Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޖީސަސް އާސެނަލަށް ބަދަލުވުން

އާސެނަލުން ޖީސަސްގެ ސޮއި ހޯދައިފި

އާސެނަލުން ޖީސަސްގެ ސޮއި ހޯދާފައިވަނީ 45 މިލިއަން ޕައުންޑަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 4 ޖުލައި 2022 | ހޯމަ 08:24
ގެބްރިއަލް ޖީސަސް

ގެބްރިއަލް ޖީސަސް

މެންޗެސްޓަރ ސިޓީއަށް ކުޅެމުން އައި ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސްގެ ސޮއި އާސެނަލުން ހޯދައިފިއެވެ.

އާސެނަލުން ޖީސަސްގެ ސޮއި ހޯދާފައިވަނީ 45 މިލިއަން ޕައުންޑަށެވެ. ޖީސަސްގެ ސޮއި ހޯދުމަށްފަހު އާސެނަލްގެ ޓެކްނިކަލް ޑިރެކްޓަރ އެޑޫ ބުނީ ޖީސަސްގެ ޓްރާންސްފާ ކާމިޔާބު ކުރެވުމުން އާސެނަލުން ހިތްހަމަ ޖެހޭ ކަމަށެވެ. އޭނާ ބުނީ ފުޓުބޯޅަ ދަންނަ މީހެއް ނަމަ، ޖީސަސްގެ ކޮލިޓީ އެ މީހަކަށް އެނގޭނެކަމަށެވެ. މީގެ އިތުރުން އެޑޫ ބުނީ އުމުރުން 25 އަހަރުގެ ޖީސަސް ވަނީ އޭނާ އަކީ މަތީ ފަންތީގެ ކުޅުންތެރިއެއްކަން ސާބިތުކޮށްދީފައި ކަމަށެވެ. އޭނާ ބުނީ އައު ސީޒަނަށް ޓީމުގެ ކުޅުންތެރިންނާ ގުޅުމަށް ޖީސަސްއަށް މަރުހަބާ ކިޔާ ކަމަށެވެ.

މީގެ އިތުރުން އާސެނަލްގެ ކޯޗު މިކެލް އާޓެޓާ ބުނީ ޕާސަނަލީ އޭނާ އަށް ޖީސަސް އެނގޭ ކަމަށާއި، ޖީސަސް އަކީ ޕްރިމިއަރ ލީގުގައި ކާމިޔާބު ކުޅުންތެރިއެއްކަން އެންމެނަށް ވެސް އެނގޭނެ ކަމަށެވެ. އިތުރަށް އޭނާ ބުނީ ޖީސަސް އަކީ މުޅި އާސެނަލުން ބޭނުންވި ކުޅުންތެރިއެއް ކަމަށާއި، އެކަން ކާމިޔާބުކުރެވުމުން ނުހަނު އުފާވާ ކަމަށެވެ. އާސެނަލްގައި ޖީސަސް ބޭނުން ކުރާނީ ނުވަ ނަންބަރު ޖަރޒީއެވެ.

ޖީސަސް އޭނާގެ ސީނިއަރ ކެރިއަރު ފަށާފައިވަނީ 2015 ވަނަ އަހަރުއެވެ. އޭނާ މެންޗެސްޓަރ ސިޓީއަށް ބަދަލުވީ 2017 ވަނަ އަހަރުއެވެ. ސިޓީއަށް ބަދަލުވެ އެ ޓީމަށް ކުޅެދިން 236 މެޗުގައި އޭނާ ވަނީ އެ ޓީމަށް 95 ލަނޑު ޖަހައިދީފައެވެ. ޖީސަސް ވަނީ ސިޓީއާއެކު އިނގިރޭސި ޕްރިމިއަރ ލީގާއި، އެފްއޭ ކަޕާއި، ކަރަބޯ ކަޕް އަދި އެފްއޭ ކޮމިއުނިޓީ ޝީލްޑް ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން އޭނާ ވަނީ 21-2020 ވަނަ އަހަރުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ސިޓީއާ އެކު ކުޅެފައެވެ.

ބްރެޒިލްގެ ޤައުމީ ޓީމަށް ވެސް ކުޅެމުން އަންނަ ޖީސަސް ވަނީ ޤައުމީ ޓީމަށް 56 މެޗު ކުޅެދީ 19 ލަނޑު ޖަހާފައެވެ. ޤަައުމީ ޓީމާއެކު އޭނާ ވަނީ 2019 ވަނަ އަހަރުގެ ކޮޕަ އެމެރިކާ މުބާރާތް ކާމިޔާބުކޮށްފައެވެ.

އާސެނަލްގަބްރިއެލް ޖީސޫސްމެންޗެސްޓަރ ސިޓީ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
11 ޑިސެމްބަރު 2025

ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި

11 ޑިސެމްބަރު 2025
ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި
07 ޑިސެމްބަރު 2025

އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

07 ޑިސެމްބަރު 2025
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި
04 ޑިސެމްބަރު 2025

ބްރެންޓްފޯޑް ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި

04 ޑިސެމްބަރު 2025
ބްރެންޓްފޯޑް ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި
03 ޑިސެމްބަރު 2025

ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް

03 ޑިސެމްބަރު 2025
ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު