު ޖަހައިދީފައިވެއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

04 ޖުލައި 2022

އާސެނަލުން ޖީސަސްގެ ސޮއި ހޯދައިފި

04 ޖުލައި 2022
އާސެނަލުން ޖީސަސްގެ ސޮއި ހޯދައިފި
21 ޖެނުއަރީ 2020

އެމިލިއާނޯ ސަލާގެ މަރަށް އަހަރެއްވީއިރު އާއިލާ އަދިވެސް އިންސާފު ނުލިބިފައި!

21 ޖެނުއަރީ 2020
އެމިލިއާނޯ ސަލާގެ މަރަށް އަހަރެއްވީއިރު އާއިލާ އަދިވެސް އިންސާފު ނުލިބިފައި!
08 އޯގަސްޓު 2019

ބައިނަލްއަގުވާމީ ފުޓުބޯޅައިން ބްރެޒިލްގެ ތަރި ޖީސަސް ދެ މަހަށް ސަސްޕެންޑުކޮށްފި

08 އޯގަސްޓު 2019
ބައިނަލްއަގުވާމީ ފުޓުބޯޅައިން ބްރެޒިލްގެ ތަރި ޖީސަސް ދެ މަހަށް ސަސްޕެންޑުކޮށްފި
03 އޯގަސްޓު 2018

ސިޓީއާއެކު ހަދާފައިވާ އެއްބަސްވުން ގެބްރިއެލް ޖީސަސް އައުކޮށްފި

03 އޯގަސްޓު 2018
ސިޓީއާއެކު ހަދާފައިވާ އެއްބަސްވުން ގެބްރިއެލް ޖީސަސް އައުކޮށްފި
20 ޑިސެމްބަރު 2017

ސިޓީގެ އެއްބަސްވުން އާކުރަން ގެބްރިއަލް ޖީސަސް އެއްބަސްވެއްޖެ

20 ޑިސެމްބަރު 2017
ސިޓީގެ އެއްބަސްވުން އާކުރަން ގެބްރިއަލް ޖީސަސް އެއްބަސްވެއްޖެ
14 ނޮވެމްބަރު 2017

ބްރެޒިލްގެ އައު ރޮނާލްޑޯ އަކީ ގެބްރިއެލް ޖީސަސް: އަލްވޭސް

14 ނޮވެމްބަރު 2017
ބްރެޒިލްގެ އައު ރޮނާލްޑޯ އަކީ ގެބްރިއެލް ޖީސަސް: އަލްވޭސް
17 ޖުލައި 2017

ބޮޑު ނަމެއް ލިބިފައި އޮތުން މުހިންމެއް ނޫން، މުހިންމީ ކުޅުންތެރިން ޒިންމާދާރު ވުން: ފެސްކޯ

17 ޖުލައި 2017
ބޮޑު ނަމެއް ލިބިފައި އޮތުން މުހިންމެއް ނޫން، މުހިންމީ ކުޅުންތެރިން ޒިންމާދާރު ވުން: ފެސްކޯ
12 މެއި 2017

ތައްޓަކާއެކު، އެންމެ ފުރިހަމައަށް ސީޒަން ނިންމާލަން މިއޮތީ ފުރުސަތު ލިބިފައި: މޮރީނިއޯ

12 މެއި 2017
ތައްޓަކާއެކު، އެންމެ ފުރިހަމައަށް ސީޒަން ނިންމާލަން މިއޮތީ ފުރުސަތު ލިބިފައި: މޮރީނިއޯ
18 ފެބުރުއަރީ 2017

އަނިޔާގެ ސަބަބުން ސިޓީގެ ޖީސަސް އަށް މި ސީޒަނުގައި ކުޅެވޭނެކަމެއް ނޭނގޭ: ގާޑިއޯލާ

18 ފެބުރުއަރީ 2017
އަނިޔާގެ ސަބަބުން ސިޓީގެ ޖީސަސް އަށް މި ސީޒަނުގައި ކުޅެވޭނެކަމެއް ނޭނގޭ: ގާޑިއޯލާ
20 ޖެނުއަރީ 2017

ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ

20 ޖެނުއަރީ 2017
ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް