Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
2018 އަށް މަރުހަބާ ކިޔުން

އިރުމަތީ ބިތުގެ ޤައުމުތަކުން 2018 އަށް މަރުހަބާ ކިޔައިފި

ސިޑްނީގެ އާ އަހަރުގެ ބަޑިބޭހުގެ ކުޅިވަރުތައް ބަލަން މިލިއަނަކަށްވުރެ ގިނަ މީހުން ޖަމާވި

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު, ރާއްޖެ އެމްވީ | 31 ޑިސެމްބަރު 2017 | އާދީއްތަ 19:21
2018އަށް އެންމެ ފުރަތަމަ މަރުޙަބާ ކީ އެއް ސިޓިއަކީ ސިޑްނީ

2018އަށް އެންމެ ފުރަތަމަ މަރުޙަބާ ކީ އެއް ސިޓިއަކީ ސިޑްނީ

ދުނިޔޭގެ އިރުމަތީ ބިތުގައި ހުރި ޤައުމުތަކުން 2017ވަނަ އަހަރަށް އަލްވަދާޢު ކިޔައި، 2018ވަނަ އަހަރަށް މަރުޙަބާ ކިޔައިފިއެވެ.

2018ވަނަ އަހަރަށް އެންމެ ފުރަތަމަ މަރުޙަބާ ކިޔާފައިވަނީ ޕެސިފިކްގެ ޖަޒީރާ ޤައުމުތައް ކަމަށްވާ، ކިރިބަތީ، ކްރިސްމަސް އައިލެންޑްސް، ޓޮންގާ އަދި ސަމޯއާ އަށެވެ.

އެންމެ ފުރަތަމަ 2018އަށް މަރުހަބާ ކިޔާފައިވާ ޤައުމުތަކުގެ ތެރޭގައި އޮސްޓްރޭލިއާ އަދި ނިއުޒިލޭންޑް ހިމެނެއެވެ. ރާއްޖެ ގަޑިން ޑިސެމްބަރު 31ވަނަ ދުވަހު ހަވީރު 4:00ގައި ނިއުޒިލޭންޑުން 2018އަށް މަރުހަބާ ކީއިރު، ރާއްޖެ ގަޑިން 6:00 ޖެހި އިރު އޮސްޓްރޭލިއާގެ ސިޑްނީގައި 2018 އިގެ ފެށުން ވަނީ ފާހަގަކޮށްފައެވެ. ޖަޕާނުގެ ވެރިރަށް ޓޯކިޔޯ ގަޑިން ރޭގަނޑު 12:00 ޖަހާފައިވަނީ ރާއްޖެ ގަޑިން ރޭގަނޑު 8:00ގައެވެ. އަދި ރާއްޖެ ގަޑިން ރޭގަނޑު 9:00ގައި ޗައިނާގެ ވެރިރަށް ބެއިޖިންގ އަދި ހޮންކޮންގގައި އާ އަހަރު ފެށުން ފާހަގަކުރިއެވެ.

ނިއުޒިލޭންޑްގެ އޮކްލަންޑްގައި ހަވާގެ ކުޅިވަރުތަކާއިއެކު އާ އަަހަރު ފެށުން ފާހަގަކުރިއިރު، އޮސްޓްރޭލިއާގެ ސިޑްނީގައި ހަވާ އެރުވުމާއިއެކު އާ އަހަރު ފާހަގަކުރުމަށް ސިޑްނީ އޮޮޕެރާ ހައުސް އަދި ބްރިޖް ހިމެނޭ ސަރަހައްދަށް މިލިއަނަށްވުރެ ގިނަ މީހުން އެއްވިއެވެ.

ނިއުޒިލޭންޑްގެ އޮކްލެންޑްގައި އާ އަހަރު ފާހަގަކުރަނީ

ސިޑްނީ ބްރިޖްގައި އާ އަހަރު ފާހަގަކުރަން ހަވާ އަރުވަނީ

އުތުރު ކޮރެއާގެ ވެރިރަށް ޕިޔޮންގްޔަންގްގައިވެސް ކުލަ ގަދަކޮށް 2018 ފެށުން ފާހަގަކޮށްފައިވެއެވެ. ބައެއް ނޫސްވެރިން ބުނާ ގޮތުގައި ޖަޕާނުގެ ޓޯކިޔޯގައި އޮތް ބަޑިބޭހުގެ ކުޅިވަރުތަކަށްވުރެ ޕިޔޮންގްޔަންގްގައި އޮތް ކުޅިވަރުތައް ފުރިހަމައެވެ. އުތުރު ކޮރެއާ އޮންނަނީ ޖަޕާނާއި ދެކުނު ކޮރެއާ އާއި އެއް ޓައިމް ޒޯނެއްގައި ނަަމަވެސް އެޤައުމުން ވަނީ 2015 ވަނަ އަހަރު އެޤައުމުގެ ގަޑި ޖަޕާނާއި ދެކުނު ކޮރެއާގެ ގަޑިއަށްވުރެ 30 މިނެޓް އަވަސްކޮށްފައެވެ. އެހެން ކަމުން އެޤައުމަށް އާ އަހަރު އައިސްފައިވަނީ އެދެޤައުމަށްވުރެ ބައިގަޑިއިރު ކުރިންނެވެ.

އުތުރު ކޮރެއާގެ ވެރިރަށް ޕިޔޮންގްޔަންގްގައި އާ އަހަރު ފާހަގަކުރަން ހަވާ އަރުވަނީ

އޭޝިއާގެ އެހެން ޤައުމުތަކަށްވުރެ ކުލަ ގަދަކޮށް ކޮންމެ އަހަރަކުވެސް އާ އަހަރު ފާހަގަކުރާ ހޮންގްކޮންގްއިން މިއަހަރުވެސް އާ އަހަރު ފާހަގަކޮށްފައިވަނީ ވަރަށް ކުލަގަދަކޮށެވެ. އެގޮތުން 10 މިނެޓް ވަންދެން ހުއްޓުމެއް ނެތި ހޮންގްކޮންގްގެ ވިކްޓޯރިއާ ހާބަރގައި ހަވާ އަރުވާފައިވެއެވެ.

ހޮންގްކޮންގްގެ ވިކްޓޯރިއާ ހާބަރގައި ހަވާ އަރުވަނީ

ތައިލެންްޑްގެ ވެރިރަށް ބެންކޮކްގައިވެސް ބަޑިބޭހުގެ ކުޅިވަރުތައް އެޤައުމުގެ ސަރުކާރުން މަނާކޮށްފައި އޮތުމަށްފަހު އާ އަހަރާއި ދިމާކޮށް ބަޑިބޭސް ބޭނުންކުރުމުގެ ވަގުތީ ހުއްދައެއް ދިނުމާއި ގުޅިގެން ކުލަގަދަކޮށް އާ އަހަރު ފާހަގަކޮށްފައިވެއެވެ.

ދުނިޔޭގެ އެކި ޤައުމުތަކުގައި އާ އަހަރު ފާހަގަކުރުން މާދަމާގެ ނިޔަލަށް ކުރިއަށްދާއިރު، ޤައުމުތަކައި ސަލާމަތީ ކަންކަން ވަނީ ވަރަށް ވަރުގަދަކޮށްފައެވެ. އެގޮތުން ދީފާނެ ޓެރަރިސްޓް ޙަމަލާއަކަށް ތައްޔާރުވެފައިވާއިރު، އަލިފާނުގެ ޙާދިސާއެއް ފަދަ ޙާދިސާއެއް ހިނގާފާނެކަމަށްވެސް ގިނަ ސިޓީތައް އޮތީ ތައްޔާރީ ޙާލަތުގައެވެ.

ހޮންގްކޮންގްގެ ވިކްޓޯރިއާ ހާބަރގައި ހަވާ އަރުވާއިރު އެޤައުމުގެ ރައްޔިތުން ފޮޓޯ ނަގައި، ސެލްފީ ނަގަނީ

އެންމެ ފަހުން އާ އަހަރު އަންނާނީވެސް ޕެސިފިކް ކަނޑުގެ ޖަޒީރާ ޤައުމުތަކަށެވެ. އެގޮތުން ޕެސިފިކްގެ އިރުމަތީ ބިތުގެ ޤައުމުތަކަށް އާ އަހަރު އަންނާނީ ހޯމަ ދުވަހުއެވެ. އެންމެ ފަހުން އާ އަހަރު އަންނަ ޤައުމަކަށްވާނީ ޕެސިފިކްގައި އޮންނަ އެމެރިކާގެ ރަށެއް ކަމަށްވާ އެމެރިކަން ސަމޯއާއަށެވެ. އެމެރިކަން ސަމޯއަށް އާ އަހަރު އަންނާނީ ރާއްޖެ ގަޑިން ޖެނުއަރީ 1 ވަނަ ދުވަހުގެ ހަވީރު 4:00ގައެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މެދުއިރުމަތީގެ ނުތަނަވަސްކަމުގެ މެދުތެރެއިން ފަރަންސޭސީ ރައީސް ސަޢޫދީއަށް

މެދުއިރުމަތީގެ ނުތަނަވަސްކަމުގެ މެދުތެރެއިން ފަރަންސޭސީ ރައީސް ސަޢޫދީއަށް

10 ނޮވެމްބަރު 2017
ކޮލަމްބިއާގެ ކުރީގެ ހަނގުރާމަވެރި ލީޑަރު 2018 ގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަނީ

ކޮލަމްބިއާގެ ކުރީގެ ހަނގުރާމަވެރި ލީޑަރު 2018 ގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަނީ

02 ނޮވެމްބަރު 2017
ސައުދީގައި އަންހެނުން އެއްގަމު އުޅަނދު ދުއްވަން ހުއްދަ ކުރަން ނިންމުމުން ޓްރަމްޕް މަރުހަބާ ވިދާޅުވެއްޖެ

ސައުދީގައި އަންހެނުން އެއްގަމު އުޅަނދު ދުއްވަން ހުއްދަ ކުރަން ނިންމުމުން ޓްރަމްޕް މަރުހަބާ ވިދާޅުވެއްޖެ

27 ސެޕްޓެމްބަރު 2017
ޤަތަރާއިމެދު ފިޔަވަޅު އެޅި ޤައުމުތަކުން އެކަންކުރި ސަބަބު ހާމަކޮށްދޭން ޖެހޭ: އެމެރިކާ

ޤަތަރާއިމެދު ފިޔަވަޅު އެޅި ޤައުމުތަކުން އެކަންކުރި ސަބަބު ހާމަކޮށްދޭން ޖެހޭ: އެމެރިކާ

21 ޖޫން 2017
އުތުރު ކޮރެއާ އިން އެގައުމުގެ އިރުމަތީ އައްސޭރިފަށުން ހަަތަރު އެންޓި-ޝިޕް ކްރޫޒް މިސައިލް ފޮނުވާލައިފި

އުތުރު ކޮރެއާ އިން އެގައުމުގެ އިރުމަތީ އައްސޭރިފަށުން ހަަތަރު އެންޓި-ޝިޕް ކްރޫޒް މިސައިލް ފޮނުވާލައިފި

08 ޖޫން 2017

އަހަރުތަކުން މިއަދު

23 މާރިޗު
މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި
20251 އަހަރު ކުރިން
ރާއްޖެ

މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!
20242 އަހަރު ކުރިން
ރިޕޯޓު

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!
20233 އަހަރު ކުރިން
ރިޕޯޓު

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ
20224 އަހަރު ކުރިން
ރިޕޯޓު

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި
20215 އަހަރު ކުރިން
ދުނިޔެ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
20197 އަހަރު ކުރިން
ރާއްޖެ

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު