Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ލަވަކިޔުންތެރިޔާ ޖޮއި ވިލާ

ޓްރަމްޕްގެ ކުރީގެ ކެމްޕޭން މެނޭޖަރު ޖިންސީ ގޯނާ ކުރި ކަމަށް ލަވަކިޔުންތެރިޔާ ޖޮއި ވިލާ ބުނެފި

މިހާރު މި މައްސަލަ ފުލުހުންނަށް ވަނީ ރިޕޯޓްކޮށްފައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 29 ޑިސެމްބަރު 2017 | ހުކުރު 05:59
 ކޯރޭ ލޮވެންޑޯސްކީ

ކޯރޭ ލޮވެންޑޯސްކީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ކުރީގެ ކެމްޕޭން މެނޭޖަރ ކޯރޭ ލޮވެންޑޯސްކީގެ ފަރާތުން ޖިންސީ ގޯނާއާ ކުރިމަތިލާން ޖެހުނު ކަމަށް އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޖޮއި ވިލާ ބުނެފިއެވެ.

ޖޮއި ވިލާ ބުނީ މިދިޔަ މަހުގެ ތެރޭގައި ޓްރަމްގެ ވެރިކަމަށް އެއް އަހަރު ފުރުން ފާހަގަކުރަން ވޮޝިންގްޓަންގައި ބޭއްވި ހަފްލާގެ ތެރޭގައި އޭނާގެ ފޫކޮޅުގައި އަތްލައި އޭނާގެ ފޫކޮޅުގައި ދެފަހަރެއްގެ މަތިން ކޯރޭ އަތުން ޖަހާފައިވާ ކަމަށެވެ. އެކަން ނުކުރުމަށް ކޯރޭގެ ކިބައިން އޭނާ އެދުނު ކަމަށް ވެސް ވަނީ ބުނެފައެވެ. އަދި އެކަމާ އޭނާ ހުރީ ލަދުން ކަމަށާއި އެ މައްސަލަ ފުލުހުންނަށް ރިޕޯޓުކުރުމަށް އޭނާ އަށް ހިތްވަރުދިނީ އޭނާގެ ރައްޓެހިން ކަމަށް ވަނީ ބުނެފައެވެ.

ކޯރޭ ޖެހިތަން އޭނާގެ ރައްޓެއްސަކަށް ފެނިގެން އެތަނުގައި އެވާހަކަ ދައްކާފައިވާ ކަމަށް ޖޮއި ވިލާ ވަނީ ބުނެފައެވެ. ޖޮއި ވިލާ ބުނީ އޭނާ ފުލުހަށް މައްސަލަ ހުށައެޅުމަކީ ގޯހެއް ކަމަށް ނުދެކޭ ކަމަށާއި އެކަން ކުރީ އޭނާގެ ކިބައިން ކޯރޭ މައާފަށް ނޭދުމުން ކަމަށެވެ.

އޭނާ ވަނީ ކޯރޭ ޖެހުމުގެ ސިކުންތެއް ކުރިން ކަމަށް ބުނެ ނަގާފައިވާ ފޮޓޯއެއް ޓްވިޓާގައި ވެސް އާންމުކޮށްފައެވެ.

ޖޮއި ވިލާއަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވަރަށް ބޮޑު ސަޕޯޓަރެކެވެ. އަދި 2016 ވަނަ އަހަރު ޓްރަމްޕްގެ ކެންޕެއިން ސްލޯގަން ކަމަށްވާ "މޭކް އެމެރިކާ ގްރޭޓް އަގެއިން" ބޭނުންކޮށްގެން، މިއަހަރުގެ ގްރޭމީ އެވޯޑްގައި އޭނާ ވަނީ ލަވައެއް ވެސް ހުށަޙަޅައިދީފައެވެ.

އެމެރިކާގެ ކޮންގްރެސްގައި ވާދަކުރާނެ ކަމަށް މީގެ ކުރިން ޖޮއި ވިލާ ވަނީ ޓްވީޓް ވެސް ކޮށްފައެވެ. ޑޮނަލްޑް ޓްރަމްޕް ވަނީ އެޓްވީޓަށް ސަޕޯޓް ވެސް ކުރައްވާފައެވެ.

ޓްރަމްޕްގެ ކެންޕެއިން މެނޭޖަރުކަމުން ކޯރޭ ވަކިކުރީ މިދިޔަ އަހަރުގެ ޖޫންމަހުގެ ތެރޭގައެވެ.

ޓްރަމްޕްގެ ކެންޕެއިން ތެރޭގައި އަންހެން ރިޕޯޓަރަކު އަތުގައި ހިފައި ގަދަކަމުން ދުރުކުރި މައްސަލައެއް ވެސް މި އަހަރުގެ ކުރީކޮޅު ކޯރޭގެ މައްޗަށް ސާބިތުވެފައިވެއެވެ.

ޖޮއި ވިލާ މި މައްސަލަ ފުލުހަށް ހުށައަޅާފައި ވީ ނަމަވެސް އަދި ކޯރޭ މިކަމާ މެދު އެއްޗެއް ބުނެފައެއް ނުވެއެވެ.

ފަހަކަށް އައިސް ހޮލީވޫޑާއި އެމެރިކާގެ މިއުޒިކް އިންޑަސްޓްރީގައި މަސައްކަތްކުރާ ފަންނާނުން ގެންދަނީ ޖިންސީ ފުރައްސާރައާ ދެކޮޅަށް ވަރަށް ބޮޑަށް އަޑުއުފުލަމުންނެވެ. އެގޮތުން ބައެއް ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުންނާއި އެކުގައި މަސައްކަތްކުރާ ފިރިހެން ތަރިންގެ ފަރާތުން ކުރިމަތިވެފައިވާ އަދި ކުރިމަތިވަމުންދާ ޖިންސީ ފުރައްސާރަ އާއި ގޯނާތަކާ ބެހޭ ގޮތުން މަޝްހޫރު އެތައް ތަރިންނެއް ވަނީ އަޑު އުފުލާފައެވެ. އަދި ފިލްމް އުފައްދާ ފަރާތްތަކުން ފިލްމްތައް ހޯދައިދިނުމަށް އަންހެން ދަރިން "ޖިންސީ އަޅުން"ގެ ގޮތުގައި ބޭނުންކުރާ މައްސަލަތައް ވެސް ވަނީ ފެންމަތިވެފައެވެ. އޭގެ ތެރޭގައި މަޝްހޫރު އެތައް އަންހެން ފަންނާނުންނެއް ވަނީ ކާމިޔާބު ތަރިންނަށް ވުމަށްޓަކައި އެ މީހުން ކުރި އުނދަގޫ ދަތުރާއި އެ ފަރާތްތަކަށް ދިމާވި އެކި ހާދިސާތައް މީޑިއާތަކަށް ތިލަކޮށްފައެވެ. ކަމާ ބެހޭ ފަރާތްތަކުން ގެންދަނީ މިފަދަ ބައެއް މައްސަލަތައް ތަހުގީގު ވެސް ކުރަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފްރާންސްގެ ރިޔާސީ ކެންޑިޑޭޓް ފިއޮން ގެ ކެމްޕެއިން މެނޭޖަރު އިސްތިއުފާ ދެއްވައިފި

ފްރާންސްގެ ރިޔާސީ ކެންޑިޑޭޓް ފިއޮން ގެ ކެމްޕެއިން މެނޭޖަރު އިސްތިއުފާ ދެއްވައިފި

04 މާރިޗު 2017
 ހޮންކޮންގގެ  ކުރީގެ ލީޑަރ 20 މަސްދުވަހަށް ޖަލަށް

ހޮންކޮންގގެ ކުރީގެ ލީޑަރ 20 މަސްދުވަހަށް ޖަލަށް

22 ފެބުރުއަރީ 2017
   ޓްރަމްޕްގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރަކަށް މެކްމާސްޓަރ

ޓްރަމްޕްގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރަކަށް މެކްމާސްޓަރ

21 ފެބުރުއަރީ 2017
 ޖަރުމަނުގެ ރައީސްކަމަށް ކުރީގެ ފޮރިން މިނިސްޓަރ ފްރޭންކް ވޯލްޓަރ ސްޓީންމިއަރ

ޖަރުމަނުގެ ރައީސްކަމަށް ކުރީގެ ފޮރިން މިނިސްޓަރ ފްރޭންކް ވޯލްޓަރ ސްޓީންމިއަރ

13 ފެބުރުއަރީ 2017
ޓްރަމްޕްގެ ސަރުކާރުގެ އެޓާނީ ޖެނެރަލް ކަށަވަރު ކުރެވިއްޖެ

ޓްރަމްޕްގެ ސަރުކާރުގެ އެޓާނީ ޖެނެރަލް ކަށަވަރު ކުރެވިއްޖެ

09 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު