Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުގެބްރިއަލް ޖީސަސް

ބައިނަލްއަގުވާމީ ފުޓުބޯޅައިން ބްރެޒިލްގެ ތަރި ޖީސަސް ދެ މަހަށް ސަސްޕެންޑުކޮށްފި

8 އޯގަސްޓު 2019 | ބުރާސްފަތި 07:17

ޖީސަސް ވަނީ 30،000 ޑޮލަރުން ޖޫރިމަނާވެސް ކޮށްފައި

ލީވާން އަލީ
ލީވާން އަލީ | 8 އޯގަސްޓު 2019 | ބުރާސްފަތި 07:17
ގެބްރިއަލް ޖީސަސް

ގެބްރިއަލް ޖީސަސް

ބައިނަލްއަގުވާމީ ފުޓުބޯޅައިން މެންޗެސްޓަރ ސިޓީއަށް ކުޅެމުން އަންނަ ބްރެޒިލްގެ ތަރި ގެބްރިއަލް ޖީސަސް ދެ މަހަށް ސަސްޕެންޑު ކޮށްފިއެވެ.

އުމުރުން 22 އަހަރުގެ ޖީސަސް ސަސްޕެންޑުކުރީ ނިމިދިޔަ ކޮޕަ އެމެރިކާ ފުޓުބޯޅަ މުބާރާތުގެ ފައިނަލް މެޗުގައި ހިނގައިދިޔަ ކަންތަކާ ގުޅިގެން ކޮންމެބޮލްއިންނެވެ.

ކޮޕަ އެމެރިކާގެ ފައިނަލުގައި ޕެރޫގެ މައްޗަށް 1-3 ގެ ނަތީޖާއިން ބްރެޒިލް ކުރިހޯދިއިރު، އެ މެޗުގައި ޖީސަސް ކުރި ފައުލަކާއެކު ރެފްރީ ވަނީ އޭނާއަށް ދެވަނަ ރީނދޫ ކާޑާއެކު ސީދާ ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލައިފައެވެ.

ރަތް ކާޑު ދެއްކުމާއެކު، ޖީސަސް ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށް ރެފްރީ ކައިރީ މައްސަލަ ޖައްސާފައެވެ. އަދި އޭނާ ވަނީ ދަނޑުން ފައިބައިގެން ދިޔަ ވަގުތު "ވީއޭއާރް" މޮނީޓަރުގައި އަތް އަޅާ ކޮއްޕާލައިފައެވެ.

އެގޮތުން ޖީސަސްގެ މި އަމަލުތަކާއެކު ކޮންމެބޮލްއިން ވަނީ އޭނާއަށް ދެ މަހުގެ ސަސްޕެންޝަނެއް އަދަބެއްގެ ގޮތުން ދިނުމުގެ އިތުރުން 30،000 ޑޮލަރުން ޖޫރިމަނާވެސް ކޮށްފައެވެ. އަދި މައްސަލަ އެޕީލް ކުރުމަށް ހަތް ދުވަހުގެ މުހުލަތެއް ކޮންމެބޮލްއިން ވަނީ ދީފައެވެ.

މި އަދަބާއެކު މެންޗެސްޓަރ ސިޓީގައި ޖީސަސްއަށް އުނދަގޫތަކެއް ކުރިމަތި ނުވި ނަމަވެސް، އޭނާއަށް ބްރެޒިލް ގައުމީ ޓިމާއެކު ކޮލަމްބިއާ އަދި ޕެރޫއާ ދެކޮޅަށް ސެޕްޓެމްބަރ މަހު ކުޅޭ ރަހުމަތްތެރިކަމުގެ މެޗުގައި ނުކުޅެވޭނެއެވެ.

ބްރެޒިލް ގައުމީ ޓީމަށް ކުޅުނު 35 މެޗުގައި 18 ލަނޑު ކާމިޔާބުކޮށްފައިވާ ޖީސަސް ވަނީ ބްރެޒިލް ގައުމީ ޓީމާއެކު ކޮޕަ މެރިކާ ކާމިޔާބުކުރުމުގެ އިތުރުން 23 އަހަރުން ދަށުގެ ޓީމާއެކު އޮލިމްޕިކް ރަން މެޑަލް ހޯދައިފައެވެ.

ޖީސަސްއަށް މި ސަސްޕެންޝަން އައިސްފައިވާއިރު، ދާދި ފަހުން ވަނީ ބައިނަލްއަގުވާމީ ފުޓުބޯޅައިން އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ ތިން މަހަށް ސަސްޕެންޑުކޮށް 41,000 ޑޮލަރުން ޖޫރިމަނާ ކޮށްފައެވެ. އޭނާ ސަސްޕެންޑުކުރީ ނިމިދިޔަ ކޮޕަ އެމެރިކާ މުބާރާތުގައި ކަރަޕްޝަން އެކުލެވޭ ކަމަށް ބުނެ ކުރި ތުހުމަތުތަކާ ގުޅިގެންނެވެ.

އިތުރަށް ކިޔާލަން

15 އޯގަސްޓު 2017

ބްރެޒިލްގެ މިޑްފިލްޑަރު ޕައުލީނިއޯ ބާސާ އަށް ސޮއިކޮށްފި

15 އޯގަސްޓު 2017
ބްރެޒިލްގެ މިޑްފިލްޑަރު ޕައުލީނިއޯ ބާސާ އަށް ސޮއިކޮށްފި
13 އޯގަސްޓު 2017

ބްރެޒިލްގެ މިޑްފީލްޑަރ ޕައުލީނިޔޯ ބާސާއަށް ބަދަލުވަނީ.؟

13 އޯގަސްޓު 2017
ބްރެޒިލްގެ މިޑްފީލްޑަރ ޕައުލީނިޔޯ ބާސާއަށް ބަދަލުވަނީ.؟
14 ޖޫން 2017

9 ވަނަ ދުންތަރި މަނިކް މެމޯރިއަލް ޓޭބަލް ޓެނިސް މުބާރާތުގެ ޗެމްޕިއަންކަން ބްލޫ ފަޔާސް އިން ކާމިޔާބުކޮށްފި

14 ޖޫން 2017
9 ވަނަ ދުންތަރި މަނިކް މެމޯރިއަލް ޓޭބަލް ޓެނިސް މުބާރާތުގެ ޗެމްޕިއަންކަން ބްލޫ ފަޔާސް އިން ކާމިޔާބުކޮށްފި
26 މާރިޗު 2017

އޮސްޓްރެލީއާގެ ތަރިންގެ ޓީމަކުން ޔުނައިޓެޑްގެ މައްޗަށް ކުރި ހޯދައިފި

26 މާރިޗު 2017
އޮސްޓްރެލީއާގެ ތަރިންގެ ޓީމަކުން ޔުނައިޓެޑްގެ މައްޗަށް ކުރި ހޯދައިފި
09 މާރިޗު 2017

ޑޯޓްމަންޑް ކުއާޓާއަށް ދިޔައިރު ތަރިއަކީ އޮބާމަޔަންގް

09 މާރިޗު 2017
ޑޯޓްމަންޑް ކުއާޓާއަށް ދިޔައިރު ތަރިއަކީ އޮބާމަޔަންގް
04 މާރިޗު 2017

ބައިނަލްއަގުވާމީ ފުރަތަމަ ކްލަބް ތަށްޓާއެކު ޓީސީ އެނބުރި ރާއްޖެއަށް

04 މާރިޗު 2017
ބައިނަލްއަގުވާމީ ފުރަތަމަ ކްލަބް ތަށްޓާއެކު ޓީސީ އެނބުރި ރާއްޖެއަށް
03 މާރިޗު 2017

ބައިނަލްއަގުވާމީ ފުރަތަމަ ކްލަބް ތަށި ޓީސީ އަށް!

03 މާރިޗު 2017
ބައިނަލްއަގުވާމީ ފުރަތަމަ ކްލަބް ތަށި ޓީސީ އަށް!
18 ފެބުރުއަރީ 2017

އަނިޔާގެ ސަބަބުން ސިޓީގެ ޖީސަސް އަށް މި ސީޒަނުގައި ކުޅެވޭނެކަމެއް ނޭނގޭ: ގާޑިއޯލާ

18 ފެބުރުއަރީ 2017
އަނިޔާގެ ސަބަބުން ސިޓީގެ ޖީސަސް އަށް މި ސީޒަނުގައި ކުޅެވޭނެކަމެއް ނޭނގޭ: ގާޑިއޯލާ
20 ޖެނުއަރީ 2017

ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ

20 ޖެނުއަރީ 2017
ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ
18 ޖެނުއަރީ 2017

މަހްތަރިޔާންގެ ލަނޑަށްވުރެ އަހަރެންގެ ލަނޑު ރީތި: ޖިރޫ

18 ޖެނުއަރީ 2017
މަހްތަރިޔާންގެ ލަނޑަށްވުރެ އަހަރެންގެ ލަނޑު ރީތި: ޖިރޫ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް