Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމާލެ ލީގު

ބޮޑު ނަމެއް ލިބިފައި އޮތުން މުހިންމެއް ނޫން، މުހިންމީ ކުޅުންތެރިން ޒިންމާދާރު ވުން: ފެސްކޯ

17 ޖުލައި 2017 | ހޯމަ 14:20

ފެސްކޯ ވަނީ ވެލެންސިއާގެ ކުޅުންތެރިން ޒިންމާދާރު ނޫން ކަމަށް ބުނެފައި

އަބްދުﷲ ޒިޔާން އަލީ
އަބްދުﷲ ޒިޔާން އަލީ | 17 ޖުލައި 2017 | ހޯމަ 14:20
ވެލެންސިއާގެ ކޯޗް އަހުމަދު މުޖުތަބާ ފެސްކޯ

ވެލެންސިއާގެ ކޯޗް އަހުމަދު މުޖުތަބާ ފެސްކޯ

ކްލަބަށް ބޮޑު ނަމެއް ލިބިފައި އޮވެގެން ކުރާނެ ފައިދާއެއް ނެތް ކަމަށާއި، ފައިދާއެއް ކުރާނީ ކުޅުންތެރިން ޒިންމާދާރު ވެގެން ކަމަށް ވެލެންސިއާގެ ކޯޗް އަހުމަދު މުޖުތަބާ (ފެސްކޯ) ބުނެފިއެވެ.

މާލެ ލީގުގައި ވެލެންސިއާ ކުޅޭ ފަހު މެޗުގައި އަންގާރަ ދުވަހު ހަވީރު ޔުނައިޓެޑް ވިކްޓްރީއާ ދެކޮޅަށް ނިކުންނައިރު، މެޗުގެ ކުރިން ހޯމަ ދުވަހު އެފްއޭއެމް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ފެސްކޯ ބުނީ، ވެލެންސިއާގެ ކުޅުންތެރިން، އެ ކުޅުންތެރިންގެ ޒިންމާ އެންމެ ފުރިހަމައަށް އަދާކުރާނަމަ ޓީމު މިހާރު އޮތް ލެވެލްގައި އޮންނަން ނުޖެހޭނެ ކަމަށާއި، ކިތަންމެ ބޮޑު ނަމެއް ޓީމަށް ލިބިފައި އޮތަސް އޭގެން ވާނެ އެއްވެސް ފައިދާއެއް ނެތް ކަމަށެވެ. ފެސްކޯ ބުނީ މެޗެއްގައި މުހިންމީ، ކުޅެން އަރާ ކުޅުންތެރިން އެ ކުޅުންތެރިންގެ ފުރިހަމަ ކޮމިޓްމެންޓް ދިނުން ކަމަށާއި، އެހެން ނޫން ނަމަ ނަތީޖާ ނުނެރެވޭނެ ކަމަށެވެ.

މެޗާއި ގުޅޭގޮތުން ވާހަކަ ދައްކަމުން ފެސްކޯ ބުނީ، މި މެޗުން ނިކުންނަ ނަތީޖާއަކުން ޕްލޭއޮފްއަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށާއި، އެއީ މުޅުން އެހެން ބުރެއް ކަމަށެވެ. މާލެ ލީގުގައި ވެލެންސިއާ ކުޅެންޖެހޭ ހުރިހާ މެޗެއް އަންގާރަ ދުވަހު ހަމަވާއިރު، އެކުލަބު އަދި ކުޅުން އެއްވެސް މެޗަކުން މޮޅުވެފައެއް ނުވެއެވެ. އެހެންކަމުން ރެލިގޭޝަނު ސަލާމަތް ވުމަށް އެކުލަބަށް ދެން ޖެހޭނީ މާލެ ލީގު ޕްލޭފްގައި ކުޅޭށެވެ. ފެސްކޯ ބުނީ މި މެޗުން ކޮންމެ ނަތީޖާއެއް ނިކުތް ކަމުގައި ވިޔަސް އޭގެން އެއްވެސް އަސަރެއް ޕްލޭއޮފް އަކަށް ނުކިރާނެ އެވެ. އެގޮތުން ޕްލޭ އޮފް ބުރުގައި ނިކުންނާނީ މުޅިން އެހެން ފޯމެއްގައި ކަމަށްވެސް ފެސްކޯ ވަނީ ބުނެފައެވެ.

މާލެ ލީގުގައި ވެލެއްސިއާ ކުޅުނު އެއްވެސް މެޗަކުން އެޓީމް މޮޅު ނުވި ނަމަވެސް އެޓީމް ވަނީ 3 މެޗެއް އެއްވަރުވެގެން ނިންމާލާފައެވެ. އެގޮތުން އެޓިމަށް ލިބެނި 3 ޕޮއިންޓާއި އެކު ތާވަލުގެ އެންމެ ފުލުން ދެވަނަ އެވެ. އެންމެ ފުލުގައި އޮތީ ހަމަ އެ އަދަދަށް ޕޮއިންޓް ހޯދައިގެން ޔޫވީ އެވެ. އެޓީމު ވަނީ ކުޅުނު އެއް މެޗް ކާމިޔާބު ކޮށްފައެވެ. ނަމަވެސް ވެލެންސިއާއަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ.

ވެލެންސިއާ އާއި ޔުނައިޓެޑް ވިކްޓްރީ ބައްދަލުކުރާ މެޗް އޮންނާނީ އަންގާރަ ދުވަހު ހަވީރު ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

ތިންވަނަ އެމްބީއޭ ކަޕް: ރައިވެރިޔާ އަތުން ސްޓިންގާސް އަށް ބޮޑު މޮޅެއް

09 ފެބުރުއަރީ 2017
ތިންވަނަ އެމްބީއޭ ކަޕް: ރައިވެރިޔާ އަތުން ސްޓިންގާސް އަށް ބޮޑު މޮޅެއް
06 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް

06 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް
04 ފެބުރުއަރީ 2017

ޓޮޓީގެ ބަސް ނާހާ ރެއާލް އަށް ބަދަލުވުން އެއީ ހަޔާތުގައި ހެދުނު ބޮޑު ގޯހެއް: ކަސާނޯ

04 ފެބުރުއަރީ 2017
ޓޮޓީގެ ބަސް ނާހާ ރެއާލް އަށް ބަދަލުވުން އެއީ ހަޔާތުގައި ހެދުނު ބޮޑު ގޯހެއް: ކަސާނޯ
31 ޖެނުއަރީ 2017

އަހަރެއްގެ ތެރޭގައި އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އަދީލް

31 ޖެނުއަރީ 2017
އަހަރެއްގެ ތެރޭގައި އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އަދީލް
30 ޖެނުއަރީ 2017

ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި

30 ޖެނުއަރީ 2017
 ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި
28 ޖެނުއަރީ 2017

ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި

28 ޖެނުއަރީ 2017
ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި
26 ޖެނުއަރީ 2017

ވައިޑީޕީ އަށް ބޮޑު ތަރުހީބެއް ލިބޭ، އެހެނަސް ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑު: ޝާޒް

26 ޖެނުއަރީ 2017
ވައިޑީޕީ އަށް ބޮޑު ތަރުހީބެއް ލިބޭ، އެހެނަސް ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑު: ޝާޒް
24 ޖެނުއަރީ 2017

ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ

24 ޖެނުއަރީ 2017
ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ
22 ޖެނުއަރީ 2017

ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް

22 ޖެނުއަރީ 2017
ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް
18 ޖެނުއަރީ 2017

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

18 ޖެނުއަރީ 2017
ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް