Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ޔާމީންގެ ދަތުރުފުޅު

ހުރިހާ މަޝްރޫޢުތައް އަންނަ އަހަރަށް ނިމޭނެ، 2019ގައި އައު މަޝްރޫޢުތައް އަންނާނެ: ރައީސް ޔާމީން

24 ޑިސެމްބަރު 2017 | އާދީއްތަ 10:22

މަޝްރޫޢުތަކުގެ ބޮޑު ބައި ވަނީ ނިމިފައި

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 24 ޑިސެމްބަރު 2017 | އާދީއްތަ 10:22
ރައީސް ޔާމީން ހޮޅުދޫއަށް ވަޑައިގެން އެރަށު ކުޑަކުއްޖަކާއި ސަލާމް ކުރައްވަނީ

ރައީސް ޔާމީން ހޮޅުދޫއަށް ވަޑައިގެން އެރަށު ކުޑަކުއްޖަކާއި ސަލާމް ކުރައްވަނީ

ޕީޕިއެމްގެ ސަރުކާރުން ފެށި ތަރައްޤީގެ ހުރިހާ މަޝްރޫޢަކާއި، ކުރީގެ ސަރުކާރުތަކުން ފަށައި، ނުނިމި ހުއްޓާ މިސަރުކާރަށް ވާރުތަވި މަސައްކަތްތައް އަންނަ އަހަރުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ނ. ހޮޅުދޫ ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ބަނދަރު ހެދުމާއި، ފެނާއި ނަރުދަމާ އަދި މަގު ހެދުމުގެ ގިނަ މަޝްރޫޢުތަކެއް ފެށިކަމާއި، އެމަޝްރޫޢުތައް އަންނަ އަހަރުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށެވެ. އަދި އެއަށް ފަހު 2019 ވަނަ އަހަރުގެ ބަޖެޓްގައި މުޅިން އައު މަޝްރޫޢުތަކަށް ޖާގަ ލިބިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ 2013ވަނަ އަހަރު ވެރިކަމާއި ޙަވާލުވިއިރު ވެވަޑައިގެންނެވި ވަޢުދުތަކުގެ ބޮޑު ބައި މިހާރު ފުއްދާދެވިފައިވާ ކަމަށެވެ.

މިޖަލްސާގައި ވެސް އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަށް ރައީސް ޔާމީން ރައްދު ދެއްވިއެވެ. އެގޮތުން މިދުވަސްވަރަކީ ސިޔާސީ ބޭފުޅުން ވަރަށް ގިނަ ވާހަކަތަކެއް ދައްކަވާ ދުވަސްކޮޅެއް ކަމަށާއި، އެބޭފުޅުން ދައްކަވާ ވާހަކަތަކަށް ސަމާލުވާން ޖެހޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

މީގެ އިތުރުން 60 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދު ކޮށްގެން ހޮޅުދޫގެ ބަނދަރު ހެދިއިރު، އެމަޝްރޫޢުގެ މަސައްކަތް އެއަށް ވުރެ އަގު ހެޔޮކޮށް ކުރެވިދާނެކަމަށް އިދިކޮޅު ފަރާތްތަކުން ބުނާނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އެހެން ނަމަވެސް އެއަގަށް ބަނދަރު ހެދުމާއި، ދެތިން ބިލިއަން ރުފިޔާއަށް އައިޖީއެމްއެޗްގެ އައު އިމާރާތް އެޅުމަކީ ސިކުނޑިތަކަށް ޤަބޫލުކުރަން އުނދަގޫ ވާހަކައެއް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ބައިނަލްއަޤްވާމީ ފަރާތްތަކުން ރާއްޖެއާއިމެދު ދައްކާ ވާހަކަތަކާއި މެދު ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ދެޤައުމެއްގެ ޑިމޮކްރަސީ އެއްގޮތް ނުވާނެ ކަމަށެވެ. އަދި ހުޅަނގުގެ ޤައުމުތަކުން ޤަބޫލުކުރާ ލިބަރަލް ޑިމޮކްރަސީ ރާއްޖެއަށް ކަމުނުދާނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

ކުނި އުފުލަން ހާއްސަ އުޅަނދުތަކެއް، އަންނަ ހަފުތާގައި އިތުރު ސަރަހައްދުތަކުން ކުނި އުކާލެވޭނެ: ވެމްކޯ

14 ފެބުރުއަރީ 2017
ކުނި އުފުލަން ހާއްސަ އުޅަނދުތަކެއް، އަންނަ ހަފުތާގައި އިތުރު ސަރަހައްދުތަކުން ކުނި އުކާލެވޭނެ: ވެމްކޯ
14 ފެބުރުއަރީ 2017

ތެލަސީމިއާ ކުދިން ބޭނުން ކުރާ އަސުންރާ ބޭސް ފުވައްމުލަކުން ހުސްވެފައި، އަންނަ ހަފްތާގައި އެކަން ހައްލުވާނެ: އެސްޓީއޯ

14 ފެބުރުއަރީ 2017
ތެލަސީމިއާ ކުދިން ބޭނުން ކުރާ އަސުންރާ ބޭސް ފުވައްމުލަކުން ހުސްވެފައި، އަންނަ ހަފްތާގައި އެކަން ހައްލުވާނެ: އެސްޓީއޯ
08 ފެބުރުއަރީ 2017

މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންނަށް އަންނައުނެއް ނުދޭ: ވަކީލް

08 ފެބުރުއަރީ 2017
މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންނަށް އަންނައުނެއް ނުދޭ: ވަކީލް
05 ފެބުރުއަރީ 2017

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު އަންނަ ހުކުރު ދުވަހު ބާއްވާނީ

05 ފެބުރުއަރީ 2017
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު އަންނަ ހުކުރު ދުވަހު ބާއްވާނީ
31 ޖެނުއަރީ 2017

"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ

31 ޖެނުއަރީ 2017
"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ
27 ޖެނުއަރީ 2017

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017
އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް