Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވާހަކަަ
އާކުއްޖެކޭ ދަސްވީފަހުން

އާކުއްޖެކޭ ދަސްވީ ފަހުން - ލޯގަނޑު

ހުސެން ފިޔާޒް
ހުސެން ފިޔާޒް, ރާއްޖެ އެމްވީ | 6 ޖެނުއަރީ 2018 | ހޮނިހިރު 12:26
ވާހަކައިގެ ތީމް ފޮޓޯ

ވާހަކައިގެ ތީމް ފޮޓޯ

(ޑިސެމްބަރު 2، 2017 އާ ގުޅޭ)

ޖެހިގެން އައިދުވަހެވެ. އައިޝާ ފާާޚާނާއަށް ވަދެ މެޑިސިން ކެބިނެޓް ހުޅުވާލިއެވެ. އޭނާގެ ލޮލުގައި އަޅައިގަތީ އޭޭގެ ތެރޭގައި ހުރި ނިދާބޭސް ފުޅިއެކެވެ.

"ގުޅައެއް ދެގުޅައެއް ކެޔަސް ހިޔެއްނުވޭ ގެއްލުމެއް ވާނެހެންނެއް." އަމިއްލަ ނަފުސަށް އައިޝާ ބުންޏެވެ.

ފުޅީގެ މަތިގަނޑަށް އަނބުރާލައި މަތި ނެގިއެވެ. ހަމަ އެއާއިއެކު 2 ގުޅަ ބޭސްވެސް ނެގިއެވެ. ދޫމަތީގައި ދެގުޅަ ބޭސް ބާއްވަމުން ލޯ މަރާލިއެވެ.

"އައިޝާ." ކޮންމެވެސް ދިމާއަކުން އައިޝާއަށް ގޮވާލި އަޑު އިވުނެވެ.

އައިޝާ އަށް ތެޅިގަނެވުނެވެ. މަރާލައިގެން ހުރި ދެލޯ ހުޅުވިއެވެ. ފަރުވާތެރިކަމާއިއެކު ފާޚާނާ ތެރެއަށް ބަލައިލިއެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ.

"އަނެއްކާ މަށަށް މިވަނީ ކީއްބާ؟"

"އައިޝް." ގަޑިއެއްގެ އެލާމު އަޑުހެން އައިޝާގެ ބޮލު ތެރޭގައި އެ އަޑު ގުގުމަމުން ދިޔައެވެ. އެ އަޑަށް އައިޝާ އިޖާބަ ދޭކަށް ބޭނުމެއް ނުވިއެވެ. ނަމަވެސް ބާރަށް ތެޅެމުން ދިޔަ އޭނާގެ ހިތް އެގޮތަށް އެއްބަހެއް ނުވިއެވެ. އެ އަޑާއިމެދު ނުވިސްނާ ހުންނާކަށް ބޭނުމެއް ނުވިއެވެ.

ފާޚާނާގެ ދޮރަށް ބަލައިލިއެވެ. ދޮރު ހުރީ ތަޅުލާފައެވެ. ވަރަށް މަޑުމަޑުން ނޭވާއެއް ލި އެވެ. އިސްކުރު ދޫކޮށްލަމުން ދެ އަތްތިލަ ދޮވެލިއެވެ.

ކޮންމެވެސް ހިސާބަކުން، ގުގުމަމުން އިވޭގޮތަށް ދޮރުގައި ޓަކި ޖަހާ އަޑު އިވުނެވެ. ހީވަނީ 'އެކޯ ހައިކޮށް' ދީފައިވާ މައިކެއްގެ ކައިރީގައި ހުރެ މީހަކު ބެރުޖަހަމުން ދިޔަހެންނެވެ.

މެޑިސިން ކެބިނެޓްގެ ދޮރުފަތް ލައްޕާލިއެވެ. އައިޝާ ހުރީ ނޭވައެއްވެސް ލާން ނުކެރިފަ އެވެ. ނޭވާ ހިފަހައްޓާލައިގެން ހުއްޓާ ފެނުނީ އޭނާގެ ފުރަގަހުގައި ކުޑަކުޑަ އަންހެން ކުއްޖެއް ހުއްޓައެވެ. އެ އަންހެން ކުއްޖާގެ ދެ ކޮނޑު ވަނީ އުފުލިފައެވެ. އެކުއްޖާ ބަލަހައްޓައިގެން ހުރީ ހަމަ ސީދާ އައިޝާ އަށެވެ. އެކުއްޖާގެ މުޅި މޫނުގައި ކަޅުކުލައިގެ ވަކިތަކެއް ދަމާފައި ހުއްޓެވެ. އައިޝާއަށް ހީވީ އޭނާގެ ހިތް ފަޅައިގެންގޮސް ކުދިކުދި ވެދާނެހެންނެވެ.

މަޑުމަޑުން އެ ކުއްޖާގެ އަތް އުފުލާލިއެވެ. އަތުން އިޝާރާތްކޮށްލީ ލޯގަނޑަށެވެ. އައިޝާ ނޭވައެއް ލެވޭތޯ މަސައްކަތްކުރިއެވެ. އެކަމެއްވެސް ނުވި އެވެ. ހިނދުކޮޅެއް ވާންދެން ހުރިހައި އެއްޗެއް ފެންނަމުން ދިޔައީ ފުސްކޮށެވެ. ކުރިމަތިން ފެންނަން ހުރި ހުރިހައި އެއްޗެއް ކުއްލިއަކަށް ފަނޑުވަމުން ފަނޑުވަމުންގޮސް ގެއްލިގެން ދިޔަތަން އައިޝާގެ ދެ ލޮލަށް ހަމަ ރަނގަޅަށްވެސް ފެނުނެވެ.

އެއީ ހުވަފެނަކަށް ވާނެ ނަމައޭ އައިޝާގެ ހިތަށް އެރިއެވެ. މިހާރު އައިޝާއަށް ހަމައެކަނި ފެންނަހާވެސް އެއްޗަކީ ލޯގަނޑާއި، އެ ލޯގަނޑުން ފެންނަން ހުރި ކުއްޖާއެވެ.

"އާރ ޔޫ އޯކޭ، އައިޝާ؟ ކިހިނެތްވެފަ ތި ހުރީ؟" އައިޝާގެ އަތުގައި މީހަކު ހިފިކަމުގެ އިޙްސާސެއް ކުރެވުނެވެ. ކައިރީގައި ހުއްޓާ ފެނުނީ ރިފްދާ އެވެ.

އައިޝާގެ މުޅި ގަޔަށް ފިނިވެގެން ދިޔައެވެ. ހަމަ އެވަގުތު ޙަޤީޤީ ޢާލަމަށް އޭނާއަށް އާދެވުނެވެ. އެކަމަކު އެވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ ލޯގަނޑުގައި ލިޔެވިފާއިވާ ދެ ބަހަށެވެ. 'އާދޭ އެތެރެއަށް' މި ދެބަހެވެ. އެ ދެބަސް ހަމަ ފެނުމާއިއެކު ކުއްލިއަކަށް ގެއްލިއްޖެއެވެ.

"މިއީ..." އެއްޗެކޭ ބުނުމަށް އައިޝާގެ އަނގަ ހުޅުވާލިއެވެ.

"ޔޫ އޯކޭތަ؟ ހާދަ އެހެން ފާޑަކަށޭ ތީނަ ތިހުރީވެސް!" ހައިރާންކަމާއެކު ރިފްދާ އެހިއެވެ.

"އަހަރެން ހުރީ އަހަރެންގެ ގޭގަ. ހަމަ ދެންމެގަ-" ލޯގަނޑަށް ބަލަން ހުރެފައި އައިޝާ ބުންޏެވެ.

"އޭތް ބަލަ އައިޝާ. މީކީ ތީނަގެ ގެއެއް ނޫނޭ. މިއީ އަހަރުމެންގެ ސްކޫލެއްނު. އަނެއްކާ އެވަރުވެސް ނޭނގޭވަރު ވެފަތަ ތިހުރީ؟"

"އާން"

"އޭނ... ކީކޭ؟"

"އެއްޗެކޭ ނޫން." ދެތިން ފަހަރަކު، ދެފަރާތަށް ބޯ ތަޅުވާލަމުން އައިޝާ ބުންޏެވެ.

"ރަޝާދު ސަރ ތީނަ އެބަ ހޯއްދަވާ. އެނައުންސްމެންޓްގެ އަޑެއްވެސް ނާހަންތަ؟" ރިފްދާ އެހެން ބުނެ ނުނިމިގެން އުޅެނިކޮށް ސްކޫލްގެ ސައުންޑް ސިސްޓަމް އިން އަނެއްކާވެސް އެ އެނައުންސްމެންޓް އަންނަން ފެށިއެވެ.

'ގްރޭޑް އިލަވަންގެ އައިޝާ ފާރޫޤް ވަރަށް އަވަހަށް ޕްރިންސިޕަލްގެ އޮފީހަށް ދިއުމަށް ޕްރިންސިޕަލް އެދިލައްވާ.'

ޔުނިފޯމުގެ ސްކަރޓް ޖީބަށް އައިޝާގެ އަތްޖަހާލަމުން ފާޚާނާއިން ނިކުމެއްޖެއެވެ. އެދިޔަގޮތަށް އޭނާ ދިޔައީ ޕްރިންސިޕަލްގެ އޮފީހަށެވެ. އޭރު ޕްރިންސިޕަލް އިންނަވާ ކެބިންގެ ދޮރު ހުރީ ހުޅުވާފައެވެ. ރަޝާދު ސަރ އިންނެވީ ފުލުހުންގެ އޮފިސަރަކާއި ވާހަކަ ދައްކަވާށެވެ.

"ޔާރައްބީ!" އޮފިސަރު ފެނުމުން އައިޝާ އަށް ލިބުނު ހައިރާންކަމާއެކު މަޑުމަޑުން ބުނެލެވުނެވެ.

"އައިޝާ، އާދޭ އެތެރެއަށް." ރަޝާދު ސަރ ބުނުއްވި އެވެ.

އައިޝާ ގޮސް ހުއްޓުނީ ޕްރިންސިޕަލް ރަޝާދު އިންނަވާ މޭޒުގެ އެއް ކޮޅުގައެވެ.

"އިށީންދޭ އައިޝާ." ކައިރީގައި ހުރި ގޮނޑިއަށް އިޝާރާތް ކުރައްވަމުން ޕްރިންސިޕަލް ރަޝާދު ބުނުއްވިއެވެ.

ގޮނޑި ދަމާލަމުން އޮފިސަރާއި ޖެހިގެން ހުރި ގޮނޑީގައި އައިޝާ އިށީންނިއެވެ.

"މިއީ އޮފިސަރ ޝާހީން. އީތަން ގެ ކޭސް އިންވެސްޓިގޭޓް ކުރައްވަނީ މި ބޭފުޅާ."

"އެހެންތޯ؟ އަޅުގަނޑު ކޮންކަމެއްތޯ ކޮށްދޭންވީ؟" ވަރަށް އަދަބުވެރިކަމާއި އެކު އައިޝާ އެހިއެވެ.

"އަޅުގަނޑުމެންނަށް ވިކްޓިމްގެ ފޯނު ފެނުނީ ވީރާނާ ވަމުންދާ ޕާރކް ކައިރިން." އޮފިސަރ ކުރިއަށް ޖެހިލަމުން ވާހަކަދެއްކިއެވެ.

"ބައްލަވާ، ތި ވިކްޓިމްގެވެސް ނަމެއް އޮވޭ ނޫންތޯ؟" ރުންކުރު ރާގެއްގައި އައިޝާ އަށް ބުނެލެވުނެވެ. އެހެން ބުނެވުމާއި އެކު އެކަމާ އޭނާ ދެރަވެސް ވިއެވެ. ހަމަޖެހިލެވޭތޯ މަސައްކަތް ކުރަމުން ގޮށްމުށް ކަވާލިއެވެ.

"ސޮރީ. އާނ އަޅުގަނޑު ދެންނެވީ އެ ފޯނު އަޅުގަނޑުމެން ޗެކް ކޮށްފިން. އޭނާ ކިޑްނެޕް ކުރުމުގެ ކުރިން އެއްމެ ފަހުން މިސް އައިޝާ އަށް ޓެކްސްޓް ކޮށްފަވަނީ ." އޮފިސަރު ބުންޏެވެ.

"އާދެ. ކޮންމެވެސް ކަމަކާ އަޅުގަނޑާ ވާހަކައެއް ދައްކަން އީތަން ބޭނުންވީ. އީތަން އެސްއެމްއެސް ކުރީ ބާ ޕާރކު ތެރޭގައި ބައްދަލު ކުރުމަށް ބުނެ."

"ދެން އޭނަ ދިޔަތޯ؟" އޮފިސަރ ޝާހީންގެ ދެ އަތް ޖޯޑުކޮށްލައި ދަތްދޮޅީގައި ވިދެލަމުން އެހި އެވެ.

"ނޫން. އޭނަގެ ޚަބަރެއް ނުވި."

"އޭނާ މިސް އައިޝާއަށް ގުޅަން މަސައްކަތް ކުރިތަ؟"

"ނޫން." އައިޝާ ތަންކޮޅެއް ބާރަށް ބުންޏެވެ.

"އޭނާ ތި ބޭފުޅާއާއި ބައްދަލުކުރަން ބޭނުންވި، ދެން އޭނާގެ ޚަބަރެއް ނުވި، އެވަރުންވެސް އޭނާއަށް ގުޅާފަ ނުވަތަ ޓެކްސްޓެއް ކޮށްލައިގެން ނަމަވެސް އޭނާއަށް ނާދެވުނީ ކީއްތޯ ބަލައެއް ނުލަންތޯ؟"

"ނުބަލަން."

"ތިޔަ ދެކުދިން ރައްޓެހިވެގެން އުޅުނުކަމަށް އަޅުގަނޑަށް އެބަ އަންދާޒާ ކުރެވޭ." އައިޝާގެ ޙަރަކާތްތައް ހުރިގޮތުން އެކަން ފާހަގަ ކުރެވިގެން އޮފިސަރ އެހިއެވެ.

"ތިޔަ ވިދާޅުވިގޮތަށް އަޅުގަނޑުމެން ކުރިން ރައްޓެހިވިން." އޮފިޝަރ ޝާހީންގެ ލޮލާއި ލޯ ދިމާކޮށްލަމުން އައިޝާ ބުންޏެވެ. "އެކަމަކު މިހާރު އަޅުގަނޑުމެން ރުޅިވިތާ ކިތަންމެ ދުވަހެއް ވެއްޖެ. އަޅުގަނޑަށް އެނގޭ މިންވަރަކުން އަޅުގަނޑު ބުނެދީފިން. ތިގޮތަށް ވަގުތުތައް ބޭކާރު ނުކުރައްވާ މާ ރަނގަޅުވާނެ އީތަން އާއި ޝިފާ ފެނޭތޯ މަސައްކަތް ކުރެއްވިއްޔާ." ކުއްލިއަކަށް އައިޝާ ތެދުވެ ކެބިން އިން ބޭރަށް ނިކުންނަން ހިނގައިގަތެވެ.

"އޭނަ ކޮންމެވެސް ކަމެއް އެބަ ފޮރުވާ." އައިޝާ ނިކުމެގެން ދިޔަތަން ބަލަން އިނދެފައި އޮފިސަރ ޝާހީން ބުންޏެވެ.

"ޔަޤީންތޯ؟" ޤަބޫލުކުރަން ދަތި ރާގަކަށް ޕްރިންސިޕަލް ރަޝާދު އެއްސެވިއެވެ.

"ހަމަ ވަރަށް ބޮޑަށްވެސް ޔަޤީން."

ނުނިމޭ

ކޮމެންޓް

އިތުރަށް ކިޔާލަން

  އާކުއްޖެކޭ ދަސްވީފަހުން: ސޫފިތަކެއް

އާކުއްޖެކޭ ދަސްވީފަހުން: ސޫފިތަކެއް

12 ނޮވެމްބަރު 2017
އާކުއްޖެކޭ ދަސްވީފަހުން: ވަގުތު ކުޑަތަންވެފައި

އާކުއްޖެކޭ ދަސްވީފަހުން: ވަގުތު ކުޑަތަންވެފައި

30 އޮކްޓޯބަރު 2017
އާކުއްޖެކޭ ދަސްވީފަހުން: އަނދިރިކަން

އާކުއްޖެކޭ ދަސްވީފަހުން: އަނދިރިކަން

20 އޮކްޓޯބަރު 2017
އާކުއްޖެކޭ ދަސްވީފަހުން: އިތުރު ސިއްރުތައް

އާކުއްޖެކޭ ދަސްވީފަހުން: އިތުރު ސިއްރުތައް

10 އޮކްޓޯބަރު 2017
 އާކުއްޖެކޭ ދަސްވީފަހުން: ހަމަޖެހުން

އާކުއްޖެކޭ ދަސްވީފަހުން: ހަމަޖެހުން

29 ސެޕްޓެމްބަރު 2017

އަހަރުތަކުން މިއަދު

16 އެޕްރީލު
އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް
20251 އަހަރު ކުރިން
ރިޕޯޓު

އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް
20233 އަހަރު ކުރިން
މީހުން

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު