Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ރައީސް ޔާމީން 2018

ރައީސް ޔާމީނު ކަންފަތުން އަސްލު ވެސް މަޑު ނަގަން ޖެހޭ، ބައެއް ވާހަކަތައް އިވޭ ކަމަކަށް ނުވޭ!

ދީނީ އިލްމުވެރިން ދައްކަވާ ގިނަ ވާހަކަތަކަށް ދެއްވަނީ ބީރު ކަންފަތެއް

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު, ރާއްޖެ އެމްވީ | 1 ޖެނުއަރީ 2018 | ހޯމަ 14:06
ރައީސް ޔާމީނާއި އަނބިކަނބަލުން އާ އަހަރުގެ ޝޯވ ބައްލަވަނީ

ރައީސް ޔާމީނާއި އަނބިކަނބަލުން އާ އަހަރުގެ ޝޯވ ބައްލަވަނީ

ރައީސް އަބްދުﷲ ޔާމީން ވަނީ އެމަނިކުފާނުގެ ކަންފަތުން މަޑު ނަގަން ޖެހޭ ވާހަކަ އަމިއްލަފުޅަށް ވިދާޅުވެފައެވެ. މިއީ ދެން ޤައުމެއްގެ ވެރިޔަކާ ބެހޭ ގޮތުން މީޑިއާގައި ހާމަކަން ބޮޑު ގޮތެއްގައި ދައްކަން މާ ތާހިރު ވާހަކައެއް ވެސް ނޫނެވެ. އެކަމަކު އެވާހަކަ ފެއްޓެވީ ރައީސް ޔާމީނެވެ. ވަލިއްޔުލް އަމުރު ފެއްޓެވި ވާހަކައެއް އިތުރަށް ކުރިއަށް ގެންދިޔުމަކީ މުހިއްމު ކަމެއް ކަމަށް ފެންނާތީ އެވާހަކަ ދައްކާލަނީއެވެ.

ރައީސް ޔާމީނަށް އިވެނީ ހަމައެކަނި އެމަނިކުފާނު ހިތްޕުޅު ހަމަޖެހިވަޑައިގަންނަވާ، އެމަނިކުފާނު އަޑު އިވެން ބޭނުންފުޅުވާ ވާހަކަތައް އެކަންޏެވެ. އެމަނިކުފާނު އެވިދާޅުވި އެއްޗަކުން ދޭހަވީ އެހެންނެވެ. އެމަނިކުފާނު އެ ވަޑައިގަންނަވަނީ އެކަން ދައްކަވަމުންނެވެ. ބައެއް ވާހަކަތައް އަޑުނީވޭ ކަމަށް އެމަނިކުފާނު ވިދާޅުވާއިރު، ބައެއް ވާހަކަތައް އަޑު އިވިވަޑައިގަތަސް، އިވިވަޑައިގަންނަވާ ކަމަށް ނުހައްދަވާ ކަމަށް ފެނެއެވެ.

އާއަހަރު ފާހަގަކުރުމުގެ ޝޯވއަށް ބަލާލިޔަސް، މިއީ ތެދެއްކަން ސާފުވެއެވެ. އެމަނިކުފާނުގެ ވެރިކަމުގެ ދިފާޢުގައި ބަޔަކު ވާހައެއް ދައްކައިފި ނަމަ، އެ ވާހަކައެއް އެމަނިކުފާނަށް ވަރަށް ސާފުކޮށް، ސަރީޙަކޮށް އިވިވަޑައިގަނެއެވެ. އެހެން ނަމަވެސް ދީނާ ޚިލާފަށް ސަރުކާރުން ކުރާ ކަމެއްގެ ވާހަކަ ބަޔަކު ދެއްކިޔަސް އެމަނިކުފާނަށް އަޑުއިވިވަޑައެއް ނުގަނެއެވެ. އާއަހަރުގެ ޝޯވގައި ނިވާކަން ކުޑަ ހެދުން އަޅައިގެން ނެށުމުން އެތައް ދީނީ ޢިލްމުވެރިންނެއް އެކަން ކުށްވެރިކުރެއްވިއެވެ. އެވާހަކަ އެމަނިކުފާނަށް އިވިވަޑައެއް ނުގަނެއެވެ. އިވިވަޑައިގަތް ނަމަ އެކަން ކުށްވެރިކުރައްވާނެ ނޫންތޯއެވެ؟ އެކަމަކު ހަމަ އެއިލްމުވެރިން މާދަމާ ނިކުމެވަޑައިގެން އެމަނިކުފާނުގެ ވެރިކަމާ ދެކޮޅަށް ތެދުވުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ވިދާޅުވެއްޖެ ނަމަ، އެ އިލްމުވެރިޔަކު އެދެއްކެވި ވާހަކަފުޅެއް އެމަނިކުފާނަށް އިވިވަޑައިގަންނަވާނެއެވެ.

ރައީސް ޔާމީންގެ ސަރުކާރުގެ ކޮރަޕްޓް ވާހަކަޔާއި، ވައްކަންކުރާ ވާހަކަ ދައްކަވާ ދީނީ ޢިލްމުވެރިން ވެސް މިރާއްޖޭގައި އެބަތިއްބެވިއެވެ. އެކަމަކު އޭގެ ރައްދުގައި ސަރުކާރުން ކުރާ ކަމަކީ އެ ދީނީ ޢިލްމުވެރިންގެ އަގު ވައްޓާލައި، އެދީނީ އިލްމުވެރިންނަށް ރައްދު ދިނުމެވެ. އަދި އޭގެ ބަދަލުގައި ސަރުކާރާ ދެކޮޅަށް ވާހަކަ ނުދެއްކުމަށާއި، ވައްކަމާއި ކޮރަޕްޝަނަށް މަގުފަހިވާ ފަދަ ވާހަކަ ނުދެއްކުމަށް ނަސޭހަތްދީ، ދީނީ ދަރުސްތައް ޓީވީ މެދުވެރިކޮށް ދައްކަމުންދެއެވެ.

ރައީސް ޔާމީނެވެ! ކަންފަތް ސާފުކުރައްވާށެވެ. ދީނީ އިލްމުވެރިން ދައްކާ ވާހަކަތައް އަޑުއައްސަވާށެވެ. މިއީ ސައްތައިން ސައްތަ އިސްލާމީ ޤައުމެކެވެ. އައު އަހަރު ފާހަގަކުރެވޭނެ ވަރަށް ގިނަ ގޮތްތަކެއް ހުރެއެވެ. މީގެ ކުރީގައި ވެސް ޝޯވތައް ބާއްވައެވެ. އެކަމަކު މިހާރު ތިއީ ދެން ތަންކޮޅެއް ބޮޑުވަރެކެވެ. އިސްލާމީ ދައުލަތެއްގެ ރަސްމީ ޓީވީ ޗެނަލުން ދައްކަމުން، އެތައް ބަޔަކު އެއްކޮށްގެން، މަނިކުފާނު ވެސް އަނބިކަނބަލުން އަރިހުގައި ބަހައްޓަވައިގެން ނިވާކަން ކުޑަ ހެދުން އެޅި އަންހެނުން ލައްވާ ނައްޓުވަމުންދިޔައިރު، އެއްޗެއްކޭ ހިތްޕުޅަށް އަރައިވަޑައެއް ނުގަނޭތޯއެވެ؟ މީހަކު ކޮށްލި ޓްވީޓަކަށް މަނިކުފާނުގެ ޕާޓީ އިން ބޮޑެތި ބަޔާންތައް ނެރެމުން ދިޔަ ހަނދުމަ މިހާ އަވަހަށް ނެތުނީތޯއެވެ؟

ކަންފަތް ސާފުކުރައްވާށެވެ. ދީނީ އިލްމުވެރިން ދައްކާ ވާހަކަ އަޑުއައްސަވާށެވެ. އެހެން ނޫން ނަމަ އަނެއްކާ ވެސް 23 ޑިސެމްބަރު އިއްތިޙާދެއް އުފެދި މަނިކުފާނުގެ ވެރިކަން ވެސް ވައްޓާލަފާނެއެވެ. އެކަހަލަ ކަމެއް ވެދާނެކަމުގެ ބިރު އެބަ އޮތް ކަމަށް، އެފަދަ ކަމެއް ދިމާވި ބޭފުޅަކު އިހަކަށްދުވަހު ވިދާޅުވެ، ޓްވީޓްކުރައްވާފައި އޮއްވައި ދުށީމެވެ. އެބޭފުޅާއަކީ އެފަދަ ދީނީ އިލްމުވެރިންގެ ބަސް އެއްސެވި ބޭފުޅެކެވެ. މަނިކުފާނުގެ އަމަލުތައް ހުރީ ދިމާ އިދިކޮޅަށެވެ. އެހެންކަމުން މަނިކުފާނަށް ޖެހޭ ހާލު ގޯސްވެދާނެ ކަމަށް ފެނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

09 ފެބުރުއަރީ 2017
މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

07 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

01 ފެބުރުއަރީ 2017
ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

30 ޖެނުއަރީ 2017
ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!

ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

12 އެޕްރީލު
ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ
20251 އަހަރު ކުރިން
ރާއްޖެ

ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި
20242 އަހަރު ކުރިން
ރާއްޖެ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި
20233 އަހަރު ކުރިން
ކުޅިވަރު

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ
20224 އަހަރު ކުރިން
ރާއްޖެ

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!
20197 އަހަރު ކުރިން
ރާއްޖެ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް
20188 އަހަރު ކުރިން
ތަފާތު ޚަބަރު

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު