Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ނަޝީދަށް ހަމަލާދިނުން

ރައީސް ނަޝީދަށް ދޭން އުޅުނު ހަމަލާ ރައީސް މައުމޫން ކުށްވެރި ކުރައްވައިފި

25 ޑިސެމްބަރު 2017 | ހޯމަ 05:04

ހަމަލާ ކުށްވެރިކުރިކަން ރައީސް މައުމޫން ހާމަކުރެއްވީ ކުރެއްވި ޓުވީޓެއްގައި

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 25 ޑިސެމްބަރު 2017 | ހޯމަ 05:04
އެމްޑީޕީގެ އިސްބޭފުޅުންނާއެކު ރައީސް ނަޝީދު ލަންކާގައި

އެމްޑީޕީގެ އިސްބޭފުޅުންނާއެކު ރައީސް ނަޝީދު ލަންކާގައި | ރާއްޖެއެމްވީ

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފުރާނަފުޅަށް ނުރައްކާވާފަދަ ހަމަލާއެއް ދިނުމަށް ބަޔަކު އުޅޭކަމުގެ ރިޕޯޓްތައް ލިބިފައިވާ ކަމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހާމަކޮށްފައިވާތީ އެކަމުގައި ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ރައީސް ނަޝީދާއެކު އިއްތިހާދުގައި މަސައްކަތް ކުރައްވަމުން އަންނަ ރައީސް މައުމޫން ކަންބޮޑުވުން ފާޅުކޮށް ކުރެއްވި ޓުވީޓްގައި ވިދާޅުވެފައިވަނީ ރައީސް މުހައްމަދު ނަޝީދު ލަންކާގައި ތިބި ދިވެހިންނާއި ބައްދަލު ކުރެއްވުމަށް ހަމަޖެއްސި ބައްދަލުވުން ކެންސަލްކޮށްފައި ވަނީ އެމަނިކުފާނުގެ ފުރާނަފުޅަށް ނުރައްކާވާ ފަދަ ހަމަލާއެއް ދިނުމަށް ބަޔަކު އުޅޭކަމުގެ ރިޕޯޓްތައް އެމަނިކުފާނަށް ލިބިފައިވުމުގައި ސަބަބުން ކަމަށާއި، އެއީ ވަރަށް ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ. އަދި އިސްލާހީ މަސައްކަތް ކުރައްވާ ބޭފުޅުން އެފަދަ ހުރިހާ ކަމެއް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށް ރައީސް މައުމޫން ވިދާޅުވެފައިވެއެވެ.

Advertisement - newsAdvertisement

ސްރީ ލަންކާގައި މިހާރު ހުންނެވި އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދުގެ ފުރާނަފުޅަށް ނުރައްކާ އެބައޮތްކަން ހާމަކޮށްފައި ވަނީ ރައީސް ނަޝީދުގެ ފަރާތުން ކުރީގެ ފޮރިން މިނިސްޓަރ އަހުމަދު ނަޝީމް އެވެ. ސްރީ ލަންކާގައި ދިރިއުޅޭ ދިވެހިން ރައީސް ނަޝީދާ ބައްދަލުކުރުމުގެ ފުރުޞަތު ފަހި ކުރުމަށް މި ޑިސެމްބަރ މަހުގެ 26 ވަނަ ދުވަހު ބާއްވަން ހަމަޖައްސާފައި އޮތް ހަރަކާތް ކެންސަލް ކުރިކަން ހާމަކުރައްވަމުން ހުކުރު ދުވަހުގެ ރޭ ނަސީމް ވިދާޅުވީ، އެ ހަރާކާތް ކެންސަލް ކުރީ، ހަރަކާތް އިޢުލާނު ކުރީއްސުރެ ލިބެމުން ދިޔަ އިންޒާރުތަކުގެ ސަބަބުން، ރައީސް ނަޝީދުގެ ފުރާނަފުޅަށް ނުރައްކާވާ ފަދަ ހަމަލާއެއް ދީފާނެކަމުގެ ބިރު އޮތުމުން ކަމަށެވެ.

ނަސީމް އިތުރަށް ވިދާޅުވީ މި ހަރަކާތް ކުރިއަށް ގެންދިއުމުގެ ސަބަބުން އެއްވެސް ވަރެއްގެ ހަމަނުޖެހުމެއް ހިނގައިފިނަމަ އެކަން ވެގެންދާނީ ސްރީލަންކާގެ ޤާނޫނުތަކާއި ޚިލާފަށް ދިވެހިން ހިންގާ ކުށްތަކަކަށް ކަމަށާއި، އެހެން ކަމުން އެފަދަ ހާލަތަކަށް ފުރުޞަތު ދެއްވަން ބޭނުންފުޅު ނުވާ ކަމަށެވެ. ނަސީމް ވިދާޅުވީ މި ހަރަކާތް މިވަގުތަށް ކެންސަލް ކުރި ނަމަވެސް، ދުނިޔޭގެ ކޮންމެ ތަނަކަށް ވަޑައިގަތް ނަމަވެސް، ރައީސް ނަޝީދު ކުރިއަށް އޮތް ތަނުގައިވެސް ދިވެހިންނާ ބައްދަލު ކުރައްވާނެ ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ރައީސް ނަޝީދު އަވަހާރަ ކޮށްލާނެ ކަމަށް ބުނެ އިންޒާރުދިން މައްސަލަ ހުށަހެޅިފައިނުވާ ކަމަށާއި އެހެންކަމުން އެ މައްސަލަ ބަލަމުންނުދާ ކަމަށެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް