Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުއާޕްލާ މާނަސް

އަޖޭގެ އެންމެ ފުރަތަމަ މަރާތީ ފިލްމަކީ "އާޕްލާ މާނަސް"

ފިލްމު ރިލީޒްކުރާނީ އަންނަ ފެބްރުއަރީ މަހުގެ 9 ގައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 25 ޑިސެމްބަރު 2017 | ހޯމަ 05:59
އަޖޭ ދޭވްގަން

އަޖޭ ދޭވްގަން

އަޖޭގެ އެންމެ ފުރަތަމަ މަރާތީ ފިލްމަކީ "އާޕްލާ މާނަސް" ކަމަށް އޭނާ ބުނެފިއެވެ.

އާދީއްތަ ދުވަހު އަޖޭ ކުރި ޓްވީޓެއްގައި ވީޑިއޯއެއް އާންމުކުރަމުން ބުނެފައި ވަނީ އޭނާގެ އެންމެ ފުރަތަމަ މަރާތީ ފިލްމަކީ "އާޕްލާ މާނަސް" ކަމަށެވެ. އަދި އެ ފިލްމު ރިލީޒްކުރާނީ އަންނަ ފެބްރުއަރީ މަހުގެ 9 ގައި ކަމަށް އަޖޭ ޓްވީޓްކޮށްފައިވާ ވީޑިއޯގައި ވަނީ ބުނެފައެވެ. އަޖޭގެ މި ޓްވީޓްގައި ވަނީ މަރާތީ ފިލްމު ޑައިރެކްޓަރ ސަތިޝް ރަޖުވާޑޭ ވެސް ޓެގް ކޮށްފައެވެ.

އެ ވީޑިއޯގައި އަޖޭ ބުނެފައި ވަނީ އޭނާގެ ފިލްމީ ހަޔާތުގައި ވީ 25 އަހަރުގައި އޭނާ އެތަކެއް އާ ފިލްމުތަކެއް ހަދާފައިވާ ކަމަށެވެ. އޭނާ އާއި އޯޑިއެންސްއާ އެކު އޮތް ގުޅުން ހީނަރުވެފައި ނުވާ ކަމަށާއި އޭނާއަށް އޯޑިއެންސްގެ ލޯބި ލިބިފައިވާ ކަމަށެވެ. އޭނާ މަރާތީ ފިލްމެއް ހެދުމަށް އަބަދު ވެސް ޝައުގުވެރިވާ ކަމަށާއި ކުޑައިރުއްސުރެ މަރާތީ ބަހަކީ ވަރަށް ކަމުދާ ބަހެއް ކަމަށް އަޖޭ ބުންޏެވެ. އަދި ކާޖޮލްއާ ކައިވެނި ކުރުމުން މަރާތީ ބަހަށާއި ސަގާފަތަށް އޮތް ލޯބި އިތުރުވެގެން ދިޔަ ކަމަށް އަޖޭ ބުންޏެވެ. އަޖޭ ބުނީ މިއީ ވަރަށް ގިނަ ދުވަހު އޭނާ އިންތިޒާރުކުރަމުން އައި ފިލްމެއް ކަމަށެވެ. މި ފިލްމުގެ ލީޑު ރޯލުން ފެނިގެންދާނީ ނާނާ ޕަޓެކަރް، ސުމީރު ރަގާވަން، އިރަވަތީ ހާޝީ އެވެ.

އާޕްލާ މާނަސްގެ ޝޫޓިން މިހާރު ވަނީ ފަށާފައެވެ.

އަޖޭގެ އެންމެ ފަހު ޕްރޮޑަކްޝަނަކީ ހިންދީ ފިލްމު "ޝިވާއީ" އެވެ. އަޖޭ ވެސް ލީޑު ރޯލުން ފެނިގެންދާ މި ފިލްމު ނިކުމެފައި ވަނީ 2016 ވަނަ އަހަރުގައެވެ. އެ ފިލްމަށް ވަނީ ނެޝަނަލް ފިލްމު އެވޯޑް ފޯ ބެސްޓް ސްޕެޝަލް އެފެކްޓްސްގެ އެވޯޑް ލިބިފައެވެ.

އިތުރަށް ކިޔާލަން

14 މާރިޗު 2017

ސްރީދޭވީ އެނބުރި އައިސް ކުޅޭ ދެ ވަނަ ފިލްމުގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފި

14 މާރިޗު 2017
ސްރީދޭވީ އެނބުރި އައިސް ކުޅޭ ދެ ވަނަ ފިލްމުގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފި
11 މާރިޗު 2017

"ބަދްރީނާތްކީ ދުލްހަނިޔާ" އަށް ފުރަތަމަ ދުވަހު ވެސް ބޮޑު ކާމިޔާބީއެއް

11 މާރިޗު 2017
"ބަދްރީނާތްކީ ދުލްހަނިޔާ" އަށް ފުރަތަމަ ދުވަހު ވެސް ބޮޑު ކާމިޔާބީއެއް
05 މާރިޗު 2017

"ކޮމާންޑޯ 2" އަށް ފުރަތަމަ ދުވަހު ވެސް ބޮޑު ކާމިޔާބީއެއް!

05 މާރިޗު 2017
"ކޮމާންޑޯ 2" އަށް ފުރަތަމަ ދުވަހު ވެސް ބޮޑު ކާމިޔާބީއެއް!
01 މާރިޗު 2017

ސައިފް އަލީ ޚާންގެ "ޝެފް"ގެ ފުރަތަމަ ޕޯސްޓަރު އާއްމުކޮށްފި

01 މާރިޗު 2017
ސައިފް އަލީ ޚާންގެ "ޝެފް"ގެ ފުރަތަމަ ޕޯސްޓަރު އާއްމުކޮށްފި
23 ފެބުރުއަރީ 2017

ސަލްމާން ހާންގެ "ޓިޔުބްލައިޓް" ފުރަތަމަ ޓްރައިލާ އެޕްރީލް މަހު

23 ފެބުރުއަރީ 2017
ސަލްމާން ހާންގެ "ޓިޔުބްލައިޓް"  ފުރަތަމަ ޓްރައިލާ އެޕްރީލް މަހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު