Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަބްދުއްރަހީމް

މުސްލިމުން އުޅޭ ތަނެއްގައި އެމްޑީޕީގެ ފިކުރު ގެންގުޅެން ހެޔޮ ނުވާނެ: އަބްދުއްރަހީމް

26 ޑިސެމްބަރު 2017 | އަންގާރަ 07:47

އެމްޑީޕީގެ ފިކުރު ތުޅާދޫ އިން ފޮހެލާނަން، ޕީޕީއެމްގެ ހަރަކާތްތައް ވަރުގަދަ ކުރާނަން

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 26 ޑިސެމްބަރު 2017 | އަންގާރަ 07:47
ޕީޕީއެމްގެ ނާއިބު ރައީސް އަބްދުއްރަހީމް އަބްދުﷲ

ޕީޕީއެމްގެ ނާއިބު ރައީސް އަބްދުއްރަހީމް އަބްދުﷲ

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ފިކުރަކީ މުސްލިމުން ދިރިއުޅޭ ތަނެއްގައި ގެންގުޅެން ހެޔޮ ނުވާނެ ފިކުރެއް ކަމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ނާއިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ތުޅާދޫގައި ސަރުކާރުން ކުރިއަށް ގެންދިޔަ ބައެއް މަޝްރޫއުތައް ރަސްމީކޮށް ފެށުމަށް އަންގާރަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވި ގޮތުގައި އެމްޑީޕީގެ ފިކުރަކީ މުސްލިމުން ދިރިއުޅޭ ތަނެއްގައި އެމްޑީޕީގެ ފިކުރު ގެންގުޅެން "ހެޔޮ ނުވާނެ" އެވެ. އޭނާ ވިދާޅުވި ގޮތުގައި ތަރައްގީ އާއި އެކުވެރިކަން ގާއިމްކުރުމަށް ރާއްޖޭގައި ޖާގަދޭން ވާނީ ހަމައެކަނި ޕީޕީއެމްގެ ފިކުރަށެވެ.

Advertisement - newsAdvertisement

"އެމްޑީޕީއަކީ ރަށެއްގައި އެއްގޮތަކަށް ވެސް ގެންގުޅެން ހެޔޮވާވަރުގެ ފިކުރެއް ނޫނޭ، މުސްލިމުން ދިރިއުޅޭ ތަނެއްގައި އެމްޑީޕީގެ ފިކުރު ގެންގުޅެން ހެޔޮ ނުވާނެޔޭ، ތަރައްގީ ބޭނުންވާ ތަނެއްގައި އެމްޑީޕީގެ ފިކުރަކަށް ޖާގަދީގެން ނުވާނެޔޭ، އެކުވެރިކަން ބޭނުންވާ ތަނަކަށް އެމްޑީޕީގެ ފިކުރު އެއްގޮތަކަށް ވެސް އަޔަދީގެން ނުވާނެޔޭ، އެކުވެރިކަމާއި އެއްބައިވަންތަކަން ގާއިމްކުރަން ބޭނުންވާ ތަނަކަށް އެމްޑީޕީގެ ފިކުރު ފެތުރުނަ ދީގެން ނުވާނެޔޭ، އެކަންކަމަށް ޖާގަދޭން ވާނީ މި ރާއްޖޭގައި ހަމައެކަނި ޕީޕީއެމްގެ ފިކުރަށޭ،" އޭނާ ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ ތުޅާދޫއަކީ ވަރަށް ގިނަ އަދަދެއްގެ އެމްޑީޕީގެ ސަޕޯޓަރުން ދިރިއުޅޭ ރަށެއް ކަމަށް މައުލޫމާތު ލިބޭ ކަމަށެވެ. އެކަން ފާހަގަކުރައްވައި އޭނާ ވަނީ އެރަށުން އެމްޑީޕީ ފޮހެލަން މަސައްކަތް ކުރަން ފެށުމަށް ރައްޔިތުންނަށް ގޮވާލައްވާފައެވެ.

މީގެ އިތުރުން، އަބްރުއްރަހީމް ވިދާޅުވީ ތުޅާދޫގައި އެހާ ބޮޑަށް ޕީޕީއެމްގެ ހަރަކާތްތައް މިހާރު ކުރިއަށް ނުދިޔަ ކަމުގައިވީ ނަމަވެސް، ކުރިއަށް އޮތް ތަނުގައި ޕީޕީއެމްގެ ބޮޑު ޖަގަހައެއް ހުޅުވައި، ބ. އަތޮޅުގައި ޕީޕީއެމްގެ އެންމެ ވަރުގަދަ ރަށަކަށް ތުޅާދޫ ހެދުމަށް ރައީސް އަބްދުﷲ ޔާމީނާ އެކު މަޝްވަރާ ކުރެއްވުމަށް ފަހު ނިންމާފައިވާ ކަމަށެވެ.

އަބްދުއްރަހީމް ވަނީ، އުންމީދުތަކުގައި ކުލަޖައްސަން ބޭނުންވާ ކަމަށްވާ ނަމަ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ތުޅާދޫ އިން 75 އިންސައްތައަށް ވުރެ ބޮޑު އަޣްލަބިއްޔަތެއް ހޯދައިދިނުމަށް ގޮވާލައްވާފައެވެ.

އޭނާ ވިދާޅުވި ގޮތުގައި، ރައީސް ޔާމީންގެ ސަރުކާރުން ދަނީ ވަކި ސިޔާސީ ޕާޓީއަކަށް ތަފާތު ކުރުމެއް ނެތި ރާއްޖޭގެ ރަށްރަށް ތަރައްގީ ކުރަމުންނެވެ. ތުޅާދޫއަކީ އެކަމުގެ މިސާލެއް ކަމުގައި ފާހަގަކުރައްވަމުން އޭނާ ވިދާޅުވި ގޮތުގައި، ތުޅާދޫ ރައްޔިތުން އެކަމަށް ހެކިވާނެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު
01 ފެބުރުއަރީ 2017

ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

01 ފެބުރުއަރީ 2017
ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި
01 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި

01 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި
26 ޖެނުއަރީ 2017

އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ

26 ޖެނުއަރީ 2017
އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ
21 ޖެނުއަރީ 2017

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

21 ޖެނުއަރީ 2017
ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް
16 ޖެނުއަރީ 2017

ރީނދޫ ހުން އުޅޭ ޤައުމުތަކަށް ދަތުރު ކުރުމުގައި ސަމާލުވުމަށް އަންގައިފި

16 ޖެނުއަރީ 2017
ރީނދޫ ހުން އުޅޭ ޤައުމުތަކަށް ދަތުރު ކުރުމުގައި ސަމާލުވުމަށް އަންގައިފި
15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
13 ޖެނުއަރީ 2017

ހުވަދޫ ކަނޑުން ސަބްރިންއެއް ފެނިގެން އުޅޭ ކަމަށް ބުނެ ފަތުރާ ޚަބަރަކީ ދޮގެއް: އެންއެންޑީއެފް

13 ޖެނުއަރީ 2017
ހުވަދޫ ކަނޑުން ސަބްރިންއެއް ފެނިގެން އުޅޭ ކަމަށް ބުނެ ފަތުރާ ޚަބަރަކީ ދޮގެއް: އެންއެންޑީއެފް
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
11 ޖެނުއަރީ 2017

ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް

11 ޖެނުއަރީ 2017
ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް