Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފޭދޫ ފިނޮޅު

ޗައިނާ ކުންފުނިން ފޭދޫ ފިނޮޅުގައި ރިސޯޓު ހެދުމުގެ މަސައްކަތް ފަށައިފި

ރިސޯޓު ހެދުމުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 27 ޑިސެމްބަރު 2017 | ބުދަ 03:25
ފޭދޫ ފިނޮޅު، ރިސޯޓެއްގެ ގޮތުގައި ތަރައްގީ ނުކުރުމަށާއި ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ބޭއްވުމަށް އެތައް ފަރާތަކުން ގޮވާލި

ފޭދޫ ފިނޮޅު، ރިސޯޓެއްގެ ގޮތުގައި ތަރައްގީ ނުކުރުމަށާއި ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ބޭއްވުމަށް އެތައް ފަރާތަކުން ގޮވާލި

ފުލުހުންގެ ބޭނުންތަކަށް ކުރިން ބޭނުންކުރަމުން ދިޔަ ކ. ފޭދޫ ފިނޮޅު ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

ފޭދޫ ފިނޮޅު ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ އަންގާރަ ދުވަހު އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަރީފު އެވެ.

ހުޅުވާލެވިފައިވާ ވާދަވެރި ނީލަމަކާއި ނުލައި، ސަރުކާރުން ފޭދޫ ފިނޮޅު ދީފައިވަނީ ޕާލް އެޓޯލް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކުންނެެވެ. އެ ރަށް ވިއްކާލާފައިވަނީ ގާތްގަނޑަކަށް ހަތަރު މިލިއަން ޑޮލަރު (61 މިލިއަން ރުފިޔާ) އަށެވެ.

ޕާލް އެޓޯލް ކުންފުންޏަކީ ޗައިނާގެ 'ޝެންޒެން ސުންޕެން އިންވެސްޓްމެންޓް' ނަމަކަށް ކިޔާ ކުންފުންޏަކާއި ހޮންކޮންގެ 'މިރީޗް އިންވެސްޓްމެންޓް' ނަމަކަށް ކިޔާ ކުންފުންޏެއްގެ އިތުރުން އައްޑޫ ވިޔަފާރިވެރިޔަކު ހިއްސާވާ ކުންފުންޏެކެވެ. ކުންފުނީގެ މައި ހިއްސާދާރަކީ ޗައިނާގެ ކުންފުންޏެވެ.

ފުލުހުންގެ ވެލްފެއާ ކުންފުނިން ބަލަހައްޓަމުންދިޔަ، 4.1 ހެކްޓަރުގެ ފޭދޫ ފިނޮޅު އެ ކުންފުންޏަށް ވިއްކާލާފައިވަނީ 50 އަހަރުގެ މުއްދަތަކަށެވެ. އަދި އެ މުއްދަތު 99 އަހަރަށް އިތުރު ވެސް ކުރެވޭނެ އެވެ.

ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެފައިވާ ގޮތުގައި އެ ރަށް ވިއްކާލާފައިވަނީ، ފުލުހުންގެ ވެލްފެއާ ކުންފުންޏަށް 50 އަހަރުގެ ތެރޭގައި 80 މިލިއަނެއްހާ ޑޮލަރު ވަންނަ ގޮތަށެވެ.

ބީލަމަކާ ނުލައި ރިސޯޓް ތަރައްގީ ކުރުމަށް ދޫކުރާ ރަށްތަކުގެ ލިސްޓު 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އިއުލާނުކުރުމާއެކު ފޭދޫ ފިނޮޅު ވިއްކާނުލުމަށް ރައީސް މައުމޫން އަބްދުލްގައްޔޫމާއި އެމްޑީޕީއާއި ބައެއް އަމިއްލަ ޖަމިއްޔާތަކުން ގޮވާލާފައި ވެއެވެ. މި ފަރާތްތަކުން ސަރުކާރަށް ގޮވާލާފައިވަނީ، ޕިކްނިކް އައިލެންޑެއްގެ ގޮތުގައި އެ ރަށް ބޭއްވުމަށެވެ.

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2017

ޗައިނާގެ އެސިސްޓެންޓް ފޮރިން މިނިސްޓަރ ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

19 ފެބުރުއަރީ 2017
ޗައިނާގެ އެސިސްޓެންޓް ފޮރިން މިނިސްޓަރ ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި
19 ފެބުރުއަރީ 2017

ދިވެހި ފޮރިން މިނިސްޓްރީ އާއި ޗައިނާގެ ފޮރިން މިނިސްޓްރީއާ ދެމެދު މަޝްވަރާ ބައްދަލުވުން ބާއްވައިފި

19 ފެބުރުއަރީ 2017
ދިވެހި ފޮރިން މިނިސްޓްރީ އާއި ޗައިނާގެ ފޮރިން މިނިސްޓްރީއާ ދެމެދު މަޝްވަރާ ބައްދަލުވުން ބާއްވައިފި
09 ފެބުރުއަރީ 2017

އޮޅުވެލި ރިސޯޓުގެ ވޯޓާވިލާއަކުން ވެއްޓި ޓޫރިސްޓަކު މަރުވެއްޖެ

09 ފެބުރުއަރީ 2017
 އޮޅުވެލި ރިސޯޓުގެ ވޯޓާވިލާއަކުން ވެއްޓި ޓޫރިސްޓަކު މަރުވެއްޖެ
26 ޖެނުއަރީ 2017

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017
މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް
23 ޖެނުއަރީ 2017

ރީތިރަށް ރިސޯޓުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިމިއްޖެ

23 ޖެނުއަރީ 2017
ރީތިރަށް ރިސޯޓުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިމިއްޖެ
21 ޖެނުއަރީ 2017

ރިސޯޓުގައި މަރުވި މީހާގެ މަރުގެ ތަހުގީގަށް ބްލަޑް ސާންޕަލް ނަގައިފި

21 ޖެނުއަރީ 2017
ރިސޯޓުގައި މަރުވި މީހާގެ މަރުގެ ތަހުގީގަށް ބްލަޑް ސާންޕަލް ނަގައިފި
10 ޖެނުއަރީ 2017

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު