Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޅ. ހިންނަވަރު

ހިންނަވަރުގެ ފެނުގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައި ދެއްވައިފި

25 ޑިސެމްބަރު 2017 | ހޯމަ 10:45

ޔޫއެސްއެއިޑްއިން ހިންނަވަރުގައި ހިންގި މަޝްރޫއެއް

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 25 ޑިސެމްބަރު 2017 | ހޯމަ 10:45
ރައީސް ޔާމީން ރަށަކަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިން

ރައީސް ޔާމީން ރަށަކަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިން

ޅ. ހިންނަވަރުގައި ގާއިމްކޮށްފައިވާ ރައްކާތެރި ބޯފެނުގެ ނިޒާމުގެ ޚިދުމަތް ރައީސް އަބްދުﷲ ޔާމީން ރަސްމީކޮށް ފައްޓަވައި ދެއްވައިިފި އެވެ.

ހިންނަވަރުގެ ފެނުގެ ނިޒާމު ފައްޓަވައި ދެއްވީ، ބައެއް ރަށްރަށަށް ރައީސް ޔާމީން ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހޯމަ ދުވަހުގެ ހެނދުނު ހިންނަވަރަށް ވަޑައިގެން އެރަށުގައި ބޭއްވި ހަފްލާއެއްގައެވެ.

Advertisement - newsAdvertisement

ހިންނަވަރުގެ ފެނުގެ ޚިދުމަތަކީ ޔުނައިޓެޑް ސްޓޭޓްސް އެޖެންސީ ފޯ އިންޓަނޭޝަނަލް ޑެވެލޮޕްމަންޓް (ޔޫއެސްއެއިޑް)ގެ ދަށުން، އެމެރިކާ ސަރުކާރުގެ ހިލޭ އެހީގައި ހިންގި މަޝްރޫއެކެވެ.

މިއީ 3.8 މިލިއަން ޑޮލަރު(ގާތްގަނޑަކަށް 58.6 މިލިއަން ރުފިޔާ) ގެ މަޝްރޫއެކެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ 2015 ވަނަ އަހަރުގެ ޑިސެމްބަރުގަ އެވެ. އަދި މަސައްކަތް ނިންމާލާފައިވަނީ މިއަހަރުގެ މެއި މަހުގެ ތެރޭގައެވެ. ނަމަވެސް މި މަޝްރޫއުގެ އެހީ ހޯދައި، މަޝްރޫއު އިއުލާންކޮށްފައި ވަނީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރު އެވެ.

މި ނިޒާމުގެ ދަށުން ބަހައްޓާފައިވާ ޑީސެލިނޭޝަން ޕްލާންޓް މެދުވެރިކޮށް ދުވާލަކު 80 ކޮޑި މީޓަރުގެ ފެން އުފައްދައެވެ. މި ނިޒާމުގެ ދަށުން ވާރޭ ފެން ރައްކާކުރުމަށްފަހު، އެފެނާ މީރުކޮށްފައިވާ ލޮނު ފެން އެއްކޮށްގެން، ފެނުގެ ނެޓްވޯކެއްގެ ތެރެއިން 700 ގޭބީސީއަށް ފެން ފޯރުކޮށްދޭނެ އެވެ.

އެ ނިޒާމުގައި ދުވާލަކު 80 ކިއުބިކް މީޓަރުގެ ފެން އުފެއްދޭ "ރިވާސް އޮސްމޯސިސް ޔުނިޓެއް" ހިމެނެ އެވެ. މި ޔުނިޓް ބެހެއްޓިފައިވާ އިމާރާތުގެ ހަކަތައިގެ ކަންކަމުގެ އެއްބައި ހަމަޖައްސަނީ އިރުގެ ހަކަތަ ބޭނުން ކޮށްގެންނެވެ. މީގެ އިތުރުން، ގްރައުންޑްވޯޓާ އިންފިލްޓްރޭޝަން ނިޒާމެއްގެ އެހީގައި ރައްކާނުކުރެވޭ ވާރޭ ފެން ރަށުގެ ފެން ފަށަލައަށް ފޮނުވާލެވި، މިކަމުގެ ސަބަބުން ފެން ފަށަލަ އިޔާދަވެ އެވެ.

މިފެސިލިޓީގައި ގާއިމް ކުރެވިފައިވާ ފެނުގެ ކޮލިޓީ ބަލާ ލެބޯޓަރީގެ އެހީގައި ހިންނަވަރުގެ އިތުރުން އެ ސަރަހައްދުގެ އެހެން ރަށްރަށަށް ބޭނުންވާ ފެނުގެ ކޮލިޓީ ދެނެގަތުމުގެ މަސައްކަތް ކުރެވޭނެ އެވެ. ޔޫއެސްއެއިޑުން ވަނީ މި ނިޒާމް ބެލެހެއްޓުމަށްޓަކައި، އެ މަސައްކަތުގައި އުޅޭ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މުއައްޒަފުން ތަމްރީން ކުރުމަށްޓަކައި ފަންނީ އެހީތެރިކަންވެސް ފޯރުކޮށްދީފަ އެވެ.

އާދިއްތަ ދުވަހު ހެނދުނު ބައެއް ރަށްރަށަށް ރައީސް ޔާމީން ފެއްޓެވި ތިން ދުވަހުގެ މިދަތުރުފުޅުގައި އާދިއްތަ ދުވަހު ވަނީ ނ. އަތޮޅު މާޅެންދޫއަށާއި، ހެނބަދޫއަށާއި، ހޮޅުދޫ އަދި ވެލިދޫއަށް ޒިޔާރާތް ކުރައްވާފައެވެ. މާޅެންދޫއަށް ވަޑައިގެން އެރަށު ބަނދަރާއި އެރަށު މިސްކިތް ހުޅުއްވައިދެއްވައި ހެނބަދޫގެ ނަރުދަމާ ނިޒާމުގެ ޢަމަލީ މަސައްކަތް ފަށްޓަވައިދެއްވައި، ހޮޅުދޫ އަދި ވެލިދޫގެ ބަނދަރު ވެސް ވަނީ ހުޅުއްވައިދެއްވާފައެވެ.

ރައީސް ޔާމީނުގެ މި ދަތުރުފުޅުގައި، ހޯމަ ދުވަހާއި އަންގާރަ ދުވަހު ވަޑައިގަތުމަށް ހަމަޖެހިފައިވާ ރަށްތަކުގައި ވެސް ސަރުކާރުން ކުރިއަށް ގެންދަވާ ބައެއް މަޝްރޫޢުތައް ފައްޓަވައި ދެއްވުމާއެކު، ބައެއް މަޝްރޫޢުތަކުގެ ނިންމުން ފާހަގަ ކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

27 ފެބުރުއަރީ 2017

އާ ރަންވޭގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި

27 ފެބުރުއަރީ 2017
އާ ރަންވޭގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި
25 ފެބުރުއަރީ 2017

ހިންނަވަރުގެ ބޮޑު ސަރަހައްދެއް އަނދިރީގައި

25 ފެބުރުއަރީ 2017
ހިންނަވަރުގެ ބޮޑު ސަރަހައްދެއް އަނދިރީގައި
15 ފެބުރުއަރީ 2017

ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ

15 ފެބުރުއަރީ 2017
ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ
04 ފެބުރުއަރީ 2017

ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް

04 ފެބުރުއަރީ 2017
ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް
31 ޖެނުއަރީ 2017

ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

31 ޖެނުއަރީ 2017
ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި
31 ޖެނުއަރީ 2017

ކަނޑުއަޑީގެ ބޮޑު ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރަސްމީކޮށް ހުޅުވައިފި

31 ޖެނުއަރީ 2017
ކަނޑުއަޑީގެ ބޮޑު ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރަސްމީކޮށް ހުޅުވައިފި
23 ޖެނުއަރީ 2017

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް
22 ޖެނުއަރީ 2017

ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް

22 ޖެނުއަރީ 2017
ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް
10 ޖެނުއަރީ 2017

ޗެއާޕާސަން ކަމަށް ހަސަން ލަތީފް ދޮރުން ދޮރަށް ކެމްޕޭން ފައްޓަވައިފި

10 ޖެނުއަރީ 2017
ޗެއާޕާސަން ކަމަށް ހަސަން ލަތީފް ދޮރުން ދޮރަށް ކެމްޕޭން ފައްޓަވައިފި
07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް