Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ހިބަޅިދޫ

ހިބަޅިދޫ ވާހަކައިގެ އަސްލު: މިވެސް އަދީބު ދިން ލަނޑެއް!

ބިޒްނާސް މޯލްޑިވްސް ރަޖިސްޓްރީ ކޮށްފައިވަނީ 2004 ވަނަ އަހަރުގެ އޯގަސްޓް 31 ވަނަ ދުވަހު

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 11 ޖެނުއަރީ 2017 | ބުދަ 11:56
ބ. ހިބަޅިދޫ: ބިޒްނާސް މޯލްޑިވްސް އިން ރަށް ހޯދީ ރައީސް ނަޝީދުގެ ވެރިކަމުގައި

ބ. ހިބަޅިދޫ: ބިޒްނާސް މޯލްޑިވްސް އިން ރަށް ހޯދީ ރައީސް ނަޝީދުގެ ވެރިކަމުގައި

ބ. ހިބަޅިދޫ ދިވެހިންގެ ތެރޭގައި މަޝްހޫރު ވެގެން ދިޔައީ، 2015 ވަނަ އަހަރުގެ އޮކްޓޯބަރު 31 ވަނަ ދުވަހު އެ ރަށް ކައިރިން، ކަނޑުގެ 42 މީޓަރު އަޑިން ހަތިޔާރުތަކެއް ފެނުނު މައްސަލައާއެކު އެވެ. ހިބަޅިދޫ މަޝްހޫރުވެގެން ދިޔައީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އަރިސް މީހެއް ކަމަށްވާ މުހައްމަދު އައްލާމް ލަތީފު (މޮހޯ) ގެ ރަށެއްގެ ގޮތުގަ އެވެ. ހަތިޔާރު ފެނުމާއެކު، ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރުމަށް ތައްޔާރުވަމުން ދިޔަ އެ ރަށާ ގުޅޭ ގޮތުން ތަފާތު އެކި ވާހަކަތައް ދެކެވެމުންދިޔަ އެވެ.

މި ރިޕޯޓުގައި މި ބަލައިލަނީ ހިބަޅިދޫއާ ގުޅޭ ގޮތުން ދެކެވެމުންދިޔަ ވާހަކަތަކުގެ އަސްލަށެވެ. އަދީބާއި މޮހޯއާއި ހިބަޅިދޫއާ ގުޅުނު ގޮތާއި، އޭގެ ފަހުން ކަންތައްތައް ވެގެން ދިޔަ ގޮތަށެވެ. ރަށުގެ ވެރިފަރާތާއި ރަށާއި ހަވާލުވި ކުންފުނީގެ އަސްލަށެވެ.

ހިބަޅިދޫގައި ރިސޯޓެއް ތަރައްގީ ކުރުމަށް އެ ރަށް ނަގާފައި އޮތީ ބިޒްނަސް މޯލްޑިވްސް ކިޔާ ކުންފުންޏަކުންނެވެ. އެ ކުންފުނި ރަޖިސްޓްރީ ކޮށްފައިވަނީ 2004 ވަނަ އަހަރުގެ އޯގަސްޓް 31 ވަނަ ދުވަހު އެވެ. އެ ކުންފުނީގެ 95 އިންސައްތަ ހިއްސާދާރަކީ މުހައްމަދު ރިޔާޒް ނުވަތަ އާންމު ނަމުންނަމަ ލެޓްސްގޯ ރިޔާޒް އެވެ. ބާކީ ފަސް އިންސައްތަ ހިއްސާ އޮތީ ރިޔާޒްގެ އަންހެނުންގެ ނަން މަތީގަ އެވެ.

ތާރީޚުގެ ތެރެއިން ހިބަޅިދޫ އަށް ބަލާއިރު، އެ ރަށަކީ ދަނޑުވެރިކަން ކުރުމަށް ރިލްވާން ޝަރީފް ނަގާފައި އޮތް ރަށެކެވެ. 2000 ވަނަ އަހަރުގެ މެއި 17 ވަނަ ދުވަހު ރިލްވާން ޝަރީފް ނަގާފައި އޮތް ރަށުގެ ހެޑް ލީޒް، ރިޔާޒްގެ ބިޒްނަސް މޯލްޑިވްސް އިން ގަނެ ހެޑް ލީޒް ބަދަލުކޮށްފައިވަނީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2011 ވަނަ އަހަރުގެ ފެބްރުއަރީ 23 ވަނަ ދުވަހު އެވެ.

ހިބަޅިދޫގައި ޕްރައިވެޓް ވިލާ އެޅުމަށް ބިޒަނަސް މޯލްޑިވްސް އިން ސަރުކާރަށް ޕްރޮޕޯސަލް ހުށަހެޅީ 2011 ވަނަ އަހަރުގެ ޑިސެމްބަރު 25 ވަނަ ދުވަހު އެވެ. ސަރުކާރުގެ ބޯހިޔާވަހިކުރުމުގެ ސިޔާސަތުގެ ދަށުން 100 ހައުސިން ޔުނިޓް އަޅައިދޭ ފަރާތަކަށް އެ ފަރާތަކުން ނަގާފައިވާ ރަށުގައި ޕްރައިވެޓް ވިލާ އަޅަން ހުއްދަދޭ އުސޫލުގެ ދަށުން، ޕްރޮޕޯޒަލް ހުށަހަޅާފައިވަނިކޮށް، ރައީސް ނަޝީދުގެ ވެރިކަން ބަދަލުވެ،ވެރިކަމާ ރައީސް ޑރ. މުހައްމަދު ވަހީދު ހަވާލުވެވަޑައިގެންނެވި އެވެ.

ހިބަޅިދޫ ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ލެޓްސްގޯ މޯލްޑިވްސް އާއި ރަޝިޔާގެ ބެނަގޯ މެނޭޖްމެންޓް އިންވެސްޓް ކުރުމަށް ހަމަޖެހިފައި އޮތް އިރު، ރައީސް އޮފީހުން ވަނީ 2013 ވަނަ އަހަރުގެ ނޮވެމްބަރު ހަތަރު ވަނަ ދުވަހު އެކަމަށް ހުއްދަދީފަ އެވެ. އެ ރަށް ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ހުއްދަދީ، ޓޫރިޒަމް މިނިސްޓްރީއާއި ފިޝަރީޒް މިނިސްޓްރީ އަށް ރައީސް އޮފީހުން އެ ތާރީޚުގައި ސިޓީއެއް ފޮނުވާފައިވެ އެވެ. ނަމަވެސް މި ސިޓީއާ ގުޅޭ އެއްވެސް މައުލޫމާތެއް ބިޒްނާސް މޯލްޑިވްސް އަކަށް ލިބިފައެއް ނުވެ އެވެ.

ރަށް ތަރައްގީކުރުމުގެ ހުއްދަ ދިން ކަމެއް ބިޒްނާސް މޯލްޑިވްސް އަށް އަންގާފައިނުވަނީސް ބިޒްނާސް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު ރިޔާޒްއާ އަދީބު ބައްދަލުކުރެއްވި އެވެ. ރިޔާޒްއާ ބައްދަލުކުރައްވާ ރަށް ތަރައްގީ ކުރުމުގެ ހުއްދަ، ރައީސް އޮފީހުން ދީފައިވަނިކޮށް އެ ހުއްދަ އެމްއެމްޕީއާރްސީގެ ދަށުން ދޭން ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ. އަދި ކުންފުނީގެ 35 އިންސައްތަ ހިއްސާ މޮހޯ އަށް ދީފިނަމަ ރަށްތަރައްގީ ކުރުމަށް ފައިސާއާއި އޮފީސް ސެޓަޕް މޮހޯ މެދުވެރުކޮށް ކުރައްވާނެ ކަމުގެ ކަމަށް ވިދާޅުވި އެވެ. އެހެން ވިދާޅުވެ، ކުންފުނީގެ 35 އިންސައްތަ ހިއްސާ ހޯއްދެވި އެވެ. ހިއްސާ ހޯއްދަވައިގެން ރަށް ތަރައްގީ ކުރުމުގެ އެއްބަސްވުމުގައި ކުންފުންޏާއި އެމްއެމްޕީއާރްސީ ސޮއިކުރީ 2014 ވަނަ އަހަރުގެ އޯގަސްޓް 10 ވަނަ ދުވަހު އެވެ.

ހިބަޅިދޫ ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް ބޭނުންވާ މެޝިނަރީޒް އާއި ކޮންސަލްޓެންސީ ފޯރުކޮށް ދިނުމަށް ސިންގަޕޫރުގެ ގްރީން ރިސޯޓްސް ޑިވެލޮޕްމެންޓް ކޮންސަލްޓެންޓް ކުންފުންޏާ ހަވާލުކޮށް، ރިސޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ފަށައިގަތީ އެހާ ހިސާބުންނެވެ. 200 ކޮޓަރީގެ ރިސޯޓެއް ތަރައްގީ ކުރުމަށް ހުއްދަތައް ހޯދުމަށްފަހު، އެންވަޔަރަމެންޓް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) ހަދައި، ބިމުގެ ޕްލޭންތައް ހެދުމަށް ފަހު މަސައްކަތް ފަށައިގަންނަން ތައްޔާރުވެފައިވަނިކޮށް، 2015 ވަނަ އަހަރުގެ ސެޕްޓެމްބަރުގައި ރިޔާސީ ލޯންޗުކޮޅު ގޮވުމުގެ ހާދިސާ ހިނގި އެވެ.

އެ ހާދިސާގެ ތަހުގީގު ފުޅާވެ ހިނބަޅިދޫއާ ހިސާބަށް ދިޔަ އެވެ. 2015 ވަނަ އަހަރުގެ އޮކްޓޯބަރުން ފެށިގެން މިއަދާ ހަމައަށް ވެސް ހިބަޅިދޫ އޮތީ ސިފައިންނާއި ފުލުހުން ގުޅިގެން ހިންގާ ތަހުގީގަކަށް ސިފައިންގެ ބެލުމުގެ ދަށުގަ އެވެ. ހިބަޅިދޫ އިން ހަތިޔާރު ފެނުމާއެކު ވައްކަމާއި ޚިޔާނާތުގެ ތުހުމަތުގެ ރެކޯޑެއް އޮތް މީހަކާ އެއްކޮށް ވިޔަފާރި ކުރަން ބޭނުންނުވާ ކަމަށް ބުނެ ރިޔާޒް ވަނީ 2016 ވަނަ އަހަރުގެ މެއި 17 ވަނަ ދުވަހު ކުންފުނިން މޮހޯ ވަކިކޮށްފަ އެވެ. އެއާއެކު ބިޒްނާސް މޯލްޑިވްސްގެ ހިއްސާ އޮތީ ކުރިއެކޭ އެއްފަދައިން ރިޔާޒްގެ ނަންމަތީގައި 95 އިންސައްތަ އަދި އަންހެނުންގެ ނަމުގައި ފަސް އިންސައްތަ އެވެ.

ކުންފުނީގެ ހިއްސާ ބަދަލުކޮށް، ސިފައިންގެ ބެލުމުގެ ދަށުގައި ރަށް އޮންނަތާ 8 މަހަށް ވުރެ ގިނަ ދުވަސް ފަހުން، 2016 ވަނަ އަހަރުގެ ޖޫން 26 ވަނަ ދުވަހު ބިޒްނާސް މޯލްޑިވްސް އިން ޓޫރިޒަމް މިނިސްޓްރީ އަށް ފޮނުވި ސިޓީއެއްގައި ޖަވާބުގައި އެ މިނިސްޓްރީ އިން ސިޓީއެއް ފޮނުވައި އެއްބަސްވުން ބާތިލް ކޮށްފައިވާކަމަށް އެންގި އެވެ. އެއްބަސްވުން ބާތިލްކުރީ، ގާނޫނާ ޚިލާފަށް ކަމަށް ބުނެ ބިޒްނާސް މޯލްޑިވްސް އިން ސިވިލް ކޯޓުގައި ދައުވާ ކުރި އެވެ. އެ މައްސަލައިގައި 2016 ވަނަ އަހަރުގެ ޑިސެމްބަރު 29 ވަނަ ދުވަހު ސިވިލް ކޯޓުން ވަނީ، ޓޫރިޒަމް މިނިސްޓްރީން އެއްބަސްވުން ބާތިލްކުރީ ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި، 30 ދުވަހުގެ ތެރޭގައި ހިބަޅިދޫ ބިޒްނާސް މޯލްޑިވްސްއާ ހަވާލުކުރުމަށް އަންގާ އަމުރުކޮށްފަ އެވެ.

މިހާރު ބިޒްނާސް މޯލްޑިވްސްގެ ހިއްސާދާރުންގެ ބޮލުގައި ބޮޑު ދަރަންޏެއް ވަނީ އެޅިފަ އެވެ. ހިބަޅިދޫ ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ހަވާލުކޮށްފައިވާ ކުންފުންޏަށް ދައްކަންޖެހޭ ފައިސާއާއެކު 2016 ވަނަ އަހަރު ނިމުނު އިރު މިހާތަނަށް 11 މިލިއަން ޑޮލަރަށް ވުރެ ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށް ބިޒްނާސް މޯލްޑިވްސް އިން ބުނެ އެވެ. އަދި ފާއިތުވާ ކޮންމެ ދުވަހަކަށް އަދަދު ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ވަމުންދާކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

މިފަދައިން ކުންފުނިތަކަށް އޮޅުވާލައިގެން ކުންފުނިތަކަށް މާލީ ގޮތުން ބޮޑެތި ގެއްލުން ލިބޭ އަމަލުތައް ސަރުކާރުން ކުރުމަކީ ރާއްޖޭގައި އިންވެސްޓްކުރަން ޝައުގުވެރިވާ ފަރާތްތަކުގެ ކޮންފިޑެންސް ހޯދުމަށް ކުރިމަތިވާނެ ހުރަހެކެވެ. ރިޔާޒް ފަދަ ތަޖުރިބާކާރު، ރާއްޖެއަށް ޓޫރިޒަމްގެ ދާއިރާއިން ތަފާތު އެވޯޑްތައް ހޯދައިދީފައިވާ ފަރާތްތަކަށް ވިޔަފާރިކުރުމަށް ފަހި ފުރުސަތުތަކެއް ހޯދައިދިނުމަކީ ރާއްޖޭގެ އިގްތިސާދީ ދުވެލި ހަލުވިވެ، ދައުލަތަށް ވެސް އިތުރު މަންފާތަކެއް ލިބޭނެ ކަމެއްކަން ޔަގީނެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އަދީބުގެ އާއިލާގެ ރުޅި މަޑު!

އަދީބުގެ އާއިލާގެ ރުޅި މަޑު!

26 ސެޕްޓެމްބަރު 2017
ރޮހިންޖާ މުސްލިމުން – ރައްޔިތުންނަށް ނުވާ ރައްޔިތުންގެ އަސްލު

ރޮހިންޖާ މުސްލިމުން – ރައްޔިތުންނަށް ނުވާ ރައްޔިތުންގެ އަސްލު

14 ސެޕްޓެމްބަރު 2017
ރޮހިންޖާ މީހުންގެ އަސްލު: ކިހާވަރަކަށް އެނގޭބާ!

ރޮހިންޖާ މީހުންގެ އަސްލު: ކިހާވަރަކަށް އެނގޭބާ!

10 ސެޕްޓެމްބަރު 2017
"އަދީބު ދިން ކާރާ އަނގޮޓިއާ ރިޔާސަތު އޯކޭ، ހަމަރަނގަޅަށް ވެސް ބޯގޮވާފަ" – ރައީސްގެ ވާހަކަތަކާއި އެކު ޓްވީޓަރގައި ވަރަށް ވާހަކަ

"އަދީބު ދިން ކާރާ އަނގޮޓިއާ ރިޔާސަތު އޯކޭ، ހަމަރަނގަޅަށް ވެސް ބޯގޮވާފަ" – ރައީސްގެ ވާހަކަތަކާއި އެކު ޓްވީޓަރގައި ވަރަށް ވާހަކަ

15 އޯގަސްޓު 2017
އަދީބުގެ ސިޓީން ރާއްޖޭގެ ކޯޓްތައް ސަދޫމާ އެއްވަރުކަން އެނގިއްޖެ!؟

އަދީބުގެ ސިޓީން ރާއްޖޭގެ ކޯޓްތައް ސަދޫމާ އެއްވަރުކަން އެނގިއްޖެ!؟

16 ޖުލައި 2017

އަހަރުތަކުން މިއަދު

22 މާރިޗު
ސްޓްރޯބެރީ ބްރައުނީސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްޓްރޯބެރީ ބްރައުނީސް

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް
20242 އަހަރު ކުރިން
ރިޕޯޓު

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް

އެގް ބްރީޓޯ
20233 އަހަރު ކުރިން
ލައިފް ސްޓައިލް

އެގް ބްރީޓޯ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް
20224 އަހަރު ކުރިން
ދުނިޔެ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި
20215 އަހަރު ކުރިން
ރާއްޖެ

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
20197 އަހަރު ކުރިން
ރިޕޯޓު

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު