Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެްާޤާސިމް ހައްޔަރުކުން

ސަރުކާރުން ޤާސިމް ހުރީ ރަހީނުކޮށްފައި: އަބްދުﷲ ޝާހިދު

ޤާސިމް އިބްރާހިމް ހައްޔަރުގައި ހުރީ އިޖުރާތުތަކުގެ ބޭރުން

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 8 އެޕްރީލު 2017 | ހޮނިހިރު 21:40
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު - ޤާސިމް ހުންނެވީ ޤާނޫނީ ބަންދެއްގައި ނޫންކަމަށް ޝާހިދު ވދިާޅުވި

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު - ޤާސިމް ހުންނެވީ ޤާނޫނީ ބަންދެއްގައި ނޫންކަމަށް ޝާހިދު ވދިާޅުވި

ސަރުކާރުން ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ހުންނެވީ "ރަހީނުކޮށްފައި" ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ 60 މިނެޓްގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު ޝާހިދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް ނުވަތަ އެފަދަ އެހެން ވޯޓެއްވެސް ނެގޭނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ހާޒިރުގައި ކަމަށް ޤާނޫނުގައި ބުނެފައިވާކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ބަންދުގައި ހުރި ނަމަވެސް އެ މެމްބަރަކު މަޖިލީހަށް ހާޒިރުކޮށްދޭންޖެހޭނެ ކަމަށް ޤާނޫނުގައި ބުނެފައިވާކަމަށާއި ނަމަވެސް އެ މާއްދާ ސުޕްރީމް ކޯޓުން ބާތިލްކޮށްފައިވާ ކަމަށް ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ ޤާސިމް އިބްރާހިމް ހައްޔަރުގައި ހުރީ އިޖުރާތުތަކުގެ ބޭރުން ކަމަށާއި އެއީ ގާނޫނީ ބަންދެއް ނޫން ކަމަށެވެ. ޤާސިމް އިބްރާހިމް ހައްޔަރުކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މަސައްކަތްތަކަށް ނުފޫޒު ފޯރުވުމުގެ ގޮތުންކަމަށް ގަބޫލުކުރައްވާ ކަމަށް ޝާހިދު ވިދާޅުވި އެވެ.

"ދައުލަތުގެ އެއްވެސް ބާރަކުން، މަޖިލީހުގެ މެމްބަރުންގެ މައްޗަށް، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދާކުރަންޖެހޭ ވާޒިބުތައް އަދާނުކުރެއްވޭގޮތަކަށް ހުރަސްއެޅުމަކީ މިހާރު އޮތް ޤާނޫނު އަސާސީއާއި، ޤާނޫނުގެ އިމުގެ ބޭރުން އޮތް ކަމެއް. އެހެންކަމުން ވަރަށް ސާފުކޮށް ޤާނޫނީގޮތުން މިކަން ދިރާސާކުރައްވާ ފަރާތްތަކަށް އެނގިވަޑައިގަންނަވާނެ. އޮނަރަބަލް ޤާސިމް އިބްރާހިމް އެ ހުންނެވީ ދައުލަތުގެ މުއައްސަސާތަކުގެ ތެރެއިން ސަރުކާރުގެ ފަރާތުން ރަހީނުކުރައްވާފައި. އެއީ ޤާނޫނީ ބަންދެއް ނޫން. އެމަނިކުފާނު އެ ހުންނެވީ ސަރުކާރުގެ ފަރާތުން ރަހީނުކުރައްވާފައި" ޝާހިދު ވިދާޅުވި އެވެ.

އުވިގެން ދިޔަ ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ޝާހިދު ބެލެހެއްޓެވިއިރު، އޭރު އޮތް ސަރުކާރުން މަޖިލީހުގެ މެމްބަރުން ހައްޔަރު ކުރެއްވި ކަމަށާއި ނަމަވެސް، އެގޮތުން މިހާރުގެ ރައީސް އަބްދުﷲ ޔާމީން އާއި ގާސިމް އިބްރާހިމް ވެސް ހައްޔަރުކުރި ކަމަށެވެ. ނަމަވެސް އެ ފަހަރު މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދިޔައީ އެ ދެ މަންބަރުން ހާޒިރުކޮށްގެން ކަމަށާއި މިފަހަރު ވެސް އެގޮތަށް މަޖިލީހުގެ ރައީސް އަމަލުކުރައްވަން ޖެހޭނެ ކަމަށް ޝާހިދު ވިދާޅުވި އެވެ.

އެ ނޫން ގޮތަކަށް ވާނަމަ މިކަން ވެގެން ދާނީ ސަރުކާރުން ކުޅޭ ކުޅިގަނޑަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ ފެނިގެންދާ މަންޒަރަކި ސަރުކާރަށް އެއްވެސް ކަމެއް ހަޒަމް ނުކުރެވިގެން އުޅޭ މަންޒަރުކަމަށެވެ. އަދި ސަރުކާރުގެ އިތުބާރު ގެއްލިގެންދަ މިންވަރު ވަރަށް ސާފުކޮށް ފެނިގެންދާކަމަށާއި، ސަރުކާރުގެ ފަރާތުން މެމްބަރަކު އިދިކޮޅު ފަރާތްތަކާއި ގުޅޭ ކޮންމެ ފަހަރަކު، އިދިކޮޅު މެމްބަރަކު ހައްޔަރުކުރަމުންގެންދާ ކަމަށެވެ.

ޝާހިދު ވިދާޅުވީ އިތުރު މެމްބަރުތަކެއް ހައްޔަރުކުރުމަށް ސަރުކާރުން މަސައްކަތްކުރާނެކަމަށް ޤަބޫލުކުރައްވާ ކަމަށެވެ. އަދި މެމްބަރުންތަކަށް ނުރައްކާތައް ކުރިމަތިކުރާނެކަމަށް ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށްދެން އޮންނާނީ ވަރަށް ކުޑަ ވަގުތުކޮޅަކަށް ކަމަށެވެ. އަދި މެމްބަރުތަކަށް ބިރެއްދެކި ނަމަވެސް ހަށިފޮޅާލާ މެމްބަރުންތައް ނިކުންނަ މަންޒަރު ފެނިގެންދަކަމަށް ޝާހިދު ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ ބުރާސްފަތި ދުވަހުގެ ރޭ އިރާކޮޅުގެ ވަގުތެއްގައެވެ. އަދި ޤާސިމްގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ހުކުރު ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައިވާއިރު، ކޯޓުން ވަނީ ޤާސިމްގެ މައްޗަށް ތުހުމަތުކުރޭ މައްސަލަތަކާއި ގުޅޭގޮތުން ހެކި ހޯދުމަށް 6 ދުވަހުގެ ބަންދުގެ މުއްދަތެއްޖަހައިފަ އެވެ.

އިތުރަށް ކިޔާލަން

18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
12 ޖެނުއަރީ 2017

ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު

12 ޖެނުއަރީ 2017
ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު
07 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ

07 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް